އެކި ފަހަރުމަތިން ނަގާފައިވާ މުދަލަށް ދައްކަންޖެހޭ ނުވަ ލައްކަ އަށްވުރެ ގިނަ ރުފިޔާ ދިނުމަށް އަލަމްގީރްގެ ބޮސް، ހަމްދޫން އަބްދުﷲގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހަމްދޫނަކީ، ގިނަ ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރް ނަމަކަށް ކިޔާ މީހާގެ ބޮސްއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ މި ހުކުމުގައި ބުނެފައިވަނީ ޑީ ބްލޫ ކުންފުނިން މުދާ ލިބުމުން ފައިސާ ދައްކާގޮތަށް އެކި ފަހަރު މަތިން ނަގާފައިވާ މުދަލަށްވާ 955،925.89 ރުފިޔާ އެކުންފުންޏަށް ހަމްދޫން ދޭންޖެހޭކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި ހުކުމުގައި ބުނެފައިވަނީ، ޑީބްލޫންމި ދައުވާ ސާބިތު ކުރުމަށް އެކުންފުނިން ހަމްދޫނަށް ފޮނުވާފައިވާ 15 އިންވޮއިސްގެ ކޮޕީ އާއި ހަމްދޫން ދީފައިވާ ޗެކާއި އެ ޗެކް ރިޓާންވި ކަމުގެ ލިޔުންވެސް ހުށަހަޅާފައިވާ ކަމަށެވެ.

މި ދައުވާގެ ލިޔުން ހަމްދޫނަށް ވައިބަރ ކޮށް، އަދި ފޮނުވި ކޯޓު އަމުރުތަކަށް ޖަވާބު ދީފައިނުވާ ކަމަށް ބުނެފައި ވެއެވެ. އަދި ހަމްދޫނަށް ކޯޓަށް ހާޒިރު ވުމަށްވެސް ޗިޓު ހަވާލުނުކުރެވޭތީ އާއި ޣައިރި ހާޒިރުގައި މައްސަލަ ބަލާނެ ކަމަށް އަންގާފައިވާ ލިޔުންވެސް އޭނާ އުޅޭ އެޑްރެހުންވެސް ހަވާލުނުވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އެހުކުމުގައިވާ ގޮތުން މުދަލާ ހަމްދޫން ހަވާލުވުމުން އޭނާ އަށް ފޮނުވާފައިވާ 15 އިންވޮއިސް އޭނާ އަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަށް ވާ ފައިސާ އޭނާ ދައްކާފައިނުވާ ކަމަށާއި އަދި މި އިންވޮއިސްތަކަކީ 2017 އަދި 2018 ވަނަ އަހަރު ތައްޔާރުކޮށްފައިވާ އިންވޮއިސްތައް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ހުކުމުގައި ބުނެފައިވަނީ ޑިބްލޫން ފޮނުވާފައިވާ ނުވަ ލައްކަ އަށްވުރެ ގިނަ ފައިސާގެ އިންވޮއިސްގައި ބުނާ ފައިސާ އަކީ ހަމްދޫން އެކުންފުންޏަށް ދޭންޖެހޭ ފައިސާ ކަމަށެވެ. އެހެންކަމުން މި ފައިސާ ދެ މަސް ދުވަހުގެ ތެޜެގައި ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ިސސެ

    ޙަރާނ

    19
  2. ކޮރަލް

    ހަމްދޫން ކޮބާ ؟

  3. ކަމަން

    ތީ ބޮޑުވަގެއް އަލަންގިރިއާއެކު ދޭ ފިލްމުކުޅެން

  4. ނާޒިމް ސައްތާރު

    ކނރ ގެ މީހުންނަށް ކޯޗެއް ލިބުނީ ؟

  5. Anonymous

    އަލަމްގިރި އަކީ ހަމްދޫން އެޑަޕްޓްކޮށްގެން ގެންގުޅޭ ދަރިއެކޯ ބުނާއަޑު އިވޭ.

    3
    0
  6. ބަބޫ

    ގީރު ނިތީމަ ދެން ފައިސާ ހެދޭނެ މަގެއްވެސް ނޯންނާނެ

  7. ބުރޯ

    ނުދެއްކީމަ ކޯޓައް ކުރެވޭ ކަމެއް ނޯޥޭ.

  8. ޖަޑާ

    މާވަހަރު ހަމްދޫން، އަވަހައް ތިކަމާއުޅެބަލަ،
    ލާރި ދައްކަންވާނެ

  9. އަލީ

    މި މައްސަލަޔާ އަލަމް ގިރިއާ ހުރިގުޅުމެއް ކޮބައިތޯ؟

    5
    2
  10. ބަޑިދޫ ތުއްތު

    އަލަމްގިރި ވިއްކައިގެން ލިބުންހާ ލާރިތައް ހުންނާނެ އެއްނުން

  11. Anonymous

    6 އަހަރު އެކަމައް އަދަބެއް ނުދެވި.

  12. ސަމުސާ

    އަލަމްގިރި ނެތި ތިޔަކަލޭގެ ވިޔަފާރި ބަނގުރޫޓް ވެފައެއްނު އޮންނާނީ ދެން ތިފައިސާ މިކަލޭގެ ކޮންތާކުންބާ ދޭނީ ޕަކާސް

    2
    1
  13. ގރފގރގ

    ވައިބާ ކުރުމަކީ ކޮބާ؟؟؟؟
    ވީޑިއޯކޯލް ކުރުންތަ؟

    1
    1