ވެރިކަން ކުރާ ޕީޕީއެމް އިން ބޮޑު ޖަލްސާއެއް ރޭ ބާއްވައިފިއެވެ. މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އޮންނަ ވެލި ދަނޑު ޕީޕީއެމްގެ ލަޝްކަރުން ވަނީ ރޭ ފުރާލާފައެވެ. މީހަކާއި ޖެހި މީހެއް ތިބެގެން މުޅި ސަރަހައްދު ޕީޕީއެމް އިން ފުރާލިއެވެ. އެހަޤީޤަތް ޖެހޭނީ ގަބޫލް ކުރާށެވެ. މިހާރު އުފައްދާ ސުވާލަކީ ޕީޕީއެމްގެ ސައިޒަކީ ކިހާ ވަރެއް ހެއްޔެވެ؟ ޕީޕީއެމްގެ ޖަލްސާއަށް ދިޔައީ ކިހައި އަދަދެއްގެ މީހުން ހެއްޔެވެ؟

ޖަލްސާގައި ވާހަަކަފުޅު ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ޖަލްސާގައި 30000 މީހުން ތިބި ކަމަށެވެ. އަނެއްބައި ބޭފުޅުން ވިދާޅުވީ 40000 އާއި 50000 ދެމެދުގެ އަދަދެއްގެ މީހުން ތިބި ކަމަށެވެ.

ޖަލްސާއަށް ދިޔަ މީހުންގެ އަދަދު ގުނުން އެއީ ފޮޓޯ ނުވަތަ ވީޑިއޯ ބަލައިގެން ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން މިފަދަ ބޮޑެތި އެއްވުންތަކުގެ ހިސާބު ބެލުމުގައި ދުނިޔޭގެ އެހެން މީހުން ވެސް ބޭނުން ކުރާ ފަދަ ވަސީލަތެއް ޖެހޭނީ ބޭނުން ކުރާށެވެ.

އަޅުގަނޑު ހޯދި ހޯދުމުން އެނގުނު ގޮތުގައި މިފަދަ ބޮޑު އެއްވުމެއްގައި މީހުން ޖަމާވާ އަދަދު ބަލަން އެންމެ ރަނގަޅު ވެބްސައިޓެއްގެ ގޮތުގައި ފާހަގަ ކުރެވުނީ މެޕްޗެކިން ނަމަކަށް ކިޔާ ވެބްސައިޓެކެވެ.

މިވެބްސައިޓް ބުނާ ގޮތުން މާފަންނު ވެލިދަނޑުގައި މީހަކާއި ޖެހި މީހެއް ގޮނޑިއެއްގައި އިށީންދެގެން ތިބޭނަމަ 45000 (ސާޅީސް ފަސްހާސް) މީހުންނަށް ތިބެވޭނެއެވެ. ނަމަވެސް ވެލިދަނޑުގެ އަރިމަތިން ހުސް ކޮށް އޮތް ޖާގަ އާއި ގޮނޑިތައް އަތުރާފައި ހުރި ގޮތައް ބަލާއިރު އެއަދަދުން 10000 (ދިހަހާސް) ކަނޑާލަން ހިނގާށެވެ. އެހެން ކަމަށްވާނަމަ ޖަލްސާ ގައި ތިބޭނީ 35000 (ތިރީސް ފަސްހާސް) މީހުންނެވެ.

ދެން އޮތީ ދާދިފަހުން އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އެވެ. އެޖަލްސާގައި ގޮނޑި އަތުރާފައި ހުރީ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ގޮނޑި އަތުރާފައި ހުރި ދުރުމިނަށް ވުރެ ދުރު ކޮށެވެ. އެދުރުމިނުގައި ގޮނޑި އަތުރައިގެން ކާނިވާ ސަރަހައްދުގައި ތިބެވޭނީ 5900 (ފަސްހާސް ނުވަސަތޭކަ) މީހުންނަށެވެ. ނަމަވެސް ކޮޅަށް ތިބި މީހުންނާއި އެކު އެއަދަދަށް އިތުރު 1100 (އެއްހާސް އެއްސަތޭކަ) މީހުން އެއްކުރަން ހިނގާށެވެ. އެހެންކަމަށް ވާނަމަ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ ގައި ބައިވެރި ވެވިފައި ވާނީ އެންމެ ގިނަ ވެގެން ވެސް 7000 (ހަތް ހާސް) މީހުންނެވެ. ކާނިވާ ސަރަހައްދުގެ ޖާގަ އަށް ބަލާއިރު އެއަށްވުރެ ގިނަ މީހުން އެސަރަހައްދުގައި ތިބުން އެއީ ވާނެ ކަމެއް ނޫނެވެ.

އިދިިކޮޅު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އިދިިކޮޅު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ދެން ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި ކުރެވޭ ބަހުސްގައި ބުނާނީ ޕީޕީއެމް އިން ވަނީ މުޅި ރާއްޖެ އިން މީހުން ގެނެސްފައެވެ. އާނ އެކެވެ. ޕީޕީއެމް އިން ވަނީ އަތޮޅުތަކުން މީހުން ގެނެސްފައެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ގިނައިން މީހުން ގެނައި އަތޮޅުތަކުން ވެސް ހާހުން ގުނޭ އަދަދަށް މީހުން ގެނެވިފައި ނުވާކަމަށް ވެއެވެ.

