އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރައްދު ދެއްވައިފިއެވެ.

ދުބާއީގައި ކުރިއަށްދިޔަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެ ތެރެއިން އިންޑިއާގެ ނޫހަކަށް އިނގިރޭސި ބަހުން މިނިސްޓަރު ފައިސަލް ދެއްވި އިންޓަވިއުއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެ އިންޓަވިއުއާ ގުޅިގެން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް، އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަމާޒުކުރި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ފައިސަލް ވަނީ ހުރިހާ ސަރުކާރެއްގައި މިނިސްޓަރުކަމުގައި ހުންނަވައިގެން މަލީހުއަށް ވަކި މޮޅު ކަމެއް ކުރެވުނުތޯ ސުވާލުކޮށްފައެވެ. އަދި އޭނާއަކީ އެންމެ މޮޅު މީހާކަމަށް ނުބުނާ ކަމަށާއި މޮޅެތި މީހުންނަކީ އަނެކާއަށް އިޙުތިރާމް ކުރަން ދަންނަ މީހާ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

 

ފައިސަލް ވިދާޅުވީ މަލީހު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ވެސް އޮތީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލުކުރުން ކަމަށާއި އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

ފައިސަލް ދެއްވި އިންޓަވިއުއާ ގުޅިގެން މަލީހު ވިދާޅުވީ ރާއްޖޭގެ ޓުރިޒަމް މިނިސްޓަރަށް ދުނިޔޭގެ އެންމެން ހަޖޫ ޖަހަމުންދާ ކަމަށާއި ފައިސަލްގެ ސަބަބުން ރައީސް މުއިއްޒު ފަޚުރުވެރިވާނެ ކަމަށެވެ.

އިންޑިއާއެކު ފަތުރުވެރިކަން ދާނީ ކުރިޔަށްކަމަށް ވިދާޅުވެ އިންޑިއާގެ މީޑިޔާއަކަށް ފައިސަލް ދެއްވި އިންޓަވިޔު އަޑުއަހާފައި މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ. ވަކިން ހާއްސަކޮށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަޒީރުންނަށް ފާޑުކިޔައި މަލާމާތްކުރަމުންދާކަން ވަނީ ފާހަގަކުރެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފިއަލަ

    މިނިސްޓަރ ފައިސަލް އެވިދާޅުވީވަރައްބޮޑު ތެދެއް މޮޅުމީހުންނަކީ އަނެކާއައް އިޙްތިރާމް ކުރާބައެއް ތިމާގެމޮޅުކަން ތިމާއަައް ފެނުމަކީ މަމޮޅުވުން އަނެކުންގެ އިޙްތިރާމްއެއް އެމީހަކައް ނުލިބޭނެ ބަދަލުގަލިބޭނީމަލާމަތް ތިބޭފުޅާ ތިޔަހަރީ މަމޮޅުވެފަ

    45
    8
  2. ނަތަންޔާހޫ

    މަނިކުފާނަށް ފާޑު ނުކިޔާނެ ވަރެއްނޫން ދޮތަ! ހަސަނު ގޯތީގައި އުލޭ ގްރޭޑު 5 ގެ ކުއްޖަކުވެސް ބުނި އެ ސޮރުވެސް އެއަށް ވުރެ މާ ރަގަލަށް ވާހަކަ ދެއްކީމުހޯ އެ ސޮރާއި އިންޓަރ ވިއު ކުރިނަމަ!

    28
    13
    • ހަސަނު

      މިގޭ ކުދިންނަކަށް ނޫންވިއްޔާ މަގާމުދިނީކީ އަބުދުއްރަހީމުގޯތީ .މީހުނަށްވިއްޔީ..
      މިގޯތިކުދިން މޮޅަސްކިޔެއްތަ ކުރާނީ..މީ އަނގަވިއްކާ ކާޒަމާނޭ..

