ކ. ތިލަފުށީގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް އެތަނުން ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށީ ބިމުން އެހެން ބަޔަކަށް ކުއްޔަށް ދީފައިވާ ސަރަހައްދުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގައި އެބިން އެފަރާތާއި ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށާއި އެފަދަ އުޅަނދުތަކާއި އެހެނިހެން ތަކެތީގެ ވެރިފަރާތުން އެތަކެތި ނެގުމަށް އަންގާ ކަމަށެވެ.

އެގޮތުން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އެ ސަރަހައްދުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ވެރިފަރާތްތަކަށް ވަނީ އަންގާފައެވެ. އެ މުއްދަތުގައި އެ އުޅަނދުތައް އަދި ތަކެތި ނަގާފައިނުވާ ނަމަ، އެ ތަކެއްޗަކީ ގަވައިދާ ހިލާފަށް ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި އެ ތަކެއްޗާމެދު އެޗްޑީސީން ފެންނަ ގޮތަކަށް އަމަލު ކުރަމުންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކ.ތިލަފުށީގައި ޤަވައިދާ ޚިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެނިހެން ތަކެތީގެ މައުލޫމާތު:

ސަފާރީ (ރަޖިސްޓަރީ ނަންބަރ: (T10-10B9496 )

7 ލާންޗް:
ރަޖިސްޓަރީ ނަންބަރ : (T10- (-01A3690P
ރަޖިސްޓަރީ ނަންބަރ : (T10- (-02A9408P
ރަޖިސްޓަރީ ނަންބަރ : (T10- (-02A6193C
ރަޖިސްޓަރީ ނަންބަރ : (T10- (-02A8490C
ލާންޗްގެ ނަން: ހަލީމް
ލާންޗްގެ ނަން: ލިޔޯ ފްލޭސް
ލާންޗްގެ ނަން: -001SA

ބާޖް:
ނަން: NAVE - IQUIVI
ރަޖިސްޓަރީ ނަންބަރ : (T10 (-17B8340C

ޑެމޭޖް ހަލް:
ރަޖިސްޓަރީ ނަންބަރ : (T10- (-02A8490C
ރަޖިސްޓަރީ ނަންބަރ : (T10 (-02A3716C

  • އެސްކަވޭޓަރ (ރަޖިސްޓަރީ ނަންބަރ : 2264C A1Cv )
  • ޑަމްޕް ޓްރަކް
    ކާރު / ވޭން (2)
  • ކޮންޓެއިނަރ (2)
  • ޓަޔަރުތައް
  • ހޮޅިތަކެއް
  • ފިޔުލް ޓޭންކު

އެޗްޑީސީން ނެރުނު ބަޔާނާއެކީ ހިމަނާފައިވާ ލިސްޓުގައިވާ އުޅަނދުތައް އަދި ތަކެތީގެ ވެރިފަރާތުން އެ ކުންފުނީގެ ކޯލްސެންޓަރުގެ ހޮޓްލައިން 1516 އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ބިން ވިއްކަން އިޢުލާން ކުރާއިރު ބިން ވިއްކާ ނިމިގައި އޮންނަނީ ކީއްވެތޯ ބުނެދީބަލަ. ތިލަފުއްޓަކީ ބިމުކުލިން އެންމެ ގިނަ ލާރި ވަންނަ ތަނަށްވާއިރު އެފައިސާއަށް ވާތްވެސް ބުނެލަދޭތި. އެތަން އަދިވެސް އޮތީ އޮތްހާލުގައި ހެދިމަގެއް ނަރުދަމާއެއް ނެތި އޮތް އަޅާނުލާ އޮތް ތަނެއްހެން އޮތީ. ކޮބާ ފައިސާތައް.؟