އިދިކޮޅު ޖަލްސާ ބޭއްވިތާ ދެހަފްތާއެއްހާ ދުވަސް ވެފައި ވާތީ އިދިކޮޅު ފަރާތްތަކުން ފަހަރުގައި ހަނދާން ނެތިފައި ވުން އެކަށީގެންވެއެވެ. ނަމަވެސް އިދިކޮޅު ޖަލްސާ އަށް ވެސް އަތޮޅުތަކުން މީހުން ގެނައެވެ. ޖަލްސާ އަށް މާލެ އިން ނިކުތް މީހުންނަށް ވުރެ ގިނައީ އަތޮޅުތަކުން މާލެ އަށް އައި މީހުންނެވެ. އެކަން ފޮޓޯތަކާއި ވީޑިއޯތައް ބަލާލާ ނޫސްތަކުގެ އާކައިވް ހާވާލުމުން އަނެއްކާވެސް ހަނދާން ވާނެއެވެ.

ޕީޕީއެމްގެ ޖަލްސާގައި ރޭ ވާހަކަފުޅު ދެއްކެވި ބޭފުޅުން އެދިވަޑައިގެންނެވީ ޖަލްސާގައި ބައިވެރިވި ކޮންމެ ބޭފުޅަކު އިތުރު ފަސް ބޭފުޅުން ރައީސް ޔާމީނަށް ވޯޓް ދެއްވަން ހޯއްދަވައި ދެއްވުމަށެވެ. އެކަން ކާމިޔާބު ވެއްޖެނަމަ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި 175000 ވޯޓް ލިބިވަޑައިގަންނަވާނެއެވެ. އިންތިޚާބު ކާމިޔާބު ކުރަން ބޭނުން ވާނީ ގާތްގަނޑަކަށް 120000 ވޯޓެވެ. 50 އިންސައްތަ ވޯޓް ހޯއްދަވަން ރޭ ޖަލްސާ އަށް ދިޔަ ކޮންމެ ބޭފުޅަކު ހަޤީޤަތުގައި ހޯދަން ޖެހޭނީ އިތުރަށް 3.4 ވޯޓެވެ. ނަމަވެސް ފަސް ވޯޓް ހޯދަން މަސައްކަތް ކުރުމަކީ ރައްކާތެރި ގޮތެކެވެ.

އިދިކޮޅު ޖަލްސާގައި ތިބީ 7000 މީހުން ކަމަށް ވާނަމަ ހަމައެކަނި އިންތިޚާބު ކާމިޔާބު ކުރަން ވެސް އެއިން ކޮންމެ މީހަކު އަދި އިތުރަށް 17 ވޯޓް ހޯދަން ޖެހޭނެއެވެ.

އިންތިޚާބު ބާއްވަން ދެތިން ދުވަހަށް ވެފައި ވާއިރު ކޮންމެ ފަޅިއަކުން ވެސް ކުރަން ޖެހޭ ސުވާލުތައް އެބަހުއްޓެވެ. އެއް ސުވާލަކީ ބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުގެ މެޖޯރިޓީ ނަގާނީ ކިހިނެއް ހެއްޔެވެ؟ މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެނީ ކޮން ކެންޑިޑޭޓެއް ހެއްޔެވެ؟ ސިޔާސީ ހަރަކާތްތަކުގައި ނޫޅޭ މީހުންގެ ވޯޓް ހޯދާނީ ކޮން ކެންޑިޑޭޓެއް ހެއްޔެވެ؟ ޒުވާނުންގެ އަޣުލަބިއްޔަތު އޮތީ ކޮން ކެންޑިޑޭޓަކަށް ހެއްޔެވެ؟

އިންތިޚާބު ކާމިޔާބު ކުރަނީ ބޮޑު ޖަލްސާއެއް ބާއްވާ ސިޔާސީ ފަޅިއަކުން ނޫނެވެ. އިންތިޚާބު ކާމިޔާބު ކުރާނީ ވޯޓް ލާ މީހުންގެ ބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުގެ ރައްޔިތުންގެ އަޣުލަބިއްޔަތާއި، ވޯޓް ލާ މީހުން އެންމެ ގިނަ އޭޖް ގްރޫޕް ކަމަށްވާ ޒުވާނުންގެ އަޣުލަބިއްޔަތު ހޯދާ ކެންޑިޑޭޓެކެވެ. އެކަން ޔަގީން ވާން ދެން އޮތީ ދެތިން ދުވަހެވެ.

މަތީގައި ބަޔާން ކޮށްފައިވާ ހިސާބުތައް އަމިއްލަފުޅަށް ހައްދަވަން ބޭނުންފުޅުވާ ބޭފުޅުން މިލިންކަށް ފިއްތަވާލައްވާ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ޖަލު ކުއްޖާގެ...

