އާއްމުކޮށް ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް ސިޔާސީ ޕޯޑިއަމްތަކުން ފެންނަ އަދާލަތު ޕާޓީގެ އެކްޓިވިސްޓް އައްޝައިހް އިލްޔާސް ހުސެއިން މިއަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ވެސް ސިޔާސީ ޕޯޑިއަމަށް އަރުވަން ފައްޓަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދީފިނަމަ އެއީ ޝުކުރުވެރިނުވުން ކަމަށާއި ޝުކުރުވެރި ނުވާނަމާ ގަދަފަދަ އަޒާބު ލިބޭނެ ކަމަށް ޝައިޚް އިލްޔާސް ޙުސައިން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި އޮތް ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ޝުކުރުވެރިވާނަމަ އިތުރުކޮށްދެއްވަން މާތްﷲ ވައުދުވެވޮޑިގެންފައިވާކަމަށާއި އަދި އެ ވަޢުދު ބަސްފުޅު ދޮގުނުވާނެކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ޝުކުރުވެރިވެ ޝުކުރު އަދާކުރާ ބަޔަކަށްވާންވީ. އަޅުގަނޑުމެންނަށް އެކަމަށް މަގުފަހިކުރުމަށް މާތްﷲ މެދުވެރިކުރެއްވި ފަރާތްތަކާމެދުގައި އެމީހުން އިހުމާލުވެފައިނުވާތީވެ އެކަމަށް އަޅުގަނޑުމެން ޝުކުރު އަދާކޮށްފަ ހެއްދެވި ފަރާތަށް ޝުކުރުއަދާކޮށް، ﷲ އެންމެ ބޮޑަށް ލޯބިވާ އަޅުކަން އަދާކުރާ ބަޔަަކަށް އައްޑޫ ރައްޔިތުން ވާންވީ،" އިލްޔާސް އައްޑޫގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން ވިދާޅުވިއެވެ.

އޭގެއިތުރުން އިލްޔާސް ވިދާޅުވީ ރައީސް ސޯލިޙުގެ ވެރިކަމުގައި މާތްﷲގެ ފަޟްލަވަންތަވެރިކަމުން އައްޑޫއަށް މަގުތައް ފަހިވެފައިވާ ކަމަށާއި، އެކަމަށް ޝުކުރުވެރިވުމުން މާތްﷲގެ ރަޙުމަތްފުޅުން އިތުރުވެގެންދާނެ ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން ޝުކުރުވެރިވުމުގެ ބަދަލުގައި ފަހަތަށް ޖެހިއްޖެނަމަ، މާތްﷲ އަންގަވައި ވަހީކުރައްވަނީ، ތިޔަބައިމީހުން ދަންނާށޭ ތިމަން އިލާހުގެ ޢަޛާބު ވަރަށް ވަރުގަދަވާނޭ. ޢަޛާބަކީ ފެންނަ އެއްޗެއް ނޫން އައިސް ޖެހުނީމައި ޖެހިއްޖެކަން އެނގޭނީ،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އަކީ ރައީސް ސޯލިހް ވެރިކަމަށް ގެންނަން ވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. ރައީސް ސޯލިހްގެ ސަރުކާރުން ވަނީ އިލްޔާސް މެލޭޝިއާގެ ވަޒީފާގައި އުޅޭކަމަށް ބުނެ ދޮގު ލިޔުމެއް ދީގެން އިލްޔާސް އަށް މެލޭޝިއާގެ ވިސާ ވެސް ހޯއްދަވައި ދެއްވާފައެވެ. ކްލަބްހައުސްގައި އިލްޔާސް އެކަމަށް އިއުތިރާފު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

100 ކޮމެންޓް

  1. Anonymous

    ޖަހާލަތު ފާޅުވެއްޖެ. !!! ރާއްޖޭގެ ހަލާކު މީހުން މަގުފުރައްދަން މަސައްކަތް ކުރާމީހުނަކަށް މިފަހަރު ކާމިޔާބެއް ނުވާނެ. ތާކިހާ ގަންނާނެ ބަޔެއް ނެތް.

    131
    3
    • Anonymous

      އެހެންޔަ އެމީހުން ވިއްޔަ އަހަރުންނަށް އަޒާބާ ސަވާބު ދޭން ނިންމަނީ. މި އިލްޔާސުމެން ދީން ސިޔާސީ ހަތިޔާރަކަށް ނަގައިގެން ދެން މިހާރު ކުފުރުވާ ހިސާބުގައި އެތިބީ.

      އެހެއްނުތެ ވާނީ...މެލޭސިއާ އެންބަސީއިން ވަޒީފާ ދީފައި ހަބޭހަށް މުސާރަ ދީފައި ކުރާނެ ރެގިއުލާ މަސައްކަތެއް ނޯވެ ދެން އެހެން ކެމްޕޭން ކޮށް ވެރިކަން ހިފަހައްޓަން ދީނީ ގޮތުން ކޮންމެސް އެއްޗެއް ކީމަ މުސާރަ މީނައަށް ހަލާލުވޭތަ؟ ލަދެއްވެސް ނުގަނޭ މި އިލިޔާސު މެން ދެން.

      15
      1
  2. ގުއިދައިތަ

    މީ އަޅެ ޝޭޚެއްތަ ނޫނީ ސޭކެއްތަ؟ މިކަހަލަ މީހުން އަހަރެމެން މިއުޅެނީ ޝޭޚުންނޭ ކިޔައިގެން.

    118
    5
    • ބޮލުރޮދި

      ރަސޫލު ޒަމާނު އުޅުނު މުނާފިގު ކަލޭގެޔަށް ވުރެންވެސް ނުބާ ނުލަފާ ގައްދާރެއް އެކަލޭގެ ދެކޮޅުހަދަނީ އިސްލާމްދީނު ކަންތަކަށް އެކަނި މިކަލޭގެ ދުނިޔެ ބަޑު އަޅަން އިސްލާމްދީން އިންޑިޔާ އަށް ލާދީނީ ބައިގަނޑަށް ދީން ނީލަން ކިޔާ މައްކާރެއް ތިކަލޭގެ އެބަޖެހޭ ތި ދީނީ ވާކަދެކުން ހުއްޓުވަން މީ ސީދާ ބަހުލޫލެއް

      70
      4
  3. މަކަލޭލީ

    މީނަ ހިތުން މީނަމީ ކަލާނގެ..

    65
    4
  4. މުއިއްޒު އެއްބުރުން

    ރ ޔާމީން ސަރުކާރުގަ މިތަން އޮތީ އަމާންކޮށް. ރައްޔިތުން ތިބީ ފުދުންތެރިކޮށް ހިތްހަމަ ޖެހިގެން. 2013ގެ އިންތިހާބުގަ ގާބިލް ރ ޔާމީނާއި ދީނީ މާހިރު ޝެއިޚް ޝަހީމް ވާދަކުރެއްވި.
    ނަމަވެސް ރައްޔިތުން ޝުކުރުވެރި ނުވެ ލިބުނު އުމްރާނީ ތަރައްގީވެސް ބޭނުމެއްނޫނޭ ކިޔާ، އިބޫ ސޯލިހު ހޮވީމާ ލިބުނު ކޯފާއާއި އަޒާބެއް މި ކޯލިޝަން ސަރުކާރަކީ.
    މިހާރު ލާދީނީ މީހުން ބާރުވެރިވެ، ދިނީ މީހުން ނިކަމެތިވެ، އިގްތިސާދު ފުނޑިއްޖެ.
    މިކަން މިފަހަރު ބަދަލު ކުރުން ޖެހޭ. ﷲ ގެ ކޯފާއަށް ބިރުވެތިވާ އެއްވެސް އާދަމުގެ ދަރިއަކު އިބޫއާއި މި ކޯލިޝަންގެ އެއްވެސް ބައިވެރިއަކަށް ވޯޓު ނުދޭނެ.
    2013 ގެ ކުށަށް ތައުބާވެ، ދީނީ، ރަނގަޅު މީހެއް ހޮވަންވީ ވަގުތު އައިއްސި. އެއީ މުއިއްޒު އިންޝާﷲ

    99
    7
    • މުއިއްޒު އެއްބުރުން

      ކުށެއް ޖެހިފަ އިނީތީ މާފައް އެދެން.
      2013 އެއްނޫން 2018

      65
      1
      • ×ސދެ

        މާފަށް... ށ ސުކުން..

