މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިިނިސްޓްރީން ބުނީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްއިއްޔާތަކަށް އެކަނި ކަމަށެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 4 ޖުލައިގެ 13:00 ޖެހުމާއި ހަމައަށެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

ޕްރޮޕޯސްލް ހުށަހަޅަންޖެހޭނީ [email protected] އީމެއިލް މެދުވެރިކޮށެވެ.

ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓަރީގެ ކޮޕީ، މަޝްރޫއު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމުގައި ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައި.ޑީ.ކާޑު ކޮޕީގެ އިތުރުން ރަށުތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއްނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން އަދި މަޝްރޫއު ނުވަތަ ހަރަކާތާއި ގުޅޭ އެހެނިހެން ލިޔެކިޔުން ހިމެނެއެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމަލު

    މަދަނީ ޖަމިއްޔާތަކުން ފަންޑު ނުހޯދާ ކުރެވޭނެ ވަރަށް ގިނަ ކަންކަން މިމުޖުތަމައުގަ އެބަހުރި. އެކަމަކު އަބަދުވެސް ފަންޑު ހޯދުމަށް ގިނަ ޖަމިއްޔާތަކުން އުޅެނީ. ޖަމިއްޔާތަކަކީ މަދުބައެއްގެ މަސްލަހަތު އިސްކުރެވިގެން ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮޕަރޭޓްވަމުންދާ ތަންތަން. މިކަންކަމަކީ ވަރަށް ރަނގަޅަށް ރެގިއުލޭޓްވެ މޮނިޓަރވާންޖެހޭ ކަންކަން. އެހެންނޫނީ މިކަންތަކީ ކަރަޕްޝަނަށް ދިއްކޮށްލެވޭ އަތަކަށް ވާނެ.