އިއްޔެ ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަންކަން ގެނެސްދިނުމަށް "ވަގުތު" އިން ކުރިއަށްގެންދާ ލައިވް ކަވަރޭޖަށް މަރުޙަބާ!

08:12

މުލީއާގެއިން ނެރެގެން ގެންދިޔައި ދޮންނަ މެޝިނާއި، ބަދިގޭ ސާމާނު ފަދަ ހިފާގެންގުޅޭ ތަކެތި.

00:38

މިއަދު ހަވީރުން ފެށިގެން މާލޭގެ މަގުމަތި ހަނލަބޮލިވެފައި ވީނަމަވެސް މިހާރު އޮތީ އަމާންކޮށް.

00:10

މުލީއާގެ ގަރާޖް ސަރަހައްދު ދޫކޮށް ފުލުހުން ވެސް ހިނގައްޖެ. އެސަރަހައްދުގައި މިހާރު އާންމުން ވެސް ނެތް.

23:56

ޤާނޫނީ ވަކީލް މައުމޫން ހަމީދު: ރެޖިސްޓްރާ ވިދާޅުވީ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި ކަމަށް ބަންދާއި މެދު ގޮތެއް ނިންމި ނަމަވެސް އެބޭފުޅުން ޙުކުމެއްގައި ތިއްބެވުމުން ބަންދަށް ބަދަލެއް ނާންނާނެ ކަމަށް.

23:54

ޤާނޫނީ ވަކީލް މައުމޫން ހަމީދު: ރައީސް މައުމޫނާއި ފާރިސް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް މިއަދު ހާޒިރު ކުރީ މިނިވަންކުރުމާއި މެދު ގޮތެއް ނިންމާކަށް ނޫން. އެއީ ޙުކުމް ކުރުމުގެ ކުރިން އަޅުގަނޑުމެން އެބޭފުޅުންގެ ބަންދާއި މެދު ގޮތެއް ނިންމަން އެދުމުން. އެކަމާއި މެދު ގޮތެއް ނުނިންމުމުން ހިތާމަ ކުރަން.

23:52

ނަދީމް: މިރެއަކީ އުފާވެރި ރެއެއް. ނަމަވެސް އުފާވެރިކަމަށް ވަނީ ހިޔަނި އެޅިފައި. އެއީ ރައީސް މައުމޫނާއި ފާރިސް އަނބުރާ ޖަލަށް ގެންދިއުމުން. އުއްމީދު ކުރަނީ މިއަނިޔާވެރިކަން އެއްކޮށް ނިމުން. އިބޫ އާއި ފައިސަލަށް މަރުޙަބާ ދަންނަވަން. އަދި އެކަމުގައި ހަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

23:50

ރައީސް މައުމޫންގެ ދަނބިދަރިކަލުން ނަދީމް ކްރިމިނަލް ކޯޓުން ނިކުމެ ވަޑައިގެންފި. އޭނާ ނިކުމެ ވަޑައިގަތުމާއި އެކު ރައީސް މައުމޫންގެ ސަޕޯޓަރުން ވަނީ އޭނާ އުރާލާފައި.

23:39

އިލްހާމް: ރައްޔިތުންނާއި ހަތަރު ލީޑަރުން ކުރި މަސައްކަތުން އަޅުގަނޑުމެންނަށް މިއުފާވެރިކަން ލިބުނީ. ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ. ދޫނިދޫ ގޮޅީގައި ހޫނު ގަދަކަމުން ފާހާނާތެރެއަށް ފެން އަޅައިގެން ތިބީ. ޔާމީނާއި ޑީލް ހެދެން އޮތް. ޔާމީން ކުރި ކުށަކަށް އަބަދު ދޭން ޖެހޭނެ.

23:34

ކުރީގެ މެންބަރު ސިނާނާއި އިލްހާމް ކޯޓުން ނިކުމެ ވަޑައިގެންފި. އެބޭފުޅުން ގެންދަވަނީ އާއިލާ ބޭފުޅުންނާއި، ސަޕޯޓަރުންނާއި ބައްދަލު ކުރައްވަމުން.