        14
  5. Anonymous

    ދިވެހިން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ސިއްހަތު ރަގަޅު ދުޅަހެޔޮ ބަޔަކަށް ވާން އެބަޖެހޭ !

    66
    2
  6. 27

    2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !

    80
  7. ީިިުެއިއްބަ

    ބުރޯ ކޮންތާކުތޯ މިހުރިހާދުވަހު އުޅުއްވީ
    ޚަބަރުނުވާތީ ހަމައަހާލީ ސޯލިހުބޭ ބުނުއްވީތޯ
    ފާޅުވާން

    92
    1
    • Anonymous

      އަދާލަތު ޝޭހުންނަކީ ރައީސު ސޯލިހު ސަރުކާރުގެ ގޯސްކަންކަން ނުފެނި، ހަމަ އެކަނި ރައީސު ޔާމީނު ސަރުކާރުގެ ގޯސްކަންކަން ފެނުނުބަޔެއް، ރައީސު ސޯލިހުގެ އަންބިކަބަލުން ބުރުގާ ނާޅާހުރުމަކީ ޝޭހުނަށް ބޮޑުކަމެއްނޫން، ރައީސު ޔާމީންގެ އަންބިކަބަލުން ބުރުގާ އަޅައިގެން ހުރުމަކީ ޝޭހުނަށް ރަގަޅުކަމަކަށް ނުވި !

      21
      1
    • ސާރާ

      ރައްޔިތުންގެ ޚަޒާަނާް އެކަލޭގެ ހައްދައިގެން ލޫޓުވާ މީހުން މިއީ

  8. ޙާދިސާބޭބެ

    އިލްޔަަސް އަކީ އަބަދުވެސް ދޮންދޫނި މޫސުމަށް އަރާ އެއްޗެއް މީނާ ހިތުން މިއީ މިގައުމުގައި ހުރި އެންމެ މޮޅު ދަންނަބޭކަލު މުނާފިގުންގެ އެދުރު!

    84
    2
  9. އއ

    ދައްޖާލުގެ ފާފަވެރިވުމާއި، ދައްޖާލުގެ ނަރަކައާއި، ދައްޖާލުގެ ސުވަރުގެއާއި، މިކަންކަމަށް ދިވެހި އެންމެހާ ( މުސްލިމް ) އަޚުންނާއި އުޚުތުން ސަމާލުވެ ރައްކާތެރިވެ މި ފިތުނައިގައި ނުޖެހުމަށް ދަންނަވަމެވެ. މި ކަލޭގެ ގޮވި ގޮވެލިފަތީގެ ހުރި މުނާފިޤުކަން ދިވެހި ރައްޔިތުން މިއަދު ދެކެމުން މިދަނީ.

    79
  10. ހުސޭނުބޭ

    ދުނިޔޭގެ އެދުމައިގެން ދަންޖެހޭ މީހުންނަށް ކަލޭމެން ކީއްވެތަ ޝައިޚް ތި ކިޔަނީ! މަގޭ ދީނާއި މަގޭ އީމާންކަން އޮފިޝަލް ޕާސްޕޯޓަށް ވިއްކައިފިން ދޯ އޮލްޔާސް.

    67
  11. ކައުންސެލަރު

    އަޒާބާ ސަވާބާ ދެނީ މިހާރު މިކަލޭގެތަ. ކޮބާބާ ލަދު

    72
  12. ރަން ރީނދޫ

    ދެން ހެޔޮ. ފުދިއްޖެ.ކަލޭ ދީން ވިއްކައިގެން ވަރަށް ބޮޑަށް ދުނިޔެ ހޯދައިފީމް.އަބަދަކު ރައްޔިތުން ގުނބޯ ނުހެއްދޭނެ

    75
    1
  13. ގަމާރުދިވެހިން

    މިތިބަ މީހުން ހުންނަށް ހަޔާތް ކުޑަކަމާއެވެ.

    63
  14. ޏަމްނަމް

    .މިގައު އޮތްހާލަތު މީނަގެ ސަބަބުން އިގޭނެ ސޭހެކޭ ކިއިގެން އުޅޭ ވަރައް ހަސީލަ ނުބައި މީހެއް ކޮންމެފަދަ ވާހަކައެއް ވެސް ދައްކަފާނެ..

    60
  15. ސަހަލު މީހުން

    މާތް ނަބިއްޔާގެ ހަދީސްފުޅުތަކުން އެނގޭ ތަންދޮރު ނުދަންނަމީހުން ރައްޔިތުންގެ މައްޗައް ބަސްބުނަން އިސްކޮށްފިކަމުގައިވާނަމަ ދެން މުޖްތަމައުން ފެނިގެންދާނެ ނޭދެވޭ ކަންތައްތަކުގެ ވާހަކަ.. ވީމާ އަހަރެމެން ގަބޫލުކުރަންވީ ކަލޭގެވާހަކަތަ؟ ނޫނީ ނަބިއްޔާގެ ހަދީސްތަ؟

    56
  16. ޟަނޓޭ

    ތިވެސް މިގައުމައް ޖެހިފަ ހުރި މުސީބާތެއް ފައްކާ ޖާހިލެއް

    56
  17. Anonymous

    އެއްކަލަ ކައްނެލިއޮޑި ދުއްވައިގަތީ

    54
    1
  18. ާާަަޢަލީ

    އެއްކަލަ ކައްނެލިއޮޑި ދުއްވައިގަތީ އެެނަދައްކާވާހަކަ ދިވެހިއެއްވެސްރައްޔިތަކު އަޑުނާހާތި އެއީ ފައްކާ މުނާފިގެއް.

    45
    1
  19. ލޫޓުވާ

    ދޮގާއި މަކަރު ހަދައިގެން ރައްޔިތުންގެ ފައިސާ ކައިބޮއި އުޅޭ މީހުންނަށް ހުރި ޢަޛާބެއްގެ ވާހަކަވެސް ދައްކާލިނަމަ. މިގައުމު އިންޑިޔާއަށް ވިއްކާލަން އުޅުމަކީ ގައުމަށް ޚިޔާނާތްތެރިވުން އެކަމުގެ ޙުކުމްވެސް ކިޔާލަދއއްޗޭ. ހަމައެކަނި ތިމާއަށް ފައިދާހުރި އާޔަތްތައް ވަކި މޫސުމަކަށް ފެނުމަކީ ޙަރާމްކޯރުވުން. އެކަމުގެ ތެރެއަށް އަމިއްލައަށްވެސް ވަދެވިފަ ތިހިރީ.

    46
  20. Anonymous

    މީދެން ކިހާ ވަރުގަދަކަމެއް ސަހާދައްމިބުނީ މިވަރުކަމެއް ދެކެދެވެސް ނުދެކެން. އިލްޔާސް ރަނގަޅުވާނީ ދޫހިމޭނުން ބޭއްވިއްޔާ ތިބުނާ އަޒާބެއް އިލްޔާސް އެއް ލިބިދާނެތީ ބިރެއްނުގަނޭތޯ، އަމިއްލަ މަންފާއާއި ލާބައަށްޓަކައި ގައުމެއް ފަނާކޮއްލަން އުޅުނަސް މިފަހަރު ތިނާނާއަކަށް އަހަރެމެން ނުހެއްލޭނެ

    51
  21. Anonymous

    މީ ހފިރުއައުނާ ހާމާނާއެއްކޮށް މަހުޝަރުކުރެވޭނެ ކަމަށް އަންގަވާފައިވާ ކަހަލަ މީހުންގެ ތެރެއިން އެކަކުހެން ހީވޭ

    33
  22. Anonymous

    ފަހު ޒަމާނުގައި ދައްޖާލު ފާޅުވާގޮތަށް މިއީ ވޯޓާއި ކާރިކޮށް ފާޅުވާ ދައްޖާލެއް. މަގުސަދަކީ މީހުން މަގުފުރެއްދުން

    43
  23. Anonymous

    ދަންނަބޭކަލުން އިލްމުވެރިންނަށް ކުރަންވާ ގަދަރު މިރާއްޖޭގައި ނެތި ގެންދިޔައީ މިހިރަފެންނަ މުނާފިގު ކަލޭގެ ފަދަ ފުޅަކާ ދަންނަބޭކަލުންނާހުރެ

    37
  24. އުބައިދު

    إنما يخشى الله من عباده العلماء
    މާތްالله ގެ މިވަހީ ބަސްފުޅުގައިވާ ފަދަ އިލްމުވެރިއެއްނޫން އިލްޔާސަކީ.. ސަބަބަކީ الله އާއި އެކްލާންގެ ރަސޫލާވެސް ވަނީ ދަންނަ މީހުންނާއި ނުދަންނަމީހުން ހަމަހަމަވެގެން ނުވާކަމަށް..

    45
  25. ޢަލީ

    އިލްޔާސޫ!! ވަކި މީހަކަށް ވޯޓު ދީގެން ސަވާބު ލިބިފަ އަނެކާ އަށް ވޯޓު ނުދީގެން އަޒާބު ލިބޭނެ އާޔަތެއް ނުވަތަ ހަދީސެއް ދައްކަންވީނު؟؟

    45
  26. Anonymous

    މިއީ ވަރަށް ނުބައި މީހެއް.ލާރިއާހެދި ބޫތުކައިފަަ ހުންނަ މީހެއް. މީނާ މެދުވެރިވެގެން ކައިވެނި ކުރަން އަންހެން ކުއްޖާގެ އާއިލާމީހުން އެއްބަސްވެ އެކައިވެނި ކުރެވިއްޖެނަމަ ބަދަލުގައި މީނާ އުޖޫރަހޯދަން އުޅޭ. ހެޔޮނިޔަތުން ނުކޮއްދޭނެ އެއްކަމެއްވެސް. އަބަދުވެސް ފައިސާ ފައިސާ

    38
  27. ކަޖސޖއޖއ

    މިކަހަލަ ދީންވިއްކާއިންގެ ވާހަކަތަކަށް ނުހެއްލޭތި..

    40
    1
  28. އިދުރީހު

    ދީނީ އިލްމު ވެރިންގެ ނަމުގަތިބި މުނާފިފިގުން ސިޔާސީ ޕޯޑިއަމު ތަކައް އަރާނެ އެމީހުންގެ ބަހައް ނުހެއްލޭތި ހުރިހާދިވެހިންނައް ހެޔޮވިސްނުން ދެއްވާށި :އާމީން :

    44
  29. ހެހޭ

    ،ފައްކާ މުނާފިގެއްމި

    37
  30. Anonymous

    އެހެންވީމާ އަޅުގަނޑުމެން ހޭލުންތެރިވެ މިކަހަލަ މުނާފިގު ޝޭހުންނާއި ދުރުހެލިވާ ބަޔަކަށްވާންވީ. އަޅުގަނޑުމެންނަށް އެކަމަށް މަގުފަހިކުރުމަށް މާތްﷲ މެދުވެރިކުރެއްވާ ހެޔޮ ވިސްނުން ދެއްވީތީ އެކަމަށް އަޅުގަނޑުމެން ހެއްދެވި ފަރާތަށް ޝުކުރުއަދާކުރަބްވީ. މަގާމާއި ލާރި އަދިވދުނިޔެއަށްޓަކާ އާހިރަތް ވިއްކާލި ބަޔަކު ދައްކާވާހަކަ އަކަށް ނުހެއްލެންވީ. އައްޑޫ ރައްޔިތުން ހޭލުންތެރި ވާންވީ

    44
  31. Anonymous

    އިލްޔާސް ވެސް ދަންނަންވީ ﷲގެ ޢަޛާބު ވަރަށް ވަރުގަދަވާނޭކަމާ އަހަރެމެން ދިރިތިބީން ބަލަން ބޭނުންވެޔޭ މިދުނިޔޭގައި ތިފަދަ މުނާފިގު ސޭހުން ނަށް ލިބޭ ޢަޛާބު ފެންނަ އެއްޗަކަށް ވުމާއި ދިރިތިބީންނަށް އެކަމުން އިބުރަތް ލިބުން.

    38
  32. Anonymous

    އިންޑިޔާ ސިފައިން މިއައުމުގައި ތިބުން އެއީ ރަނގަޅު ކަމެއްތޯ.
    ލިވާޠު ކަހަލަ ނުބައި ފާހިޝް ޢަމަލުތައް ފެތުރެމުންދާއިރު ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުނުދީ އެކަމާ އަޅާނުލައި ތިބެންތޯ އަންގަވާފައި އޮތީ.
    ޕާޓީއަށް ސަޕޯޓް ކުރާމީހަކު ނޫނީ މެމްބަރުންގެ
    ދަރިން ކުށެއް ކުރީމާ ވެސް އަދަބު ނުދީ ދޫކޮށްލުންތޯ އަންގަވާފައި އޮތީ. ބަނގުރަލާއި މަސްތުވާތަކެތިން މިތިބި ޅަދަރިންކޮޅު ސަލާމަތް ކުރުމުގެ ބަދަލުގައި އެފަދަ ތަކެތި ސަފާރީ ތަކުންނާއި ފަސޭހައިން ލިބޭގޮތަށް ރަށްތަކުގެ ޅަދަރިންކޮޅު ދޫކޮށްލައިގެން ތިބޭތީތޯ ދެވަނަ ދައުރުވެސް ދޭންވީ. ތިބޭފުޅާ ލާނެ މީހަކަށް ވޯޓްލޭ. އަހަރެންގެ ވޯޓް ﷲގެ ދީނަށް ނަޞްރު ނުދޭ ވެރިއަކަށް ދުވަހެއްގައި ވެސް ނުދޭނަން

    50
  33. ހަގީގަތް

    ތީކީ މިހާރު ޝޭހެއް ނޫން.
    ޝޭހުން ނޫޅޭނެ ސިޔާސީ މީހުން ފަހަތުން، ތީ އިބޫ ސޯލިހު ފަހަތުން ދުވާ މީހެއް