      15
      3
  3. ޙ

    ދެން މިވަރުމީހުން އަމިއްލަޔައްވެސް ވާނެދޯ ގަބޫލްކުރަން މުޅި ރާއްޖެބަދުނާމު ވުމުގެކުރިން !!! މިހާރުވެސް ވެއްޖެ ....ލަދުން ގޮސް ހަލާކު

    19
    7
  4. އައިމަން

    ފެންވަރެއް ނެތީމަ ގަހަށް ގަޅިއުކަނީ ޓުއަރިޒަމް މިނިސްޓަރަކީ ހަމަ މޮޅު ބޭފުޅެއް އެހެންނޫންނަމަ އެމަގާމުހައެއްނޫން ހުންނަވާނީ، ބަޔަކަށް ހަޖަމު ނުވިޔަސް އެއީ ދިވެހިރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު

    21
    20
  5. ޙެހެހ

    ރައްދުދޭނީ ވަރަށްވެސް ދަށުދަރަޖައަަށް ދިޔާމަ ، އިސްތިއުފާދޭންވީނު ، ރައްޔިތުންގެ ހާދިމްކަން ކުރަންވާނީ ވަރަށް ކެތްތެރިމީހުން ، ގޯސްވާހަކަދެއްކީމަ ރައްދު ދިނުމަކުން އެކަން ނުވާކަމަކަށް ނުވާނެ

    20
    6
  6. ތެދު

    ޢިގިރޭސިން ފުލުުއެންޓުކޮށް ވާހަކަދައްކަން ނޭގުން އެއީ މައްސަލައެއްނޫން. މިނިސްޓަރީ ހިންގަން ނޭގޭ ނަމަ އެއީ މަައްސަލައެއް.

    29
    4
  7. އުސާ

    ހެޔޮ ނުވާނެ މަނިކުފާނު އިނގިރޭސިން ދެން އިންޓަވިއުއާއި ޚިތާބު ދިނުން ހުއްޓާލާ. ރާއްޖޭގައި އިންވެސްޓު ކުރަން އައިސް އުޅޭ ބޭރުގެ ވިޔަފާރިވެރިންވެސް މަނިކުފާނުގެ އިންޓަވިޔޫގެވާހަކަ ދައްކަނީ ދިވެހީން ފަޚުރުވެރިވާނެ ރާގަކަށް ނޫނެވެ. މިނިސްޓަރެއްގެ ޒިންމާއެއް އެއީ ގައުމުގެ ވެރިންގެ އަގު ހިފެހެއްޓުން. އަދި ކަމަށް ގާބިލު ނޫންނަމަ އިސްތިއުފާވެސް ދޭންޖެހޭ. ތިމާގެ ބައްފަ ނުވަތަ މަންމަ އަކީ މާ ބާރުގަދަ ސިޔާސީ މީހަކަށްވާތީއޭ ކިޔާފަގައުމުގެ އަގު ވެއްޓި މުޅިދުނިޔެކުރިމަތީ ރާއްޖެ ބަދުނާމު ކުރާކަށެއް ނުޖެހެއެވެ. އެކަމުން ގެއްލުން ލިބެނީ ދިވެހި ރާއްޖޭގެ ގައުމީ ޝަހުސިއްޔަތަށެވެ. އަދި ދިވެހިންނަށެވެ. މިއީ މި ސަރުކާރުގެ ތީމް އަކަށް މިއަދު ވެފައިވާ ކަމެކެވެ. ދުވަސް ކޮޅެއް ކުރިން އެމްއެމްޕީއާރުސީގެ ވެރިޔަކުވެސް ދިން އިންޓަވިއުއެއްގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ރާއްޖެއާއި އެކު މުއާމަލާތްކުރާ ފަރާތްތަކުގެ މަކާމަތް ރައްދުވިއެވެ. އަދި އިންޑިޔާގެ ޕުރައިމް މިނިސްޓަރަށް ފާޑުކިޔައިގެން ލިބުނު ޑެމޭޖު ފޫބައްދަން މިހާރު ރާއްޖޭގެ ޚާރިޖީ މިނިސްޓަރު އެހެރީގޮސް މައާފަށް އެދިފައެވެ. މިއީ ރާއްޖޭގެ އެހެން ވެރިކަންތަކުގައި ފެނިފައިވާކަމެއް ނޫނެވެ. މިސާލަކަށް ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރުގަ ތައުލީމީ ބޭފުޅުން މަދުއިރުވެސް މިފަދަ އިންޓަވިއުތަކެއް ނުވަތަ ވާހަކަތަކެއް ދެކެވި ރާއްޖެ ދުވަހަކުވެސް ބަދުނާމުވެފަކާއެއް ނެތެވެ.

