ދުސިތު ތާނީ މޯލްޑިވްސްއަށް ހަނީމޫނަށް އައި ދެ ފަތުރުވެރިއަކު އެ ރިސޯޓުގައި މޫދަށް ވެއްޓުނު މުވައްޒަފަކު ސަލާމަތްކޮށްފިއެވެ.

ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި މިސް ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ މި ދެމަފިރިން ހަނީމޫން، ދުސިތް ތާނީގައި ހޭދަކުރަމުންދަނިކޮށް، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ރިސޯޓު ވޯޓާ ވިލާގެ ޑެކުން ވެއްޓުނު މުވައްޒަފަކު ސަލާމަތްކުރުމުން ބ. އަތޮޅު ފުލުހުން ވަނީ މިކަން ފާހަނގަކޮށް އެ ދެ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

ޑެކުން މުވައްޒަފު މޫދަށް ވެއްޓުމުން އަނިޔާވެ، ގެނބިގެން ގިނައިން ލޮނުވެސް ބޮވިފައި ވެއެވެ. މި ދެ ފަތުރުވެރިން ވަނީ އޭނާ މޫދުން ނަގައި އަވަސް ފަރުވާ ދީފައެވެ.

ބ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މި ދެ ފަތުރުވެރިންގެ ހިތްވަރަށް ހުރިހާ ދިވެހިންނާއި ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދުސިތް ތާނީގެ މެނޭޖުމަންޓުން މިހާދިސާ އާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅައި އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދީފައިވާތީ އެކަމަށްވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުން ވަނީ އެ ދެ ފަތުރުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެކުން ވެއްޓުނު މުވައްޒަފުގެ ހާލު މިހާރު ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ފުލުހުން ރަނގަޅު ކަމެއް ކޮށްފި އެވެ.

    11
    • ހިޔަޅު

      ޜަނގަޅުކަމެކޭ...މާލޭ މަސްމާރުކޭޓް ކުރިމަތިން ތިކަހަލަ ކަމެއް ހިނގިނަމަ ހަރާންތޯއްޗެ ތީން އެއް ޅޮހެއްވެސް ނުހުންނާނެ ފޮޓޯ އަށް އަރަން ގޮސް....ކޮއްކޮމެން ހާދަ ޅައޭ ދޯ ...ރިސޯރޓެއް ވީމަ އެއުޅެނީ ޕޮލިސް ސްޓޭޝަނުގައިން ފްރޭމްގަނޑުވެސް ގެންގޮސްގެން..އަދި އެނގޭތަ އެ
      ކީއްކުރަންކަން...ހައްޕަޅަން...ކާންދޭނެކަން އެނގެއެން ނު މީރުކޮށް .......ކާމޭޒުމަތި ފެނިގެން އުޅޭ މޯލުތަކެއް...

  2. ޝޭޚުލް އަޒްހަރު

    އިންސާނުން ވަކިވަކި ޤަބީލާ ތަކަށާއި މީހުން ނަން ކިޔައިގެން އުޅެނީ އެއްބަޔަކު އަނެއް ބަޔަކު ދަނެ ތަޢާރަފް ވުމަށް ޓަކައެވެ. އާޚިރުގައި އިންސާނުންނަކީ އެއް ޢާއިލާއެކެވެ . މި ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ.