ސުކޫލްތަކުގައި ކޮންމެ ކުލާހަކަށް ވަކިން ވައިބާ ގުރޫޕެއް ނުހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ބެލެނެވެރިންނާއި މުއާމަލާތްކުރުމަށް ޓީޗަރުންނާއި ބެލެނެވެރިން ހިމެނޭހެން ކޮންމެ ކުލާހަކަށް ވަކިވަކި ވައިބާރ ގުރޫޕްތައް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތު ކުރާ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަން އެދޭ ކަމަށާއި އެ ގުރޫޕްތައް ސްކޫލުގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށެވެ.

ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަން ޖެހޭ ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

އިތުރަށް ގުރޫޕު ހެދި ނަމަވެސް ވަކިވަކި ކްލާސްތަކަށް ހެދުމުގެ ބަދަލުގައި ގްރޭޑަށް ނުވަތަ ކީސްޓޭޖަށް ކަނޑައަޅާ ގުރޫޕު ހަދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ. ވަކިވަކި ކުލާސްތަކަށް ރަސްމީ ވައިބާ ގުރޫޕް ނުހެދުމަށްވެސް ވަނީ އަންގާފައެވެ.

އެޑިއުކޭޝަންގެ ސާކިއުލާގައި ވަނީ ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ކޮމިއުނިޓީ ގްރޫޕް މެދުވެރިކޮށް މެސެޖު ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލުގެ ކިޔަވައި ދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑި އަކަށް ނުހަދަން ވެސް އެދިފައެވެ. 24 ގަޑިއިރު ހިނގާ ވައިބާ ގުރޫޕްތައް ހެދުމުން ޓީޗަރުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ ގުރޫޕްތައް ހިންގުމަށް ހަރުދަނާ އުސޫލެއްް ގާއިމުކުރަން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިއީ ސްކޫލްތަކުން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައަހުމަދު

    24ގަޑިއިރު ވައިބަރ ނުބަލާނަމަ ސްކޫލު ޓީޗަަރުން އަންގާ ކަންތައް އޮނަނީ ނުވެފަ.

  2. ހ

    ތިޔައީ ވަރަށް ކަމުނުދާ ނިންމުމެއް. ޓިޗަރުން ނާ ދަރިވަރުންނާ ގުޅޭގޮތުން ގިނައިން މަޝްވަރާ ކުރަން ޖެހޭ އިރު. މަޝްވަރާ ކުރަންޖެހޭ މަގުތައް ހަނި ކުރުމަކީ އެއްގޮތަކަށްވެސް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ހިތް ހަމަޖެހޭ ނިންމުމެއް ނޫން.

    1
    2
  3. ސަމްސު

    މިބޭފުޅާ ކޮށްފަނުކުރާނެ ކިޔާފަ ނުކިޔާނެ އެއް ނޭގިގެންތަ މިއުޅެނީ އަޅެފަހެ....

    1
    1
  4. Anonymous

    އިމްތިހާން ނިމުނީމާ ކުއްޖާގެ ކިޔެވުން ބަލިކަށިކަން އެނގޭއިރު ކޮބާތޯ ޓީޗަރުންގެ ޒިންމާއަކީ.. ބެލެނިވެރިޔާއަށް އެކަން ކުރިން ނާންގަނީ ކީއްވެތޯއޭ.. އަނެއްކޮޅުން ސްކޫލަށް ބޭނުންވާ ތަކެތި ހަމަކުރަން ދަންވަރު ބެލެނިވެރިޔާއަށް ޓީޗަރު މެސެޖްކުރަނީ ކީއްވެހޭ؟ މުޅި ޓާމެއްގެ ކިޔެވުން ނިމިގެންދާއިރު ހައެއްކަ ދުވަހު ކުލާހަށް ހާޒިރުވާ ޓީޗަރުން ބައިތިއްބަނީ ކީއްވެހޭ؟ ބެލެނިވެރިން ލައްވައި ފަންޑްރައިޒިން ޖައްސާ ލާރިކާލަނީ ކީއްވެހޭ؟ ބެލެނިވެރިންނާއި ޓީޗަރުންނާ ބައްދަލު ނުވާނެ ހުރިހާ ގޮތެއް ހަދަނީ ކީއްވެހޭ؟