ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

ޫުުުމެޓް އޮފީހުން މިރޭ މުޅި ރާއްޖެއަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ ފަތިހު 5:00 އަށެވެ.

މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެއެވެ.