މިހާރު ރާއްޖޭގައި ހިންގަމުންދާ ޔޫތް ސެންޓަރުތައް ހުރީ އެންމެ ކުރީ މޮޑެލްގައި ކަމަށާއި، އާ ޔޫތް ސެންޓަރުތައް ވެގެން ދާނީ ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ގާއިމް ކުރެވިގެންދާ ތަންތަނަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ވާހަކަދައްވަމުން އަސްވާޑް ވިދާޅުވީ ރާއްޖޭގައި ރަނގަޅަށް ފުލީ ފަންގޝަން ކުރާ ޔޫތް ސެންޓަރެއް ނެތޭ ދެންނެވިދާނެ ކަަމަށެވެ. އެފަަދަ ތަންތަން ހުރީ އެންމެ ކުރީ ޒަމާނުގެ މޮޑެލްގައި ކަމަށާއި، އެތަންތަނުގައި މިހާރު ރާއްޖޭގެ ޒުވާނުން ކުޅެ ހަދަ އަދި މުނުފޫހިފިލުވަން ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ނެތް ކަމަަށް ވަޒީރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އެއްކޮށް އަލަށް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޔޫތް ސެންޓަރުތައް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ގާއިމް ކުރެވިގެންދާއިރު، ވަޒީފާގެ އިތުރު ފުރުސަތުތައް މިތަނުގައި ފަހިވެެގެނެ،". ވަޒީރު ވިދާޅުވިއެވެ.

"އަހާ" ފޯރަމްގައި ވަޒީރު އަސްވާޑް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އަހްމަދު މަމަދޫހް

އޭނާ ވިދާޅުވީ، މިވަގުތު ޔޫތް ސެންޓަރެއްގައި އެންމެ ބޭފުޅަކު ހުރި ކަމުގައިވިޔަސް، ރަނގަޅު ފެސިލިޓީސްތާއެކު އަލުން ޔޫތް ސެންޓަރުތައް ގާއިމް ކުރެވިގެންދާނީ ރަނގަޅު ވަޒީފަތަކާއިވެސް އެކުގައި ކަަމަށެވެ.

އަދި އެވަޒީފާތަަކަކީ ދާއިމީ ވަޒީފާތަކަކަށް ވެގެން ދާއިރު، ޒުވާނުންނާއި އެއްކޮށް މަސައްކަތް ކުރެވި، ރަނގަޅު ޖީލެއް ގާއިމް ކުރުމަށްޓަކައި މި ސެންޓަރުތައް ބަދަލުވެގެން ދާނެ ކަމަށް ޔަގީން ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަކުޑި

    ޔޫތު ފެސިލިޓީތަކުގަ ދީނާ ހިލާފުކަމެއް ނެތްނަމަ ރަނގަޅު. އަދި ދީނަށް އިތުރަށް ގަޔާވާ ކަންކަން ހުރިނަމަ އަދި މާ ރަނގަޅު

  2. ބޮޑުބެ

    ޑުރަގު ސެންޓަރުތައް އަޅާބަލަ ޒުވަނުންނަށް

  3. ސުހާދު

    ޑްރަގްސް ސެންޓަރ ވަރަށް މުހިއްމު ޒުވާނުންނަށް....ވަކި ތަނެއްގައި ތިބެގެން ބޯން

    ޤައުމުގައި ނުހުއްޓުނު ވަބާއެއް