ލ. ފޮނަދޫގައި ކާރެއް ދޯންޏަކަށް އަރުވަން އުޅެނިކޮށް މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަން އުޅުމުގެ ތެރޭގައި ކާރު މޫދަށް ވެއްޓިފައިވާ ކަމަށް މިރޭ 19:05 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށާއި ކާރު ނަގައި މިހާރު ދޯންޏަށް އަރުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕޭޖަކުން ވަނީ އެ ކާރު އަޑިއަށްދާ މަންޒަރުގެ 22 ސިކުންތުގެ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ. އަދި އާ ވައްތަރެއްގެ ސަބްމެރީންއެއް އެ ރަށުން ފެނިއްޖެ ކަމަށް ބުނެ ވަނީ ޕޯސްޓު ޖަހާފައެވެ.

ކާރު މޫދަށް ވެއްޓުނު ވީޑިއޯގެ ސްކްރީންޝޮޓެއް

އެ ވީޑިއޯ އިން ފެންނަ ގޮތުން ހުދު ކުލައިގެ އެ ކާރު މޫދުގެ އަޑިއަށް އެއްކޮށް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    ހާދަ ދެރައޭ! އެސޮރަށް ފަތާކަށް ނޭގޭނެ!

    7
    1
  2. ގުދުގުދާބެއްޔާ

    ދިވެހިން ތަހުޒީބު ވާކައް ނުވޭބާ؟ ފިލައެއްބާއްވައިގެން ތަކެތި އަރުވާ އަދިވެސް މިއައްވުރެން ތަހުޒީބު ވާން އެބަޖެހޭދޯ؟

  3. ގުދުގުދާބެއްޔާ

    ދިވެހިން ތަހުޒީބު ވާކައް ނުވޭބާ؟ ފިލައެއްބާއްވައިގެން ތަކެތި އަރުވާ އަދިވެސް މިއައްވުރެން ތަހުޒީބު ވާން އެބަޖެހޭދޯ؟.

  4. ޖޯކަޜޭ

    ލޮލް

  5. އަޙްމަދު

    ބުޅިކެނޑޭނީ ކޮޔޮޅުންއަތުންނޭ ބުނެއުޅޭ! ކެރޭނުން މުދާ އަރުވާ ބާލާއިރު ކިތައްފަހަރުތޯ ކެރައިން މޫދަށްވެއްޓިފައިވަނީ. ފިލައެއްގެ މަތީގައި ކާރު އަރުވާ ބޭލުމަކީ ނާތަހުޒީބު ކަމެއްކަމަށް ދޭކޭމީން ތަހުޒީބުވުން މާރަނގަޅުވާނެ

    2
    1