މިސަރުކާރުން ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ފޮނުވި ނަންތަކުގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަފީރު ކަމަށް އައްޔަން ކުރުމަށް ރުހުން ދީފައިވަނީ 8 ބޭފުޅުންނަކަށެވެ. މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވެސް ވަނީ ރުހުން ދިނުމަށް ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ރުހުން ދިން ސަފީރުންނަކީ:

  • ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފް: ބައިވެރިވި: 39 މެމްބަރުން ރުހުން ދިން
  • އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު: 39 މެމްބަރުން ރުހުން ދިން
  • އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް: 39 މެމްބަރުން ރުހުން ދިން
  • ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މައްސޫދު އިމާދް: 38 މެމްބަރުން ރުހުން ދިން
  • މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު: 41 މެމްބަރުން ރުހުން ދިން
  • ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގީލާ އަލީ: 40 މެމްބަރުން ރުހުން ދިން
  • ޖެނީވާގައި ހުންނަވާ އދ. ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު: 40 މެމްބަރުން ރުހުން ދިން
  • ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ލުވައިޒް: 41 މެމްބަރުން ރުހުން ދިން

ސަފީރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މުހައްމަދު ހުސައިން ޝަރީފަކީ މީގެ ކުރިން ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމާއި ރައީސް އޮފީހުގެ ވަޒީރުކަމާއި ތަރުޖަމާނުގެ އިތުރުން ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެބޭޅާ

    ހުސް ކ މާލޭ ނަށާ ޕާޓީ ގަބީލާތަކުގެ ބޭޅުން
    ރާއްޖޭގެ ފޮރިން ސާވިސް އޮތީ މާލޭ ބޭޅުން ކޮޅެއް ހައިޖެކުކޮއްފަ

    4
    9
  2. ރާއްޖެ ތެރެމީހާ

    މާލެއެއް ރާއްޖެތެރެ އެއް ކިޔާނެކަމެއް ނެތް. ކަންކަމަށް ޤާބިލު، ތަޖުރިބާ ހުރި ފަރާތްތައް މިފަދަ މަޤާމުތަކަށް ޢައްޔަން ކޮށްފިކަމަށްވާނަމަ އޭގެ ފައިދާ ރާއްޖެއަށް ކުރާނެ.

    29
    1
    • ޗޯރޭ

      ރާއްޖެތެރޭގެ އެތައް ބަޔަކު ސީދާ ފޮރިން ދާއުރާއިން ބޮޑެތި ފާސް ނަގައިން ތަޖުރިބާ ހުރި މިނިސްޓުރީގައި ތިބި އެމީހުންނަށް ކީއްވެ އެންބުރިސިޑަރޔކަން ނުދެނީ؟؟
      ކޯޗެކޭ ކިޔާކަށް އޭ؟؟؟ މުއިއްޒުވެސް ހަމަ ރޭސުސްޓު އުސޫލު

    • ވާބްޗީ

      ބަލަގަ އެކިޔަނީ ހަމަ އެމަގާމަށް ކުފޫ ހަމަވާ ރާއްޖެތެރެ މީހާ ބާކީ ކޮއްފަ މާލެ ބޭފުޅު ވެގެންތެޅޭ މީހުންގެ މާބޮޑު ތަޖުތިބާއެއް ނެތަސް މަގާމު ދޭ ވާހަކަ ކަލޭ ދޭހަ ނުވަނީތަ؟؟؟؟،

  3. ރައްޔިތު މީހާ

    ރުހުން ދޭނެތާ... ރުހުން ނުދީ ސަރުކާރަށް ޖެއްސުން ކުރޒިމަ ވީގޮތް އެނގޭވިއްޔަ.

  4. ޑައެލޯގް

    19 ވަނަ މަޖިލިސް ސައިޒުވެއްޖެއެވެ. ދެންވެސް ފުއްޕަންނޫޅޭތި ސައިޒަށް ކަނޑާލާނަމެވެ.

  5. ވާނުވާ

    މާލެ ނައިސް ރަށުގައި ހުރެބަލަ

    1
    1
  6. މޮޔަމީހާ

    ޜާއްޖެ ކިޔަނީ ހުރިހާ ރަށްތަށް އެކުވީމަ، މާލެ އަކީ 1 ރަށް، ރަށްތަކުގެ އުލޭ ރައިތުން ތަފާތު ކުރަނީ ވެރިމީހާ، ، ރާއްޖެގައި އޮންނަނީ މާލެ ކިޔާރަށެއް އެކަނި، ދެންތިބެނީ ވޯޓުދޭން ތިބޭ ރަށްތަކެއް! ޙުރިހާރަށެއް އެކުވެގެން، ކުރެވޭނެ ބައިވަރު ކަންތަކެއް އެބަހުރި، ރާއްޖެތެރޭ މީހުން ތިމާލެ ތަރަށްގީ ކުރަނީ ކޮތަރު ކޮށިތަށް ނުއަގުގައި ކުއްޔަށް ހިފައިގެން ލޮލް

  7. ވިލިމާލެ ކަމަނަ

    އިއްޒަތްތެރި ރައީސް ވ. އާދޭހާއެކު ދަންނަވަން އަޅުގަނޑު މެންކުދިން ވެސް ކިޔަވައިގެން އައިސް ވަޒީފާއެއް ނުލިބި ގެން އެތިބެނީ އެކުދިނައް ވަޒީފާއެއް ދެއްވަ ބައްލަވަ އަޅުގަނޑު މި މަނިކުފާނުގެ އަރިހުގަ ސަލާން މިޖަހަނީ އެހީތެރި ކަމަށް އެދި