މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކ. ދިޔަނެރު ފަރަށް އެރި ޓަގު ބޯޓު 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރެމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ވިދާޅުވީ، ޓަގު އޭއެމް އެޑްވޭ އާއި އެ ޓަގާއެކު އައި ރާއްޖެ އައި ބާޖު އެރޮން ޖެހިގެން އައި ދުވަހު އެ ފަރު މަތިން ނަގާފައިވާ ކަަމަށެވެ. އަދި، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން ސެޕްޓެމްބަރު 28 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ކުރެވިފައިވާ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި އުޅަނދުތައް ފަރަށް އެރި ސަރަޙައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަޙައްދަށް 804 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ބާޖު އެރި ސަރަހައްދަށް ގެއްލުމެއް ލިބިފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިއާއެކު އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 20,246,600ރ އިން އެ އުޅަނދުގެ ވެރިފަރާތް ކަމަށްވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ޖޫރިމަނާ ވަނީ ކޮށްފައެވެ. އަދި އެ ފައިސާ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    މި ހުރިހާލާރި ތަކަށް މިމީހުން ކީއްބާމިކުރަނީ ފަރެތް ގަނެގެން ބޭރުން ގެންނަނީބާ

    3
    0
  2. ވ. ރަނގަޅު

    ލާރިޔަށް ހަދާގޮތް ނެނގޭ ފަރާތަކުން ވާނެ އޮޅުންފިލިވާލަން ، ވ.ރަނގަޅު