ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަދަށްފަހު ދޮގު ހެދުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުއްޓާލެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.

އެމްޑީޕީން ގދ. ތިނަދޫގައި މަޖިލިސް ކެމްޕޭނު ފެށި ޖަލްސާގައި ޝާހިދު ވިދާޅުވީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދުން ފެށިގެން ދޮގު ހެދުން ހުއްޓާލަން ޖެހޭ ކަމަށާއި، އަދި ހުރިހާ ކަނބަލުންނަށް ދެން އިތުރަށް ދޮގު ނަހަދާނެ ކަމުގެ ޔަގީންކަން ދެއްވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ރައީސް މުއިއްޒުއަށް ދަންނަވާލަން އޮތީ ހުއްޓާލައްވާށޭ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގައި ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ކަނބަލުން ކުރިމަތީގައި ވިދާޅުވެދެއްވަންވީ މީގެ ފަހުން ތިމަންނާ ދެން ދޮގެއް ނަހައްދަވާނަމޭ" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަންހެނުން ބާރުވެރި ކުރުވުމަށް އެންމެ ބުރަ މަސައްކަތް ކުރަމުން އަންނަ ޕާޓީކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމްޑީޕީގެ ތާރީހަށް ބަލާލުމުންވެސް އެކަން އެނގޭ ކަމަށާއި، މިދިޔަ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް އަންހެނުންގެ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ވާހަކަ ދައްކާއިރަށް ނުވަތަ ރައީސް މުއިއްޒުގެ ވާހަކަ ދައްކާއިރަށް ރައްޔިތުންގެ ދުލު ކުރިޔަށް އަންނަނީ ދޮގު ދޮލަނގު ކަމަށާއި، މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރުވެސް ނުކުރައްވާ ކަމަށެވެ.

"ފިތުނަ އުފައްދައިގެން ވެރިކަމަށް އައި ސަރުކާރު މިއަދު މިއޮތީ. ފިތުނައަކުން ހެވެއް ނުނިކުންނާނެ. ދޮގަކުން ހެވެއް ނުލިބޭނެ. ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ. އެ ހަގީގަތާ ރައީސް މުއިއްޒު ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެ އޮތީ" ޝާހިދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ހައްދަވާފައިވާ ދޮގުތަކުން ސަލާމަތްވުމަށް އިތުރަށް 10 ދޮގު ހައްދަވަމުން ގެންދަވާކަމީ މިއަދު ހަގީގަތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މޫސަ

    އަންހެނުންގެ ދުވަހަށްފަހު ވަގަށްނެގި ކާޕެޓުތައް ސަރުކާރާ ހަވާލުކޮށް ދެން އެފަދަ ކަމެއް ނުކުރަން ޝާހިދު އަޒުމުކަނޑައަޅަން ގޮވާލަން.

    72
    1
    • ހނހ

      އަދި ރާއްޖޭގެ ހަޔާތުގައި އެންމެ ގިނަ ދޮގުހެދި ބަޔަކައް ނޫނީ އެއްވަނާގެ ރެކޯޑް އޮންނާނީ އެމްޑީޕީގަ އަދި އެންމެ ފުރަތަމަ ފާޅުގަ މޫނައް ރުލެއް ނާރުވާ އިސް މަގާމު ތަކުގަ ތިބެގެން ދޮގު ހެދުމުގެ ރެކޯޑް ވެސް އޮންނާނީ އެމްޑީޕީގަ

      43
      1
    • Anonymous

      ކޮވިޑުގަ ރާއްޖޭން ބޭރުން ދިން އެހީތައް ކައްވާލައިގެން ހުރި ވަގެއްގެ ލަގަބު ލިބިފަ ހުރިކަން ހަނދާންކޮށް، ދެން ވައްކަން ނުކުރަން އަޒުމު ކަނޑައަޅާ ދުވަހަކަށް އަންހެނުންގެ ދުވަސް ހަދަން ޝާހިދުގައިރީގަ ބުނަން.

      13
    • Anonymous

      މޑޕ ގެ ބޮޑުންނަށް މިހާރު ކިޔޭނީ ހަމަ އެކަނި "ދޮގު" އެ ބަސް. މިވެގެން އުޅޭގޮތަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ހެދި ދޮގުތަކުގެ ވާހަކަތައް ރައްޔިތުން ކީމަ ވެރިކަން ގެއްލުނީކަމަށް ސިކުނޑީގަ ހަރުވެފަ އެހުރީ.
      ދެން މި ޝާހިދުމެން މިއުޅެނީ ޑރ މުއިއްޒަކީ ދޮގުހަދާ މީހެކޭ ކިޔައިގެން ރިޔާސީ އިންތިހާބު ގޮތަށް ޕީއެންސީ ބަލިވާނެކަމަށް ދެކިގެން.
      މޮޔަވެދާނެ. ބަލަގަ މޮޔަ ޝާހިދަ، ކަލޭމެން 5 އަހަރު ހެދިހާ ދޮގު ރައްޔިތުންނަށް ފެންނަން އޮތީމައޭ ކަލޭމެނަށް ނޫނެކޭ ބުނީ. ދޮގު ދޮލަނގު ޝާހިދާ. ކަލޭ ބްލީޗް ލައިގެން އަނގަ ސާފުކުރިއަސް ކަލޭގެ ދުލުގެ މުޑުދާރުކަމެއް ނުފިލާނެކަން ޔަގީން.

  2. ދޮގު ދޮގު

    ދޮގު ދޮލަގުތައް މިތިބީ، އިންޝާ ﷲ ރީތި ބައްޔަކުން ބަލި ކުރައްވާށި

    48
    1
    • ހަމްދު

      ދޮގުހަދަން ނުދަންނަ ބައެއް ތިބޭނީ އެމްޑީޕީގަ

      23
      1
  3. ހަމީދު

    ތިފޮޓޯ ފެނުމުން ވެސް ދޮގު ވަސް ދުވާ. ދޮގުހެދުމަކީ މުއިއްޒުގެ ކިބައިގައި ހުރި ސިފައެއް ޏުން. އެއީ ސީދާ އެމްޑީޕީގެ ރޭވުން ނުބައި މީހުންގެ ހުރި ނުބައި ސިފައެއް. ތީ ވެސް ބޮޑު ދޮގުވެރިއެއް. އަދި ޤައުމު ދަވާލައިުގެން ތިބެ ކޮން އަނގައެއްތަޅާކަށް؟

    54
    2
  4. ދޮންދީ

    އެމްޑީޕީ މީހުން ވަނީ ރޯދައަށް އަނގަ ސާފުކޮށް ފަސާދަ ކުރުން ހުއްޓަން. މީހުންގެ މަސްކެއުމާއި، ނެތިނުބައި ގޮވުންވެސް. އެކަން ހުއްޓަން ކެރޭނެބާ؟

    52
    1
  5. ައަންހެންމަންޖެ

    ދޮގުހެދުމަކީ އެމްޑީޕީ އަށް ހާއްސަ ސިފައެއް އެހެންބަޔަކު ދޮގުނުހަދާތި

    56
    1
  6. ސޯލޭ

    ފުރަތަމަ ސޯލިހު ކައިރީ ބުނެބަލަ ދޮގުހެދުން ހުއްޓާލާށޭ އޭގެ ފަހުގަ ކަލޭ ކާޕެޓް ވަގު

    46
    1
    • Anonymous

      ހިބަރު ވަދު އަޅައިގެން ލިބުނީ ކުނިވެ ފުޅައަޅާފައިވާ ދޮގު ދޮލަގެއް، އޭތި ބޮލުޖަހައިގެން އުޅެނީ ގަންނާނެބާ ކިޔަމުން ދަނީ ގަންނާނެ ބަޔަކު ނުވި !

  7. ހުސޭނުބޭ

    އޭ ކޮބައިހޭ މިދިޔަ 5 އަހަރު ރާއްޖެއަށް ބޭރު ޤައުމުތަކުން ހިލޭ އެހީގެ ގޮތުގައި ދިން ލާރިތައް؟

    48
    1
  8. ސަންތި މަރިޔަނބު

    މީސް މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި އެމީހުންގެ އަގުވައްޓާލުމަށް ލާދީނީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރޭ. އެއީ އެމީހުންގެ ސަގާފަތެއް. ޝާހިދު ކަޕޫރު ކިތަންމެ ރުންކުރުވިޔަސް ރައީސް ޑރ. މުއިއްޒުއަށް ރައްޔިތުންގެ އިތުބާރު އެބަކުރޭ. ކަލޯމެންނަށް ލިބުނު ބަނޑުއަޅާލި 5 އަހަރާ ނުބައްދަލު އެތައްކަމެއް ވޭތުވެދިޔަ 3 މަސްތެރޭގައި ކޮށްފި.

    39
    1
  9. ހިކި ކިރު

    ދޮގޭ! އެމަނިކުފާނަށް ދޮގޭ ކިޔާއެއްޗެއް ހަދަން ނުވެސް އެނގޭނެ!

