ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ 2019 ވަނަ އަހަރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި މިހާރު ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގްތިސާދު މެނޭޖް ނުކުރެވުން ކަމުގައި މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ 2019 ވަނަ އަހަރު އައިއިރު، ރާއްޖޭގެ އިގްތިސާދު އޮތީ %7.3 ކުރިއަރާފައި ކަމަށެވެ. އަދި އަހަރު ނިމުނުއިރު، ގައުމީ އުފެއްދުންތެރިކަން ހުރީ 88 މިލިއަން ރުފިޔާގައި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އަހަރު ނިމުނު އިރު، އާމްދަނީ ހިލޭ އެހީގެ ގޮތުގައި އެކަނި ވެސް 23.2 ބިލިއަން ރުފިޔާގައި ހުރި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"ސަރުކާރުގެ މިސްޓޭކްތަކާއި އަދި މިދިޔަ ހަތް މަސް ދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާއި މާލީ ކަންކަން މެނޭޖު ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް އޮޅުވާލަމުން މިދަނީ،" އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތާއި، ހައްލުުކުރުމަށް ކުރެވިދާނެ ކަންކަމާއި އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތައް އަމީރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު ބޭރުން ފައިސާ ހޯދުމުގެ އިތުރުން ހަރަދުތައް ވެސް ކުޑަކޮށްފައިވާނެއެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން އަހަރު ދިޔައީ އިގްތިސާދީ ހާލަތު ރަނގަޅުކޮށް އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރު ކުރުމުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

އެމްޑީޕީން 2024 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުއިރު އިގްތިސާދީ އުފެއްދުންތެރިކަން 5.5 ޕަސެންޓް އިތުރުވާނެ ކަމަށް ވާނެ ކަމަށް އަންދާޒާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 4.9 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޓްރާންސިޝަނަލް މުއްދަތުގައި އެބޭފުޅުން ދެއްވި ޔަގީންކަމަކީ ފައިސާ ވެއްދޭނެ ކަމުގެ ޔަގީންކަން ނަމަވެސް ހަތް މަސް ދުވަސްވީ އިރުގައި ވެސް އެންމެ ޑޮލަރެއް ވެސް ވެއްދިފައި ނުވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ސަރުކާރުގެ މަސައްކަތްތައް ފުޅާކޮށް ވައުދު ފުއްދުމުގެ ނަމުގައި މަސައްކަތް ފެށީ ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނުބަހައްޓައެވެ. "ހަފްތާ 14" ގެ ނަމުގައި އެތައް ވައުދުތަކެއްވެ، އޮފީސްތަކުން، ބަޖެޓު އޮތަސް، ނެތަސް އަދި ފައިސާ ހުއްޓަސް، ނެތަސް އިތުރު ހަރަދުތަކަށް ކޮމިޓްވީ ދެމެހެއްޓޭނެ ކަމެއްތޯ ވެސް ބަލާ ނުލާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް ރިކަރަންޓް ހަރަދު ވެސް ދިޔައީ ބޮޑު ކުރަމުން ކަމަށެވެ. އެގޮތުން ބައެއް މިސާލުތައް ދައްކަވަމުން އަމީރު ވިދާޅުވީ ފަށާފައި ހުރި މަޝްރޫއުތައް ބަހައްޓާފައި ރަސްމާލެ މަޝްރޫއު ފެށުމާއި 570 މިލިއަން ރުފިޔާ އަށް ޑްރޯން ގަތުމާއި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން އީދު ފާހަގަ ކުރުމާއި އެކިއެކި ހަފްލާތަކާއި އިވެންޓުތައް ހަރަދު ބޮޑުކޮށް ބޭއްވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

