ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އިންސާފު ނުލިބި މިހާ ގިނަ ދުވަސް ވެގެން ދިއުމަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. މިއަދަށް މި ހަމަލާއަށް ތިން އަހަރު ވެގެން ގޮސްފައިވާއިރު، އެކަމާއި ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ހަމަލާއަށް ތިން އަހަރު ފުރޭއިރު ވެސް އެމަނިކުފާނަށް އިންސާފު ލިބިގެން ގޮސްފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.

ދައުލަތުގެ މުހިންމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދުރާލާ ރާވައިގެން އެވަރުގެ ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމަކީ ކަންބޮޑުވާ އަދި ކުށްވެރި ކުރާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ނަޝީދު އަވަހާރަ ކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިން ވެސް ރާވައި މަސައްކަތް ކުރި ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނިކޮށް އެއާ ވިދިގެން ވެސް އެމަނިކުފާނަށް ޤާނޫނު އަސާސީން ލާޒިމު ކުރާ ރައްކާތެރިކަން ކަށަވަރުކޮށް ނުދީ އޮތް އޮތުން ތަކުރާރުކޮށް ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ނަޝީދަށް އެ ބޮމުގެ ހަމަލާ ދިނުމުގައި އެގޮތަށް ކަން ހިނގާފައިވާއިރު، އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތް ފިޔަވައި، އެހެން މީހުންގެ ޝަރީއަތްތައް ހިންގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ، އަދި ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާއި ހަމައަށް ވެސް ނުހޯދި އިންސާފު ގާއިމު ނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ "ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް" ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

"އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި ނޯމަލައިޒް ކުރުމުގެ އަމަލެއް ކަމުގައި ދަ ޑިމޮކްރެޓްސްއިން ދެކެމެވެ." ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޑިމޮކްރެޓްސްއިން ވަނީ ނަޝީދަށް ދިން ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމު ކުރުން އަވަސް ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަބްދޫ

    އަފްރާސީމް އަށާއި ރިޒްވާނަށް އިންސާފު ހޯދުމުގެ ނަމުގަ އެކަމުންރެކެން ވެގެން މަރު ކޮމިސަން ހިންގުނަ ލަދުވެތި ނުވޭތަ؟ދީނީ މީހުންގެ ބޮލުގަ އަޅުވައިގެން ހަގީގަތާއި ހިލާފު ރިޕޯޓް ހަދައިދިނީމަ ފަނޑިޔާރުކަން ދިނުމަކީ ލަދުވެތި ކަމެއްނޫންތަ؟

    12
  2. ނީޝް

    ކޮންއިންސާފެކޭތަ މިކިޔަނީ މީހުންގެ ދަރިން ހަލާކު ކޮށްފަ މިހާރުން މިހާރަށް އެންމެން ދޫކޮށްލާ

    10
  3. ރ ބަސް

    ނަސީދަށް އިންސާފް ލިބޭނީ އޭނާ ކުރައްވާފައިވާ ކުށްތައް
    ރަނގަޅަށް ތަހުގީގުކުރެވި އިންސާފުވެރި ޝަރީޢަތެއް ލިބިގެންނެވެ މިކަމަށް ޑިމަކްރެޓްސް އިސްނެގުންވެސް މުހިއްމެވެ އިސްސާފުހޯދަން އަވަހަށް މައްސަލަތައް ކޯޓަށް
    ހުށަހަޅުއްވަން ވީއެވެ މިހާރުވެސް މާލަސްވެފައިވާއިރު ދެން
    ލަސްކުރުމުގެ ބޭނުމެއްނެތެވެ.

    11
    2
  4. ހުސޭނުބޭ

    މުޅި ރާއްޖޭގައި ހުޅުޖެހި މައްސަލާގައި ނަޝީދަށް ދަޢުވާނުކޮށް ދޫކޮށްލުމަކީވެސް ލަދުވެތިކަމެކޭ ބުނެބަލަ ޕްލީޒް!

