މިއަަންނަ އާއްދީތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކުން ބަލި ޤަބޫލުކުރައްވައިފި ކަމާއި އިދިކޮޅު ފަރާތްތަކުން ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ކުރާނެ ކަމަކީ ރައްޔިތުންނަށް ބިރު ދެއްކުންކަމަށް އެންވާރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިޤު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބަލި ޤަބޫލު ކުރައްވައިފި ކަމަށާއި ބަލި ޤަބޫލު ކުރެއްވީ ރައީސް ނަޝީދު އަމިއްލަ ފުޅަށް ކަމަށެވެ.

"ރައީސް ނަޝީދު އެފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވީމަ އަޅުގަނޑުމެންނަށް ޤަބޫލު ކުރެވެނީ އެބޭފުޅުން އެތިބީ ބަލިވެފަ ކަމަށް އެބޭފުޅުން އެބަވިދާޅުވޭ ބޭރުގެ ދައުލަތްތައް ކުރެން، ރައީސް ޔާމީން ހޮވި ވަޑައިގަތަށް ޤަބޫލި ނުކުރާށޭ. އެބޭފުޅުން ޤަބޫލު އެބަ ކުރައްވާ އެބޭފުޅުން ބަލި ވެއްޖެކަން،" ތޯރިޤް ވިދާޅުވިއެވެ.

އެންވާރަމަންޓް މިނިސްޓަރ ތޯރިޤު އިބްރާހީމް - ވަގުތު އިމޭޖަސް

ތޯރިޤް އިތުތަށް ވިދާޅުވީ، އެމްޑީޕީއިން ބަލި ޤަބޫލުކޮށް ދެން ކުރާނެ ކަމެއް ނެތުުން ރައްޔިތުންނަށް ބިރުދައްކަން ފަށައިފި ކަމަށާއި ނަމަވެސް ރައްޔިތުން ފަހަތަށް ޖެހި ވަޑައިނުގަތުމަށްވަނީ އިލްތިމާސް ކުރައްވާކަމަށެވެ.

"މިހާރު އެބޭފުޅުންގެ އަސްލު ކުލަ އެފެނުނީ އެބޭފުޅުން އެފެށީ. އެބޭފުޅުން މިހާރު ރައްޔިތުންނަށް ބިރު ދައްކަން އެފެއްޓީ. މިއީ އަބަދުވެސް އެމްޑީޕީއާއި ގުޅިފައިވާ ޕާޓީގެ އަސްލު ޙަޤީޤަތް،" ތޯރިޤް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީއިން ފުވައްމުލަކުގައްޔާއި އައްޑޫގައި ބޭއްވި ޖަލްސާގެ ބައިވެރި ފަރާތްތަކުގެ އަދަދު މަދުކަން ފާހަގަކުރައްވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ، ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި މިދެ ސަރަހައްދުންވެސް އެބޭފުޅުންނަށް ލިބުނު ތަރުޙީބާއި އަޅާ ބަލާއިރު ބޮޑު ތަރުޙީބެއް ރައީސް ޔާމީންއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ، އަދި މިކަމުންވެސް އިންތިޚާބުގައި ބޮޑުފަޅި އޮތީ ކޮންބަޔަކަށްކަން ޔަޤީންވާ ކަމަށްވެސް ތޯރިޤް ވިދާޅުވިއެވެ.

އެންވާރަމަންޓް މިނިސްޓަރ ތޯރިޤު އިބްރާހީމް - ވަގުތު އިމޭޖަސް

މީގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞޯލިޙު (އިބޫ)އަށް އެމަނިކުފާނުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ފާއިތުވި ދުވަސްތަކުގައި އެއްވެސް ކަހަލަ އޮއްޓަރެއް ހުރި ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ.

"މިވިދާޅުވަނީ ފްލެޓް އަޅުއްވާނަމޭ، ކަރަންޓް އަގު ހެޔޮ ކުރާނަމޭ. އެކަން ކުރާނެ ގޮތެއް ވިދާޅެއްނުވޭ،" ތޯރިޤް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބަހުސްގައި ފިއްލެވި އިބޫ، ރާއްޖެ ޓީވީގެ ބަހުސްއަކަށް އަރުވާނެ ކަމަށް މީގެ ކުރިން ހާމަކޮށްފައިވާއިރު، އެބަހުސް ކޮބައިތޯ ތޯރިޤްވަނީ ސުވާލު ކުރައްވާފައެވެ. އިންތިޚާބަށް ދެ ދުވަހަށް ވެފައިވާއިރު، އިންތިޚާބުގެ ބައިވެރިންނާއި އިލެކްޝަންސްއިންވެސް ދަނީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާކު

    ވަޒީފާގެ ބިރު އިދިކޮޅުން ބާ ދައްކަނީ....

  2. މޮކި

    ތިހަމަ މާލޭ މީހެއް؟

  3. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

  4. ވަގުކަލޭގެ

    ފޮށިތަންމަތި ރެޑީކުރޭ..

  5. ސުލްޠާނު

    " ކާކް " އަކަށް ނޭގުނުދޯ އެކަމެއް؟ ގަމު ކައިންސިލްގައި މަސައްކަތްކުރާ މުވައްޒަފުން ޕީޕީއެމް ޖަލްސާއަށް ދިޔަ ނުދިނުމަށް އެންގީ ޖަލްސާއަށް ނުދިއުމަށާ ވަޒީފާއިން ކަނޑާލާނޭކަމަށް! މިވައްތަރުގެ ބައިވަރު ބިރުދައްކާފަ އެބަހުރި!

  6. ޙަފްޞާ / މާލެ

    އިދިކޮޅުފަރާތްތައް އިންތިޚާބުން ބަލިވާނެ އިންޝާއަﷲ! ވަރަށް ސާފް.