ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިގޮތަށް، 23 ސެޕްޓެމްބަރ ގައި ނަގާ ރިޔާސީ ވޯޓުގެ ކުރިއަށް، ހދ.ކުޅުދުއްފުށީ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

މި ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓުގައި ކާމިޔާބުކަމާއެކު ޖައްސާފައިވަނީ މިއަދު މެންދުރުފަހު 15:11 ގައެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން - ވަގުތު އިމޭޖެސް: އަލީ ވިސާމް

ކުޅުދުއްފުށީ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސުމަށް ކުރި އެ ދަތުރުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖެއްސިއިރު، މި އުފާވެރި މަންޒަރު ބަލާލުމަށް އެތައް ހާސް ބަޔަކު ކުޅުދުއްފުށީ އެއާޕޯޓް ފެންނަ ސަރަހައްދަށް ޖަމާވެފައިވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން - ވަގުތު އިމޭޖެސް: އަލީ ވިސާމް

1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ދިވެހި ދައުލަތުގެ މާލިއްޔަތުން 53.4 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވާއެވެ. މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު، ރަންވޭގެ އިތުރުން ޓެކްސީވޭ އާއި އެޕްރޮންވެސް ވަނީ ނިންމާލާފައެވެ.

ވޭތުވެދިޔަ އޮގަސްޓް މަހަށް ނިންމާލަން މަސައްކަތްކުރި މި އެއާޕޯޓް ނިމުން ލަސްވެގެންދިޔައީ، ބިމުގެ ދަތިކަން ދިމާވެފައިވާ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުންކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން - ވަގުތު އިމޭޖެސް: އަލީ ވިސާމް

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް އެރަށުގެ ފަޅުތެރެއިން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިވާއިރު، އޭގެ ތެރޭގައި ކުޅުދުއްފުށި ކުޅީގެ 30 އިންސަތައް ސަރަހައްދުވެސް ހިމެނެއެވެ.

ކުޅުދުއްފުށްޓަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ވިދާޅުވެފައިވަނީ، އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީ ރައްޔިތުން ރިޔާސީ އިންތިޚާބުގެ ވޯޓް ލުމަށް ކުޅުދުއްފުއްޓަށް ދަތުރުކުރާނީ ކުޅުދުއްފުށީ އެއާޕޯޓަށް ކަމަށެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު، މިއަދު ޓެސްޓް ފްލައިޓް ޖެއްސުމާއެކު އެއާޕޯޓު ނިމުމުގެ އުފާވެރިކަން އެ ރަށާއި، ކާއިރި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން - ވަގުތު އިމޭޖެސް: އަލީ ވިސާމް

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ 2013 ވަނަ އަހަރުގެ ރިޔާސީ ވައުދަކަށްވާއިރު، ބޮޑެތި ގޮންޖެހުންތަކާއި، ފިއްތުންތަކާ އެކުވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް މިވަނީ ވެވަޑައިގެން ވައުދު އަމާނާތްތެރިކަމާއެކު ފުއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢިބޫ

    ޢަޅެ ޖެއްސީދޯ..

  2. އަބުޅޯބެ

    ދެންވެސް ބުނޭ ރައްޔިތުން ލޮލުގާ އަނދުން އަޅުވަނީއްޔޭ ކިހާރީތި އަނދުނެއް ފުލައިޓެއް ޖައްސާލީ ހެހެހޭ

  3. ކުޑަބެ

    ސާބަހޭ ރަޢިސް ޔާމީން ތީއަޅުގަނޑުމެން މިބޭނުންވާކަހަލަ ރައީސުންނަކީ

  4. ޢާޅި

    ސުކުރިއްޔާ

  5. ނަފީލް

    ޝުކުރިއްޔާ ރައީސް ޔާމީން!

  6. ޢުފާ

    ޚޮބާތަ ރަންރީނދޫ ބޮޑޭމެން؟ ހީވޭނުން ކަމެއް ހެން. ޏޭޅޭނޭ ކިޔަނިކޮއް މިފެނުނީ ބޯޓު ޖެއްސިތަން. ޥީ ތެންކްޔޫ ޕުރެޒިޑެން ޔާމީން. ޥަރައް އުފާވެއްޖެމ

  7. އާދަނު

    ކުޅުދުއްފުށި ކުދިން ސީދާ ރަށުން އުދުހިފަ މާލެޔަށް! ސަޅި! 1 ހަނދުމަފުޅުކުރައްވާތި!