23:26

މުލީއާގެ އިން ނެރުނު އެއްޗެހީގެ ތެރޭގައި ޤާނޫނާއި ހިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވެއްޖެ. މުއާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓްގެ ނަތީޖާ އާއި އެއްގޮތައް ވެރިކަން ހަވާލު ކުރެއްވުމުގެ މިމަރުހަލާގައި މުލީއާގެ އިން ގެންދާ ބައެއް ތަކެއްޗަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންފުޅު ކުރައްވާ ތަކެތި ކަމަށް. އޭގެތެރޭގައި ޤާނޫނާއި ހިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި ފަތުރަކީ ދޮގު ޚަބަރު ކަމަށް އޭނާ ވިދާޅުވި.

23:10

ވެހިކަލްގައި ތިއްބެވީ ކޮން ބޭފުޅުންނެއް ކަމެއް އަދި ކަށަވަރެއް ނުވޭ. ނަމަވެސް ވެހިކަލްތައް ކައިރީ ރައީސް މައުމޫންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެބަތިއްބެވި.

23:07

ޝަރީޢަތް ކުރިއަށް ނުގެންދިޔަ ބޭފުޅުން އަނބުރާ ޖަލަށް ގެންދަން ނިންމާފައި ވާތީ ގިނަ އަދަދެއްގެ ބަޔަކު ތިން ނަމްބަރު ޖެޓީ ކައިރިއަށް ޖަމާވެއްޖެ. ބަންދުން ދޫކޮށްނުލާ ބޭފުޅުން ތިއްބެވި ވެހިކަލްތައް މިހާރު ވަނީ އެސަރަހައްދަށް ގޮސްފައި.

22:58

ކްރިމިނަލް ކޯޓު ކައިރި
ކްރިމިނަލް ކޯޓު ކައިރި

22:57

22:49

ހުރިހާ ބޭފުޅުން ވެސް ބަންދުން ދޫކޮށްލީ އެބޭފުޅުން ބަންދުން ދޫކޮށްލުމާއި މެދު އިއުތިރާޒެއް ނެތް ކަމަށް ފުލުހުން ސިޓީއަކުން ކްރިމިނަލް ކޯޓަށް އަންގަވާފައި ވާތީ.

22:41

ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެފައިވާ މީހުން ދަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލަމުން. ކޯޓު ކައިރިން މީހުން ދުރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކޮންމެވެސް ވަރަކަށް ކުރަމުން.

22:37

22:35

22:31

22:22

ޝީލްޑް ޖަހާ ގަރާޖް ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި.

22:18

އެސްއޯ ފުލުހުން ރަޔަޓް ގިއަރުގައި ގަރާޖު ކައިރިއަށް އައިސް އެއްވި މީހުންތައް އެ ސަރަހައްދުން ފޮނުވައިލަން ފަށައިފި.

22:07

މުލީއާގެ ތެރެއިން ދެ ޕިކަޕެއްގައި އެއްޗެހި ތަކެއް ނެރެގެން، ލިލީމަގުގައި ހުންނަ މުލީއާގޭގެ ގަރާޖަށް ވެއްދުމުން އެސަރަހައްދަށް ބަޔަކު އެއްވެ ދަނީ އަޑުއުފުލަމުން. އެއްވެފައިވާ މީހުން ޑިމާންޑު ކުރަނީ ގަރާޖުތެރެއަށް ވެއްދި ސާމާނުތައް މީޑިއާ އަށް ދެއްކުމަށް. ފުލުހުން ވިދާޅުވެފައި ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލުން ގަރާޖު ކައިރިއަށް ދިއުމުން އާންމު މީޑިއާތަކަށް ޕިކަޕްގައި ގެންދިޔަ ސާމާނުތައް ދައްކާނެ ކަމަށް.

21:52

ކްރިމިނަލް ކޯޓު ކައިރީއަށް އިދިކޮޅު ފަރާތްތައް އެއްވެފައި - ވަގުތު އިމޭޖަސް: އަހުމަދު އަލީ

21:39

ހައްޔަރުކޮށްފައިވާ ބައެއް ސިޔާސީ ބޭފުޅުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައި ވާއިރު، އެ ސަރަޙައްދުގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު މިއަދު ހަވިރުން ފެށިގެން ދަނީ ހަރަކާތްތެރިވަމުން. ފުލުހުން ވެސް އެ ސަރަޙައްދުގައި ފޯރިމަރަމުންދޭ. އިތުރު ފުލުހުންތަކެއް މިހާރު ވަނީ ކްރިމިނަލް ކޯޓު ކައިރިއަށް އައިސްފައި.

