އަތޮޅު ތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމް ހުށަހަޅާފައިވާ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ވަނީ ދިރާސީ އައު އަހަރަށް މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމް ހުށަހަޅާފައިވާ ގޮތުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން:

މާލެ ސަރަހައްދުގެ ސަރުކާރުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވެއްދުމަށް 2290 ފޯމް ހުށަހަޅާފައިވޭ

ގްރޭޑް އެކެއް ފިޔަވާ އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމް ހުށަހަޅާފައިވޭ

އަތޮޅު ތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމް ހުށަހަޅާފައިވޭ

މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 660 ފޯމް ހުށަހަޅާފައިވޭ

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތައް ބަންދުވެ، މަސް ދުވަހަށް ވުރެ ބޮޑު ޗުއްޓީއަކަށް ދިޔައީ އޭޕްރިލް 30 ވަނަ ދުވަހުއެވެ.

ބޮޑު ޗުއްޓީއަށް ފަހު ދިރާސާ އާ އަަހަރުގެ ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ މާރިޗް 6ގައި ކަމަށް ބުނެފައި ވެއެވެ.

މިހާރު ގެނެސްފައިވާ ބަދަލާއެކު 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރިލް ހަ ވަނަ ދުވަހެވެ.

އަންނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީ ދެން ލިބޭނީ ރޯދަ މަހުގައި ކަމަށް އާ އެކަޑަމިކް ކަލަންޑަރުން ދައްކައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށަން ސަރުކާރުން ނިންމާފައިވާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    މިކަން ކުރާކަމަށް ވާނަމަ އަބަދުވެސް ކުރަންޖެހޭނީ! ދެން އަތޮޅު ތަކުގައި ސްކޫލް އެޅުމުގެ ބޭނުމެއްނެތް! ތިމީހުން ކިޔަވާނިމިގެން މިސަރަހައްދުގައި!

  2. ދުނިޔަވީލޯބީގަޖެހި ދަހިވެތިކަން އިންތިހާއަށް

    ފަހުޒަމާނުގެ އަލާމާތެއް ކަމަށް ވަނީ އެންމެން އެއްތާކަށް ޖަމާވެ ރަށްތައް ހުސްވެ ފަޅުވާނެޔޭ. ގުދުރަތީބކާރިސާ އެއް އަޔަސް ގިނަބަޔަކު ނެތިދާން ފުރުސަތު boduvaane.މީހުންގެ ނުބައިމަނުން އަންނަ ކޯފާއެއްގެ ބޮޑުކަމެއް ހަނދާނަށް ނާންނާނެ. ދުނިޔެއާ ހެދި ދަހިވެތިކަމުގަ Gina ލާރި ހޯދާ އެލާރިން ދެއްކުންތެރި ދިރިއުޅުމެއް މަޖަލާއކީ އުޅެން ވަގުތު ދުއްވާލަނީ. މޮޅު ވަޒީފާ، މޮޅު ތައުލީމު އަރާމު ފްލެޓް އަތުގަ ވެހިކަލާ ފައިސާ ހަބޭހަށް.ރަށުގަ އަމިއްލަ ނޫނީ ވާރުތައިން ލިބެން އޮތް ބޮޑު ގޯތި ވީރާނާ ކޮއްފަ، ކުއްޔަށް ދީފަ، ނޫނީ ވިޔަފާރިއެއް ފަށާފަ މާލެއަށް އާއިލާ ގޮވައިގެން .މޫވް ކުރާއިރު ހިތަކަށް ނާރާ އެކަހަލަ ކިތައް މީހުންބާއޭ މުޅި އާއިލާ ގޮވައިގެން ތޮއްޖެހިފަ އޮތް މާލެ އައިސް މާލޭގެ ރައްޔިތުންނަށް jaaga ދަތި ކުރަނީ. އާ ފްލެޓް ލިބިގެން އެތަނަށް ވަދެވެންވާއިރަށް މޫވްކުރާމީހުން ހައްތަހާވެސް.ކީއްތަވާނީ އަމިއްލަ ރާށުގަ ހިތްފަސޭހަކަމާއެކު އުޅެ މާލޭ ރައްޔިތުންނަށްވެސް އެފުރުސަތުދޭން ބައިބޯކަން މަދުކުރަން މާލެ ބަދަލު ނުވިއްޔާ. ދަހިވެތިކަމަކީ ފަރުވާއެއް ނެތް ކަމެއް. ކިތަންމެ އުޒުރެއް ދައްކައިގެންވެސް މާލެބަދަލުވާންޖެހޭ. ރަށުގަ ނޫޅެވޭހާ އިތްމޮޅުވަނީ..ލަދުގަންނަނީ

  3. މާޔޫސް

    މާލެ ތޮއްޖެހުން ހަށްލުވާނީ އަތޮޅުތެރެ ތަރަށްގީވެގެން،