އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ޑރ.އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ އާއި ގުޅިގެން އިތުރު ނުވަ ޒުވާނަކު މަރާލާފައިވާ ކަމަށް އިލްޔާސް ވިދާޅުވުމުން އޭނާ އާއި ސުވާލު ކުރަން ބޭނުން ވެގެން ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމަށް އިލްޔާސަށް މީގެ ކުރިން ފުލުހުން ވަނީ އަންގާފައެވެ. ނަމަވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އިލްޔާސަށް އެންގެވިއިރު އޭނާ ހުންނެވީ މެލޭޝިއާގައެވެ.

މީގެ ދެތިން ދުވަސް ކުރިން ރާއްޖެ ވަޑައިގެން އިއްްޔެ ރޭ އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު މިއަދު ހެނދުނު ލަންކާ މަގުން އެނބުރި މެލޭޝިއާ ވަޑައިގަތުމަށް ފުރާވަޑައިގަތުމަށްޓަކައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އިލްޔާސަށް ވަނީ ފުރާވަޑައިގެންނެވޭ ގޮތް ނުވެފައެވެ. ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފުރާވަޑައިގެންނެވޭ ގޮތް ނުވެ، ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އޭނާ އެބަހުންނެވި ކަމަށް މައުލޫމާތު ލިބެއެވެ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ޝައިހް އިލްޔާސް އިއްޔެ ރޭ ވިދާޅުވީ އޭނާ ރާއްޖޭގައި ހުންނެވި ކަމުގެ މައުލޫމާތު ފުލުހުންނަށް ދެއްވާފައި ވާނެ ކަމަށެވެ.

ނަމަވެސް އޭނާ މިއަދު ފުރުއްވަން މަސައްކަތް ކުރެއްވީ ފުލުހުންގެ އިދާރާ އަށް ހާޒިރު ނުވެއެވެ.

އިލްޔާސްގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    ހަމަރަނގަޅު ފައިސާއަށް ވިކުނީމަ ވާނީ ތިހާކައް ވަރު

  2. ޣާދިރު

    ތިހެންވީމަ ތިމާއައް ބުނެވޭ ބަހުގެ އަޅަކައް ނުވާންވީ..ލާދީނީ ފިކުރުގެ މީހުންނައް ތަބާވީ އިމްރާންވެސް. އިލިޔާސް ވެސް

  3. ލޮލް ހެހެ

    ދެން ގޮސް ތި ނުވަ މީހުންގެ ވާހަކަ ފުލުހަށް ކިޔައިދީ މާ ބޮޑާ ނުވެ

    • ގަމާރުމޯލްޑިވިއަން

      ފުލުހޭ.މީހަކު ހީހީ ހަލާކު ނުވާނެ! ަަ އަޅެ

  4. މެސީ

    މީހުންގެ އަބުރު ކަތިލާ ހަޤީގަތާ ޚިލާފް ވާހަކަ ދައްކާ މުޖުތަމައު ގައި ފިތުނަ ފަސާދަ އުފައްދަން އެއްވެސް މީހަކަށް ޖާގަދީގެން ނުވާނެ.

  5. މުހައްމަދު

    އިލްޔާސް މާލަސްވެއްޖެހިފަހައްޓަން

  6. ޙަމެ

    ލަން ދުއްވައިގަތީދޯ އަނެކާވެސް. ކިހާދެރަކަމެއްތީ ދެން އިލިޔާސް. ކަލެ ތިދައްކާވާހަކަ ނިކަން ސާބިތު ކޮއްދީފަ ފުރައިގެން ދޭބަލަ. ކަލެ ކައިރި ފުލުހަށް ހާޒިރުވާން އެ ބުނަނީ ރައީސް ޔާމީން އާ އެކަން ގުޅުވޭވަރު ބަލަން.

