ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސަރުކާރު ވެރިކަމުން ފައިބައިގެން ދިޔައީ ދައުލަތް ކައި ހުސްކޮށް، ގައުމު ލޫޓުވާލާފައި ކަމަށް ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދަރަންޏާ ބެހޭ ބިލަށް މަޖިލިހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ކުރި ޕީޕީއެމްގެ ވެރިކަމުގައި ރާއްޖެއިން ރަނގަޅު ޓާމްސްގައި ނަގާފައިވާ ލޯނުތަކުން ކޮށްފައިވާ މަސައްކަތްތައް ފެންނަން އެބަހުރި ކަމަށެވެ. އެ ލޯނުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ބޮޑު މިސްކިތެއް އެޅުމާއި ބޮޑު ހޮސްޕިޓަލެއް އެޅުމުގެ އިތުރުން ބްރިޖެއް ވެސް އަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް 2018 އިން 2023 އަށް ނެގި 120 ބިލިއަން ރުފިޔާގެ ލޯނުން ކޮށްފައިވާ ކަމެއް ފެންނާކަން ނެތް ކަމަށް ވިދާޅުވިއެވެ. ނިދިމިޔަ ސަރުކާރުން ބޮޑު ދަރަންޏެއް ނަގާފައިވާއިރު މި ސަރުކާރުން ވެރިކަމަށް އައިސް ބަލާލިއިރުގައި ސަރުކާރުގެ ކުންފުނިތައް ވެސް ދަރާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 1،400 އަށްވުރެ ގިނަ ސިޔާސީ މަގާމުތައް ވެސް އުފައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު އެމްޑީޕީގެ ވެރިކަމުގައި ރައީސްކަން ކޮށްފައިވާ ކުރީގެ ރައީސް އިބްރާހިމް ސޯލިހް މި ވިދާޅުވަކީ އެމަނިކުފާނު ވެރިކަން ކޮށްފައިވާ ގޮތުގެ މައްޗަށް ފޮތެއް ލިޔަން އެބަޖެހެއޭ. ފޮތެއް ނޫން ލިޔަންވީ. ދާރުލް އާސާރެއް ބިނާކުރަންވީ. މިކަހަލަ ބޭފުޅުން މި ގައުމުގެ ވެރިކަމަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް. އެހެންވީމަ މި ގާނޫނު މިހާ އަވަހަށް ގެންނަން ޖެހެނީ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ 1978 އިން 2018 ވަނަ އަހަރަށް ހަތަރު ވެރިއަކުު ވެރިކަން ކޮށްފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރާއި ހަމައަށް ދަރަނި ހުރީ 56 ބިލިއަން ރުފިޔާގައި ކަމަށާއި ވެރިކަންތަކުގައި ހިންގި މަޝްރޫތައް ފެންނަން ހުރި ކަމަށް ވިދާޅުވިއެވެ.

" ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 120 މިލިއަން ރުފިޔާގެ ލޯނު ވަނީ ނަގާފައި. ގައުމަށް ދަރަނި އަރުވާލާފައި ކުރި އެއްވެސް ކަމެއް ނެތް އިރުގައި ވަޒީރުން ވެސް ހަދަނީ ދޮގު. މިއަދު ދިވެހި ގައުމުގެ ހާލަތުގެ އިނގޭ. ނަގާ ދަރަންނާއި މުއްދަތާއި ޓާމްސްއާ އެނގޭ." ޝުޖާއު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ހުރިހާ ކަމަކަށް ވެސް ކޮވިޑްގެ ބަހަނާ ދައްކަމުން ދިޔަކަން ފާހަގަކުރައްވަމުން ޝަޖާއު ވިދާޅުވީ އެ ހާލަތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންނާށް މޫނުގައި އަޅާނެ މާސްކެއްގެ ހިސާބު ވެސް ނުދެވުނު ކަމަށެވެ. ނަމަވެސް އޭރުގައި ޕީޕީއެމްގެ ސަރުކާރަށް ނުލިބޭ ވަރަށް ހިލޭ ފައިސާ ހޯދިކަމަށް ކުރީގެ ސަރުކާރުން ބުނާ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް ފޮތް ރަނގަޅަށް ބެލިއިރު މުޅި ދައުލަތް ވަނީ ކައި ހުސްކޮށްލާފައި ކަމަށް ވިދާޅުވިއެވެ. އަދި އެ ފަރާތްތަކުން ވެރިކަމުން ފޭބީ ގައުމު ލޫޓްވާލާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިވެހި ރައްޔިތުން

    ހެހެ ކަލޭވެސްތީ ވަގެއް.

