އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދިއުން ހިމެނެއެވެ.

މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ.ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައެވެ.

ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން، "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އައު އެންޑީވަރއެއް އެމްއެންޑީއެފާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިންގ މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޗައިނާ ދެކެ ބިރުން އެމެރިކާ ރޯމަހެއް ތެޅޭހެން ތެޅެނީ.

    • ސަބަޓް

      މިކަމުން އެންމެ އަސަރުކުރާނީ ހިންދުކަރާގެ މީޑިއާތަކަށް!

  2. Anonymous

    އެމެރިކާ އަކީ އިސްލާމް ދީނާއި މުސްލިމުންނާއި ހަގުރާމަ ކުރާން ފަލަސްތީން ބިމުގައި އިސްރާއީލް ކިޔާ ނާފެޔާ ޓެރެރިސްޓް ޖަމާއަތެއް އުފައްދައިގެން ބައިނަލް އަގުވާނީ އެންމެހައި ޤާނޫނޫ ތަކާއި ހިލާފަށް ފާޅުގައި މިބުނާ ޓެރެރިސް ނާފެޔާ ޖަމާއަތަށް ހަތުޔާރު ފޯރުކޮށްދީ އެހީތެރިވާ ބައިގަޑެއް !