މާލޭގެ ގެއަކުން ހަތަރު ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިއްކާ ވިޔަފާރިކުރި މައްސަލައެއްގައު ހައްޔަރު ކޮށްފައިވަނީ މއ. ސޭބުގޭ، މުހައްމަދު ހަސަން (36އ)އެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ބަންދު އަމުރުގައިވާގޮތުން އޭނާ އާ ދެކޮޅަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އޭނާ އާއި ގުޅުންހުރި އެޕާޓުމަންޓުން އެކި ބާވަތުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަަމަށް ބުނެފައި ވެއެވެ.. އަދި އެތަކެތީގެ ވަގުތީ ބަރުދަން ހަތަރުކިލޯއަށްވުރެ ގިނަ ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.
އެހެންކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތި ފެނުނު އެޕާޓުމަންޓަކީ ގިނަ ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރަމުންދާ އެޕާޓުމެންޓެއް ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.
އަމުރުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރެވޭނެ ތަކެތިވެސް އެ އެޕާޓުމަންޓުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަކީ އަމަލީ ގޮތުން މިކަމުގައި ބައިވެރިވި މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލެ ފޭސް 1 ގަ ހިތިގަސް މަގު 5 ނަމްބަރ ގޯޅި ރޯހައުސް އިތާ 18 ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ތަނެއް.
އެތަނަކީ ހުޅުމާލެ ފުޅާ ދާއިރާއެގައި ޑްރަގު ވިއްކުމާއި، ނާސިގެއް ހިންގާ ތަނެއް.
މަސްތުވާތަކެތި ގެންގުޅޭ މީހުން މަރައި، މަސްތުވާތަކެތި ފެންނަ ގެތައް ދައުލަތަށް ނަގަންވީއެވެ. ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތެއް ނުވާނެއެވެ.
ހައްތަހާވެސް މިފެންނަނީ ސައްކު ކުރެވޭ އެއްޗެހި ޔަގީން އެއްޗެހި އަތުލައި ގަނެވިގެންތާ ތިމިސްމީހުން ނައް ކަމެއް ވާނީވެސް