މީސް މީޑިއާގައި އަންހެން ހެދުން އަޅައި ބަރަހަނާ ފޮޓޯ އާންމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރު ކުރުމުން އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ދީފިއެވެ.

މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އަންހެން ހެދުން އަޅައިގެން މޭކްއަޕްކޮށްގެން ފޮޓޯތައް އަޕްލޯޑް ކުރަމުން އަންނަ ނަބީލުގެ މައްސަލަ ފުލުހުން ދެވަނަ ފަހަރަށް ބަލަން ފަށާފައިވަނީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު މީސްމީޑިއާގައި ފާޅު ކުރުމުންނެވެ. އެ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކުރީ އިއްޔެއެވެ.

ފުލުހުން މިއަދު ބުނީ، އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން މީޑިއާތަކަށް ބުނީ،އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މީގެ ކުރިން ޔާޔާ ނަބީލް ސޯޝަލް މީޑިއާގައި ބަރަހަނާވި މައްސަލައަކާ ގުޅިގެން ވެސް ހައްޔަރު ކުރިއެވެ. އޭނާ މިފަހަރު ހައްޔަރުކޮށްފައި މިވަނީ އެ މައްސަލައިގައި އެއް އަހަރަށް ޖަލަށްލި ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައި ހުއްޓައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޞާބިރާ

    ސާބަހޭ. މިކަހަލަ މީހުން އުމުރަށް ޖަލަށް ލާންވީ. ދިވެހި ފިލްމީ އިންޑްސްޓްރީގެ ޔާރާ ފެމެލީވެސް ހައްޔަރު ކުރަން ފެނޭ. ބައިސްކޯފުގައި "ޔާރާ" ނަމަކަށް ކިޔާ ސީރީޒްއެއްގައި ޒިނޭކުރުމަށް ހިތްވަރުދޭ މަންޒަރު ތަކާއި ބަސްތައް ދަނީ ބޭނުން ކުރަމުން. އަދި ތަރިން ލައްވާފައި ތިބެނީ ވަރަށް ކުރު ކުރު ހެދުން. އެކި ދުވަހު އެކި މީހުނާ އެކު ފާހިޝް އަމަލު ތަޖުރިބާ ކުރަންވާނެ ކަމަށް އެ ސީރީޒްގައި ބުނަމުންދޭ.

  2. އެއު

    އައްޗީޑި. މިއަށްވުރަށް ގިނަ އަހަރަށް ޖަލަށްލާ!

    15
  3. މޮޔަސޮރު

    ދުވަސް ޖަހަން ޖެހޭ މީހުންނަށް ވާ ވަރަށް ދުވަސް ނުޖެހެ !

  4. ނަބީލް ޔަހުޔާ

    ރާއްޖޭގެ އަންހެކުދިންވެސް ފޮލޯވަރުން ހޯދަން ސޯޝަލްމީދިއާގަ އޮރިޔާންވަނީ. މޭމަތި އެއްކޮށް ހާމައަށް ދައްކައިގެން ފޮޓޯތައްލާފަ އޮވޭ. އަންހެނުންކުރީމަ އެކަން އޯކޭވެގެން ނުވާނެ. އެމީހުންވީމަ ނޯމަލައިޒްވީ. ނިވައިކަންކުޑަ ހެދުންލައިގެން ޓިކްޓޮކާ އެތަންމިތާ އުޅޭކުދިންތައް ހުއްޓުވަންޖެހޭ. ތިޔަ ޔާޔާއަކަށްވެސް ބޮޑު އަދަބުދޭންޖެހޭ!!

  5. އަލޮމް މިއާ

    ބައެއްފަހަރު ވާނުވާގައި ޖަލުގަ ބަހައްޓަން އަހަންނަށް ތާއީދުކުރެވެނީ މިކަހަލަ މީހުންގެ ސަބަބުން
    ދެރައީ މިކަހަލަ މީހުންގެ މައްސަލަތައް އަވަހަށް ބެލި، ހުކުމްގެ މުއްދަތު ކުޑަވިމަ
    އިންސާފު ލިބެންޖެހޭ މީހުންނަށް އިންސާފު ނުލިބި ލަސްވާތީ

  6. އާމިނަތު1

    މަބުނީ ހިތާނީ ޕާޓީ ތަކުގަ ވެސް ފިރިހެނުން އަންހެން ހެދުން ލައިން އުޅޭ، ދެނޯ؟ ހައްޔަރު ކުރާނީ؟

  7. ލޮލް

    ރަނޑާލި . ވަޓް އަ ޖޯކް

  8. ޒުވާނާ

    އަމައްޔާއި ރިތިމީހެއް ނަމަރްނގަޅުތާ ސަކަރާތްޖަހަންވެސް ކުޑަކުދިންވެސް ބިރުންފިލާނެ މިކަލޭގެ ފެނިފަ ފޫޅުދިގު ހަންޑިއާ އެންމެވައްތަރީ ޔާޔާޔޯ ހެހެހެ