    24
    7
  8. ޙޫއަދި

    މިދައްކަނީ "އިގެރޭސިން ވާހަކަ ދައްކަން ނޭގިއްޖިއްޔާ، ސާދާ ދިވެހި ބަހުން ބުނީމަ އެނިމުނީ.ދިވެހިޓޫރިޒަމް.މިނިސްޓަރ މިހެން ޓީވީ ޗެނަލްގައި ކިޔާނީ ފައިސަލު ލާމު ފޮނަދޫ،ލާމު އިސްދޫ މިގޮތަށް ކިޔާ އެއިރުން ނުބެހޭނަން،ދެން ބުނޭ ވ ޕުލީ ކުރިއޭ����

    13
    4
  9. ޙޫއަދި

    ފާޑުކިޔަނީ ޓޫރިޒަމް މިނިސްޓަރުވީމަ،ދެއްކުނު ވާހަކަތަކަށް،ރައްދުދީފިޔޭ ބުނިއިރު ދެއްކުނު ވާހަކަ ރަގަޅުވީތޯ..އެގޮތަށްވެސް އިގެރޭސިބަހުން ވާހަކަ ދެއްކޭނެ ތޯ..�

    13
    3
  10. ޛގޖގފ

    ރައްޔިތުން، ޖުމްލަކޮށް ދިވެހިން ލަދުގަންނަވާލައިފި.
    ދެނވެސް ދިވެހިން ވަހަކަ ދެއްކުމަށް އެދެން.

    16
    3
  11. ފާޒް

    ކަލޭ ދިވެހިން ވާހަކަ ދައްކަބަލަ. ނުދެއްކެންޏާ އަނގަމަޑުލައިގެން ހުރެބަލަ.

    6
    2
  12. ދިވެއްސެއް

    އެންމެ ރަނގަޅު ގޮތަކީ ހަވާލުކުރި ވުޒާރާ ހިންގުމުގައި އުޅުން. ސިޔާސީ މީހުންދައްކާ ވާހަކަތަކަށް ރައްދުދޭ ކަށްވަގުތު ބޭކާރު ކުރާނެ ކަމެއްނެތް.
    ވުޒާރާ ހިންގާކަށް ފަސޭހަފުޅެއްނުވާނެ.
    މަނިކުފާނަކީ ގާބިލު ބޭފުޅަކަށް ނުވާތީ.

    6
    2
  13. ޢަހު

    ޣުޑުމޯނިންގު ލޭޑީސް އެންޑު ޖެންޓަލުމެން.

  14. ލަދުޙަޔާތެއް ނެތް މީހުން ފަހަތަކަށް ނުޖެހޭނެ!

    ކުޑަވެސް ލަދެއް ހަޔަތެއް ނެތީމައި އަމިއްލައަށް ފަހަތަކަށް ނުޖެހޭނެކަން އެނގެއެވެ. ސަރުކާރަށް ސަޕޯރޓް ކުރާ ތަޢުލީމީ ވަރަށް ޤާބިލް މީހުން ތިބިއިރު، ރައީސް މުޢިއްޒު، ތިވަރުގެ ފެންވަރުދަށް މީހަކު ދިވެހިރާއްޖެއަށް ހުތުރު އަރުވަން ތިމަގާމުގައި ބަހައްޓާފައި ހުރުމަކީ އަޖައިބެކެވެ.