    25
    4
  10. ހޖމ

    ކަަަާޕެޓް ވަގު.......ބޮޑު ވަގުށާހިދު

    21
    1
  11. Anonymous

    މި ޝާހިދު ހެދި ދޮގުތަށްކޮބާ ކުދިންނޭ ހަާދަ ދޮގެއް ހެދިޔެ މީނަ ޢެކަން ފޮރުވަން ދައްކާ ދޮގު ވާހަކަ މި

    22
    1
  12. މަމަދު

    ސާހިދު ކަޕޫރު ކުބާ 5 އަހަރުހޯދި ލާރިގަޑު ލިބުނީ ކާޕެޓްއެެކަނި ތޯ

    21
    1
  13. އަބްދޫ

    ސާހިދު ހަދާދޮގު ރައޔިތުންނަށް އޮތީ ޔަގީންވެފަ. މުއިއްޒު ދޮގުހަދާޔަން ޔަގީންވާނީ 5 އަހަރުވީމަ. މިހާރު ދޮގު ހަދަނީ ސާހިދު ކަމާއި އެމްޑީޕީ އަކީ ދޮގު ވިއްކައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އުޅޭ ބަޔަކުކަން ވޭތިވެ ދިޔަ 5 އަހަރުން ރަނގަޅަށް ސާފު ވެއްޖެ.ދެން ސާހިދު ދޮގުހަދާނެކަމެއްނެއް. ސާހިދަކީ ގާނޫނުއަސަސީއާއި ހިލާފަށް ބޭރުގެ ވަޒީފާއެއް ގަ ހުރެގެން ރާއްޖޭގެ ފޮރިންމިނިސްޓަރުގެ ނަމުގަ މުސާރަ ނަގައިގެން ކެއި މީހަކަށް ވާއިރު ރާއްޖޭގެ ގާނޫނުއަސަސީއަށް ތެދުވެރިނުވާމީހަކު ދިވެހި ރައޔިތުންނަށް ތެދުވެރިވާނެތަ؟

  14. އަބްދޫ

    ސާހިދު ހަދާދޮގު ރައޔިތުންނަށް އޮތީ ޔަގީންވެފަ. މުއިއްޒު ދޮގުހަދާޔަން ޔަގީންވާނީ 5 އަހަރުވީމަ. މިހާރު ދޮގު ހަދަނީ ސާހިދު ކަމާއި އެމްޑީޕީ އަކީ ދޮގު ވިއްކައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އުޅޭ ބަޔަކުކަން ވޭތިވެ ދިޔަ 5 އަހަރުން ރަނގަޅަށް ސާފު ވެއްޖެ.ދެން ސާހިދު ދޮގުހަދާނެކަމެއްނެއް. ސާހިދަކީ ގާނޫނުއަސަސީއާއި ހިލާފަށް ބޭރުގެ ވަޒީފާއެއް ގަ ހުރެގެން ރާއްޖޭގެ ފޮރިންމިނިސްޓަރުގެ ނަމުގަ މުސާރަ ނަގައިގެން އުޅުނު މީހަކަށް ވާއިރު ރާއްޖޭގެ ގާނޫނުއަސަސީއަށް ތެދުވެރިނުވާމީހަކު ދިވެހި ރައޔިތުންނަށް ތެދުވެރިވާނެތަ؟

  15. Anonymous

    މުއިއްޒަކީ ޝާހިދު ކަހަލަ ކާޕެޓް ވަގެއްނޫން. އަދި ކޮވިޑް ލާރިގަނޑު ވަގަށް ނެގި މީހެއްވެސް ނޫން. އަދި ދީނަށް ފުރައްސާރަކުރާ ގައުމަށް ބޭރުގެ މިލިޓަރީ އަރަންގޮވާ ގައްދާރެއްވެސް ނޫން. އެއީ ހަމަ ޝާހިދުގެ ސިފަތައް.
    މުއިއްޒަކީ ގަދަރުވެރި ދިރިއުޅުމެއް އުޅޭ އިސްލާމްދީނަށް ލޯބިކުރާ ﷲ އަށް ބިރުވެތިވާ ހެޔޮލަފާ ސާލިހު އަޅެއް. މުއިއްޒު ހެދި ދޮގެއް ބުނަން ނޭނގެނީ ދޮގެއް ހަދާފައިނުވާތީ.
    ސިޔާސީ ގޮތުން އެއްވެސް އޮއްޓަރެއްވެސް ހުރިމީހެއްނޫން ޝާހިދަކީ. ޝާހިދަކީ ހަމައެކަނި ގައުމަށްގައްދާރުވުން ދަންނަ ހާއިނެއް.

