ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުމުން ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތައުރީފް ކުރައްވައިފިއެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އެމަނިކުފާނު މިވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުފުޅު ރަނުން ރަނަށް ފުއްދައިދީފައެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗް އިއްޔެ މިވަނީ ފުރުވާލާފައެވެ.

މިކަމާއި ގުޅިގެން ޝެއިޙް ސަމީރު ކުރެއްވި ޓްވީޓެއްގައި ރައީސް މުއިއްޒުއަށް ތައުރީފްކޮށް ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އުތުރުކަރައިގެ ޢަސްކަރީ ސިފައިން ރާއްޖޭން ބޭލުމަކީ ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މުވާޠިނަކު ޝުކުރުވެރިވުން ޙައްޤު ކަމެއް ކަމަށެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ މަޝްވަރާގެ ރީތި ޑިޕްލޮމެސީގެ އުސޫލުން ވާހަކަ ދައްކައިގެން އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލިފައިވަނީ އެކަމާއި ގުޅޭގޮތުން ދެ ގައުމުގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހުއެވެ.

ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން ތިއްބެވެ.

އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖޭން ފޭބީ މާޗް މަހުގެ ކުރީކޮޅުއެވެ. އަދި ދެވަނަ ބެޗް ފޭބީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުންތަކެއް ވެސް މިކަމާއި ގުޅޭގޮތުން މީގެކުރިން ބޭއްވިއެވެ. ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިއާ އުޅަނދުތަކަށް ސިފައިންގެ ބަދަލުގައި މަދަނީ މީހުން ލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޔުނިފޯމު ބޭލީ އިނގޭތޯ ސޭހުސަމީރު

    1
    3
  2. Ozil

    ދައުރު ނިމޭތަނައް ސަޅިކޮއް ގޮއްސިއްޔާ ދެ ދައުރު ލިބުން ގާތް. ސަޅިއޭ މިބުނ އާންމު ރައްޔިތުމީހާ އަނގަޔާ އަތާ ދިމާވެ އުމުރާނީ ގޮތުން ފުދުންތެރި ރައްޔިތުން އޮޅޭ.ގައުމަކަށް ހެދުން.

  3. ލާދީނީ އައުޓް

    ގައުމަށް ހެޔޮ އެދޭ މީހުން މިކަމާ އުފާކުރާނެ. ތީމާވަރު ބަޔަކު ނެތިގެން އުޅޭ ލާދީނީ މީހުން ސެއިހްއާއި ޖައްސާލަނީ އެމީހުން ގައުމުގެ ދުވަސްދުއްވާލަން އުޅޭއުޅުމާއި ޝެއިހް ދެކޮޅުވާތީ

  4. ޢަލީ

    ޝެއިހުން ރަނގަޅުނަމޫނާދައްކައި ނަސޭހަތްދެއްވާތި އެންމެންނަށް!

  5. ވައްލަޓި

    ޢިންޑިޔާ ސިފައިންނެއް ނުފައިބާ ނުވެސް ފައިބާނެ ދުވަހަކުވެސް، ޔާމީނު ސަރުކާރުން ލިޔުމުން ހެލިކޮޕްޓަރު ހިފައިގެން ފެއްސޭށޭ ބުނެ ސިފައިންގެ ވިިސާ އާކޮށް ނުދީ ހެލިކޮޕްޓަރު އޮންނަ ހެނގަރުގެ ކަރަންޓުކަނޑާލީމަވެސް ނުދިޔަ ބަޔަކު މުއިއްޒު އަދި ބުނެލާއިރަށް އެހާ ފަސޭހައިން ފައިބާނެބާ އެޔައްވުރެ އިންޑިޔާ މީހުން 50 ކުޅި ކުރިޔަޢް ކުޅޭނެ، ދިވެހިންނަށް ކުޅެވޭނީ އެންމެ 6 ކުޅި ކުރިޔަށް. މީ އެމްޑީޕީ ސަރުކާރުން 2010 ގަ މިތަނަށް ފާކުރުވި ޝައިތާނުންގެ ޖޭމަހާކާލުންގެ ބަޔެއް.

    1
    1