    ކަލޯގަޔާ މީހުންގެ ބޯ ގުނައިގެން ނޫން ތިކަން ކުރަންވީ. 23 ސެޕްޓެމްބަރުގައި ނަގާ ވޯޓުން ތިކަން ސާފް ވާނީ. އެދުވަހަކުން ބަންގާޅިންގެ ބޮލެއް ގުނާކަށް ނުޖެހޭނެ، ދެން އެމްޑީޕީއަކަށް ވެރިކަމެއް ނުލިބޭނެ، ވަރަށް ސާފް

  2. ާމީނާ

    އެނގިފައިވާ ގޮތހުގައި 45000 ގޮނޑި ޖެހި ވ ގިނަމީހުން ކޮޅަށްވެސް ތިބި ކަމަށް ވަނީ

  3. ގައުމު

    2 ޔަގީން

  4. ޢައިސް

    ސައިޒް އެނގޭނެ ވޯޓުލާ ނިމި ނަތީޖާ އެނގުނީމަ!!!

  5. ޮކޮމެންޓް ޖަހާލަ ދޭތި

    ޢެއްޗެއްް ބުނެލާނަން. ޠިބުނީ ކާނިވާ ސަރަހައްދަށް ގިނަވެގެންޖެގިނަވެގެން ޖެހޭނީ 7500 މީހުންނޭ. ޢެކަމަކު ކާނިވަގައި ބޭއްވި ބުރިޖުސަޅި ޖަލްސާގައި އަދުރޭ ބުނި އެތަނުގައި އެބަތިއްބޭ 30 ހާސް މީހުން . މިވީ ކިހިނެތް

  6. ވިސްނުނުގޮތް

    އެއްވެސް ޕާޓީއަކުން ވަކި އޭޖް ގްރޫޕަކަށް މާބަޑަށް ފޯކަސް ކުރުމަކީ ރަނގަޅުގޮތެއްނޫނެވެ. ކޮންމެ ޒުވާނަކަށްވެސް ލެވޭނީ އެއްވޯޓެވެ. ކޮންމެ މާމަ އަކުވެސް ކޮންމެ ، މަންޔަކަުވެސް ބައްޕަޔަކުވެސް ލާނީ ހަމައެއް ވޯޓެވެ. އަދަދު ހަމަކުރާނީ ވޯޓުންނެވެ. ވޯޓު ގުނާއިރު އެއީ ޒުވާނެއްލީ ވޯޓެއްކަމެއް ނޭގޭނެއެވެ. ވީމާ އަހަރެމެން ގެދޮތު ނެތް މަންމައިންގެ ވޯޓާމެދު ވެސް ވިސްނާލާށެވެ

  7. ބޭބެ

    އަޅުގަނަޑަކަށް ދެން ނޭގޭ ސައިޒް ބުނާކަށް!! އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ ރައިސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި މިރާއްޖެ ތަރައްގީގެ ގޮތުން މުޅިން އާ ހަރުފަތަކަށް ގެންގޮސް ދެއްވައިފިކަން!! އެއީ ފާއިތުވެ ދިޔަ އެއްވެސް ވެރިކަމެއްގައި ކަންތައްތައް ނުކުރާހާ ބާރު ސްޕީޑްގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި މުހިންމު ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ކޮށްދެއްވައިފި!! މުޅި ރާއްޖެއަށް 24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދެއްވައިފި!! މާލެ އާއި އަތޮޅުތަކުގެ ކަރަންޓް ބިލް ހަމަހަމަކޮށް ދެއްވައިފި!! ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް މުޅި ރާއްޖޭގެ 70% ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވައިފި!! ހުރިހާ ރަށެއްގައި ބޭސް ފިހާރަތައް ގާއިމުކޮށް ދެއްވައިފި!! ސިއްޙީ ޚިދުމަތްތަށް ފުޅާކޮށްދެއްވާ ރާއްޖެއިން މީގެކުރިން ދުވަހަކުވެސް ނުދެކޭހާ ބޮޑެތި ޚިދުމަތްތަށް އެދާއިރާއަށް އަލަށް ތަޢާރަފްކޮށް ދެއްވައިފި!! މާލެހުޅުމާލެ ބްރިޖަކުން ގުޅާ ދީފި!! ވެލާނާ އެއަރޕޯޓްގައި ސަޙައްދުގައި ނެތް ފެންވަރުގެ ރަންވޭއަށް އަޅާދީފި!! އެތާގައި އިތުރު މަސައްކަތްތަކެއް ދަނީ ކުރެވެމުން!! 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ގާއިމުކޮށް ދެއްވައިފި!! ބަނދަރުތަކާއި މަގުތައް ތާރުއަޅާ ރަގަނޅު ފެންވަރަކަށް ހަދައިދީފި!! ޖީޑީޕީގެ ނިސްބަތުން ބޮލަކަށްޖެހޭ އަދަދު 4500 ޑޮލަރުން 9000 ޑޮލަރަށް މައްޗަށް ޖައްސައިދީފި!! ރާއްޖޭގެ ފޮރިން ރިޒާވް 280 މިލިއަން ޑޮލަރުން 900 މިލިއަން ޑޮލަރަށް މައްޗަށް ޖައްސައިދީފި!! ރާއްޖޭގެ ހަމަޖެހުން ގާއިމުކޮށް ދީފި!! ބޭރުގެ އިސްތިޢުމާރީ ނުބައި ރޭވުންތަކުން ރާއްޖެއާއި އިސްލާމްދީން ހިމާޔަތްކޮށް ދެއްވުމަށްޓަކައި ކެރިގެން އެދަނީ މަސައްކަތްކުރަމުން!! މިހެންގޮސް ދަންނަވާފަ ނުދަންނަވާނެ އެއްކަމެއްވެސް ނެތް!! މިވަރުގެ ރައީސެއް މަގޭ 50 އަހަރުގެ ޙަޔާތުގައި މިރާއްޖެއަކުން ނުދެކެން!! ދެން ރައްޔިތުންޖެހެނީ ގޮތެއް ނިންމަން!! ހެވާއި ނުބައި ވަކިކުރަން!!