  16. ރައްޔިތު މީހާ

    މިހާރު ތިޔަ ގޮވަނީ ގުދޯގުދޯ. ހެދުނުހާ ދޮގާ މަކަރު ހަދާ އަދި ނުވެގެން މުޅި ގައުމު ދަވާލާފަ އަދިވެސް މީހުން ކުރިމަތީ ހަރާން ކޯރުވަން ނޫޅުއްވާ. ދެނެއް މީގައުމު އަތެއް ނުޖެހޭނެ. އިންޝާﷲ.

  17. އިޔާޒު

    އަޅުގަނޑު ބުނެލަން އޮތީ އަންހެންނުންގެ ދުވަހު ހަނގު އަނބި ނެގި ކަހަލަ ވަގު ސެޓްފިކެޓް ނެގުން ހުއްޓާލާށޭ!!!

  18. ނަން

    ރަމްޟާން މަހަށް އިންސީންގެ ތެރެއިން ވާ ސައިތާނުން ހައްޔަރު ކުރެވޭނެ ގޮތެއް ހޯދަދައި މި ހާއިނު ލާދީނީ ޤައްދާރު ހައްޔަރު ކުރަން ޖެހޭ. އެމްޑީޕޯ މުޅި ރޯދަ މަސް ހޭދަ ކުރާނީ ޤައުމު ފަސާދަ ކުރަން.

  19. ޖަމަލު

    ކޮބަޔޯ ކާޕެޓާ ގެއަޅަން ކުރި ޚަރަދާ ދަރިފުޅަށް ގަންދިން ގޯއްޗާ އިނގެރޭސިވިލާތުން ގަތް އެޕާޓްމަންޓާ ދަރިޔަށް ދިން ބޮޑު މުސާރަޔާ. ގުދޯގުދޯ ގޮވެނީތަ؟ ހަގުއަނބި ބައިންދައިގެން މާ ތެދުވެރިއަކަށްވެގެންތަ ތިޔަ އުޅެނީ. އަނބިވެސް ވަގަށް ގެންގުޅެނީ. އާއިލާގެ މީހުންނަށް އޮޅުވާލައިގެން އުޅެނީ. މަކަރީ ވަގީ އެހެންމީހުންތަ ތިމާމީހާތަ؟ ދޮގުހެދުަމަކީ އެނޑީޕީގެ ރެކޯޑެއް އޮތް ކަމެއް. ދަސްކޮށްދިނީވެސް މީހުންގެ މަސްކަނީވެސް އެނޑީޕީން

  20. Anonymous

    ފުޅަހިބަރު

  21. ޔަވްމިއްޔާ

    "ފިތުނަ އުފައްދައިގެން ވެރިކަމަށް އައި ސަރުކާރު މިއަދު މިއޮތީ. ފިތުނައަކުން ހެވެއް ނުނިކުންނާނެ. ދޮގަކުން ހެވެއް ނުލިބޭނެ. ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ. އެ ހަގީގަތާ ރައީސް މުއިއްޒު ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެ އޮތީ" ޝާހިދުގެ މި ދިމާކުރުންް އަމާޒުވަނީ - ސީދާ - ސޯލިހާއި ވޭތުވެދިޔަ5އަހަރުއޮތްދަރުކާރށާއި€މަޤާމުގެ ޒިއްމާދާ އަދާނުކޮށް
    ޚާރިޖީ ވަޒީރެއްގެ މުސާރަ ބަނޑުއަޅަމުންް އޮފީހަށް ނުވަދެ ރާއްޖެ ނައިސް ބޭރުގެ މުވައްސަސާއެއްގައި ކުރިޔައްވުރެދެ މާ ބިޔަ ބޮޑު އެއްޗެއް ބަނޑު އަޅަމުން - އެއްފަހަރާ ދެ ދޮލަނގުން - ކަމުންދިޔަ ކައްޒާބު އާއި ދެ ޗޯރުންނަށް ££££ މުޢިއްޒަކަށް ނުން ނުން € އޯކޭ ޗޯރޫން!

  22. Anonymous

    ކަލޯ ގަޔާ ގުޅޭ ކުލައެއްގެ ގަމީހެއް ލައިގެން އިނދެބަލަ ފުރަތަމަ.

  23. ކާރޕެޓް

    ކަލޭތީނީ ފޮރިންމިނިސްޓަރު ކަން ގެއްލިގެން މޮޔަވެފަ