1. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

ނަޝީދުއަށް ދިން ހަމަލާއަށް މިއަދު ވަނީ 3 އަހަރު ފުރިފައެވެ. އެހެންނަމަވެސް ނަޝީދަށް އިންސާފު ލިބިފައިނުވާތީ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް ވަނީ ގޮވާލައްވާފައެވެ. އަދި ނަޝީދަށް އިންސާފު ހޯދައިދިނުމަށް އަސްލަމް ވަނީ ގޮވާލާފައެވެ.

"މި ހަމަލާއާ ގުޅޭގޮތުން ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމުވެފައި ބޭނުންތެރި ކަމެއްކަމުގައި ވެސް ދެކެން." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 45 ރެކަމެންޑޭޝަނެއް ހުށަހަޅާފައެވެ.

މަޖިލީހުގެ ރައީސްގެ މަޤާމުގައި ނަޝީދު ހުންނަވަނިކޮށް 6 މެއި 2021 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގަންނަވަނިކޮށް ބޮމުގެ ހަމަލާ ދިނީ ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުންނެވެ.

މި ހަމަލާގައި ނަޝީދަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު އެ ޒަހަމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ. މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ނަޝީދަށް އިންސާފު ނުލިބި ދިއުމަކީ ލަތުވެތި ކަމެއް: ޑިމޮކްރެޓްސް

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަސީރު..

    އަސްލަމް.. ކަލޭގެ ހުރި ހިޔަޅުކަމާއެވެ.. ތިމާމެންނަށް ބާރު އޮތްއިރު އަޅާނުލާފަ މިހާރު ތިވާހަކަ ދައްކަން ލަދެއް ނުގަނޭތަ...

  2. ހުސޭނުބޭ

    އަބަދުވެސް ދެގަޑި ބައިވެފައި އިންނަ ބެއްޔާ ތި ވާހަކަދައްކަން އަދި މާ އަވަސް. ތި ގޮނޑިން ފޭބީމަ ތިކަން ކުރަން މަޑުޖައްސާލިނަމަ ހާދަ ރަަޅުވީހޭ!

  3. ހަވާސާ ހަމީދު

    މިއޮތް ހުރިހާ ދުވަހު އެކްނަނުކުރީ ކީއްވެބާ! ގުދޯ ގުދޯ ނުގޮވާ!

  4. މަނިކު

    ނަޝީދުގެ މައްސަލަ ނުބެލީ ނަޝީދުގެ ފުލްޕަވަރު އޮތް އެމްޑީޕީން ރައީސް ޔާމިންގެ މައްސަލަވެސް ނުބަލާ ކިތަން އަހަރު ނަޝީދުއާއި އިބޫގެ ބާރުގައި އޮތީ. ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެކަން މިހާރު އެއޮތީ ފެންނަން

  5. އަހްމަދު

    ބަލަ އަސްލަމުމެންނޫންބާ ތިޔަކަންކަން ހުއްޓުވައިގެންތިޔަތިއްބެވީ މިއޮށްހުރިހާދުވަހު ސަރުކާރާމަޖިލިސް ހިސާރުކޮށްގެން މިހާރުދެން ކޮންވާހަކަތަކެއްތޯ ތިޔަދައްކަވަނީ

  6. ބޮލިފުޝި

    ރާފޫޅިއަކައި އެކު ހުރި މީހަކު މަޖިލިސް ރައީސްކަމަށް؟

  7. އަލިބެ

    އެކުސްޕަޔަރ ވާތީ މޮޅުއެއޗެއް ކިޔާލަނީ ދޯ

  8. މުހިއްމަދު ހަސަން476

    ހިތައްއަރާ އެމްޑީޕީގެވެރިކަމުގަ މިމައްސަލަނުބެލީ ކީއްވެބާއޭ

  9. އަހުމަދު

    އަސްލަމު ގެ ލަދުގެ ކަންފުޅެއް ވެސް ނެތީބާ؟

  10. ހަމީމާ

    އެމްޑީޕީ ސަރުކާރުގަ އަމަލު ނުކުރި އެއްޗެއްގެ ވާހަކަ މިހާރު ހަމަ ތިޔަ އެމްޑީޕީ މެމްބަރުން ތިޔަ ގޮވަނީ ކޮންމޮޔައެއް ވެގެންތޯ؟؟