    • Anonymous

      ބޭބެގެ ވާހަކަތަކަށް އަޅުގަނޑު ތާއިދު. އަދި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ތެދުކަމަށް ހެކިވަން. މާތްﷲ އެކަލާނގެ ދީނަށް ނަޞުރުދޭ ބަޔަކަށް ނަޞުރުދެއްވާނެ. މާތްﷲ، މިލޮބުވެތި ޤައުމާއި އިސްލާމްދީން، ކާފިރު ޤައުމުގެތަކުގެ އެހީގައި މި ޤައުމުގެ ވެރިކަމަށް އަންނަން މަސައްކަތްކުރާ ފާސިޤުންގެ ކިބައިން ސަލާމަތްކޮށްދެއްވާށި! އާމީން!

    • ރީ

      އަހަރުމެން ނިންމައިފިން ރައީސްޔާމިން ބޮޑުތަނުން ކާމިޔާބު ކުރާނެ. %?

    • އަލީ

      ސަޅި. ޔާމިން ޔަގީން 2018

    • އިންސާފް

      އަޅުގަނޑު ވެސް ގަބޫލުކުރަން ރައީސް ޔާމީނު ރާއްޖެއަށް މީގެ ކުރިން ނުދެކޭހާ ތަރައްޤީ ގެނައިކަން. ނަމަވެސް ހަމައެކަނި ތަރައްގީއެއް އަޅުގަނޑުމެން ބޭނުމެއް ނޫން ދެއްތޯ. ކޮބައިތޯ އިންސާފު؟ ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ޔަގީން ކަމާއެކު ދަންނަވަން ކެރިދާނެ މުޅި މިރާއްޖޭގައިވެސް އިންސާފު ނުލިބި އެތައް ބަޔަކު އެބަ އުޅޭ! މީހަކަށް އިންސާފު ލިބެން ޖެހޭކަމެއް މެދުވެރިވެ އެ އިންސާފް ނުލިބި އެތައް ބަޔަކު އެބަތިބި. އެއްބަޔަކީ ނިކަމެތިން ކަމުގައި ބަލައިގެން ގަސްދުގައި އިންސާފުން އެއްކިބާކޮށް އެ އިންސާފު ނުލިބި އެބަތިބި.އެއްބަޔަކަށް އިންސާފު ލިބި އަނެއްބަޔަކަށް އިންސާފު ނުލިބުން މިއަށް ކީ ދާނެތޯ ހަމަހަމަ ކަމޭ. ހަމަހަމަ ކަމާއި އިންސާފު ގާއިމް ނުކުރެވޭނަމަ ތަރައްގީގެ ބޭނުމަކީ ކޮބައިތޯ؟ އަދި އިދި ކޮޅު ޕާޓީއެއްގައި ހުއްޓެއް ކަމަކު އިންސާފު ނުލިބޭން ޖެހޭ އެއްވެސް ސަބަބެއް އެބަ އޮތްތޯ؟ މިއީ ރައީސް ޔާމީނަށް ކޮންމެހެން ރައްދު ކުރާ ބަހެއް ނޫން މިއީ ހަމަ އަޅުގެ ޚްޔާލު ހުރި ގޮތް

