ތިލަފުށި ފޭސް އެކެއް އިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް އެ ބިންތައް މިލްކު ކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންތް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިން ގަތުމުގެ ފުރުސަތު ހަމަޖެހިފައިވަނީ ތިލަފުށި ފޭސް އެކެއް އިން 5،000 އަކަފޫޓޫ ނުވަތަ އެއަށްވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު،[email protected] އަށް އީމެއިލް ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އެޗްޑީސީން ބުނީ އެ ފޯމު ހުށަހަޅާ ފަރާތްތަކަށް ބިންވިއްކުމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

މިކަމާއި ބެހޭ އިތުރު މައުލުމާތު އެޗްޑީސީގެ ހޮޓްލައި 1516 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.