    ނިކަން ނުފިލާ ދޭބަލަ. ގަދަކަމުމް މިމީހުންވެސް މިޖެހެނީ ގެންދަން. ދެން ދައްކާނެ ވާހަކަ އެއް ދައްކާފަ ބުނެ ތިމަންނަ މަރާލިޔާސް ހެވެ.ޕިސްޕިސް

  7. އަލީ

    ސަޅި!!

  8. ހަބީބާ

    އިލްޔާސުގެ ޕާސްޓުހިފެހެއްޓިއަސް އެމަނިކުފާނުގެ ދޫފުޅުގަނުހިފެހެއްޓޭނެކަންޔަގީން .. އެހެންނޫނަސް މިސަރުކާރުން ވަރަށްފޯރިހުންނަނެ ބޭބޭފުޅުންގެ ޕާސްޕޯޓުހިފެހެއްޓުމަށާއި ބެބޭފުޅުންގެފޯނުހިފަހައްޓަން .. މިކަމަ ހަބީބާމެން އިންތިހައަށްކަންބޮޑުވޭ .

  9. ބޯހަލާކު

    ނޫސްވެރިންނޭ.. ދެފުށްފެންނަ ނޫހެއް މިޙާރު ނުފެނޭ... ނޫސް ވެރޮން ނަކީ ވަކިބަޔަކަށް ތާޢީދު ކުރިޔަސް ތެދު ބުނާބަޔަކަށް ވާންޖެހޭ.. ގޮތްނިންމާނީ ރައްޔިތުން... ނޫސްވެރިން ނެތްނޫން...

  10. ނަތަންޔާާހޫ

    އަސްލު އެމްޑީޕީގެ ބޭނުމަކީވެސް ދީނީގޮތުން އެމްޑީޕީ ޔާ ދެކޮޅަށް ނުކުތް ހުރިހާ އެއްމެން މަޅީގައިޖެއްސުން، އެކަންކޮށް އެނިމެނީ!

  11. ޢައްޑޫ މީހެއް

    ފިތުނަ ފަސާދަ އުފައްދާ ކޮންމެ މީހަކަށް އޭގެވޭނާ ތަކުލީފު އުފުލަންޖެހޭނެ.
    އިލްޔާސްއަށް ބުނެލަން އޮތީ ގިނަ އިލްމުވެރިން އިއްތިފާގުވާ ކަންކަމަށް ތަބާވުމަކީ މުސްލިމުންގެ ސޮފައެއްކަމަށް. ރައީސް ޔާމީނަށް ބައިއަތު ހިފާފަ ތިބި އިސްލާމީ އިލްމުވެރިބްގެ އަދަދު ގުނާބަލަ. ޢިބުރާހީމް މ ޞާލިހަާް ބައިއަތު ހިފާފަވަނީ އިލްޔާހުއާއި އިޔާޒު. މީ ފެށުނީއްސުރެ ދައުލަތާ ދެކޮޅު ބައެއް.

  12. މަރުމޯލު

    ވިދާޅުވިއޭ، ފުރާވަޑައިގަތުމޭ، އެބަހުންނެވިއޭ؛ މިކަހަލަ އެންމެ މަތީ ދަރަޖައިން މުޚާތަބް ކުރަން ޖެހޭ މީހެއް ނޫން މީ. އެއަށްވުރެ މާ އަގެއް ނެތް މީހެއް މީ.

  13. Anonymous

    އަވަހައް ފުލުހައްގޮސް މައުލޫމާތު ހިއްސާކުރޭ. ޢޭރުން ޕާސްޕޯޓު ދޫކުރާނެ . ޢަދި 1 ނަމްބަރައް ވޯޓުލާން ދެވޭނެ

  14. ކޮބާ ކޮބާ

    ހެހެހެހެ އޮންނާނެ ރާކަނި މަސްކެވިފަ. އަދިވެސް ތިމާވަރުގެ މީހަކު ނެތް ކަމަށް ހެދިގެން އުޅޭތި.