      • އާންމު އާދުމީ

        ބޭއިންސާފުވެރި އަނިޔާވެރިއަކުވެސް މާ ރަނގަޅު ދީނާ ޤައުމު ވިއްކާލާ މީހުންނަށްވުރެންވެސް. އެހެން ގޮތަކަށް ބުނާނަމައީ.. އޮޕޮޒިޝަންގެ ނުކުޅެދުންތެރިކަމުންނާއި މާޒީގެ ހިތި ތަޖުރިބާތަކާއި، އަދި ދީނީ، އިޖުތިމާޢީ މިންގަނޑުތަކަށް ގޮން ނުޖަހާނެ ކަމުގެ އެއްވެސް ކަހަލަ ޔަޤީންކަމެއް އަނގަބަހުން ވެސް ދެވިފައި ނެތުމުން.. އަހަރުމެންނަށް މަޖުބޫރުވޭ ކިތަންމެ އަނިޔާވެރިޔަސް ރައީސް ޔާމީނަށް ވޯޓުލާން. މި ބުނި ކަންކަމަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރުމެއް އިބޫ ނުކުރާތީ އަދި އޭގެ ބަދަލުގައި ފަހަތުން އެ ފެންނަ ނަޝީދާއި މ.ޑ.ޕ ގެ ހަރު މީހުންގެ ހަރަކާތްތަކުން އެނގި ސާފުވޭ އަހަރުމެންގެ ޙާލަތު އެވެރިންގެ އަތްދޮށަށް ޤައުމު ހިނގައްޖެއްޔާ. އަޅެ ފަހެ މ.ޑ.ޕ ގެ އިބޫ ދޮގުހަދާފަވެސް ބުނާކަށް ނުކެރޭ ތިމަންނަމެން އެހެން ދީންތަކަށާއި އެއްޖިންސުން ގުޅުން ހިންގުމަށް ޖާގައެއް ނުދޭނަމޭ.

        • މޯލްޑިވިޔަން

          ބޯގޯސް މީހެއް ތަ މީ

    • ޙާލަތު

      ޜަގަޅުވާހަކައެއް.?

  8. ހަފީ

    މުޅި ދިވެހިރާއްޖޭގަ އާދޭސްކޮށްގެ ވީވަރަކީ ތީތަ.

  9. ނައީމައްތަ

    ކުދިންނޭ ދައްތަމިއުޅެނީ ގަޔަށް ހިނިއަރައިގެން، ބޮޑީ ކޮންގަޅިއެއްތޯ އަދި ބަލާނުލެވިގެން،

    • ކޮއްކޮ

      ދައްތަމެން ތިބީދައިން ބަހުރުވަ ބޭނުންކުރާތީ ކޮއްކޮމެންގެ ތަރުބިއްޔަތު ހަލާކުވީ.

  10. ޙައްވަ

    23 ގަ ވަރަށް ރަނގަޅަށް އިނގޭނެ.✌️

  11. ޙަފްޞާ/މާލެ

    ރާއްޖޭގެ ކުރީގެ ޙާލަތަާ މިހާރުގެ ޙާލަތަށް ވިސްނުންތެރިކަމާއެކު ބަލައިފިނަމަ ފެންނަނީ ހުރިހާ ރޮގަކުންވެސް މިއަދުގެ ޙާލަތު ރަގަޅުވެފައިވާތަނެވެ. ހަމައެކަނި ރައްޔިތުންނަށް އެންމެ މުހިއްމު ޞީއްޙީ ނިޒާމަށް އައިސްފައިހުރި ކުރިއެރުން ފުދެއެވެ. ޙަފްޞާގެ ދިރާސާއަށް ބަލާއިރު ރައީސް ޔާމީން މި އިންތިޚާބު ކާމިޔާބުކުރާނޭކަމަށް ދައްކައެވެ.

  12. ބޫސުފުޔާން

    ކޮންމެއެއްޗެއްކިއަސް ހަގީގަތަކީމިފަސްއަހަރުކޮއްފާހުރިމަސައްކަތްއެއްވެސްގައޮމުއްގެވެރިއަކައްކޮއްދެވިފާނުވާކަން....ދޮގުހަދާމީހުންނައް ތެދުހަދަން އުނދަގޫވާނެ

