އޭޕްރިލް 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކެމްޕެއިނަށް ބޭނުން ކުރަމުންދިޔަ ތަނަކުން މަސްތުވާތަކެތި ފެނިއްޖެއެވެ.

މިކަން އެނގިފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 22 އަހަރުގެ މާލެ އަށް ނިސްބަތްވާ އެ ފިރިހެން މީހާގެ ވާހަކަތަކުންނެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އޭނާއާ ގުޅޭ ބަންދު އެ އަމުރުގައި ބުނެފައި ވަނީ އޭނާއާ އިތުުރު މީހަކު ގުޅިގެން ހިފާފައިވާ ކޮޓަރިއަކުން ޓްރެފިކިންގ މިންގަނޑަށް އަރާފައިވާ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެތަނަކީ އޭނާ ދާ ތަނެއް ކަަމަށް ޝަރީއަތުގައި އޭނާ ބުނެފައިވާއިރު، އޭނާ ދިރިއުޅޭ ކޮޓަރިން 58،000ރ ފެނިފައިވާ ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ. އަދި އެ މީހާގެ މަސްތުވާތަކެއްޗަށް ވަނީ ފައްސިވެފައެވެ.

އޭނާ ބުނާގޮތުގައި، މަސްތުވާތަކެތި ފެނުނު ކޮޓަރީއަކީ އޭނާ ކުއްޔަށް ހިފާފައިވާ ތަނެއް ނޫނެވެ. އަދި އެތަނަކީ ތަޅުލާފައި ހުންނަ ތަނެއް ނޫން ކަމަށާއި، އެ ތަނަކީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ބޭނުން ކުރި ތަނެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އަދި ކޮޓަރިން ފެނުނު ފައިސާއަކީ އޭނާ އެ މަސައްކަތުން ހޯދާފައިވާ ފައިސާ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަންމަދު

    ތިޔަމީހާއާއި ތީނަލައްވާ ތިކަން ކުރުވި މީހާގެ މައުލަުމާތު ހާމަނުކުރުމަކީ ތިޔަކަންކަން ކުރުމަށް ދެވޭ ހިތްވަރެއް.
    ތިފަދަ ކަމެއް ހިންގި މީހަކަށް މަޖިލިހުގެ
    މެންބަރުކަމުގެ ހުވާކުރެވިގެން ނުވާނެ.
    ސަރުކާރުންނާއި ނޫސްތަކުން ކިތަންމެވަރަކަށް ތިކަމުގަ ބައިވެރިވި މީހުން ސިއްރުކުރިއަސް ސިއްރެއް ނުވާނެ. ރައްޔިތުން މިތިބީ ހޭލާ.