ޗެނެލް ރައިޑިން އެގްރިމެންޓަކާއު ހިލާފުވެ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް (އެމްއެންބީސީ)ން މީޑިއާނެޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެމްއެންބީސީން މީޑިއާނެޓާއެކު ޗެނެލް ރައިޑިން އެގްރިމެންޓެއް ހެދި ކަމަށެވެ. އަދި މި އެގްރިމެންޓާއި އެއްގޮތަށް މީޑިއާނެޓުން ދީފައިވާ ހިދުމަތަށްވާ އަގު އެމްއެންބީސީން ދައްކާފައިވާ ނުވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ހުކުމުގައިވާ ގޮތުން މީޑިއާނެޓުން އެމްއެންބީސީ އަށް ދީފައިވާ ހިދުމަތުގެ އަގު ކަމަށްވާ 1،328،672 ރުފިޔާ މީޑިއާ ނެޓަށް ދޭންޖެހެއެވެ. މި ދައުވާގައި ބުނެފައިވަނީ އެމްއެންބީސީގެ ޗެނަލެއް ކަމަށްވާ "ވައި ޓީވީ" ރައިޑް ކޮށްދިނުމުން އެ ހިދުމަތަށްވާ ފައިސާ ނުލިބިގެން މީޑިއާނެޓުން އެމްއެންބީސީއަށް އިންވޮއިސް ފޮނުވާފައިވާ ކަމަށެވެ.

އޭގެއިތުރުން މި އިންވޮއިސްތަކުން މީޑިއާނެޓުން އެމްއެންބީސީ އަށް ހިދުމަތްދިން ކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން މި ފައިސާ އަކީ މީޑިއާނެޓަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މި އެއްމިލިއަނަށްވުރެ ގިނަ ފައިސާ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން މީޑިއާނެޓަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިއެއް

    ތިއުޅެނީ ކަމާލުއްދީނައް ލާރި ކޮޅެއް ދޭންވެގެން އަސްލު އިނގޭ، އޭނަ ކެންޕޭނަށް ހަރަދު ކުރީމަ ލާރި ހުސްވެފަ ހުންނާނީ މިހާރު އެހެންވީމަ ހެލްޕެއް ދިނުމުގެ ގޮތުން.