  15. ޙައްވަ

    ކޮބާ؟ ތިމާކުރިން ލިޔެވިފައޮތް އެއްޗެއް.ޔާނުއާ ދެކޮޅަށް ބެހެއްބުނެފި މީހަކަށް އަދަބު ލިބޭނެ. ކުދިންނޭ ދެރަނުވާތީ ޔާނުއަށް ހައްގުއަދަބުލިބޭނެ ދުވަހެއް އޮތްކަން ހަދާންނެތެނީއޭ✌️

  16. މުޙަންމަދު

    ހައޤު އަދަބު ތިޝައިޠޯނަށްދީ . ތީ ދީން އޮޅުވާލާ ސޮރެއް! ނުބައި މީހެއް! އިމްރާނާ ސެކިއުލާ މީހުން ބޭނުންވާ ގޮތް . ދެން ހުރޭ އަމާ ހަނދާންވެފައި

  17. ޢަލީ

    އިލްޔާސް . ދެންވެސް ބޮޑާނުހާކާ ތިމާ ދުލުން ބޭރުކުރި ބަސްތަކުގެ ހަގީގަތް ފުލުހުންނަށް ހާމަކޮށްދީ.

  18. ައަބުދުއްލޯ

    އަވަހައް ގޮސް ތިއިގެ މައުލޫމާތެއް ދީ ސިޔާސީ ކމެއް ވިއްޔާ މާފައް އެދޭ

  19. ބޮޑުބެ

    އިލްޔާސް އަށް އެމްޑީޕީ އިން ދީފައި އޮތް ސަދުގެ ބޭނުން ހިފައިގެން ރާއްޖެ އައި ރާއްޖޭން ބޭރުގެ ގައުމުތަކުގައި ލާދީނީ ފިކުރަށް ޖާގަ ހޯދުމަށް މަސައްކަތް ކުރާތަން ފެނުމުން ހަމަ ހިނި އަންނަނީ.

  20. Anonymous

    އިއްލަޝޭޚް ދެން ކަންނެލި އޮޑިއާއި އަގުބޮޑު ކާރު ހިފައިގެން ޖަލަށްދޭ ޖަލުގައި ދުއްވަން، ބުރުމާގާސިމުގެ ދިފާއަށް ގުރުބާންވި މީހަކުވެސްޖެހޭނީ ސ.ކޯޓްގެ ދެފަނޑިޔާރުން ޖެހުނު މަޅީގައިކަން ނެއެނގުނީތީ އެކުވެރިއެއްގެ ހައިސިއްޔަތުން ހިތާމަކުރަން

  21. ސަމާލުވޭ

    ވަރަށް ރަނގަޅު ކަމެއް ފުރިހަމަ ތަހްޤީޤެއް
    ހިނގުމަށް މަގުފަހި ވާނެ ހުރިހާކަމެއް ކުރުން
    ވރަށް މުހިއްމު.
    ހުތޫރަތްތެރި ދަނޑިވަޅު ބަލައި ނާޖާއިޒް ފައިދާ
    ނެގުމަށްޓަކައި ގައުމުގައި ފިތުނަ އުފައްދައި
    ބައިބައިކުރާމީހުންނަކީ ވަރަށް ނުރައްކާތރި
    ބައެކެވެ އެފަދަ ފަރާތްތަކަށް ލިބިފައިވާ ހުރިހާ
    ފުރުސަތެއް ބަންދުކުރަން ޖެހެއެވެ.

  22. ޢިބޮރާހިމް

    ޕާސްޕޯތްތަ ؟ ތީނަވއސް ހައްޔަރުކުރޭ . ތިކަހަލަ މީހުންނާހެދި މިގައުމު ފަސާދަވަނީ .

  23. ދޮންނޭ

    މީނައަކީ ޓެރަރިސްޓެއްތަ؟ ތަންކޮޅެއް ކުރިން ރައީސް އޮފީސް ވެބްސައިޓުން މަ ދުށިނަ. އެހެންވެ އަހާލީ. އެހެންވިއްޔާ ކުރިން ވެރިކަން ކުރި މީހަކާ ކަންނެލިއޮޑިއާ ދެ ޓެރަރިސްޓުން ދޯ މި އުޅެނީ.