  5. ވެރިޔާ

    ރ.ނަޝީދަށް އިންސާފްލުލިބޭވާހަކަދައްކަނީ މިޤައުމުގައި ވެރިޔަކަށްނެއް އަމާންކަމެއް އިންސާފެއް ޢާއްމުރަޢިއްޔަތުމީހާއަށް އަމުދުންއިންސާފެއް އަމާންކަމެއް އިންސާފެއްނެތްކަން ހާމަކޮށްދިނުމަށްކަމަށް ލަފާކުރެވެނީ..

  6. ހުވަދު

    ނަޝީދަށް އެކަނިތަ މިޤައުމުގަ އިންސާފު ނުލިބިވަނީ.... ؟؟؟

  7. އޭނާ

    ކާކައްތައިންސާފުލިބުނީ.

  8. ބާޛިރު

    ރައީސް ނަޝީދުގެ ޒުވާން ޢުމުރު ޤުރުބާން ކޮށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ރައްޔިތުންނަށް އިންޞާފު ހޯދުމުގެ މަަގު ވަނީ ފަހިކޮށްދީފައި. އެމަގުގެ ބޮޑު ބަޔަކީ ތިމާ އަޅާ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހަކަށް ނުދައްކައި ކޮންމެ ރައްޔިތަކަށް ވޯޓު އެޅޭނެ ގޮތް ހަދައި ދިނުން. ވީމާ، ރައީސް ނަޝީދަށް އިންޞާފު ހޯދައިދޭން ބުރަކޮށް މަސައްކަތް ކުރަން ތިބީ ދިވެހި ރައްޔިތުން ކަމުގައި ދެކެން.

  9. މޮޔަސޮރު

    ޑިމޮކްރެޓްސް އޭ .. މީ ކޮންބައެއް ! މިޤައުމުގަ ތިހެން ކިޔާ ބައެއް އުޅޭ ކަމެއް ދަންނަ މީހަކު ނޫޅޭ !

  10. Anonymous

    އަމިއްލަ ނަފުސަށް އަމިއްލައަށް އަނިޔާކުރުމަށްފަހު ކޮން އިންސާފެއްގެ ވާހަކަ ދައްކާކަށްތަ؟ ލާދީނީމީހާ ކުރި ކަމެއް ކުރީ އަމިއްލައަށް. އެއީ ރައްޔިތުންގެ ސިމްޕަތީ ހޯދަން ލާދީނީމީހާ ކުޅުނު ގޭމެއް. އަނިޔާ ލިބިފައިވާ ކަމަށް ބުނެ ދެއްކި ފޮޓޯތަކަކީ ވެސް ލަންކާ މީހެއްގެ ފޮޓޯތަކެއް. ލާދީނީމީހާއަށް ހައްގުވާ އިންސާފު އަމިއްލައަށް ހޯދައިގެން އެހުރީ. ބާކީ އޮތް އިންސާފުގެ ބައި ލާދީނީމީހާއަށް ލިބި ހަމަވާނީ އިރާދަކުރެއްވިއްޔާ ނަރަކައިގެ އަޑީގައި.

  11. ނޭވާހޮޅި

    ޢަބްދުﷲ ގާޒީއަށް އިންސާފު ހޯދާދީފައި، އޭގެ ފަހުން އިންސާފު ހޯދައިދީ.

  12. ދޮނޭ

    ޑިމަކުރެޓުސް އަކީ ކޮން ބައެއް؟

  13. އަލޮމް މިއާ

    ކިހާ ލަދުވެތިތޯ ތިމާމެންގެ ސަރުކާރުގައި ހިނގި ކަމެއް ނުބެލިދިޔައިމަ
    ހާދަ ބޮޑު ފެއިލިޔާއެކޭމީ، ބާރުއޮވެ މައްސަލަ ނުބެލި އިންސާފު ނުދެވުނީމަ
    ކޮމިޝަންތައް ހަދާ އޭގެ ބޭނުން ނުހިފިދިޔަ 5 އަހަރުގެ ވެރިކަން ނިމި ދިޔައީ
    އަސްލަމްމެން އަދި އަވަސް އަނގަ ހުޅުވަން
    މި މީހުންގެ ނިޔަތް ވަރަށް ސާފުދެއްތޯ