ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން ދިފާއު ކުރުމަށް ރައްޔަތުންގެ ގަޔަށް ބަޑިވެސް ޖަހާނެކަމަށް ކުރީގެ ރައީސް ނަޝިދު ވިދާޅުވި ވިދާޅުވުމަށް ޕީޕީއެމްގެ ނައިބްރައީސް އަބްދުއް ރަހީމް އަބްދުﷲ ރައްދު ދެއްވަވާފިއެވެ.

އަމިއްލަޔަށް އިސްތިއުފާ ދެއްވި އަދި މިހާރު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރު ދިފާއު ކުރުމަށް ރައީސް ޔާމީން ބަޑި ވެސް ޖައްސަވާނެ ކަމަށެވެ.

މިވާހަކައަށް ރައްދު ދެއްވަވާ ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، މީގެ ކުރިން ރައްޔަތުންގެ ގަޔަށް ބަޑިޖެއްސެވީ ކާކުކަން ރައްޔަތުންނަށް އެނގޭކަމަށެވެ.

"ކާކުބާ މިކަން ކުރީ؟ އަޅުގަނޑުމެން ދުށީމު 6 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ރަބަރު ވަޒަންލީ ބަޑި ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއަށް ރައީސް ނަޝީދުގެ އޯޑަރަށް ޖެއްސެވި ތަން. ކޮން ބައެއްތޯ ކައިރީގައި ލަފާ ދެއްވަން ތިއްބެވީ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Kulunteriehh

  ޖަލު ހުކުމޭ ކޮންމެ ފަހަރަކު ތި ލިޔަނީ ޖަލު ހުކުމް ތަންފީޒުކުރަން އޮންނާނީ ޖަލުގަ ދެއްތޯ!!

 2. ހ

  ނަޝީދު އެކަން ނުކުރަންވެގެން ޗެރިކަމުން ފޭބީ. ކަޅޭމެން މުޅި އާބާދީ ޖަލަށް ލައިގެން ވެސް ވެރިކަން ކުރަން. އެންމެން ޖަލަށް ލާފަ ދެން ކޮންބައެއްގެ ވެރިކަމެއްބާ ކުރާނީ. ކާޅުގެ ވެރިކަން ކަމަށް ވެދާނެ

 3. މަރްޔަމް

  ބާރަގަނޑުވަގުޓިނަށް ބަޑިޖެހީކާކުބާ؟

 4. ފާޠިމަ

  ކަލޭމެންތިންމީހުންނަށްވާވަރުކުރޭ ދެންއިތުރުމިޙަކުނެތީތަ ޕޮލިހުންނަ ސިފައިންނާ ތިންމީހުެން ބަޑިޖެހީ ޔާމީން ބަޑިޖާހާނީވެސްޔާމީން ލަދުކުޑަ އަދުރޭ އަގައިގަ ދުލެއްއޮތީމައަރާ ހަޅޭއްލަވާނެކަމެއްނެތް

 5. ބާބޫ ނާޒް

  ސޮލީބު އަންނި ބުނެގެން ރަބަރު އުންޑަ ޖެހީ މިކަލޭގެޔަށް އެދުވަހު ފެނުނީ ހުދުހެދުމުގަ ތިބި ގޮތްނޭގޭ އާދަޔާހިލާފުބަޔަކު މިކަލޭގެޔާ ދިމާޔަށް އައްނަތަން..............