  24. ޙައްޤު

    ދެންގޮސް އިމްރާނުގޮތަށް ބުނޭ އެވާހަކަ އަކީ ސިޔާސީގޮތުން ތިމަންނަ ދެއްކި ވާހަކަ އެކޭ

  25. ވަހުމް

    ދެން ގޮސް ބުނޭ އެއީ އެހެން ދެއްކި ވާހަކައެއްނޫނޭ ބުންޏޭ ބުންޏޭ ކަލަހަލަ ވާހަކައެކޭ

  26. ޟައުސް

    ރޯނުއެދުރު އިލިޔާސް ވެސް ފައިސާއައް ހުސްވީދޯ ވިސްނާލާ ކަލޭތިސަޕޯރޓް ކުރާ ބޮޑުބުޓިސްޓް ލާދީނީ އަންނި ﷲ އައް އަދި ރަސޫލާއައް ކުފުރުބަސް ބުނީމަވެސް ކަލެޔަތް އޯކޭ ދޯ ފައިސާ ދިނީމާ

  27. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️ 2❌

  28. ނުރަބޯ

    ހަހަހަހަ ބޮނޑިބުއީތާ. ތިޔާ ހަމަ ސައިޒުކުރަންވެފަހުރި ސޮހޮލެއް.

  29. ސައީދު

    ދީނީ ޢިލްމުވެރިން ދީނީ މުދައްރިސުން ކިޔަވާ ކުދިންނައް ތިމާގެ އަމިއްލަ މަސްލަހަތު ބުނެ ނުދީ ޢިލްމުވެރިންގެ މަޤާމް ކީރިތި ޤުރުއާނުންނާއި މާތް ނަބިއްޔާ ސ.އ.ވ ހަދީސުން އަންގަވާފއިވާ ގޮތައް ބުނެދީ އަހުރެމެން ބޭނުމެއް ނުވޭ މި ކުޑަ ފަސްގަނޑުގައި ފިތުނަ ފަސާދަ އުފެދޭގޮތައް އެއްވެސް ދީނީ ޢިލްމުވެރިޔަކު ޕޯޑިއަމްތަކައް އަރާ ވާހަކަ ދައްކާކައް ތިމާއައް އެކަމެއް އެނގިގެން ނުވާ ވާހަކަ ނުދެއްކުން ވ އެދެން

  30. ކައްތިރި

    އިލްސްއަށް ތިޔަ ނުވަމީހުންގެ ނަންބުނެފަ އެމީހުންގެ ކަންތައް ސާބިތުކުރެވޭނެ މަޢުލޫމާތު ދީފަ ހުރިނަމަ ތިހެންނެއް ނުވީސް. ފައިސާއަށް ދީން ވިއްކައި ކަކުނި ހޮރަކުން ބޯދިއްކޮށްލާފަ އެއްޗެކޭ ބުނެފަ އަނެއްކާ ބިރުން ހޮރަށްވަދެ ފިލާއޮންނައިރު އެނގޭނެ ކޮންމެވެސް ދުވަހަކުން އަތުލައިގަނެ ޖަވާބުދާރީ ކުރުވާނެކަން. އިލްޔާސް ކަރުބުޑުން އަޑުނެރެފަ ﷲ އަކުބަރު ކިޔާފަ ހަޅޭއްލަވަނީ ނަމާދު ކުރާމީހުނަށް ހަލާހުއްޓޭ ބުނެފަ އޭގެ ފަހުބައި ކިޔާނުދީ ފިތުނައުފައްދާ ބީދައިން. ތިޔަކަހަލަ ކޮރަޕްޓް ދީނީ މީހުނާހެދި ގައުމު ފިތުނަވެ ހަލާކުވަނީ. ﷲ އިލްޔާސްއަށް ހެޔޮވިސްނުން ދެއްވާށި. އާމީން.