  13. ކޮޕީ

    އަޅުގަނަޑަކަށް ދެން ނޭގޭ ސައިޒް ބުނާކަށް!! އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ ރައިސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި މިރާއްޖެ ތަރައްގީގެ ގޮތުން މުޅިން އާ ހަރުފަތަކަށް ގެންގޮސް ދެއްވައިފިކަން!! އެއީ ފާއިތުވެ ދިޔަ އެއްވެސް ވެރިކަމެއްގައި ކަންތައްތައް ނުކުރާހާ ބާރު ސްޕީޑްގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި މުހިންމު ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ކޮށްދެއްވައިފި!! މުޅި ރާއްޖެއަށް 24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދެއްވައިފި!! މާލެ އާއި އަތޮޅުތަކުގެ ކަރަންޓް ބިލް ހަމަހަމަކޮށް ދެއްވައިފި!! ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް މުޅި ރާއްޖޭގެ 70% ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވައިފި!! ހުރިހާ ރަށެއްގައި ބޭސް ފިހާރަތައް ގާއިމުކޮށް ދެއްވައިފި!! ސިއްޙީ ޚިދުމަތްތަށް ފުޅާކޮށްދެއްވާ ރާއްޖެއިން މީގެކުރިން ދުވަހަކުވެސް ނުދެކޭހާ ބޮޑެތި ޚިދުމަތްތަށް އެދާއިރާއަށް އަލަށް ތަޢާރަފްކޮށް ދެއްވައިފި!! މާލެހުޅުމާލެ ބްރިޖަކުން ގުޅާ ދީފި!! ވެލާނާ އެއަރޕޯޓްގައި ސަޙައްދުގައި ނެތް ފެންވަރުގެ ރަންވޭއަށް އަޅާދީފި!! އެތާގައި އިތުރު މަސައްކަތްތަކެއް ދަނީ ކުރެވެމުން!! 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ގާއިމުކޮށް ދެއްވައިފި!! ބަނދަރުތަކާއި މަގުތައް ތާރުއަޅާ ރަގަނޅު ފެންވަރަކަށް ހަދައިދީފި!! ޖީޑީޕީގެ ނިސްބަތުން ބޮލަކަށްޖެހޭ އަދަދު 4500 ޑޮލަރުން 9000 ޑޮލަރަށް މައްޗަށް ޖައްސައިދީފި!! ރާއްޖޭގެ ފޮރިން ރިޒާވް 280 މިލިއަން ޑޮލަރުން 900 މިލިއަން ޑޮލަރަށް މައްޗަށް ޖައްސައިދީފި!! ރާއްޖޭގެ ހަމަޖެހުން ގާއިމުކޮށް ދީފި!! ބޭރުގެ އިސްތިޢުމާރީ ނުބައި ރޭވުންތަކުން ރާއްޖެއާއި އިސްލާމްދީން ހިމާޔަތްކޮށް ދެއްވުމަށްޓަކައި ކެރިގެން އެދަނީ މަސައްކަތްކުރަމުން!! މިހެންގޮސް ދަންނަވާފަ ނުދަންނަވާނެ އެއްކަމެއްވެސް ނެތް!! މިވަރުގެ ރައީސެއް މަގޭ 50 އަހަރުގެ ޙަޔާތުގައި މިރާއްޖެއަކުން ނުދެކެން!! ދެން ރައްޔިތުންޖެހެނީ ގޮތެއް ނިންމަން!! ހެވާއި ނުބައި ވަކިކުރަން

  14. ހަހހަ

    ނަވާޒޫ. ހަމަ ހޭގަ ތޯ؟؟ ހޭލަބަލަ

  15. ތުނިޔަ

    ނަވާޒޫ މަމެން ސައިޒު ބަލާއުޅެނީ ވޯޓުން

  16. Anonymous

    ކޮންމެ ވައްތަރެ ޓީޝަޓެލިޔަސް އަދި ވޯޓު ލާނީ އަމީހާގެ އަމިއްލަ ޕާޓީ ނުވެދާނެ ވޯޓަކީ ސިއްރެ ޕާޓީ ތަކުގެ ޖައްސާދިޔަސް ވޯޓު ނުލާފާނެ ޖައްސާތަކައް ދަނީ ފައިސާ ނިވަތަ އެމީހެއްގެ އމިއްލަ އެދުމެއް އޮތީމާ

  17. ތާޑީ

    އާދަމް ނަވާޒް އައްސަލާމް.

  18. ސައިޒު

    ފުރަތަމަ ފަހަރައް މާލެވަށާ ބުރެއް ޖެހުމައް ފަހު ފުރަތަމަ ފަހަރައް އެންމެ ބޮޑު ރަންވާގަ ޖެއްސި އެންމެ ބޮޑު ބޯޓުގަ ސަރަހައްދީ އެންމެ ބޮޑު މުބާރާތުގަ ފުރަތަމަ ފަހަރައް އެންމެ ޒުވާން ޓީމް 1 ވަނަ ހޯދައިގެން ފުރަތަމަ ފަހަރައް ބުރިޖު މަތިން ދަތުރު ކޮއް މާލެ ޔާހަމަޔައް އާ ފުރަތަމަ ރަން ތަށި
    2- 1 ކުން މޮޅުވި އޯކޭ ތަށިލިބުނި މުބާރާތުގެ 1ވަނަ ޓީމައް ދޯ 1 ހަމަ ތަފާތީ

  19. ހިސާބް މުދައްރިސް

    ވަކި އަތަކަށް ވަރަށްބޮޑައް ޖެހިފަވާ ލިޔުމެއް. ތިބޭފުޅުން ތިދަންނަވަނީ ޓުރެކް ދަނޑަކީ ކާނިވާ ސަރަހައްދައްވުރެ 6.4286 ގުނަ ބޮޑު ތަނެކޭތޯ! މީ އަދުރޭ ހަދާކަހަލަ ހިސާބެއްތޯ! ދެންތިދަންނަވަނީ ދަނޑުން ހުސްކޮށް ފެންނަން އެއޮތް ބަޔަކީ އެތަނުގެ އެންމެ %22.22 އޭތޯ! ސާބަސް ކަލޯމެނައް ތިތިބީ ތިބޭފުޅުންގެ ހިސާބް މުދައްރިސް އަދުރޭގެ ފަރާތުނޤ ރަނގަޅަށް ހިސާބް ޖަހަން ދަސްވެފަ.

