ގދ.ތިނަދޫ ގޯސިޔާ ރެސްޓޯރަންޓް ކުރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތިނަދޫ ގޯސިޔާ ރެސްޓޯރަންޓް ކައިރީގައި އޮތް ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ނިއްވާލެވުނު އިރު ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު ފަތިހު 04:26 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ގދ.ތިނަދޫގައި ޤާއިމްކޮށްފައިވާ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ވަގުުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން އެ ކާރުގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ ފަތިހު 05:10 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަފާ

    ޙަޖަމު ނިވެގެން ހުޅުޖަހާފެށީ. ގަންޖާބޯ.

  2. ފާތުމަ

    ރީނދޫ ބައިގަނޑުގެ ފިނޑިއަމަލެއް.

  3. އިބޫ

    މާރިޔާ މާމަގެ އޯޑަރައް ކުރިކަމެއް ކަމަށް ވަރައް ބެލެވޭ

  4. އަލީ

    ޔަގީނޭ ޕިންކްޕެންތާ ކުދިންކޮޅު ކުރާނެ ކަމަކަށް ތިވާނީ

  5. ޭޖދވލ

    ޕީޕީއެމް އެކްޓިވިސްޓެއްގެ ކާރެއް، ރޯކޮށްލީ އިދިކޮޅުމީހުން ކަމަށް ބެލެވެނީ

    • ކާރުގެ ވެރިފަރާތް

      ހަމަ ރަގަޅަށް ތި ބުނީ، ހަމަ ހަޖަމް ނުވީ

  6. ނީނާ

    ޔާމީނު ނުހޮވޭނެކަން އެނގުނީމަ ތަންތާ ރޯކުރަން ފެށީތަ

  7. އަން

    ހަބަރު ލިބޭގޮތުން ވިއްޔާ އެ ކާރު ޕާކްކުރިތާ ދެތިން އަހަރު ވެއްޖެ. ގްރައުންވެފައި.

    • ކާރުގެ ވެރިފަރާތް

      2 އަހަރު ވިޔަސް މީހެއްގެ މުދަލައް އަރައި ގަންނާކަށް ނުޖެހޭނެ!!!

  8. sandhuvaa

    ޖަޒީރާ ބޮޑުހުޅަށް ފެއްޓެވީ، ވޯޓްލުމަށް ހުރަސްއެޅުމަށްކަން ޔަޤީން. ކާމިޔާބުނުވާނެކަން ޖަޒީރާޔަށް ކަށަވަރުވީ.

  9. މިންނާ

    އެމްޑީޕީ ފަނާކުރާ ފިކުރުގެ ވެރިންގެ ކަމަކަށްވާނީ.