ޑީވޯޓާ ކުރުމަށް މާލޭ މަގުތަކުގައި އަޅާފައި ހުންނަ ހޮޅިތައް -- ފޮޓޯ :އަވަސް

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ޑީވޯޓާ ކުރުމަށް މިހާރު މަގުތަކުގައި އަޅާފައިވާ ހޮޅިތައްގިނަވެ، އާންމުންނަށް ގެއްލުންވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑީ ވޯޓާ ކުރުމަށް މަގުމަތީ ހޮޅި އެޅުމުގެ ބަދަލުގައި، އަދި ހޮޅި އެޅުމަށް ހައްލެއް ގެނައުމަށް ޑީ ވޯޓާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މާލޭގައި އުސްކޮށް އިމާރާތް ކުރާ ތަންތަނުގެ ފައުންޑޭޝަން އެޅުމަށްޓަކައި ކޮނުމަށް ފަހު، ބިމުން ނަގާ ފެން މިހާރު މޫދަށް ބޭރު ކުރަނީ މަގުމަތީގައި އަޅާފައި ހުންނަ ފަލަ ހޮޅިތަކުންނެވެ. އޭގެ ގިނަ ހޮޅިތަކެއް މާލޭގެ ބައެއް މަގުތަކުގެ ޕޭވްމަންޓު މަތީގައި ވަރަށް ގިނައިން އަޅާފައިވާއިރު ހިނގައި އުޅުން ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފަ އެވެ. އަދި އެ މަސައްކަތް ނިމުމުން ހޮޅިތައް ނުނަގައި ގިނަ ދުވަސްވާ މައްސަލަ ވެސް ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޮޅިންގެ އުދަގުލުން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަންފަށައިފި. ހެހެހެހެ. ހޮޅިންނެއް ނޫން. ހޮޅި. ދިވެހި ބަސް ކަލޭމެން ބޭޏުންހާ ގޮތަކަށް ލިޔެގެން މުޖުތަމައަށް އޮޅުވާލަން ނޫޅޭތި. ތި ކުރަނީ ގޯސްކަމެއް.

  2. ވ ވ ބަރާބަރު ސުރުހީ އެއް !!!

  3. ތަކުރުފާނު

    ދިވެހިރާއްޖޭގައި ހޮޅިންގެ އުނދަގޫވިކަން ދިވެހިންގެ މާޒީގެ ތާރީޚު ހެކިދާ. މިޒަމާނުގެ ތާރީޚު ހެކިދޭނެ "ހޮޅިން"ގެ އުނދަގުލުން މާލޭގެ މަގުތަކުގައި ހިނގާ ބިނގާ ނުޅެވޭކަން..... އަމީީނީމަގަށް ބަލައިލިއަސް ވަރަސާފުކޮށް ފެންނާނެ