    • Anonymous

      ރަފް އެސްޓިމޭޓަކުން.. ފޮޓޯއަށް ބަލާފަ ބުނެފާނަން 15000-20000 ދެމެދު ހަމަ ގައިމުވެސް އެބަ ތިއްބޭ.

  20. ކީކޭ

    ފިޔާތޮށި،ފައިސާ އޮއްސާނެވީޔާ

  21. ވިދާޅުވޭ!

    އަހަރުމެން އާދައިގެ ފަންތީގެ މީހުން ވޯޓުދެނީ ކޮންކަމަކަށްތޯ؟ ބޭނުންވަނީ ކޮންކަމެއްތޯ؟ ވަރަށް ސިމްޕަލް ސުވާލެއް ދޯ...އަހަންނާ އަހަރެންގެ އާއިލާއަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުން... ރަގަޅު އާމްދަނީއެއްލިބޭ ވަޒީފާއެއް، ގެދޮރު، އަމާން ވެއްޓެއް، ސިއްހީ ރަގަޅު ނިޒާމެއް...އަހަންނަކަށް މުހިއްމެއްނޫން ވެރިމީހާ ހުންނަނީ އަބަދު ހެވިފަތޯ ބަލާކަށް، އޭނަ އުޅޭނޫޅޭ ތަނެއްބަލާކަށް.... ލޯނުނަގައިގެން ކުރަންޖެހޭ ކަންކަން އަހަރެންވެސް މިކުރަނީ... ގެހެދުމާ ސައިކަލްގަތުމާ މިކަހަލަ... އެލޯނުއަދާވަންދެން އަހަރެންވެސް މިހިރީ ދަރަނިވެރިވެފަ... ކުރުކޮށްކޮށްބުނަންޏާ އަހަރެމެން އާދައިގެ މީހުންގެ ދިރިއުޅުމަށް އެންމެބޮޑު ބަދަލެއް ގެނެސްދިން މީހަކީ ހަމަ ރައީސް ޔާމީން...

  22. Anonymous

    23ގަ އެނގޭނެ

  23. Anonymous

    މަށަށް އެނގޭހާވެސް

  24. އާދަނު

    މަށަށް އެނގޭ އެއްޗަކީ 2013 ވަނަ އަހަރުގެ އިންތިހާބު ދުވަސްވަރު މާލެތެރޭގައި އެމްޑީޕީ މީހުން ނޫން ބަޔަކަށް އެމީހަކު ތާއީދުކުރާ ފިކުރެއްގެ ޓީޝާޓެއް ލައިގެން އުޅެން ނުކެރޭނެކަން. އެމްޑީޕީ މީހުންގެ ބަލާ ބޮޑުވުމާއި އެމީހަކާއި ދިމާލަށް ގޮވާ އަވަގުރާނައިން. މިއަދު ޕީޕީއެމްގެ ސަޕޯޓަރުންވެސް މާލެ ތެރޭގައި އެކަނި އެއުޅެލަނީ ޕީޕީއެމް ލޯގޯ ޖެހި ޓީޝާޓް ލައިގެން . ކެފޭތަކުގައިވެސް ހަމައެކަނި އިވެނީ އެމްޑީޕީ މީހުންގެ އަޑެއްވެސް ނޫން. އެމްޑީޕީ މީހުން ބުނާ ކޮންމެ އެއްޗަކަށް ދޭތި ބުނަން ކެރޭ ޕީޕީއެމް މީހުން މިހާރު ކެޕޭ ތަުންވެސް ވެސް ފެނޭ. ޔާމީނަށް މާޅެއިންވެސް ވަރަށް ގިނަ ވޯޓް ލިބޭނެ.

    • ބޮޑުބެ

      އެއްޗެއް ބުނާއިރަށް ދޭތިބުނަން ކެރުމަކީ ވަކި އުފާކުރަންޖެހޭ ކަމެއް ނޫން. ފުރަތަމއިނުންވެސް ތިބުނި ގޮތަށް ދިވެހިންގެ ހަޔާތް ކެނޑުވީ ކެނެރީގޭ ނަޝީދު. ދެން އެކަންކަން އިސްލާޙުކުރުމަކީ ޗެލެންޖަކަށްވިޔަސް އިސްލާޙުކުރެވޭތޯ ބެލިއްޔާ މާ ރަނގަޅުކަންނޭނގެ އަދި އޭގެ ރައްދުގައި އިތުރުބަޔަކު ހަޔާތްކެނޑުވުމަށްވުރެން.

