ޕީޕީއެމް/ޕީއެންސީގެ ވިސްނުމާއި ފިކުރަކީ އަބަދުވެސް ތަރައްގީ އާއި ކުރިއެރުމާއި ތަމައްދުން ކަމަށާއި އިދިކޮޅު އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބިގެން ސަރުކާރަށް ކުރާނީ ޖެއްސުން ކަމަށް ކުރިއަށް އޮތް މަޖިލިހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާ އަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ރިފާއު (ބޮޗޭ) ރޭ ވިދާޅުވެއްޖެއެވެ.

"ވަގުތު" ޓީވީން ގެނެސްދޭ "ނިންމާނީ ދިވެހިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮޗޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވިސްނުމުގައި އަބަދުވެސް ހުންނާނީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ ޖީބު މުއްސަނދިކޮށް، ތަރައްގީ އާއި ކުރިއެރުމާއި ތަމައްދުން ގެނައުން ކަމަށެވެ.

"އަޅުގަނޑުމެންގެ ނޯންނާނެ އިތުރު އެހެން ވިސްނުމެއް. އެހެންވީމަ މިކަން ކަމަށް ބަލާފައި އެ ވިސްނުމުގެ ތެރެއިން މަޖިލީހަށް މީހަކު ހޮވާނަމަ އެ ދާއިރާތަކުގެ ރައްޔިތުންނަށް ފައިދާވާނެ." ބޮޗޭ ވިދާޅުވިއެވެ.

ނިންމާނީ ދިވެހިން ޕުރޮގްރާމުގެ ތެރެއިން-- ވަގުތު އިމޭޖަސް

އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ކަންތައް ވާނެ ގޮތް މި ސަރުކާރުގެ ކެބިނެޓު އެކުލަވާލައި ރުހުން ހޯދަން މަޖިލީހަށް ފޮނުވި ހިސާބުން އެނގި ހާމަވެއްޖެ ކަމަށް ވެސް ބޮޗޭ ވިދާޅުވިއެވެ. އެހެންކަމުން މާދަމާވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މިއަށްވުރެ މާ ދެރަކޮށް ކަންތައް ހިނގައިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕީޕީއެމް/ޕީއެންސީގެ މެޖޯރިޓީއެއް މަޖިލީހުގައި އޮވެ ދަތިކަމެއް ނެތި ރައީސަށް އެއްބާރުލުން ދެއްވި ކަމަށްވެސް ބޮޗޭ ވިދާޅުވިއެވެ.

"އަބަދުވެސް އެމްޑީޕީ ވެރިކަމެއް ކޮށް ނިންމާފަައި ފައިބައިގެން ދާއިރު މުޅި ގައުމު އޮންނާނީ ދަރާފައި. ބިލްތަކަށް އޮންނާނީ ފައިސާ ނުދައްކާ. ހަރު މުދަލެއް ހުރެއްޖެއްޔާ އެއްވެސް ވަރަކަށް މެއިންޓެނެންސެއް ނޯންނާނެ. އަލަށް ސަރުކާރެއް އައިސް ފުރަތަމަ މުޅިންވެސް އޮންނާނީ ކުރީގެ ސަރުކާރުގެ ދަރަނިތައް އަދާކުރުން. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ގޮއްސިއްޔާ ޖެއްސުން ނޫން އިތުރު ކަމެއް ނުކުރާނެ." ބޮޗޭ ވިދާޅުވިއެވެ.

ބޮޗޭ ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރަން އުޅޭ ބައެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ އަމިއްލަ ޖީބުތައް މުއްސަނދި ކުރަން ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް ވައްކަމާއި އަނިޔާ ނޫން އިތުރު އެއްވެސް ކަމެއް ފެނިގެން ގޮސްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ތެރެއިން ކަންކަން ހައްލު ކުރަން ބޭނުންވަނަމަ ވީހާވެސް ގާބިލް ތައުލީމީ ބޭފުޅުން މަޖިލީހަށް ހޮވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސދފސދ

    އެއްމެ ރަނގަޅު ގޮތަކީ މިނިވަން ކެންޑިޑޭޓުން ހޮވުން

    4
    3
    • ްެވޭން

      އެއީ ވަކި ކޮންތާކުން ނިކުމެތިބިބަޔެއްތަ ވިކޭބަޔެއް އޭރެޢގަ އޮންންސަރުކާރަކައް

  2. ސާ

    މީގެ އަނެއްކޮޅު އަދި މާ ނުރައްކާތެރިނޫންތޯ، އެއީ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެއިޔާ ސަރުކާރު މަޖިލީސް ތެރެއިން ޖަވާބުދާރީކުރުމުގެ ފުރުސަތު މުޅިން ގެއްލިގެންދާނެ.. އަދި އޭރުން ސަރުކާރުގެ ކޮރަޕްޝަނެއްވެސް ބެލޭނެ އިންސާފުވެރި ގޮތެއްް ނޯންނާނެ، އަދި މިނިވަން މުއައްސަސާތަކަކީ ސަރުކާރުގެ ގޮނޑި ކޮއްކޮތަކަށް ވެގެންދާނެ، އަދި ރައްޔިތުން ކިތަންމެ ނުރުހޭކަމެއް ސަރުކާރުން ހިންގިޔަސް އެކަމަށް ފިޔަވަޅުއެޅޭގެ ގޮތެއް އޮންނާނެތޯއެވެ.؟ ވީމާ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމަކީ ހަމަ ރައްޔިތުންނަށް ވޭނަކަށް ވެގެން ހިނގައިދާނެއެވެ. ކޮންމެ ސަރުކާރަކަށްވެސް ޖެހޭނީ އެވަގުތަކު އޮތް އޮޕިޒިޝަންގެ ފަރާތްތަކާއި ސިޔާސީގޮތުން ޗެލެންޖުކޮއްގެން ހިންގާށެވެ. ބަލިކަށިވެފައި ވާ އޮޕޮޒިޝަނެއް އެއީ ޑިމޮކުރެސީއެއްގައި ރަނގަޅުކަމެއް ނޫނެވެ. މިދެންނެވީ ކޮންމެހެން އޮޕޮޒިޝަނަށް މަޖިލީސް މެޖޯރިޓީދޭވާހަކައެއްނޫންވެ، ނަމަވެސް އެވަގުތު އޮންނަ ސަރުކާރަށް މެޖޯރިޓީ ދިނުނަކީ ސަރުކާރަށް މާގިނަ ބާރުތަށް އެއްފަހަރާ ދިނުމެވެ. ވީމާ މި ހިކުމަތަށް ހުރިހާ ރައްޔިތުންވެސް ރިއާއަތްކުރައްވައި ސަރުކާރަށް މަޖިލީސް މެޖޯރިޓީ ނުދެއްވާށެވެ.

    2
    2
  3. ދަތްނެތްކުއްޖާ

    މަޖުލިހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ އެ މެމްބަރުން ތިބޭނީ ގަނޑު ވަރު ތެރޭގައި ތަކެތި ޕާރުސަލްކުރަން ކަމަށް ދެކެން. މިހެން ކަމުން ބުއްދިވެރިގޮތަކީ ނުދިނުން ކަމަށް ދެކެން.

  4. ހިކި ކިރު

    އަބަދުވެސް ތި ބޭފުޅުން ރައްޔިތުންގެ ޙަޒާނާއިން މުއްސަނދި ވުމަކީ ރަގަލު ގޮތެއްނޫން! މިހެން ކަމުން ކޮންމެވެސް އާ މީހަކު މެމްބަރު ކަމަށް ލައިގެން އެ މެމްބަރަކު މުއްސަނދި ކުރުން މާ އަޢުލާކަން ބޮޑުވެގެން ވާނެ ކަމަށް ދެކެން. އެހެނީ އެ މެމްބަރުގެ އާޢިލާ އަށްވެސް ކޮންމެވެސް ވަރެއްގެ ތަނަވަސް ކަމެއް ލިބިގެން ދާނެތާ! އެއީ ޙަލާލެއް ޙަރާމެއް ނުބެލި ކަމުގަވިއަސް!

  5. ސާ

    ސަރުކާރަށް ޖެއްސުން ކުރާނީއޭ ކިޔައިގެން ދައުލަތުގެ ހުރިހާބާރެއްގެ ތަޅުދަނޑި ސަރުކާރަށް ހަވާލު ކުރެވޭކަށެއް ނެތެވެ. ސަރުކާރު ރަނގަޅަށް ޖަވާބުދާރީ ކުރުވާނެ ގުނަވަންތަކެއް އޮންނަޖެހެއެވެ. އަދި އެގުނަވަންތަކުގައި ރައްޔިތުންގެ ބާރު ގަދަކޮއް އޮންނަޖެހެއެވެ. މިއީ އެންމެފަހުން ރާއްޖޭގައި ހިނގި ވެރިކަމުގެ ދައުރުތަކުގެ ތަޖުރިބާއަށް ބަލާފަ ރައްޔިތުން ވިސްނަންޖެހޭކަމެކެވެ. މުޅި މަޖިލީސް ދީގެން ތިއްބާނޫންތޯ އެންމެފަހުން ނިމުނު ދައުރުގަ ރާއްޖޭގެ ކަނޑުން ބަޔެއް ގެއްލިގެން ދިޔައީ.

  6. ޤައުމު

    ބޭފުޅާ ބޮޗޭއެވެ. ތިޔަކަން އެންމެ ރަނގަޅަށް އިނގޭނީ ތިޔަ ބޭފުޅުންނަށެވެ. ރައްޔިތުންނަށް ހަނދާންކޮށްދޭކަން ނުޖެހޭނެއެވެ. އަބަދުވެސް ދިވެހި ރައްޔިތުންނަށް ތިޔަކަން އެނގޭނެއެވެ. ލޮލަށް ފެނެއެވެ. އިދިކޮޅުގެ މައިގަނޑު މަސައްކަތަކީ ސަރުކާރު ޒިންމާދާރު ކުރުވުމެއް ނޫނެވެ. ސަރުކާރަށް ޖެއްސުންކޮށް ކަންތައްތައް ނުކުރުވުމަށް މަސައްކަތް ކުރުމެވެ. ރައްޔިތުން އަބަދުވެސް ތިބެނީ އެތަން ބަލާށެވެ.

  7. Anonymous

    އެއްމަސްނުވެ އެތައް ލައްކަ ރައްޔަތުންގެ ވޯޓުން ހޮވާފަ ހުރި ރައީސަކު އަޒުލުކުރަން އުޅެގައް ބަޔަކަށް ވޯޓުދޭން ހެޔޮ ނުވާނެ..އިހުލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތް..ރައްޔަތުން ވިސްނަވާ...

    2
    2
  8. ްެވޭން

    އެއީ ވަކި ކޮންތާކުން ނިކުމެތިބިބަޔެއްތަ ވިކޭބަޔެއް އޭރެޢގަ އޮންންސަރުކާރަކައް