    12
    2
  2. ސަރީ

    ފައިސާ ޗާޕު ކުރުމަކާއި އަދި ބޭރުން ނެގި ޑޮލަރު ލޯނުތަކާއި ގުޅުމެއް ނެތް. ފައިސާ ކިތަންމެ ޗާޕުކުރިޔަސް ނުކުރިޔަސް ޑޮލަރު ބޭނުންވަރަށް ނުލިބެންޏާ ދަރަނި ނުދެއްކޭނެ. ރާއްޖެއަކީ ނެޓް އިމްޕޯޓާއެއް ރާއްޖެއަށް މަހަކު 72 މިލިޔަން ޑޮލަރު ބޭނުންވޭ. ވީމާ ޓޫރިޒަމަށް އެކަނި ބަރޯސާވެގެން ތިބެ ޑޮލަރު ލޯނު ނެގީމާ އެ ދެއްކޭނީ ޑޮލަރު ވަދެގެން. ފައިސާ ޗާޕުކުރިޔަސް ޑޮލަރުވަންނަންޏާ މައްސަލައެއް ނުޖެހޭނެ. ޕީއެންސީ ސަރުކާތަށް އަދި މިހާތަނަށް އެންމެ ލޯލާރިއެއްވެސް ޑޮލަރުން އެހީގެ ގޮތުގައި ނުގެނެވުނު. އެކަން ހައްލު ނުކުރެވުނުތާގަ ރާއްޖެއިން ބިން ބޭރުމީހަކަށް ލިބެގޮތަށް އަދި މި މާލި ދަތިކަމުގައި ކޮންމެހެން ހިންގަން ނުޖެހޭ އާމްދަނީ ނުވަންނަ އެތަކެއް މަޝްރޫއެއް ބަޖެޓުގައި ހިމެނީ. މިއީ ދުރު ނުވިސްނޭ ސަރުކާރެެއް ކަމުގެ ހެކި.

    14
    1
  3. ސޭކު

    ކަލޭމެން އައިސް ދެން ހުރި އެތިކޮޅުވެސް ލޫޓުވާލީ!

    14
    1
  4. ކަށިކެޔޮ އާދަނު

    ހަޑިކުދިންއުޅޭގޮތަށްނުއުޅެ ހަރުދަނާވެބަލަ. ތިހާކަންނެތްވާކަށްނުވާނެ!! ވެރިކަންހޯދަންއުޅުނުއިރު ތިޔަހުރިހާބަހަނާއެއް ދައްކާނެކަންއެނގޭ!!

    14
    1
  5. މޮޔަސޮރު

    ތެދެއް ވާނީ ތެދަކަށް ، ބަޅައް އޮތަސް !

    4
    10
  6. ހުސޭނު

    ދެން ތިޔައީ ތެދެއްނަމަ ދައުވާ ކުރަންވީނުން ސުޖާއު

  7. މަޗާ

    މިހާރު އަޑު އަހަންބޭނުމެއް ނުން. 5 އަހަރު ގެ ދިރާސާ އަށްފަހު ކޮންމެ ބަޔަކު ވެރި ކަމާ ހަވާލު ވަނީ. ދެން ކިޔަނީ އަނެއް ސަރުކާރޭ. އަހަރުމެން ބުނެގެނެއް ނުން ސަރު ކާރާ ހަވާލުވީ.ވީމާމެންގެ ޒިންމާ އެއް ގައުމު ހަމައަކަށް އެޅުވުން ނުވާނެ ހެން ހީވާ ނަމަ ޔާމިނާ ހަވާލު ކުރޭ. އޭރުން މާގިނަ ވާހަކައެއްއ ނުދައްކާނެ.

    10
  8. ޝިފާ

    މޑޕ އިން ސަރުކާރު ހުސްކޮއްފަ ދިޔައީ .
    ދެން ކަލޭމެން އަރާ ތިކުރިހާ ހަރަދެއްތިކުރީ ކޮންތާކު ހުރި ލާރިތަކަކުން.

    ލޯނެއްނުނަގާ
    ފައިސާ ޗާޕެއް ނުކޮށް
    ގައިމު ލާރިހުރީމަތާ ތި ހުރިހާ ބޭކާރު ހަރަދު ތައް ތި ކޮށްލީ

    14
    2
  9. ހޫރައިން

    ސާބަހޭ ޝުޖާއު. އަޅެ ލަދެއްވެސް ނުގަނޭތަ ތި ސަރުކާރުގެ މީހުން މިހާ އަވަށް ދައުލަތް ކަހާލައިގެން ފިލިއިރުވެސް އެމްޑީޕީ އޭ ދެން ހުރި އެއްޗެކޭ ގޮވާކަށް. ކަލޭގެ އެކައުންޓްތަކުގެ ތަފްސީލުވެސް ދީބަލަ ރައްޔިތުންނަށް. ކޮންމެ ކަމަކަށް ހަވާ އެރުވިއިރު ދައުލަތުގައި ލާރި ނެތްކަން ނޭނގުނުތަ. ޤައުމީ ފެންވަރުގައާއި ރަށު ފެންވަރުގައި ކައުންސިލްތަކާއި ގުޅިގެން އީދު ފާހަގަކޮށް ނާޗަރަންގީ ކުޅުނުއިރު ދައުލަތުގައި ލާރި ނެތް ކަން ނޭނގުނީ ކަލޭގެ ހުރި ނާގާބިލު ކަމުންނެއްނުން