ބޮލިފުށި ކައިރިން ބަންޑުންޖަހާލި ޓަގް - ފޮޓޯ: އެމްއެންޑީއެފް

ބޮލިފުށި އައިލޭންޑް ރިސޯޓް ކައިރިއަށް ޓަގެއް ބަންޑުންޖަހާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ރިސޯޓް ކައިރިއަށް ބަންޑުންޖަހާލީ، "ލިއޯ ކޮމާންޑަރ" ނަމަކަށް ކިޔާ ޓަގެއް ކަމަށާއި، ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 15:00 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން މިހާރު ކޯސްޓްގާޑުގެ ސިފައިން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދާއިރު، ޓަގު ބަނޑުންޖަހާލި ވަގުތު އެއިން 7 މީހަކު ދަތުރުކުރި ކަމަށާއި، އޭގެތެރެއިން އެކަކަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ ހިނގީ ބޮލިފުށި ކައިރިން ހިއްކަމުންދިޔަ ސަރަޙައްދުގެ ފަސްގަނޑުގައި ޖެހިގެން ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުން މިހާރު މި ހާދިސާ ތަހުޤީޤުކުރަމުންދާއިރު، ހާދިސާގައި އަނިޔާވި މީހާ މިހާރު ވަނީ މާލެއަށް ގެނެސްފައެވެ.

މި ހާދިސާ ހިނގި ވަގުތު ޓަގުގައި ތިބީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. އޭގެތެރެއިން އަނިޔާވެގެން ފަރުވާދެމުން ދަނީ ބިދޭސީއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއީކި އެހާބޮޑު މައްސަލައެއްނޫން..

  2. މިނިސްޓަރު

    އެޗް އާރު ހިންގަން ހަވާލުވެގެން ހުންނަ ގައިނީކޮލޮޖިސްޓް ޝާހިދު ކަހަލަ މީހުންގެ ފަރުވާކުޑަކަމުން ތިކަހަލަ ކަންތައް ހިނގަން މެދުވެރި ވަނީ..