މީގެއިތުރުން ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމާއި ސިޔާސީ މަގާމުތައް 2،000 އަށް ވުރެ ގިނަ ކުރުމާއި އެމީހުންގެ މުސާރަތައް ބޮޑުކޮށް ޕޭ ރޯލް މަހެއްގެ މައްޗަށް 700 މިލިއަން ރުފިޔާއަށް މަތިވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ފިސްކަލް ރިފޯމް އެޖެންޑާ ވެސް ދަނީ ފަހަތު ފަޔަށް ބުރަވަމުންނެވެ. އަދި ދެއްކުންތެރިކަމުގެ ގޮތުން ރަސްމާލެ މަޝްރޫއު ފެށުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނުނިމެނީސް އެ ބަދަލުކޮށް އިއުލާން ކުރުމާއި ސީޕްލޭން ޓާމިނަލް ކ. ފުނަދޫއަށް ބަދަލު ކުރަން އުޅުން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ވެރިންގެ ބަސް މަގު ހުރި ގޮތުން ހާރިޖީ ސިޔާސަތާއި ގުޅުމަށް ލޮޅުން އެރިއިރު، މި އަހަރުގެ މިހާތަނަށް އިންޑިއާ އިން އައި ފަތުރުވެރިންގެ އަދަދު 47،000 އަށް މަދުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. މީގެސަބަބުން ދައުލަތުގެ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް 450 މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާ އިރު، ފަތުރުވެރިކަމުގެ ސިނާއަތަށް އެކަނި 2.3 ބިލިިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޭގެ ލަދުކޮބައި؟ ލޯނުތައް ނަގައިގެން ތިމާގެ މީހުންގެ ކުންފުނިތަކަށް ފައިސާތައް ބެހީ ކަލޭނޫންތަ؟

    64
    5
  2. މާބުރާންތި

    އިގްތިސާދު ރަނގަޅު ކުރަނީ ހުއްޓާނުލާ ފައިސާ ޗާޕުކޮށްގެނެއް ނޫން. އަދިވެސް އިތުރަށް ދޮގެއް ހެދެން އޮތިއްޔާ އެ ދޮގުވެސް ހަދާތި.

    66
    4
  3. ހުސެއިން ޝާމް

    މަނިކުފާނު އެހީތެރިވެދ،ީ މެނޭޖްމެންޓް ރަގަޅުކުރާނެ ގޮތް. ޚިޔައިދީ.

    13
    31
    • އައިމަން

      އޭރުން 5 އަހަރު ނިމޭއިރު ދަރަނި 3 ގުނަވެދާނެތީ މި މީހުން ބޭރުކޮށްލީވެސް ލަފައެއް އަހަންވެސް ކަމުދާ ބައެއްނޫންތީކީ

      53
      2
  4. ހިކި ކިރު

    މޮޔައެއްގެ އަތަށް ކަނޑި އެއް ދިނީމަ ވާނީ ކިހިނެއްތޯ!

    27
    3
  5. ޜައްޔިތުމީހާ

    ހެސްކިއާފަ ފައިސާޗާޕްކޮއް ރައްޓެހިންގެ ރިސޯޓްތަކުން ދައްކަންޖެހޭ ޓެކްސްފައިސާ މާފްކޮއް މުޅިގައުމު އަންދަވަޅަކައް ވައްޓާލާފަ ފައިބައިގެމް ދިއައީ

    11
  6. މުއިއްޒު ކުރިއަށް

    ގައުމުގެ ދަރަނި ދެގުނަ ކުރި އިގްތިސޯދީ މާހިރު ކީކޭތަ ތި ކިޔަނީ؟ ހެހެ. ނޯބަޑީ ޓޭކްސް ދިސް ކްލައުން ސީރިއަސްލީ

  7. ތާރު

    ލޯ އަނދިރި މީހަކު އެހެންމީހުނަށް މަގު ހުރަސް ކުރާނެގޮތް ކިޔައިދިނުމެކޭ، އަމީރު އެހެން މީހުނަށް އިގްތިސޯދު މެނޭޖު ކުރާނެ ގޮތް ކިޔައިދިނުމެކޭ ތަފާތެއް ނެތް