    36
  34. އހ

    ދަރިން މެލޭޝިޔާގަ ކިޔަވާތީ އޭގެން ސަރުކާރުން ނާޖާއިޒް ފައިދާ ލިބޭ މީހެއް ތީ

    38
  35. ބޯފަޅި

    ފާޅުވާނެ ލާރިފެނުމުން ތާކިހާވިއްކާގުރޫޕް

    34
  36. Anonymous

    އަހަރެމެން އެބަދެކެން މުސްލިމު ނޫން ގައުމުތަކުގަ އެގައުމުގަ އުޅޭ ދީނީ ފާދިރީން އިލްމުވެރިންނަށް ހާއްސަ ލައުންޖެއް އެ ގައުމުތަކުގެ އެއަރޕޯޓްތަކުގައި ބެހެއްޓިފައިވާ ތަން. ބަސްތަކުގައާއި ބައެއް އެހެނިހެން އޮފީސްތަކުގެ ވެސް އެގޮތަށް އެކަންކަން ހަމަޖެހިފައިވޭ. ބުނަން މިއުޅޭ އެއްޗަކީ އެވަރަށް އެމީހުން އެބައިމީހުންގެ ފާދިރީން ދެކެ ލޯބިވެއޭ އިހްތިރާމްކުރެއޭ. މިގައުމުގައި އިލްމުވެރިންގެ އިހްތިރާމް ގެއްލިގެން ބޮޑު ޖޯކަކަށް ވެގެން މިދަނީ ތިފަދަ ދެފުށްކެހެރި މުނާފިގުންގެ ސަބަބުންނޭ. ތިކަހަލަ އަތުން ގުނާލެވޭ ހައެއްކަ ސޭކުންގެ ސަބަބުން މިރާއްޖޭގަތިބި ހެޔޮލަފާ ސޯލިހު އިލްމުވެރިންގެ އަޑެއް ވެސް ގިނަރައްޔިތުން އަގަކަށް ބޭނުމެއްނުވޭ. ދީނާ ވަހުދަތު ގެއްލިގެން ދަނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

    29
  37. މާމީ

    ކަލޯ ރަނގަޅު ތަނަކައް ރައްކާ ވާންއުޅޭ ނިމެނީ ނިމެނީ

    35
    1
  38. ހަސަން

    ރަސޫލާއަށް ފުރައްސާރަ ކުރި މީހުންނައް ރަޔިތުންގެ ފައިސާއިން އަދި ފަސް އަހަރު މުސާރަ ދޭންވީ ތޯ.
    ގައިމުވެސް އެއީ ހަރާމް ކަމެއް

    35
  39. Anonymous

    އެމްޑީޕީގެ ގިނަމީހުން ވެސް އަދި ޕީޕީއެމް ،ގާސިމް ޕާޓީ އަދި ޑިމޮކްރެޓްގެ މީހުންވެސް މިސޭހުދެކެ ރުޅިއާދޭ.ރުޅިއައީމާ ރުޅިއައިމީހާގެ ވާހަކަ ދައްކާއިރު މިހިރީ މިމީހުން މިތިބެނީ ރީލޯޑެޢްކޮއްލާއިރަށް ފަތުވާ ނެރެން ތައްޔާރަށް އެހެންވީމާ އެނގޭ މީ ތާކުޖެހޭބައެއްނޫންކަން

    32
  40. ފާޅުވީ………

    ހެޔޮނުވާނެ ލޮބުވެތިރައްޔިތުންނޭ މިކަލޭގެ ދައްކާ ވާހަކަ އަޑުނާހާތި މިއީ ފަސްއަނހަރުން އެއްއަހަރު ފާޅުވާ މީހެއް އެވެސް ވޯޓާދިމާކޮއް ބަލަ ކަލޭގެއައް ނޭންގުނަސް އަހަރެމެން ޝުކުރުކޮއްގެން މިތިބީ މިފަސް އަނހަރު ނިމެންދެކައް ކަލޭގެ އަހަރެމެންގެ ހައްގައް އަރައިގަންނަން މަސައްކަތްނުކުރުމައް ގޮވާލަން މިވަރުން އެއްޗެއް މިގައުމުގެ މިނިވަންކަން ގެއްލޭކައް ބޭނުމެއްނޫން

    34
  41. ދަވާލާ

    ސޭކު އިލްޔާސް ކާންބޭނުންވެއްޖެ ނަމަ އަފިހުން ވެސް އޭނަޔަށް ހަލާލުވާނެ ، އެހެން މީހަކު ލޮލު ބޭހެއް ހަދަން އޮޑިހަނު ބޭރުގައި ކާއްތާލިޔަސް ހަރާމް ހަރާމް

    31
  42. ކިޔުންތެރިޔާ

    ނަޝީދު ބައެއްފަހަރު ދީނާއި ޚިލާފު ވާހަކަދެއްކިޔަސް، ބައެއް ވާހަކަތަކަށް ވިސްނާލުމުން ރަނގަޅުކަން ފާހަގަކޮށްލެވޭ. އޭގެތެރޭގައި މި ދިވެހިރާއްޖޭގައި ދީނީ އިލްމުވެރިންނޭ ކިޔައިގެން ދެއްކި ވާޙަކަތަކަކީ ހަމަ ހަގީގީ ވާހަކަތަކެއްކަން މިއަދު އެބަ ހާމަވޭ. ދީނަކީ އިސްލާމް ދީން. އެދީން އެވަނީ އެންމެ ފުރިހަމަގޮތުގަ އަހަރުމެން އިންސާނުންނާއި ހަމައަށް ފޮނުއްވާފަ. ނަމަވެސް މިއަދު އިލްޔާސާއި، ޒައިދު އަދި އިމްރާންފަދަ ދީނީ އިލްމުވެރިންގެ ލަގަބު ހޯއްދަވައިގެންތިބި ބޭފުޅުން އެއިން ކޮންމެ ބޭފުޅަކަށް މޮޑިފައިޑް ދީނެއް އިސްލާމް ދީނުގެ ނަމުން ނަންދީގެން ގެންގުޅޭތަން އެބަ ފެނޭ. ޕޯޑިއަމެއް ފެންނައިރަށް، ދީނަށް ގޮވައިލައްވާހެން އެވެރިންގެ އެދީނުގެ އެމީހުން ކުރުމުން ރަނގަޅު ނަމަވެސް އެހެން ބަޔަކު ކުރުމުން ގޯސް ފަލްސަފާތައް ހާމަކުރަމުން އެގެންދަނީ.

    ދިވެހީންގެ އެންމެ މަތިވެރި ރައުސޫމާލް ކަމުގައިވާ އިސްލާމްދީން މީގެ 10 ނުވަތަ 20 އަހަރު ފަހުން އޮންނާނޭގޮތް ވަރަށް ސާފުކޮށް އެބަ ފެނޭ. ޔާ ﷲ، މިފަދަ ނުބައި އިންސާނުންގެ ކިބައިން އަޅަމެންގެ ގައުމު ސަލާމަތްކޮށް އިބަ ﷲ ގެ ދީން އެންމެ ފުރިހަމަގޮތުގައި މިދީބުގައި ކުރިއަރައިދާނެ މަގު ދައްކުވައިފާނދޭވެ. މިގައުމުގެ ޒުވާނުންނަން ހިދާޔަތްދެއްވައި ދީނުގެ އަދުއްވުންގެ ކިބައިން އަޅަމެންގެ ޖީލުތައް ރައްކައުތެރިކޮށްދެއްވައިފާނދޭވ! އާމީން

    24
  43. ލ

    މިކަލޭގެ ޖެހޭނެ ތައުބާވާން.

    23
  44. އަޒާބޭ

    އެންމެ ފުރަތަމަ ރައްޔިތުން ޝުކުރުވެރިނުވީ ޔާމީން ކޮށްދިން ކަންތައްތަކަށް. އެހެންވެ މި ފިނިހަކަ ދައުރުގެ ކަންކަން ބަލަން މި ޖެހުނީ. މި 5 އަހަރުތެރޭ ކުރި އާރުލާ ކަމެއް ނެތި ގައުމު ދެގުނައަށް ބިލިއަނުން ދަރުވާލައި މުނިކާފަ ދަރިންނަށް ދަންދެން ބޮލުގަ ލޯނު އަޅުވާލީމަ އެކަމަށް އަދިވެސް ޝުކުރުވެރިވާންވީތަ؟ މިއަދު އެ ދެމުންދާހާ އެއްޗެއްސަކީ ފަހުން އޭގެ އަގު ބޮޑުކޮށް އަދާކުރަންޖެހޭ ކަންކަން. މިއަދު އަތަށް ލިބުނީމަ ހީވަނީ ވަރަށް އެއްޗެއް ލިބިއްޖެކަމަށް. އެ އުފައްދާ ބޭކާރު ވަޒީފާތަކަށް މުސާރައިގެ ނަމުގަ ދައުލަތުގެ ފައިސާ ބެހުމާ ވޯޓަށްޓަކައި ފަޅުތަކުން 'ނެތް' ގޯތި ދިނުމާ މީހުން ގަނެލަން އެހެނިހެން ގޮތްގޮތުން އެ ދޭ އެކި ޒާތުގެ ރިޝްވަތަކީ ދީނީ ގޮތުން ކޮން ގޮތަކަށް ހަލާލުވާނެ ތަކެއްޗެއްކަން ފުރަތަމަ ތިޔަ ޝޭހު ކިޔައިދޭންވީ.

