އެމަނިކުފާނުގެ ސިޔާސަތަކީ އަންހެނުން ބާރުވެރި ބަޔަކަށް ހެދުން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހްނިޔާ ހުރިހާ އަންހެނުންނަށް ފޮނުއްވައިފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އަންހެނުން ބާރުވެރި ބަޔަކަށް ހެދުން ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައްވެސް ބާރުވެރި ކުރުވައި މަސައްކަތް ކުރެވޭނެ ގޮތް ގާނޫނުތަކަށް އިސްލާހް ގެނެސްގެން ކުރިއަށް ގެންދިޔުމަށް ގަސްދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސަތަކީ ކަނބަލުންނަކީ ބާރުވެރިކުރުވިފައިވާ އެމްޕަވާކުރެވިފައިވާ ބަޔަކަށް ހަދައިދިނުން، އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް އެބަގެންދަން. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުވާ މަސައްކަތްކުރެވޭނެ ގޮތް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރިޔަށް ގެންދަން އަޅުގަނޑު ގަސްދުކޮށްފައިވާނީ." ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ސަރުކާރުން ވަނީ ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައްވެސް އަންހެނުންނަށް ފަހިކޮށްދެއްވައިފައެވެ. މި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ވެސް އަށް ވަރަކަށް އަންހެން ބޭފުޅުން ތިއްބަވައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާޗް 8 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ. ރާމީ މ.ވައިނުޖެހޭގެ ޕީ.އެން.އެފް

    ދިވެހިރާއްޖެ އަށްވުރެ އަންހެނުން ބާރުވެރި ޤައުމެއް ނޯއްނާނެ މިހާރު ވެސް. އަންހެން ބޭފުޅުން މުސާރަ ނަގާގޮތަށް (މުސާރަ ހުރިގޮތަށް ވެސް) ދެނީ ފިރިމީހާ އަތަށް! އަންހެނުން ފިރިހެނުން-ނާއި އެއްވަރަށް ހުރިހާ ކަމެއްގައި ވެސް ވާދަކުރޭ!