ބޮޑު ޗުއްޓީގައި ޕީޖީގެ މުވައްޒަފުން ހަފުތާއަކު އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "ވަގުތު" އަށް މިރޭ ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެގޮތަށް ނިންމެވީ މުވައްޒަފުންނަށް ވީހާވެސް ގިނަ ވަގުތު އާއިލާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

މުވައްޒަފުން އެގޮތަށް މަސައްކަތް ކުރިޔަސް އޮފީހުގެ އެއްވެސް މަސައްކަތަކަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއިރު، "ސްޕީޑަށް" ވެސް ބަދަލު ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް މުވައްޒަފުން އެ ދުވަހު ގަޑިއަށް އޮފީހަކަށް ރިޕޯޓް ކުރާކަށް ނުޖެހޭނެ، އެހެންނަމަވެސް ރަސްމީ މީޓިންގްއެއް އޮތަސް ކޯޓަށް ދާން ޖެހުނަސް އެކަން އެ މުވައްޒަފުން ކުރާނެ، އަދި މުވައްޒަފުން އެކަކު އަނެކަކަށް އެހީތެރި ވެސް ވާނެ، އޮފީހަށް ނައިސް އެ މުވައްޒަފަކަށް ގޭގައި މަސައްކަތް ކުރެވޭނަމަ ހަމަ ކުރާނީ ގޭގައި،". ޝަފީއު ވިދާޅުވިއެވެ.

މުވައްޒަފުން 4 ދުވަހު މަސައްކަތް ކުރުމުގެ އުސޫލަކީ އޮފީހުގައި އޮންނަ އުސޫލެއްކަން ވެސް ޝަފީއު ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރަކު ދެ ފަހަރު، ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމުގެ ބަދަލުގައި، 4 ދުވަހު މަސައްކަތްކުރާ އިންތިޒާމް ޕީޖީ އޮފީހުން ހަމަޖެއްސީ މިދިޔަ އަހަރެވެ.

ޕީޖީ އޮފީހުގެ އަމާޒަކީ، ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މިތަޞައްވަރު ޙާޞިލުކުރުމަށްޓަކައި، މަސައްކަތުގެ މާޙައުލަކީ ރައްކާތެރި، އެއްބާރުލުންލިބޭ، އުފާވެރި، ހިތްހަމަޖެހޭ މާޙައުލަކަށް ހަދަންޖެހެއެވެ. މަސައްކަތުގެ މާޙައުލު އެކުލެވިގެންވަނީ މުވައްޒަފުންގެ މައްޗަށެވެ. ވީމާ، މުވައްޒަފުންގެ އިޖްތިމާޢީ، އިޤްޠިޞާދީ، ރޫޙާނީ، ޖިސްމާނީ އަދި ޢާއިލީ ދުޅަހެޔޮކަން ރަނގަޅުވެގެން މެނުވީ، މަސައްކަތުގެ މާޙައުލު ރަނގަޅެއް ނުކުރެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ދައުލަތުގެ މުވައްޒަފުން މަސައްކަތް ކުރަން ޖޭހޭ ދުވަސްތަކާއި ހަމަތަށް ވަނީ ކަންޑައެޅިފައި ޕީޖީ އޮފީހަށް ވަކިގޮތެއް ކުރިމިނަލް ކޯޓަށް ވަކި ގޮތެއް ނެހެދޭނެ، ތިޔައީ ވަކި ދައުލަތެއް ކަމަށް ހަދައިގެން އުޅޭ ތަނެއް !

    2
    1
  2. ބޮޑު

    ތިމީހުން އަބަދަށް ގޭ ބައިތިއްބާ.

    1
    1
  3. ރާއްޖެތެރެމީހާ

    މީ ވާ އޮފީހަކީ. ޝުކުރިއްޔާ

  4. ބުލްބުލް

    ފުރަތަމަ ދުނިޔޭގައި ނެތްވަރުގެ މޮޅު ގާނޫނު އުވާލަންވީނު. ބަލަ ގާނޫނާއި ޚިލާފަށް ދައުލަތުގެ އޮފީސްތައް ނުހިންގަބަލަ.

  5. ސަޕޯޓު ސްޓާފު

    އަޅުގަނޑު މެން މީ އެންމެ ބުރަ ކޮށް މަސައްކަތް ކުރާ މީހުން ރޯދަ މަހު ފަހު ދިހަ ގަ ވެސް ނެރުން އެކަމު އެއްވެސް ލާރި އެއް ނުލި ބޭ . އެއްވެސް މުއައްސަސާ އަކަށް އަޅުގަނޑު މެން ކުރާ ބުރަ މަސައްކަތެއް ނުފެނޭ

  6. ޙަލިމަމަތު

    އަބަދުވެސް ނިކަމެތިން ނިކަމެތި ވާނެ މުޅި ސަރުކާރު ހިންގަނީ ނިކަމެތި ސިވިލް ސަވަންޓުން އެއްމެ ކުޑަ އުޖޫރަ ލިބެނީވެސް އެމީހުން ނައް ހަމަ އެކަނި މިގައުމުގަ އުޅެން ޖެހެނީ ޓީޗަރުން ނާ ނަރުހުން ނާ ޑަކްޓަރުން ނާ ދެން ސިޔާސި މީހުން ވޯޓް ލާން ވީމަ ރައްޔަތުން ރަމަލާން މަހުގެ ފަހު ދިހާގަ ވެސް ސުކޫލް ތަކުގެ މަސައްކަތު މީހުން ލައްވާ ހެސްކިޔާފަ މަސައްކަތް ކުރުވި އެކަމު ފަހުދިހާގަ ނިކުން މީހުން ނައް ދޭއިނާޔަތް އެމީހުން ނަކައް ނުދެ ކޮބާ އިންސާފު ކޮބާހަމަހަމަ ކަން ކޮން މެ ސަރުކާރެއްގަ ވެސް އެއްމެ ނިކަމެތިކޮން ކަން ތައް ކުރަނީ މަސައްކަތު މީހާޔައް މިބުނީ ވވވ ވާހަކަ