  8. ނިހާދު

    ދެން ލަލަލާ ފަނާކުރާ ފިކުރު ބާގާގެ މީހުންނަށް ޝުކުރިއްޔާ ޔާމީން

  9. ހުރަނބި

    ކޮބާ އެއްކަލަ ފުނަދޫ ރަންވޭވެސް މިއަދު ހުޅުވާނަމޭ ބުނިބުނުން؟؟؟

  10. ނިންމާފިޔޭ ހުޅުވާފިޔޭ.

    ނިންމާފިޔޭ ހުޅުވާފިޔޭ ނޭޅޭނެޔޭ ބުނިބުނުމަކަށް ނުމެބައްލަވާ ހިކުމަތު އަލީބޭނުންކޮށް ނިންމާފިޔޭ.. މަރުހަބާ ކުޅުދުދުއްފުށި ރައްޔިތުންނާ.. ޝުކުރިއްޔާ ރޔާމީން... 23ވަނަދުވަހު ވޯޓުދޭން ދާއިރު 1ގެމަތިން ހަދާންކުރޭ.. 1ގަ ފާހަގަ ޖަހާލާ ދިރުމެވާނަމަ އުއްމީދެވާނެޔޭ ޔަގީން.. ހުވަފެންތަކުގާ ކުލަޖެއްސުމަށް 1ގަ ފާހަގަ ޖަހާލަމާ.

  11. ލީ

    ނިހާން ބުނީ ޔާމީން 2018 ގަ ރިޔާސީ އިންތިހާބު ކެމްޕޭނަށް ކުޅުދުއްފުއްޓަށް އަންނާނީ ކުޅުދުއްފުށީ އެއަރޕޯޓައް ޖައްސާ ފުލައިޓު ގައޭ.ބުނި ބަހެއް ދިމައެއް ނުވިޔޭނުން.

  12. ލީ

    ހ.ދ ގެ ރަށް ތަކަށް ބޯފެން ފޯރުކޮށްދެން ކިޔާތާ މިހާރު ކޮންދުވަހެއް.އެކަމެއް ނުވި.މިހާރު ވޯޓް ކައިރި ވީމަ ރައްޔިތުން ގުބޯ ހައްދާނި ކަމެއްނެއް.ވޯޓެއްނުދޭނަން.

  13. ސަމް މާލެ

    ހެހެ ކޮބާ؟ މިއޮތީ އެއާޕޯޓު ނިމިފަ ވޯޓުލާން ފުލެޓުގަ ރަށައް ހެހެ ހެހެ ހެހެ

  14. ވާރޭ

    ކުޅުދުއްފުށީ ރަތްޔިތުން ދެން އަތްޖަހާ

  15. ލީނާ

    އާދޭސްކޮށްފަ މި ދަންނަވަނީ ރައީސް ޔާމީން ، ޑޮކްޓަރ ޝަހީމް ، މެމްބަރު ނަޝީދު ، މެމްބަރ ޣަފޫރު ފްލައިޓްގައި މިރަށަށް އެކުގައި ވަޑައިގެންދެއްވާ!

  16. ފްރޮމްދިސް

    ދޫނި ޖައްސަމުން އައި ތަނަށް މިހާރު ފްލައިޓް ޖައްސަން ފެށުމުން ބޮޑު ތިލަދުން މަތިން ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމްގެ ބްރީޒް ފީލް ވާން ފަަށައިފިއޭ މީއޭ މަމެން ޕިންކީން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް މިހަދާ ގޮތަކީ ކުދިންނޭ ހުރިހާ ކުދިން ވެސް ދެން މަމެން ޕިންކީން އަތުގައި ހިފަންވީއޭ އެއިޓީން މޫން ސީންގް ރޭސް ގައި ބައިވެރިވާން ފްރޮމް ދިސް މޯމެންޓް އޮން އަ ނިއު ލައިފް ހޭޒް ބިގަން ވިދް ޕިންކީސް އައި ގިވް މައި ވޯޓް ޓު ޕިންކީސް ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން...

  17. މަ

    އަބަދުވެސް ނުވެހުންނަ ކަންކަން ގޮވޭތޯ ބަލާ.

    ދުވަހަކު ވެސް ހިތެއް ނުފުރޭނެ