އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ކެމްޕޭން އޮފީސް އަދި މަޝްހޫރު ސޯލްޓް ކެފޭ ހުންނަ އިމާރާތް ދޫކޮށް ފުލުހުން ހިނގައްޖެއެވެ.

ފުލުހުން އެ އިމާރާތަށް ވަދެ އެސަރަޙައްދު ބަންދުކޮށްފައިވަނީ، ރިޝްވަތުގެ ފައިސާ ބެހުން ކުރިއަށް ދާތީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިއަދު ހަވީރުން ފެށިގެން ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ.

އިބޫގެ ކެމްޕޭނު އޮފީސް ފާސްކުރުމަށް ނެރުނު ކޯޓު އަމުރުގައި މައްސަލައިގެ ތަފްސީލް ކަމަށް ބަޔާން ކޮށްފައި ވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މއ.ޗަބޭލީގެ އަހްމަދު ޝާހިދު އާއި އިތުރު ބަޔަކު ބައިވެރިވެގެން ސޯލްޓް ކެފޭ ހުންނަ ބިލްޑިންގްގައި ރިޝްވަތުގެ ފައިސާ ބަހަމުންދާ މައްސަލައެވެ.

ސޯލްޓް ކެފޭ ހުންނަ މ،ޝައިންޓްރީ ބިލްޑިންގަށް ފުލުހުން ވަންނަން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އެބިލްޑިންގްގެ 1،2،3،4،5،6 އަދި 7 ވަނަ ފަންގިފިލާގައި މައްސަލައާގުޅޭ ފައިސާގެ މުއާމަލާތާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުންތަކާއި ރިޝްވަތުގެ ގޮތުގައި ދިނުމަށް ބަހައްޓާފައި ހުރި ފައިސާ އާއި އަދި މިނޫނަސް މިމައްސަލަ އާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުމާއި ތަކެތި ފާސް ކުރުމަށް ބޭނުންވާ ކަމަށެވެ.

މ،ޝައިންޓްރީ އަކީ އިބޫގެ ބަފައިބެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އިސްމާއިލްމަނިކު (ބޮޑުސިއްކަ) ގެ އިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރާބޮޑޭ

  ތެޅިތެޅި އެއްޗެއް އަތުނުޖެހިގެން ރާޑިވެގެން ދިޔައީދޯ ! ކިތަންމެ އިންޓެލިޖެންޓް ރިޕޯޓެއްހަދާ ގައިގަ ހަވާދުލިއަށް ﷲ އިރާދަކުރެއްވިއްޔާ މިފަހަރު އިބޫ ކާމިޔާބު ކުރައްވާނެއެވެ މި ކޮމެންޓް ވަގުތުކުދިންނަށް ހަޖަމެއްނުވާނެ !

  • މޮހޮނު

   ތިކަން ވާނެހެއް ހީއެއް ނުވޭ

   • ރާބޮޑޭ

    މޮހަނާ ހީނުވާ ކިތައްމެކަމެއް ވެފައެބަހުއްޓޭ ! މިސާލަކަށް ރައީސްނަޝީދުފަހަތައް ރައީސްމައުމޫނު އެރުން ރައީސްޔާމީނު އެއްބަފާބޭބެ ޖަލައްލުން ކަހަލަކަންކަން !