  8. ޕޮގުބާ

    ގައުމު ދަރުވާލީމަ ރަށްޔިތުން ވެރިކަން ބަދަލުކުރީ އެމްޑީޕީ ވެރިކަމުގަ 70 ބިލިޔަޔަނަށް ގައުމު ދަރުވާލި ލަދުޔާތްކުޑަކަމުންވާހަކަ ތިޔަ ދަށްކަނީ ރަށްޔިތުންގެ މެޖޯރެޓީއާ ވެރިކަންކުރާ ޕާޓިއަކީ ދެބައެއް

  9. އިބުރާހީމް

    އަމީރު. މެނޭޖްކުރަން ނޭނގުނީމާ ގައުމު ދަރުވާލީ. ސަޅިވާހަކަ ނުދައްކާ! ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްކަމީ ހިތާމަ ކުރާކަމެއް. ގައުމު މިހާލަތަށް މިއައީ އަމީރުގެ ގަޅިކަމުން. އެއްޗެއް ނޭނގުނީމަ. ނަސޭހަތުގެ ގޮތުން ބުނެލަންއޮތީ އަނގަފުޅާނުކޮށް ގޭގައި އޮންނާށޭ1 ގައުމުގެ އިޤްތިޞާދީވާހަކަ ނުދައްކާ! ގައުމަށް ކަމެއްކޮަށްދެއްޏާމު މަނިކުފާން ދައުލަތުގެ ހަޒާނާއިން ނެގިފައިސާކޮޅު ހަމަމިހާރުން މިހާރަށް ދޭންއުޅޭށޭ!

  10. ދދ

    މޑޕ އިން ޖަހާފައިވާ ހިސާބުތަކަކީ އޮޅުވާލުމުކެވެ ދައުލަތް
    ދަރާވިކުނުއިރުވެސް ހިސާބުތައްޖެހުމުގައި އަވަދިނެތި އުޅުނެވެ
    އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ހޯދާފައި ނެތްއިރު ޚަރަދު
    ތައްހުރީ މެކުހަށް ޖަހާފައެވެ ދެން ކުރިކަމަކީ ފައިސާ ޗާޕް
    ކުރުމެވެ އެއަށްވެސް ވީގޮތެއް ސާފެއްނުވެއެވެ.

  11. ބޭބެ

    ކަލަމެން ދައްކާ ވާހަކަ ގަބޫލް ނުކުރާތި ކަލެމެންގެ ވެރިކަން ބަދަލު ކުރީ.

  12. ޢަލީ ޚަބަރޭ

    ދައުލަތުގެ ޚަރަދު ކުޑަކުރުމަށް، ރިޔާސީ ނިޒާމް އުވާލާ ވިރާސީ ރަސްކަމަކަށް ބަދަލުކުރުމަށް!
    ރަސްގެފާނު ހޮވުމަށް ރަސްކަމަށް ކުރިމަތިލާ މީހުންގެ ބަނޑުމުސާރައަށް ބައްދާ ގަދަވާ މީހަކަށް ރަސްކަން ދިނުން.

  13. ރުކުމާ

    ފައިސާ ޗާޕްކުރުން ނޫން ކަމެއް ކަލެޔަށް ކުރެވުނުތަ މުޅި ޤައުމު ދަވާލާފައި އިބްރާހިމާއި
    ކަލެޔާއި ޗެޔާޕާސަނާއި މީ ހުސް ވަގުން.

  14. Anonymous

    ލަދުގަނޭތަ. ޤައުމު މާފުއްގަނޑެއް ކޭހެން ކައި އެއްކޮށް ހުސްކޮށްފަ މިބުނަނީ ހިންގަން ނެނގެނީއޭ މެނޭޖްނުކުރެވެނީއޭ. ހުސް ތަށި ބަހައްޓާފަ ފައިބާގެން ދިޔައީ.

