ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި، އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ދެއްވުމަށް އެދޭކަމަށާއި، އެ ވޯޓަށްފަހު ސިޔާސީ ފަރާތްތައް އެކުވެރިވާ މަންޒަރު ފެނިގެންދާނެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޖަލުގައި ހުންނަވައިގެން ވަކީލުން މެދުވެރިކުރައްވާ ރައްޔިތުންނަށް މިއަދު ފޮނުވި މެސެޖެއްގައި ފާރިސް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު މާތްﷲ ގެ އިރާދަފުޅުން މިއަދު މި ގައުމުގައި އޮތް ދިވެހީން ބައިބައިކޮށް ފިތުނަވެރި ކުރުވާ ސަގާފަތަށް ވެސް އަލްވަދާއުކިޔާނެ ކަމަށެވެ.

"ތޭވީސް ސެޕްޓެމްބަރުގެ ވޯޓަށްފަހު، އިރާދަކުރެއްވިއްޔާ އުފެދޭނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް. ރާއްޖޭގެ ކަންކޮޅުތަކުގައާއި، ސިޓީތަކުގައާއި، ރަށްރަށުގައި، ސިޔާސީ އެކި ޕާޓީތަކަށް ނިސްބަތްވާ މީހުންގެ މެދުގައިވެސް އެކުވެރިކަމާއި ހަމަޖެހުން ބަދަހިވެގެން ދާނެ. ރަށުގެ ތަރައްގީއާއި ގައުމުގެ ކުރިއެރުމުގައި އެކުގައި މަސައްކަތްކުރާ މަންޒަރު އަޅުގަނޑަށް މިހާރުވެސް ފެނެ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވި ގޮތުގައި ދިވެހި ދިވެހިންގެ މަސްލަހަތު ނެތް ގޮތަކަށް މަސައްކަތްކުރާ ބަޔަކާ ދެކޮޅަށް ދިވެހިންގެ ތެރެއިން ތެދުވާނެ ބަޔަކު ދެން އަބަދުވެސް ތިބޭނެ އެވެ. އެކަން ނުފޫޒާ ބާރުގެ ކުރިމަތީގައި ހައްގުބަސް ބުނާ މަޖިލިސް މެންބަރުންގެ މިސާލުންނާއި ވަރަށް ފޯރައިގެން ދޫދެއްވި ހަތަރު ލީޑަރުންގެ ހިތްވަރުން ދިވެހިން ކަށަވަރުކުރާނެ އެވެ. އަދި އެ ސަބަބުތަކަށްޓައި ދިވެހިންގެ އުންމީދުތަށް ހަގީގަތަކަށް ހެދުމަށް އިބޫއަށް ވޯޓު ދިނުމަށް ފާރިޝް ވަނީ އެންމެހާ ދިވެހި ރައްޔިތުންގެ ކިބައިން އެދިފައެވެ.

"ދިވެހިންނަކީ ދާއިމަށް ދެފަޅިއަކަށް ނުވަތަ އެއަށްވުރެ ގިނަ ފަޅިއަށް ބަހާފައިތިބޭ ބަޔަކަށް ވާކަށް ނުޖެހެ. އަސާސީ ހައްގުތަކާ ހިދްމަތްތައް ހޯދުމަށްޓަކައި، ވަކި ބޭފުޅެއްގެ ކުޑައިގެ ހިޔާވަހިކަން ހޯދުމަށް، ނުވަތަ ވަކި ކުލައެއްގެ ދިދައެއްގެ ފަހަތަށް މަޖުބޫރުވުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން، އިސްލާމް ދީނާއިގައުމުގެ ހައްގުގައި މަސައްކަތް ކުރުމަކީ އެއްވެސް އެއްބައެއްގެ މޮނޮޕޮލީއެއް އޮންނަ ކަމެއް ކަމުގައިވެސް ދިވެހިންނެއް ނުދެކެ،" ފާރިސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަސްލަމް

    ތިކަމެއްނުވާނެއިންޝާﷲ2018ރައީސްޔާމިންއައް

  2. ނަފީސް

    އެކުވަންޏާ އެކުވަންވީ! އިބޫއަށް 30 ޓް 38 ޕަސެންޓް! ޔާމީންއަށް ބޮޑީ! އޯކޭ!111

  3. ޢަބްދުﷲ

    ބަލަ ތިބޭފުޅުން މިއަދު އެއްގަލަކަށް އަރައި ތިޔަތިއްބެވީ ރައީސް ޔާމީނާއި ދޭތެރޭ ހުރި ދެކޮޅުވެރިކަމުގެ ސަބަބުންނޫންތޯ؟ އެބޭފުޅާ ވެރިކަމުން ބާލައިފިއްޔާ ތިބޭފުޅުން އެކިދިމަދިމާލަށް އުދުއްސައި ނުގައްނާނެނެކަމުގެ އޮތީ ކޮން ގެރެންޓީއެއްތޯ؟ ތާރީޚް ބުނަނީ ކޯލިޝަންތަކަށް ނޫނެކޭ ބުނަން، އަޅުގަނޑު ތިކޯލިޝަން ރޫޅޭނެކަމަށް 3 މަސް ވެސް ނުދޭނަން.

