މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެނޑިޑޭޓް، ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގް އެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް "ވަގުތު" އިން ކުރި ސާވޭ އިން ދައްކައިފިއެވެ.
މަޖިލިސް އިންތިހާބާއި ދިމާކޮށް "ވަގުތު" އިން ހިތަދޫ މެދު ދާއިރާގައި ކުރިއަށް ގެންދިޔަ މި ސާވޭގައި ޖުމްލަ 615 މީހުން ވަނީ ބައިވެރިވެފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 334 ނުވަތަ (54.3) މީހުން ވަނީ އެމީހުން އިންތިހާބުގައި ވޯޓު ދޭނީ އަޒާނަށް ކަމަށް ބުނެފައެވެ.
އަޒާން އާއި ވާދަ ކުރާ އެމްޑީޕީ ކެނޑިޑޭޓް، އައްޑޫސިޓީ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޝުއާއުއަށް ވޯޓު ދޭނެ ކަމަށް ބުނެފައިވަނީ 279 މީހުންނެވެ. އެއީ 45.4 އިންސައްތަ މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުގައި މެދު ދާއިރާއިން 4285 މީހުންނަށް މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ އައްޑޫން ބޭރުގައި ވޯޓުލާން ހަމަޖެހިފައިވާ މީހުންނެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ދިމާކޮށް މީގެކުރިން ވެސް "ވަގުތު"ން ވާނީ ވަރަށް ގިނަ ސާވޭތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި ސާވޭތައް ކުރިއަށް ގެންދަނީ ރަށްރަށަށް ގޮސް، މީހުންނާ ބައްދަލުކޮށްގެންނެވެ. މި ހުރިހާ ސާވޭތަކެއްގެ ނަތީޖާ އާއި އިންތިހާބުގައި ނުކުންނަ ނަތީޖާތައް ދިމާވެފައި އެބަހުއްޓެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމުގެކުރިން ބޭއްވި ސާވޭއެވެ. އެ ސާވޭގައި ދެއްކި ގޮތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް %54 ވޯޓު ލިބިވަޑައިގަންނަވާނެއެވެ. ދެވަނަ ބުރުގެ ނަތީޖާ ވެސް ނުކުތީ ހަމަ އެގޮތަށެވެ.
އައްޑޫ ހުރިހާ ރައްޔިތން މިފަހަރު ސަރުކާރުގެ ކެންޑިޑޭ ޓުން ނައް ވޯޓު ދީ. ތަރައްގީ އާކު ކުރިޔައް ދޭ.
ހެޔޮވިސްނޭ އެންމެހާ ފަރާތްތަކުން މި ފަހަރު ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓް ދީ ތަރައްޤީ އެކު 5 އަހަރު ކުރިޔަށް ދޭ
5 އަހރު ސުޕަމެޖޯރިޓީގަ އައްޑޫ އައް އެއްކަމެއް ނުކޮއްދިން އިބޫ މިފަހަރު ވޯޓުދޭނީ ޕީއެންސީއަށް
ދެން ރަނގަޅުތާދޯ!
އެމް.ޑީ.ޕީ ވެރިކަމައް އަންނަ ކޮންމެ ފަހަރަކު އޮންނަނީ ހަގުރާމަ .ހާސަކޮއް އައްޑޫ މީހުން ހާލުގަ ޖެެއްސުން.
ދޮގާއި މަކަރު ވިއްކާގެން އުޅޭ މީހެއް މަޖުލީހަށް ހޮވަން ހެޔޮނުވާނެ
15 އަހަރު އެމްޑީޕީ މީހުން ހޮވާތާ. އެއީ ހުސް ދޮގުވެރިން
މިފަހަރު ހޮވޭނީ ނާޒިލް ، ޝުއާއު އަދި އުތުރު ދާއިރާ މިނިވަން ކެންޑިޑޭޓެއް.
ވަޒީފާގެ ބިރަށް ޝުއާއުއަށް ނުދޭނަމޭ ބުނަނީ
ވަޤުތު ނޫހުން ސަރވޭއެއް ކޮއްލަބަލަ މިހާރު މި ކުރާ ހަނގުރާމައިގަ ގަދަ ވާނީ އީރާނު ތޯ ނުވަތަ އިޒްރޭލުތޯ!
ކެކެ. ކޮންމެ މީހެއް ހޮވުނަސް ޖެހޭނީ ހަމަ އެއްތާކު. އަސްލަމު މިސާލަކަށް ބަލާބަލަ. ކެކެ. ހޮވުނީމަ ގޮސް މާލޭގަ. ވޯޓަށް ބޮޑެތި ޕޯސްޓަރު ތައް ފެންނަން ފަށާނެ. ތި އެންމެންވެސް ވާނީ ހަމަ އެހެެން.
ނުވާނެ ،، ނުހޮވޭނެ ތާރީހުގައި ލިޔެލާ