  15. ތައުފީގް

    އިޤްތިޞާދު މެނޭޖް ކުރަން އެގޭމީހުން ދުނިޔޭގެ މަޝްހޫރު ރޭޓިން އެޖިންސީ ތަކުން ދޭރޭޓިން ޤަބޫލެއް ނުކުރާނެ. އަމިއްލަ ސަރުކާރުގަ މެނޭޖް ނުކުރީ ކީއްވެ

    6
    1
  16. ތައްޓޭ

    ގައުމެއް ނަމަ އޭގެ ޒާތުގައި ފުރާނައެއްވޭ އެފުރާނަޔަކީ ތަރުތީބުވެގެން އަންނަ ވެރިކަން، ރާއްޖޭގައިވެސް އެކަން ހިގަނީ އެބީދައިން، އެއްވެރިކަން ނިމި އަނެއް ވެރިކަން ޙަވާލުވާ ފަރާތުން ޙަވާލުވެ އެންމެ ފުރަތަމަވެސް ކުރަންވާ ކަމަކީ އިގުތިސޯދު ހަމަ މަގައް އެޅުވުން، ލޯނު ނުނަގާ އެއްވެސް ގައުމެއް މުޅި ދުނިޔޭގައިވެސް ނެތް ލޯނު ނުނަގައި ރަށްޔިތުންގެ ޑިމާންޑާއި އެއްވަރަށް އެއްވެސް ގައުމެއް ކުރިއަރާފަ ނެތް، އެވެސް މައްސަލައެއްނޫން މެނޭޖު ކުރަން ނޭގިއްޖެ ނަމަ ގޯސްވާނެ، މިހާރު މި ފެންނަނީ މިސަރުކާރު ބޮޑެތި މިސްޓޭކް ތަކެއް ހަދަމުންދާތަން އަވަސް ފިޔަވަޅު ތަކެއް އަޅަފި ނަމަ ކުރު މުށްދަތަކުން ސްޓޭބަލް ވާނެ ..

  17. ޝއު

    ފައިސާ ޗާޕު ކުރުމަކާއި އަދި ބޭރުން ނެގި ޑޮލަރު ލޯނުތަކާއި ގުޅުމެއް ނެތް. ފައިސާ ކިތަންމެ ޗާޕުކުރިޔަސް ނުކުރިޔަސް ޑޮލަރު ބޭނުންވަރަށް ނުލިބެންޏާ ދަރަނި ނުދެއްކޭނެ. ރާއްޖެއަކީ ނެޓް އިމްޕޯޓާއެއް ރާއްޖެއަށް މަހަކު 72 މިލިޔަން ޑޮލަރު ބޭނުންވޭ. ވީމާ ޓޫރިޒަމަށް އެކަނި ބަރޯސާވެގެން ތިބެ ޑޮލަރު ލޯނު ނެގީމާ އެ ދެއްކޭނީ ޑޮލަރު ވަދެގެން. ފައިސާ ޗާޕުކުރިޔަސް ޑޮލަރުވަންނަންޏާ މައްސަލައެއް ނުޖެހޭނެ. ޕީއެންސީ ސަރުކާތަށް އަދި މިހާތަނަށް އެންމެ ލޯލާރިއެއްވެސް ޑޮލަރުން އެހީގެ ގޮތުގައި ނުގެނެވުނު. އެކަން ހައްލު ނުކުރެވުނުތާގަ ރާއްޖެއިން ބިން ބޭރުމީހަކަށް ލިބެގޮތަށް އަދި މި މާލި ދަތިކަމުގައި ކޮންމެހެން ހިންގަން ނުޖެހޭ އާމްދަނީ ނުވަންނަ އެތަކެއް މަޝްރޫއެއް ބަޖެޓުގައި ހިމެނީ. މިއީ ދުރު ނުވިސްނޭ ސަރުކާރެެއް ކަމުގެ ހެކި.

  18. މޮޔަސޮރު

    ރޯމާދުވާލު ޢައުގުރާނަ ގޮވާއިރު އަނގަ ހައްދު ޖެހޭނެ ގޮތެއް ނެއްތަ!