    21
  45. އިއްލޭގެ އެކުވެރި ދޮންރަހާ

    އަހަރެން ހީކުރީ މީނަ އިސްލާހުވެ ރަނގަޅުވީކަމައް އެކަމަކު މިވީ އިތުރައް ހަލާކު ދޮންރަހާ އިއްލޭ ކުރެން ސުވާލެއް ކޮއްލަން ބޭނުން އިއްލޭ ތިޔަފާޅުވީ ކިހާވަރެއްގެ ފައިސާއެއް ލިބިގެންތޯ ނޫނީ ކޮންކަހަލަ އަމިއްލަ އެދުމެއް އޮވެގެންތޯ ދޮގުނަހަދާ ތެދައް ބުނާތި އޭރުން ދޮންރަހާގެ ވެރިކަމެއްގަ މަސާޖު ޕާލާއެއް ހުޅުވަދޭނަން.

    19
    1
  46. Anonymous

    އިސްލާމްދީން ވިއްކާ ކައިގެން އުޅޭ ބޯފޮޅި ހުސޭނު ކަންނެލިދޯނި ކޮބާތަ

    26
    1
    • Anonymous

      ބޯފޮޅި ހުސެން އޭ ތިކި މަލާމާތްކުރަން ދެރަކޮއްލަންތަ؟ ނޫނޭ ނޫނޭ އިލްޔާސް ކިތަންމެ ނުބައި ނުލަފާ ވިޔަސް އޭނާގެ ބައްޕައަކީ ވަރަށް ރަނގަޅު މީހެއް. އެބައްޕަ ދުނިޔޭގައި ހުރިނަމަ އިލްޔާސާ އެންމެ ދެކޮޅުވާނީ އޭނާކަން ކަށަވަރު. މާތްﷲ ހުސެންބޭބެގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާށި އަދި އިލްޔާސްއަށް ގެޔޮވިސްނުންދެއްވާށި! އިބަރަސްކަލާނގެ އިރާދައިގައި ހެޔޮވިސްނުމުން އެއްކިބާވެގެންވާ މުނާފިގަކު ކަމުގައި އޭނާވާން ހުރިނަމަ އޭނާގެ ކިބައިން މިގައުމު އަދި ރައްޔިތުން ސަލާމަތްކުރައްވާ އޭނާއަށް އޭނާކުރި ކަންތަކުގެ ސަޒާ ދެއްވާނދޭވެ. އާމީން

      19
      3
  47. އަލީ

    މިއީ ރަސޫޫލު ޒަމާނުގައި އުޅުނު މަޝްހޫރު މުނާފިގު އަބްދުﷲ ބިން އުބައްޔު ބިން ސަލޫލު ފަދަ މުނާފިގެއް، މީނާ ކުރާ ނުބައި އަމަލުތަކަށް ހައްގު އަޒާބު ލިބޭ ދުވަހެއްވެސް އަންނާނެ

    28
  48. އަނހަ

    ހަގީގީ ޝުކުރުވެރިވުން އޮތީ ހަމައެކަނި މާތްﷲއަށް. އެމީހަކު މާތްﷲއަށް ޝުކުރުވެރިވީމަ އެމީހަކަށް އެއަށްވުރެ ރަގަޅު އެއްޗެއް ދެއްވަން ވަކި ވެރިއަކު ވެރިކަމަށް ގެންނަން އުޅޭކަށް ނުޖެހޭ. ތިމާއަށް އެއްޗެއް ދިން މީހާ އެއީ މުޅި ގައުމަށް އެންމެ ރަގަޅުވާނެ ވެރިއާކަމަށް ނުވެދާނެ ހިނދު އެވެރިއަކު އެއްޗެއް ދިނީތީ އަލުން ހޮވައިދޭކަށް ނުޖެހޭނެ. ގައުމަށާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ވެރިއަކު ހޮވަން ތިމާއަށް ތެދުމަގު ދެއްކެވުން އެދި ދުޢާކޮށްފަ ގޮސް އެމީހެއްގެ ހިތް އެންމެ ހެޔޮވާ މީހަކަށް ވޯޓްލާންވީ. ތިމާއަށް ލިބޭ އެއްޗަކަށް ހަމައެކަނި ބަލައިގެން ވޯޓްލުމަކީ ފަހަރެއްގައި ގައުމު ހަލާކުކުރަން ތިމާ މަގުފަހިކުރުން ކަމަށްވެދާނެ.

    16
  49. އަހަރެން

    ސްޓެލްކޯ އާ ފެނަކަ ބޭނުން ކޮއްގެން އިންތިހާއައް ކޮރަޕްޝަން ހިންގަނީ އަދި ނުވިތާކައް ޖުޑިޝަރީއައް އަތް ބާނައިގެން ސަރުކާރައް ސަޕޯޓް ކުރާ ބަޔަކު ވެއްޖެޔާ ދޫކޮއްލާ މިފަދަ އެތައް ޖަރީމާއެއް ހިންގަމުންދާ އިރުވެސް ވޯޓް ހަލާލު ވަންޏާ ހީވާ ގޮތުން އިލިޔާސް ޝޭހަކައްވީ އިޒްރެއިލުން ކިޔަވަގެން ހެން ހީވަނީވބޮޑައް

    18
  50. ދީނީ ކާޑު

    އިލެކްޝަނުން އޮތީ ދީނޭ ކިޔާގެން ކެމްޕެއިން ކުރުން މަނާކޮށްފަ. ދެން މި ކައްޒާބު މީހުން ނަރަކައަށާއި ތަންތަނަށް މިފޮނުވަނީ ކޮން ހައިޞިއްޔަތަކުން.

    21
  51. އބ ޗރ

    ކަލޭގެ ވާހަކަ އަޑުއެހުމަކީވެސް ފާފަވެރިވެދާނެ ކަމެއް ކަމަށްވެސް ވެދާނެ

    22
  52. ކަންނެލި

    މަށަށް ވަރިހަމަ، އިބޫނޫން ގޮތެއް

    22
    1
  53. Anonymous

    🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍿

  54. ވިސްނަވީ

    މިތާ އުޅޭ ދަނޑިފަނު ޑިމޮކޮރަސީ ޖަމުނުވާނެ ވިސްނާފި މީހަކައް އެނގޭގެ އެއީހަމަ ރަނގަޅު ވަހަކަކަން

    1
    2
  55. އަބްދޫ

    ސަލިހަށް އިންތިހާބު ގެއްލުމާއެކު މީނަ މެލޭ އެމްބަސީން ލިބޭ ހިދުމަތުންބޭރުވާނެ .މީނަޔަކީ ހަލާލެއްހަރާމެއް އެގޭ ފެންވަރުގެ މީހަކަށް ވާއިރު އަތުގަޖެހުނީމަ ކޮންމެ ގޮތަކުންއަޔަސް ހުރިހާއެއްޗެއްހަލާލުވޭތަ؟

