ގަތަރަކީ ތައުރީފް ހައްގު ގައުމެއް ކަމަށާއި ދުނިޔޭގެ ހުރިހާ ގައުމަކަށް ގަތަރުން ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙުސާން ގަތަރަށް ތައުރީފް ކުރައްވައިފިއެވެ.

ގަތަރުގައި ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، ގަތަރުން ދުނިޔޭގެ ސަލާމަތީ ކަންކަމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ގޮތަށް ތައުރީފް ހައްގު ކަމަށެވެ. ގަތަރަކީ މަޝްވަރާތަކާއި ދުނިޔޭގައި ހިންގަމުންދާ ހަނގުރާމައިތަކުގެ ހައްލު ހޯދުމުގައި މެދުވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

އަދި ދުނިޔޭގައި ހަނގުރާމަތައް މަދުކުރުމަށް ގަތަރުން ވެފައިވާ ވައުދުތަކަކީ ތައުރީފް ހައްގު ވައުދުތަކެއް ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ގަތަރުން ރާއްޖެއާއެކު ބާއްވާ ގާތް ގުޅުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މެއި 20 އިން 22 އަށް ކުރިއަށްގެންދާ ގްލޯބަލް ސެކިއުރިޓީ ފޯރަމުގައި އިހުސާނު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިއަހަރުގެ ތީމަކީ ސްޓްރެޓަޖިކް ކޮމްޕެޓިޝަން: ދަ ކޮމްޕްލެކްސިޓީ އޮފް އިންޓަރޑިޕެންޑެންސްއެވެ. ގަތަރުގެ ދޯހާގައި އިއްޔެ ފެށިގެން ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްތާނީ ވަނީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކާއި އިންސާނިއްޔަތަށް ހުރި ނުރައްކާތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ގަތަރުން ވަނީ ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ. އަދި މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ގަތަރުން ބުނެފައި ވެއެވެ. އެ ފޯރަމުގައި ގަތަރުގެ ބޮޑުވަޒީރުގެ ވާހަކަފުޅަށް މިނިސްޓަރ އިހުސާން ވަނީ ތައުރީފްކުރައްވައި ގަތަރަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައްކާތެރި ކަމަށް ވިސްނާ ގައުމެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއީދު

    ގަތަރު ހޯމް މިނިސްޓަރަކަށް ވަރަށް އަވަހަށް ބަދަލުކުރާނަން..

    8
    3
  2. އައްޓިޔަރި ކައްދައިދީގެ އާމިނައިދީގެ ކަލޯގެ ފުތާ

    އަނެއްކާ ގަތަރުން ކޮން ކަމެއްބާ އިހުސާނު ބޭނުންވެގެން މިއުޅުއްވަނީ އެހާވަރައް ގޯނި ފުލައްލާނީ ކޮންމެވެސް ނަގަން އޮއްރާޅު ބޮޑީޔޭ ބުނެވެން އޮތީ! ހިއުމަން ސައިކޮލަޖީ މިހާރު ދިވެހިންވެސް ކޮންމެވެސް ވަރަކައް ދަނޭ އިނގޭތޯ!!!

    6
    4
  3. ފޫހި

    މި އިހުސާނަކީ އަގައިން ހިފަހައްޓާމީހެއް ވާކަމެއްހަރާން އިރު އިރުކޮޅާ ނޫސްކޮންފަރެންސް ބޭވުން ފިޔަވާ ކިހާދުވަހަކު ރައްޔިތުން ގުބޭހެއްދޭނެބާ