  19. އަބްދޫ

    ގައުމު އޮތީ 2023 ގަ ބަގުރޫޓް ވެފަ. އެ ބަގުރޫޓް ފޮރުވަން މި އަމީރު ހެދިގޮތަކީ އެމްއެމްއޭގެ ހަޒާނާގެ ތިޖޫރީ ތަކުން 8000 މިލިއަން ރުފިޔާގެ ނޫޓް ނެގުން .ރުފިޔާ ޗާޕްކުރުމޭ ކިޔަނީ ހަޒާނާގެ ތިޖޫރީތަކުން ނޫޓް ނަގާބޭނުންކުރަންފެށުމަށް. އަދި މިނޫޓްތަކަކީ އަބުރާ މިތިޖޫރީތަކަށް ޖަމާކޮށްދޭންޖެހޭ ނޫޓްތަކެއް. މިސަރުކާރުން މިޖެހެނީ މިމީހުން ހޭވި ހަޑިފިލުވުމަށް މިނޫޓްތައް އެއްއެމްއޭ ތިޖޫރީއަށް ޖަމާކޮށްދޭންވެސް.މިހާރު އެކަންމިފެންނަންފެށީ މިސަރުކާރުން އެމްއެމއޭގެ ތިޖޫރީން ރުފިޔާގެ ނޫޓްނެގުން ނުވަތަ ޗާޕްކުރުން ހުއްޓާލީމަ. ރުފިޔާ ޗާޕްކުރުން ނުވަތަ އެއް އެމްއޭ ގެ ކެޕިޓަލަށް ވުރެ އިތުރަށް ނޫޓްނެރެ ދަވްރުކުރަންފެށުމުން ރުފިޔާގެ އަގު ވެއްޓި ޑޮލަރުގެ އަގު މަތިވެގެންދާނެ.މުދަލުގެ އަގު ބޮޑުވެގެންދާނެ. ޑޮލަރު ލިބުން ދަތިވެގެންދާނެ. މިއީ ހައތާވެސް ރުފިޔާ ޗާޕްކުރުމުން ދިމަވާނެ މައްސަލަ ގައުމުގެ މާލީ ނިޒާމު ބޮއްސުންލާން.. އެމްޑީޕީ ސަރުކާރުންވަނީ ގައުމުގެ މާލީ ނިޒާމަ ފުނޑާލާފަ.ގައުމުގެ މާލީ ނިޒާމަ ހަމަމަގަށް އެޅުވުމަކީ ވަރަށް އުދަގޫކަމެއް ސަބަބކީ ގާއުމުގެ މާލީ ނިޒާމް ބަގުރޫޓް ކޮށްފަ އޮތުމުން ގައުމުގެ އާމްދަނީ ލިބޭ ވަސީލަތްތަކުގެތެރޭ ހިމެނޭ ހުރިހާ ކުންފުނި ބަގުރޫޓް ކޮށްފަ ހުރީމަ. ދަވްލަތަށް ކުލީގެގޮތުގަ ލިބެންހުރި ހުރިހާފައިސާއެއް 99 އހަރަށް ކުލިނަގާ އެމްޑީޕީ ސަރުކާރުން ހުސްކޮށްފަ އޮތީމަ 120 ބިލިއންގެ ދަރަނީ ޑިލޭ ނުކޮށް ފައިސާދައްކަމުންދާންޖެހިފަ އޮތީމަ. ގައުމުގެ ރިޒާވް ގަ އެއްޗެއްނެތީމަ. ގައުމު ގަ އޮތީ ހުސް ދަރަނި ގައުމު މިވަނީ އާފެށުމަކުންފަށަންޖެހިފަ. އަމީރު ގައުމު މެނޭޖް ކުރީކީ ނޫން ސުކޫކު ވިއްކުމުގެ ނަމުގަ ދަވްލަތުގެ ހުރިހާ އިމާރާތެއް ތިޔަ އަމީރު ވަނީ ވިއްކާ ހުސްކޮށްފަ. އިމަާރާތްތައްވިއކާނެގި ފައިސާއަށް ހެދިގޮތެއް ތަހުގީގު ކުރަންޖެހޭ.