    11
  56. އިންޑިޔާ ތުންފުހި

    މީ ފަހުޒަމާނުގަ އެބުނާ ދައްޖާލުތަކުގެ ތެރެެިންވާ މީހަކާވައްތަރީ މިތިބަލާދީނީ މީހުނަށް ވޯޓްނުދޭމީހުންނަކީ ރަހުމަތުން ނިއުމަތުން ބޭރުވާބައެއްކަމަށް ސިފަކޮށްވާހަކަދައްކާ އަބޫޖަހުލަށް ވުރެ ނުބާ ގައްދާރެއް މިކަލޭގެ މީ ނަފުސު ވިއްކާ ދީންވިއްކާ ޖަހާލަތުގެ އެންމެބޮޑު ސޭކު މިކަލޭގެ އެބަޖެހޭ އަނގަ ހައްދު ޖަހާކާ ބުއްދި ސަލާމަތުންތޯހުރީ ބަލަން

  57. ސޭކުު

    ގައުމު ވިއްކާލާ ދީނަށް ހަޖޫ ޖަހާ އިރު އަނގަ މަތީ ޓޭޕް އަޅައިގެން ތިބެ ކޯޗެކޭ ކިޔާާކައް ކަލޭމެން ކަހަލަ މީހުން ބުނާ ބަސް ދިވެހިން ދެނެއް ނާހާނެ އިލްޔާސް އާއި ފަހަރި އިމްރާނު ފަދަ ސިޔާސީ ސޭކުން ދަރާ ވިކިފަ

    10
  58. ކިނބޫ

    ކީކޭ ދެން ކިޔާނީ ކަލެޔާ ދޭތެރެ، ގައުމު ދަވާލީމަވެސް ތިބުނަނީ ޝުކުރުވެރިވާށޭ، ތިހާ މުޑުދާރު މީހެއްކަމަށް ހީއެއް ނުކުރަން، ވަރައް ސަލާން

  59. ޢަދަދު

    ގައިމު އަދަދު ނޫހުން ނެރުނު ދީނީ ކާޑު ނުކުޅޭށޭ ކިޔާފަ ލިޔުމެއް.. ދީނާ ސިޔާސަތު ވެސްް ވަކިވަނީ ވަކި ބައެއް އެކަމެއް ކުރީމަ. މި މީހުންގެ ސޮޕްންސާޑް "ދަންނަ" ބޭކަލުން ކާޑު ކުޅުނީމަ އޯކޭ.

  60. ވާނުވާބެ

    ދީނޭ ކިޔައިގެން ބިރުދައްކަން ނޫޅޭ، މިއީ އިލްޔާސަށް އެކަނި އެނގޭ ދީނެއް ނޫން، ދީނީ ތާކިހާ އަޅައިގެން އަމިއްލަ އަށްބޮނޑި ބޮޑުކޮށްފަ މީނަގެ އަމިއްލަ މުހްތާދުތަށް ފިލުވަން ނިކަމެތިންނަށް ދީނޭ ކިޔައިގެން ބިރުދައްކަން ކޮންމެ ރިޔާސީ އިންތިހާބެއްގެ ދައްޖާލު ފާޅުވާހެން މިފާޅުވަނީ

  61. ޖާނޭ

    މިކަހަލަ މުނާފިގުން ކިޔާހައި އެއްޗެހި ނުޖަހަބަލަ. މި އެއްޗަކު ފެނުނަސް ލޭ ހޫނުވެ މައްޗަށްދޭ. މިއާފާތުން މާތްﷲ އަޅަމެން ސަލާމަތްކުރައްވާށި.

    10
  62. ބުލުރޮދި

    ޢަނހާ! އެއްކަލަ ކަލޭގެ ފާޅުވެއްޖެ!! މިއޮއް ހުރިހާ dhuvahu މިކަލޭގެ އޮތީ ކޮންތާކުބާ؟؟؟ރުފިޔާ ބަސްތާއެއް އެކަނުޓަށް ޖަމާވާ ވަރަކުން މިކަލޭގެ އަޑުދާނީ ގަދަވަމުން.....ކުދިންނޭ ހޭއަރާ ތިބޭތި...މިކަހަލަ ކިތަންމެ އަޑެއް އަދި އޮތީ ކުރިއަށް......

    12
  63. Anonymous

    އިލްޔާސްމެނަށް ދައުލަތުން ނުހައްގު މަގާމާއި ނުބައްދަލު މުސާރަ ދީފައި ކަމެއްނެތި ބައިތިއްބާފައި ތިބޭމީހުން ސުކުރުވެރިވާނީ. އެހެނަސް ދިވެހިންދަނީ ދީނާ ދުރުވަމުން އަޅުވެތިވަމުން އެހެންވީމަ ދިވެހިން ސުކުރުވެރިއެއްނުވާނެ. އިބޫބޭރުނުކޮށް ބަހައްޓައިފިނަމަ ފާފަވެރިވާނެ.

  64. މުޙައްމަދު

    އަޅެ ޝެއިޚޫ ހަމަތެދެއްތަ ތިޔަހައްދަވަނީ ؟ ތެދެއްހެދިޔަސް ދޮގެއްހެދިޔަސް ޝެއިޚު ދައްކާ ވާހަކަ މިހާރު ޤަބޫލުކުރަން އުނދަގޫ ވެއްޖެ ހެ ހެ

  65. އައްނި

    އިލްޔާސްގެ ދަރުސް އަހައިފިމީހަކު މަގުފުރެދިއްޖެކަން ގުރުއާނުގަނެއްތޯ ކަލޭދީންކިޔަފައިވީމޭކިޔައިގެން ސިޔާސީވެރިން ހައްދައިގެން ކައިބޮއެ ހަދައިގެން މިގައުމައްލާނޭވާވެސް ހަރާންވާނެ

  66. ޙސބސބސ

    😂😂😂😂😂😂😂

  67. ބުއްޅަބޭ

    ކަލޭ ތިހިރީ ފާފަވެރިވެ ނިމިފަ!

  68. ާދަލޭކް

    އިލްޔާސް އަށް ފާފަވެރިވާނީ އިލްޔާސް އަށް ވިއްޔާ އިބުރާގެ ފަރާތުން ފައިސާ ހޯދައގެން ހުރީ އަހަރުމެނަކަށް ނުވަާނެ.

  69. ޗދފރޗގތ

    އިލިޔާސް މެން އިމުރާނުމެން މިކަހަލަ ހައެއްކަ ކެނައިންގެ ސަބަބުން ރަނގަޅު ދީނީ އިލްމުވެރިންނާއި މެދު މީހުން ދެކޭ ގޮތް ވަނީ ބަދަލުވެފަ..

  70. ދެއފ×ރ

    ކޮބާ ޕޮސިޓިވް ކޮމެންޓެއް ނެއްދޯ؟؟

  71. އިލިބޯ

    އިލިދަށްޖާލު ފާޅުވުމުގެ އަލާމާތްތަށް ފޭސް އެކަކުން ފެނިގެންދިޔަ އެހެންވުމުގެ ސަބަބުން އެދަށްޖާލަށް ވަނީ އެރުންދަތި ދަތިކަމަކަށްވެ މީޑިއާއަށް ފާޅުވެފަ މީ ފަހުޒަމާނުގެ ދަށްޖާލުގެ ސޫރައިގާ އެރި އެހެންދަށްޖާލެއް.

  72. ޢިމްރާނު

    ދައްޖާލު

  73. އއ

    ޔާރައްބި އަޅަމެން ދިންނަވާފާނދޭ މުނާފިޤު ދޫތަކުން، މާލާއި ޖާހަށް ހުށަހެޅޭ ދުނިޔޭގެ އެދުމުގެ ދޮގުތަކުން.