  4. އައިޝަތު

    30 އަހަރު އުޅުނު އަރާމު ދިރިއުޅުން ހަނދާން ނުނެތިގެން އަދިވެސް އުޅެނީ .. ވެރިކަމާއިހެދި ތެޅިބާލަނީ.

  5. ޢ ރަސީދު

    ނުދޭނަން ވޯޓެއް އެމްޑީޕީއަކައް

  6. އިބޫ ހުޅުމާލެ

    އަދި އެއަށްފަހު ބައިބައިވެ ތަޅާ ފޮޅާތަން ރައްޔިތުންނަށް ފެންނާނެ..

  7. ފާތިމާ

    ތިކާކުތަ އިބޫ އަށް ވޯޓުދޭން ބުނަން . މި ޤައުމު އަނދަވަޅަށް ވަށްޓާލި ބަޔަކީ .މިހާރު މި ޤައުމުގެ ރަށްޔިތުންނަށް ކޮންކަމެށް ނުވެގެން ތިއުޅެނި . މިހާރު ދިވެހި ރަށްޔިތުން ތިބީ ވަރަށް އުފަލުން ޤައުމުު ތަރަށްގީވެ ރަށްޔިތުންނަށް އުފާފާގަތިކަން ލިބުނީތީ އިންޝާﷲ ރަޢީސް ޔާމީން ހޮވޭނެ.

  8. ދިވެއްސެއް

    ޔާމީނުހޮވެންބޭނުންނަމަﷲއާއިޢަހުދުކަށަވަރުހިފާއެއިލާހުގެދީނާފުށުއަރާއެއްވެސްކަމެއްނުކުރާނަންކަމަށްއަދިހޮވިއްޖިއްޔާﷲއާކުއްތަންވުމުގެގޮތުން1000ބަކަރިޤުރުބާންކޮށްއެއިންފަޤީރުންނަށްކާންދޭނެކަމަށްމީތިޔާމީނާހަމައަށްފޯރުކޮށްލަދީ

  9. ިިިރައްޔިތެއް

    ކުޑަ ދުވަސްކޮޅަކު އެއްބައިވެގެން ތިބޭނެ. 2008ގަ ވެސް ތިހެން އެއްބައިވި މީހުން ފެނުނު. ނަސީދުވެރިކަމުން ބޭލި ދުވަހު ހަމްދުސަނާ ކިޔަމުން އެންމެންގައިގަ ބައްދަމުންދުވި ގާސިމްވެސް މިއަދު އެހަނދާން ނެތަސް އަހަރެމެން ހަނދާން އެބަަހުރި. ކެކެެކެކެެ

  10. ދިވެއްސެއް

    އެބުނީ އަދިނުދެވި ބާކީ އެބަހުއްޓޭ. އެބައި ދިނީމަ އެއްބައި ވާނެޔޯ؟

  11. ހަނދާން

    ބޭރު ޤަވްމެއްގައި ހިނގި އެކްސީޑެންޓަކާއި ގުޅިގެން މި ރާއްޖެއިން ވަރަށްގިނަ ޢަދަދެއްގެ ޑޮލަރ ހޭދަކުރިކަމަށް ދެކެވުނު ވާހަކަ ހަނދާންހުރި މީހަކު ނެތްތަ؟ ވޯޓްގެ ފަހުންދޯ؟

  12. އަހުމަދު

    ކަލޯ.... ފާރިޝް ތީގެ މށނައަކީ މިހާރު އެކުވެރިއެއް ނޫނޭދޯ...
    ޗަކޮޔާ... ތީ މިހާރު ޖަލުގައި އޮންނަތާ ދުވަސް ކޮޅެއްވީމާ ފެންނަ ހުވަފެނެއް... ބުޅަލާމީދަލާއރއަމޭޒަކުނަ ކާން ތިބޭދުވަހަކުން ނޫނީ ތިކަމެއްނުވާނެ...
    ކަލޮޔަށއ ބޮޑުބޭބެ ވެރިކަމޔގެ ޢިއްޒަތުގައި
    އުޅޭތަން ދެކެނަ ކެތްނުކުރެވުނު...
    ޑެނަ ކިހިނެއް ކަލޮޔަށއޚުދު މަޑުން ހުރެވޭނީ....
    ޓިދަތުރު ތިޖެހުނީ އިލްޔާސް، ޢައްބާސް ގުނބޯހައްދައިގެން އައްނި ރާވައިގެން ކަލޮޔާއި ދައްތަ ޔުމްނާގެ ބޯކާލައިގެން ބައްޕަޔަށް ދީފައިވާ ލަނޑެއް....
    މިހާރު ބައްޕަ ހުންނާނެ އަލާ ފިލާފަ....

  13. ޓެކުސީ

    ނުވާނެ ތިކަމެއް އިއްތިހާދު ތަޅާފޮޅާމަންޒަރު ބަލަން ކަލޭ ހުންނާނީ އެދުވަހު ކަލޭ ގޯތި ކޮޓަރީގަހުރި އާނގި ވަޅަކުން މީ ޔަގީން ކަމެއް އެމްޑީޕީ އަކަށް ވޯޓެއް ނުދޭނަން 3 އަހަރުވެރިކަން ނުކުރެވުނު ބަޔަކަށް ކާކު ވޯޓުދޭނީ .....ހެހެހެ.