  25. ކޮޕީ

    މަށަށް އެނގޭ އެއްޗަކީ 2013 ވަނަ އަހަރުގެ އިންތިހާބު ދުވަސްވަރު މާލެތެރޭގައި އެމްޑީޕީ މީހުން ނޫން ބަޔަކަށް އެމީހަކު ތާއީދުކުރާ ފިކުރެއްގެ ޓީޝާޓެއް ލައިގެން އުޅެން ނުކެރޭނެކަން. އެމްޑީޕީ މީހުންގެ ބަލާ ބޮޑުވުމާއި އެމީހަކާއި ދިމާލަށް ގޮވާ އަވަގުރާނައިން. މިއަދު ޕީޕީއެމްގެ ސަޕޯޓަރުންވެސް މާލެ ތެރޭގައި އެކަނި އެއުޅެލަނީ ޕީޕީއެމް ލޯގޯ ޖެހި ޓީޝާޓް ލައިގެން . ކެފޭތަކުގައިވެސް ހަމައެކަނި އިވެނީ އެމްޑީޕީ މީހުންގެ އަޑެއްވެސް ނޫން. އެމްޑީޕީ މީހުން ބުނާ ކޮންމެ އެއްޗަކަށް ދޭތި ބުނަން ކެރޭ ޕީޕީއެމް މީހުން މިހާރު ކެޕޭ ތަުންވެސް ވެސް ފެނޭ. ޔާމީނަށް މާޅެއިންވެސް ވަރަށް ގިނަ ވޯޓް ލިބޭނެ.

  26. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޖަލްސާއެއްގައި ނުވަތަ އެއްވުމެއްގައި ހަމައެކަނި މީހުން ގިނަވުމަކީ، އެޖަލްސާއަކުން ނުވަތަ އެއެއްވުމަކުން އެއްވެސް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމެއްނޫނެވެ. ޔަޢުނީ، ޙައްޤާއި ޘަވާބުގެ މަގުގައި ކުރެވެން އޮންނަ ކަމެއް އެނޫން ގޮތަކަށް ކޮށްފިނަމަ، އެކަމަކުން ލިބޭނީ ދެރައެކެވެ. އެހެންނަމަވެސް، މިލިޔުމުގައި މިއިޝާރާތްކުރެވޭ ބައްދަލުވުމަކީ، ސައްތައިން ސައްތަ މުސްލިމުން އިޚްތިޔާރާއި ރުހުމުގައި އެބައްދަލުވުމުގައި ބައިވެރިވެ ޝުޢޫރު ފާޅުކޮށްފައިވާ ބައްދަލުވުމެކެވެ. އަދި މިބައްދަލުވުން ބާއްވާފައިވާ ވަގުތަކީ، ވާދަކުރުމާއި ބާޖުމެރުމުގެ ގޮތުން އެފަދަކަމެއް ކުރުން އައުލާވެގެންވާ ވަގުތެކެވެ. އެބަހީ، ހުއްދަ ކަންތައްތަކުގައި އަދި ހުއްދަގޮތުގައި ވާދަކުރުމާއި ބާޖުމެރުމަކީ، ހުއްދަކަމެކެވެ.

  27. ބާރީ

    މޑޕ ކަލޯމެން ކުދިން ހަޖަމް ކޮށްކޮށް ހަމަ ތިބެންޖެހޭނީ...
    ދެން ލަލަލާ..............

  28. އެމާ

    ބުރިޖު އަޅައިފި،ޕާކު ތައް ހަދައިފި،ތަރައްްްްޤީ .
    ޢެކަމު ހިތެއް ނުދެވުނު.

  29. ހަބޭސް

    މުސްކުޅި ހަރުބަހެއް މޮޔަ ރަޙުމަތްތެރިޔަކަށްވުރެ ބުއްދިވެރި ދުސްމަނަކުވެސް މަރަގަޅޭ
    މިބަސްތަރުޖަމަކޮށްލާއިރު އަޅުގަނޑަށްފެންނަގޮތަކީ
    1 އިބުރާހިމް މުޙައްމަދުޞަލިހަކީ ވެރިކަމަށް މެޔައެއްކަމަށް އޭނާއަކީ ރަޙުމަތްތެރިއެއްކަމަށް އެނާއަށް ވެރިކަން ކުރެވޭނީ މީހަކު ބުނީމަ ބުނާގޮތަށް އެއްފަހަރުވެސް ނުކެރޭނެ ބުނާކަށް ތިމަންނައަށް ވެރިކަނ ްލިބިއްޖެނަމަ ބޭރުގެ ނުފޫޒުތަށް މިގައުމަށް ވެރިވިޔަކަ ނުދޭނަމެކޭ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓާނަމެކޭ
    2 ޔާމީނު ؛ މިރައިސް އަކީ ބުއްދިވެރިއެއް ބައެއްމީހުންބުނާގޮތުންނަމަ ދުޝްމަނެއް އެކަމުމީނާ އަޅުގަނދުމެނަށް ސާބިތު ކޮށްދެމުން އެގެންދަނީ ބޭރުގެ ނުފޫޒުތަކުން މިގައުމު ސަލަމަތް ކޮށްދީ ސަލާމަތުގެ އައްސޭރީގައި ގައުމު ހިފަހައްޓާނެކަން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިވެހިންގެ އަތްދަށުން ދޫވެ ދިޔަ ނުދޭނެކަން
    އެސަބަބަށްޓަކައި 2018 ޔާމީނަށް ދޭންވީ އިންޝާﷲ 2018 ރައިސް ޔާމީން