  74. އއ

    މިކަހަލަ ( ދީނީ ޢިލްމުވެރިންނޭ ކިޔައިގެންއުޅޭ ) ކައްޒާބުން، ވާނުވާގައި ތިބެ ދައްކަމުންދާ ދޮގު ވާހަކައިގެ ސަބަބުން މި ޤަވްމުގެ ދުވަސް ހިނގައްޖެ. ދިވެހިން މިކަހަލަ ފަސާދަވެރިންނާ ދޭތެރޭ ސަމާލުވާން އެބަޖެހޭ. ކޮންމެ އިންތިޚާބަކާ ދިމާކޮށް މި " ހަތްއުޑު ޝޭޚް " ފާޅުވެ ރައްޔިތުންގެ ބޮލަށް ޗިޕް ޖެހިޔަދީގެން ނުވާނެ. ކޮންމެފަރަކުވެސް މިކަލޭގެ މިދައްކާ ވާހަކާގައި އެއްވެސް ޙަޤީޤަތެއްނެތްކަމާއި މިކަލޭގެ ދުލަކީ ކުލީ ދުލެއްކަން ދިވެހިންނަށް މިހާރު ސާފުވާންޖެހޭނެ. ޤަވްމު މިއަދު މިއޮތް ޙާލަތަށް އެއްވެސް ކަންބޮޑުވުމެއްނެތި މިކަލޭގެ މި އައީ ވޯޓް ދޭންވާ މީހާ ކިޔައިދޭން.

  75. އއ

    މިކަހަލަ ( ދީނީ ޢިލްމުވެރިންނޭ ކިޔައިގެންއުޅޭ ) ކައްޒާބުން، ވާނުވާގައި ތިބެ ދައްކަމުންދާ ދޮގު ވާހަކައިގެ ސަބަބުން މި ޤަވްމުގެ ދުވަސް ހިނގައްޖެ. ދިވެހިން މިކަހަލަ ފަސާދަވެރިންނާ ދޭތެރޭ ސަމާލުވާން އެބަޖެހޭ. ކޮންމެ އިންތިޚާބަކާ ދިމާކޮށް މި " ހަތްއުޑު ޝޭޚް " ފާޅުވެ ރައްޔިތުންގެ ބޮލަށް ޗިޕް ޖެހިޔަދީގެން ނުވާނެ. ކޮންމެފަރަކުވެސް މިކަލޭގެ މިދައްކާ ވާހަކާގައި އެއްވެސް ޙަޤީޤަތެއްނެތްކަމާއި މިކަލޭގެ ދުލަކީ ކުލީ ދުލެއްކަން ދިވެހިންނަށް މިހާރު ސާފުވާންޖެހޭނެ. ޤަވްމު މިއަދު މިއޮތް ޙާލަތަށް އެއްވެސް ކަންބޮޑުވުމެއްނެތި މިކަލޭގެ މި އައީ ވޯޓް ދޭންވާ މީހާ ކިޔައިދޭން. އިންސީންނާއި ޖިންނީންގެ ތެރެއިންވާ މިކަހަލަ ޝައިޠޯނުންގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށި. އާމީން.

  76. އއ

    އީމާންކަމުގެ ރުކުންތަކަށް މިކަލޭގެ އީމާންވާނަމަ، އިސްލާމްދީން އުނގެނުމުގެ ތަވްފީޤް ދެއްވިފަރާތް ހަނދުމަނެތި، ލުއްޗާއެއް އުޅޭގޮތަށް އުޅޭކަށް ނުކެރުނީސް. ކީރިތި ޤުރްއާން ޢަރަބިބަހުން ބާވާލައްވާފައިވާހިނދު، ތެދުމަގުން އެއްކިބާވެތިބެ މަރުވެގެންދިޔަ މައްކާގެ މުޝްރިކުންނަށްވެސް ޢަރަބިބަސް އެނގޭނެ. ވަﷲ އަޢުލަމް.

  77. އަމްބަރާطޫރް

    ހަދައިދޭ މަގުތަކުގެ ބަދަލުގައި އެމްޑީއެން، އުތެމަ، ހިންދޫތުވާ އަދި މިފަދަ އެއްވެސް ލާދީނީ ޢަމަލެއް ބަލައެއްނުގަންނާނަން. އިލްޔާސް، ދިވެހީން ވަލަށް ވައްދަން ނޫޅޭތި!

  78. އެއްކަލަ މީހާ

    ދުނިޔެ ގިޔާމާތްވުމުގެ ކުދި އަލާމާތްތައްވެސްފެންނަންފަށައިފި. މިހާރު މިފެންނަނީ ބިޑަތިއަލާމާތްތައް. ލަދެއް ހަޔާތެއް އަމުދުން ބިރެއް ނެތި ފަހިޝްކަންބޮދަތި އަމަލުތައް ރާއްޖޭގައި ފަތުރަމުންދާއިރު އެކަންތައް ނުފެންނަކަމަކަށް ހަދާ ބީރު ކަންފަތެއްދީގެން ތިމާމެންގެ މަސްއޫލިއްޔަތުތަކާ ޒިންމާތަކުން އެއްފރާތްވެ މާއްދިއްޔަތަށް އަޅުކަންކުރެވޭ ހިސާބަށް އިލްމުވެރިންނޭމިކިޔާ ބައެއްމީހުން ހިގައްޖެ. ކެމްޕޭނު ދަތުރުތަކުގަ ރަށްރަށަށް ދިޔުމުން ގަޔަށް ދުލިއަރުވައިގެން ތިބޭ ޒުވާން އަދި މުސްކުޅިފުރާގެ އަންހެނުން އެކިއަރިއަރިޔަށް ލއނބި ގުދުވެ އެޖައްސާ ހަޑިހުތުރު ހަރަކާތްތައް ބަލާ އަތްޖަހަން އެތިބެނީ އަދާލަތޭކިޔާ ޕާތީގެ ރައީސް ހިމެނޭހެން ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ އަދާލަތުޕާޓީއަށް ނިސްބަތްވާ ޝޭޚުންނެވެ. މިފެންނަ ކަންތައްތަކާމެދު ވިސްނާ ފިކުރުރާކަށް ނުވޭތޯއެވެ.

  79. އެއްކަލަ މީހާ

    ދުނިޔެ ގިޔާމާތްވުމުގެ ކުދި އަލާމާތްތައްވެސްފެންނަންފަށައިފި. މިހާރު މިފެންނަނީ ބޮޑަތިއަލާމާތްތައް. ލަދެއް ހަޔާތެއް އަމުދުން ބިރެއް ނެތި ފަހިޝްކަންބޮޑަތި އަމަލުތައް ރާއްޖޭގައި ފަތުރަމުންދާއިރު އެކަންތައް ނުފެންނަކަމަކަށް ހަދާ ބީރު ކަންފަތެއްދީގެން ތިމާމެންގެ މަސްއޫލިއްޔަތުތަކާ ޒިންމާތަކުން އެއްފަރާތްވެ މާއްދިއްޔަތަށް އަޅުކަންކުރެވޭ ހިސާބަށް އިލްމުވެރިންނޭމިކިޔާ ބައެއްމީހުން ހިގައްޖެ. ކެމްޕޭނު ދަތުރުތަކުގަ ރަށްރަށަށް ދިޔުމުން ގަޔަށް ދުލިއަރުވައިގެން ތިބޭ ޒުވާން އަދި މުސްކުޅިފުރައިގެ އަންހެނުން އެކިއަރިއަރިޔަށް ލެނބި ގުދުވެ އެޖައްސާ ހަޑިހުތުރު ހަރަކާތްތައް ބަލާ ހެވިދިލިފާ އަތްޖަހަން އެތިބެނީ އަދާލަތޭކިޔާ ޕާޓީގެ ރައީސް ހިމެނޭހެން ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ އަދާލަތުޕާޓީއަށް ނިސްބަތްވާ ޝޭޚުންނެވެ. މިފެންނަ ކަންތައްތަކާމެދު ވިސްނާ ފިކުރުރާކަށް ނުވޭތޯއެވެ.

