ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭރު ގައުމުތަކަށާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން މިއަދު އައްޔަނުކުރައްވައިފިއެވެ.

މިގޮތުން ޢައްޔަނު ކުރެއްވި ނުވަ ބޭފުޅުންނަކީ:

1. އެކުވެރި އަރަބި އިމާރާތަށް (ޔޫއޭއީ)އިން ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފު

2. އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް

3. ޗައިނާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑރ. ފަޟީލް ނަޖީބު

4. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑރ. ޢަލީ ނަޞީރު މުޙައްމަދު

5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، ޤީލާ ޢަލީ

6. މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑރ. މަރްޔަމް ޝަބީނާ އަޙްމަދު

7. ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްޢޫދު ޢިމާދު

8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު

9. ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، މުޙައްމަދު ލުވޭޒު

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު، ރައީސް ދެއްވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިލިމާލެ ކަމަނަ

    ހެޔޮނުވާނެ އިއްޒަތްތެރި ރައީސް އަޅުގަނޑު މެންގެ ކުދިން ކިޔަވައިގެން އައިސް އެތިބެނީ ވަޒީފާއެއް ނުލިބިފަ ހުރިހާތަނަކަށް އިއުލާނުކުރާއިރަށް އެޕްލައި ކޮށްކޮށް މިކިމަށް ވިސްނާވަޑައިގެން އެހީތެރިކަމެއް އެކުދިންނަށް ވެދެއްވަ ބައްލަވާ އާދޭހާއެކު މިދަންނަވަނީ ވަގުތު ބޭފުޅުން މިކޮމެންޓް ޖައްސަވާލަ ދެއްވުން ވ. އާދޭހާއެކު ދަންނަވަން މިކަމުގަ އެހީތެރި ކަމެއް ވެދެއްވާ.

  2. މުހަންމާ

    އިރުތިސާމުމެން ދުވާލަކު ޕާޓީއެއްގައި ތިބެފައި، އޭރު ހުރި ޕާޓީއަށް ވެރިކަން ނުލިބޭނެކަން ކަށަވަރުވީމާ ފަހުވަގުތު ޕީ.ޕީ.އެމް އަށް ފުންމާލާ ޕީ.ޕީއެމްގެ ހީވާގީކަބަލުން 5 އަހަރު މަގުމަތީގައި ކުރި މަސައްކަތް ފޭރިގަނެ އެކަބަލުން ބާކީ ކޮށްލި ކޮށްލުން ބަލަޔެއް ނުގަނެވޭނެ މުޢީޒޫ..............