  80. ކޮސްފަހަރި

    ކަންނެލި ދޯންޏާ ޑިޕްލެމެޓިކް ޕާސްޕޯރޓް ގެ ބޭނުމުގަ ފާޅުވީ ދޯ؟؟!! މިހާރު ތިޔަ އިލްޔާސާ އިޔާޒާ އިމްރާނަކީ ހަންޕުޑު. ތިޔަ 3 މުނާފިގުން ދައްކާ ވާހަކަ ގަބޫލުކުރާނެ އިންސާނެއް މި ފަސްގަޑުގަ ނުހުންނާނެ. އެކަކީ ކަންނެލި ދޯންޏާ ޑިޕްލޮމެޓިކް ޕާސްޕޯރޓުގެ ދަހިވެތިކަމުގަ އުޅޭ ފަރާތެއް. ދެން ހުރީ ފަހަރިބޭ. ޢެ ބެއަކީ ޖާރިޔާ ޕްރޮގްރާމަށް މުސާރަފުޅު ކަށަވަރު ކުރަން އުޅޭ ބެއެއް. ދެން ހުެީ ފިތުނަވެރިއެއް. އޭނާގެ ކަމަކީ ފިތުނަ އުފައްދައިގެން ދުނިޔޭގަ އުޅުން. ވެރިމީހާއަށް މަގުމަތިން ބައްދަލުކޮށްގެން ގޯތި ހޯދާ މާއްދިއްޔަތުގެ އަޅެއް

  81. ޕަރީ

    ޢިސްލާމް ދީންގެ ހަވަނަ ރުކުން ތޯ......މީ ފާފަ ވެރި ވާން. ވ ލަދު

  82. އާދަނު

    މިތިބަފެންނަނީ މިޒަމާނުގެ ދައްޖާލުން!

  83. ޝަރަފް

    މީނައަކީ ވަރަށް މަކަރުވެރި މީހެއް!
    މިނާގެ އުމްރާ ގުރޫޕު "އަރަފާތު ހައްޖު އެންޑު އުމްރާ" އިން އުމްރާއަށް ދާ މީހުންނަށް ވަރަށް ބޮޑަށް އޮޅަވާލަމުން އެބަ ގެންދޭ!
    ދިވެހި ކެއުން ދޭނަމޭ ކިޔާފަ މިދިޔަ ރަމަޟާން މަހުގައިވެސް އަދި އޭގެ ކުރީ ރަމަޟާން މަހުގައިވެސް އެތަށް ހާލެއް އުމްރަވެރިންނަށް ޖެއްސި.
    މިފަދަ ޝޭހުންގެ ތާކިހާ އަޅައިގެން އުޅޭ ވިޔަފާރިވެރިންގެ ކިބައިން ސަލާމަތްވާން އެބަޖެހޭ ރައްޔިތުން މިހާރު.

  84. ސަލާހުއްދީން

    މި ކަލޭގެ ފާޅު ވުން މީ ފަހު ޒަމާނުގެ އަލާމާތެއްތަ.

  85. ހުވަދޫ އަލިބެއްޔާ

    މާތްﷲ އަށްޓަކައި މަ މީނާއަށް މާފްކޮށްފިން.. ތެދުމަގު ދައްކަވާށި.. ފައިސާގެ ދަހިވެތި ކަމުގައި އަމިއްލަ ނަފްސު ވިއްކާނުލުމަށް އަހަރުމެންނަށް ނަސޭޙަތްދީފަ ގޮސް ވިކުނީމާ ދެރަވެ ހިތާމަކުރަން..

    2
    1
  86. ޝަމީޒު

    vaguthu ނޫހަށް ފަށްފަށުން ޝުކުރުވެރިވަން . ސަބަބަކީ މިކަހަލަ ސިޔާސީން ، ޝޭޚުންގެ ނަމުގައި ރައްޔިތުން ހެއްލުންތެރިކުރުވަން އުޅޭކަން ހާމަކުރާތީ

  87. އަބުދުﷲ ސައީދު

    އިލްޔާސް ބުނަންތޯ ވާހަކަ އެއް މަނިކުފާނަށް އަޅުގަނޑުވަރަށް އިޙްތިރާމް ކުރަން ނަމަވެސް މަނިކުފާނު ގެ ފަރާތުން ތިފެންނަ ސިފަ ތަކާއި ބަސްތަކަކީ އިސްލާމްސދީނާއި ބީރައްޓެހި އމަލާއި ބަސް ކަމުިގައި ޤަބޫލު ކުރާން އެބަޖެހޭ އެއީ މުޅި ރައްޔިތުން ގެ ހައްޤު ތަކަށް ޚިޔާނާތް ތެރިވެ މުޅި މުޖު ތަމަޢް ފަސާދަކޮށް އަދުލު އިންސާފު ފުޑާލައި ޖަންގަލީގެ އުސޫލު ގެންގުޅޭ ލާދީނީ ބަޔަކަށް ތާއީދު ނުކޮށްފިނަމަ އެއީ ޝުކުރުވެރި ނުވުން ކަމަށް ބުނާނަމަ ތިއީ ފާސިޤެއްކަމަށް ބަލަން އެބަޖެހޭ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

  88. އަބުދުﷲ ސައީދު

    ޖަހާލަތު ފާޅުވެއްޖެ ހަމަރަގަޅަށް ވެސް

  89. އަބުދުﷲ ސައީދު

    ކިހާ ލާރިއެއް ރައްޔިތުން ފައިސާއިން ލިބިގެން ތިއުޅެނީ

  90. ދިވެހިމީހާ

    މުނާފިޤުކަލޭގެ މިފަހަރުވެސް އިންތިޚާބާދިމާކޮށް ރައްޔިތުންގެހިތްތަކަށް ނަފުސާނީ ބިރުވެރިކަން ވެއްދުމުގެ މަޤުޞަދުގައި އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ދޮގުވާކަދައްކާންފެށީމާ ތިކަމަކީ ކެހިވެރިކަމާއި މަކަރުވެރިކަމުގައި ދައްކާ ބުހްތާން ވާހަކަތަކެއްކަން ދިވެހި ރައްޔިތުންނަށް މިހާރުއެބައެނގޭ

  91. 20000

    އިލްޔާސް އަށާ އޭނާގެ ދަރިއަށް މިސަރުކާރުން ދީފައިވާ ބޮޑު ވަޒީފާ ގެ ސަބަބުން ދެއްކޭނީ ތިޔަ ކަހަލަ ވާހަކަ. ދަންނަވަންތޯ މިއީ 2008 ނޫނެވެ. މިއީ 2023 އެވެ. އިލްޔާސާ އަށް ދެން ކެއްކޭނެ ޑޮންޑޮނެއް މިގައުމަކު ނެތް.

  92. ކިއެންތެރިއެއް

    ކަލޭ މަގާމުތަކާ، ކަލޭގެ ދަރިއައް މަގާމު ތައް ހޯދާ، ރައްޔިތުންގެ މުދަލުން ކަލެއައް ބައި އެޅީ. އެހެންވީމާ ކަލޭ އިބޫއައް ސަޖިދަނުކޮއްފި ނަމަ ކަލޭ ފާފަވެރިވެދާނެ

  93. Anonymous

    ކަލޭ ބުނި ގޮތަށް ވޯޓް ދީގެން މިގައުމު މިހާލަތަކަށް ދުވަހަކުވެސް ނުދޭ. ފާފަ ފުއްސަވަނީ މާތް ﷲ އިލްޔާސް އެއް ނޫން. ތިކަހަލަ ދަންނަ ބޭކަލުންނާ ހެދި މިގައުމު ހަލާކު ވަނީ..