21:00

20:50

20:02

ކްރިމިނަލް ކޯޓު ސަރަޙައްދުގައި ފުލުހުން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

20:02

ކްރިމިނަލް ކޯޓު ސަރަޙައްދުގައި ގިނަ ބަޔަކު އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

20:01

ކްރިމިނަލް ކޯޓު ސަރަޙައްދުގައި ގިނަ ބަޔަކު އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

20:00

ކްރިމިނަލް ކޯޓު ސަރަޙައްދުގައި ގިނަ ބަޔަކު އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

20:00

19:59

ކްރިމިނަލް ކޯޓު ސަރަޙައްދުގައި ގިނަ ބަޔަކު އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

19:58

19:56

ކްރިމިނަލް ކޯޓު ސަރަޙައްދުގައި ގިނަ ބަޔަކު އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

19:53

އަޑުއެހުންތަކަށް ކޯޓަށް ގެންގޮސްފައިވާ ހުރިހާ ބޭފުޅުން ކޯޓު ތެރޭގައި މިވަގުތު ތިއްބެވިއިރު، އަދި އަޑުއެހުންތައް ނުފަށާ ކަމަށް، ޤާނޫނީ ވަކީލް އަދި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ. މިރޭގެ އަޑުއެހުންތައް ފަށާނެ ސީދާ ވަގުތެއް އަދި ނޭނގޭ.

19:50

ރައީސް މައުމުންގެ އަނބިކަނބަލުންނާއި ދަރިކަލުން ޔުމްނާ މައުމޫން، ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެންފި.

19:45

މާދަމާ މެންދުރުފަހު 1:00 އަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ ބަންދުގެ މުއްދަތާއި ގުޅޭގޮތުން ބާއްވާ އަޑުއެހުމެއް އޮންނާނެ ކަމަށް މަޢުލޫމާތު ލިބޭ.

19:35

ޖުމްލަ 9 ބޭފުޅަކު ކްރިމިނަލް ކޯޓަށް ހާޒިރުވެފައިވާ ކަމަށް މަޢުލޫމާތު ލިބޭ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން، ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް، މައްޗަން ގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން، ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބޭ. މީގެ ތެރެއިން އަބްދުﷲ ރިޔާޒް މިހާރު ވަނީ މިނިވަންކޮށްފައި

19:22

ކްރިމިނަލް ކޯޓު ސަރަޙައްދުގައި އިދިކޮޅަށް ތާޢީދުކުރާ ފަރާތްތައް އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

19:21

ކްރިމިނަލް ކޯޓު ސަރަޙައްދުގައި އިދިކޮޅަށް ތާޢީދުކުރާ ފަރާތްތައް އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

19:12

ހައްޔަރުކޮށްފައި ތިބި ސިޔާސީ ބައެއް ބޭފުޅުން މާލެ ގެނެސް ކްރިމިނަލް ކޯޓަށް ވައްދައިފި. ފުލުހުންގެ ވެހިކަލްތަކުގައި އެ ބޭފުޅުން ކޯޓަށް ވެއްދި ވަގުތު އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ބަޔަކު ތިބި.

19:03

ކުރީގެ ރައީސް މައުމޫނާއި މެންބަރު ސިނާން އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ދާދި ދެންމެއަކު މާލެ ގެނެސްފި.

18:57

ގްރީން ޒޯން ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ޖުމްހޫރީ މައިޒާން ސަރަހައްދަކީ މީހުން އެއްވެ އުޅެން މަނާ ސަރަހައްދެއް ނަމަވެސް، މިރޭ އެތަނަށް އެއްވެފައި ތިބި މީހުން ފަހަތަށް ޖެއްސުމަށް ނުވަތަ އެ ސަރަޙައްދުން ފޮނުވާލުމަށް ފުލުހުން މަސައްކަތެއް ނުކުރޭ.

18:56

ޖުމްހޫރީ މައިޒާން ސަރަޙައްދަށް ގިނަ ބަޔަކު ޖަމާވެފައި - ފޮޓޯ: މީސްމީޑިއާ

18:56

ޖުމްހޫރީ މައިޒާން ސަރަޙައްދަށް ގިނަ ބަޔަކު ޖަމާވެފައި - ފޮޓޯ: މީސްމީޑިއާ

18:55

ޖުމްހޫރީ މައިޒާން ސަރަޙައްދަށް ގިނަ ބަޔަކު ޖަމާވެފައި - ފޮޓޯ: މީސްމީޑިއާ

18:49

ކްރިމިނަލް ކޯޓު ހުރި ސަރަޙައްދުގެ ހުރިހާ މަގެއް މިހާރު ވަނީ ބަންދުކޮށްފައި. ކުރިން ބަންދުކޮށްފައި އޮތީ އެންމެ މަގެއް. މިހާރު ގިނަ ޢަދަދެއްގެ ބަޔަކު ޖުމްހޫރީ މައިޒާން ސަރަޙައްދުގައި އެއްވެ އެބަތިބި.

18:40

ޝަރީއަތުގެ އަޑުއެހުމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހީމް ވަދެވަޑައިގެންފި. ކްރިމިނަލް ކޯޓުގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ދަނބިދަރިކަލުން އަހުމަދު ނަދީމްވެސް ވަނީ ކޯޓަށް ހާޒިރުކޮށްފައި. އެ ތިން ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ހައިކޯޓާއި ކްރިމިނަލް ކޯޓަށް މައްސަލަ އެ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މިއަދު ހުށަހަޅާފައިވޭ.

18:20

ރިޔާޒަށް ޖަލު ހުކުމް އިއްވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ބައެއް ފުލުހުންނާ ސުވާލުކޮށް، މުއާމަލާތްކުރި މައްސަލާގައި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން އޭނާ ބަންދުކޮށްފައި ހުއްޓައި. އޭގެ އިތުރުން ރިޔާޒުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއެއް ވެސް އުފުލާފައި.

18:20

ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިނިވަންކޮށްފައި ވާއިރު، ފުލުހުންގެ ތަހުގީގެއްގައި ރިޔާޒުގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަމަށް ރިޔާޒް ދެކޮޅު ހެދި މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެ ރިޔާޒު ހަތަރު މަހާއި 24 ދުވަހަކަށް ޖަލަށްލާން ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރިލް މަހުގައި. ނަމަވެސް އެ ހުކުމް ތަންފީޒު ކުރެއްވުމުން ވެސް ރިޔާޒު މިނިވަން ކޮށްފައެއް ނުވޭ.

18:12

ފޮނަދޫގައި އިދިކޮޅަސް ތާއީދުކުރާ ފަރާތްތަކުން އުފާ ފާޅުކުރަނީ

18:10

ކްރިމިނަލް ކޯޓު ކައިރީގައި އިދިކޮޅު ބައެއް ފަރާތްތައް ހަރަކަތްތެރިވަނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

18:09

18:09

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން ދޫކޮށްލައިފި.

18:01

17:57

މައުމޫން ރީޕޯމް މޫވްމަންޓުން މާލޭގައި ކުރިއަށްގެންދާ ސައިކަލްބުރު

17:56

މައުމޫން ރީޕޯމް މޫވްމަންޓުން މާލޭގައި ކުރިއަށްގެންދާ ސައިކަލްބުރު

17:55

އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވެސް ދަނީ އުފާ ފާޅުކުރުމަށް މާލޭގައި ވަކިން ސައިކަލް ބުރެއް ބާއްވަމުން. އެމްއާރުއެމްގެ ޓީޝާޓު ލައިގެން ތިބި މީހުން ބާއްވާ ސައިކަލްބުރުގައި ދިހަ ވަރަކަށް ސައިކަލް ބައިވެރިވޭ.

މައުމޫން ރީޕޯމް މޫވްމަންޓުން މާލޭގައި ކުރިއަށްގެންދާ ސައިކަލްބުރު

17:53

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ ދިދަ ހިފައިގެން ތިބެ ކުރިއަށްގެންދާ ހަރަކާތެއްގައި އެތައް ސަތޭކަ މީހުން ދަނީ ބައިވެރިވަމުން. މީގެ އިތުރުން ބޮޑުތަކުރުފާނު މަހުގައި ވެސް ޒުވާނުންތަކެއް އެމްޑީޕީ ދިދައާއި އެކު ސައިކަލްގައި އުފާ ފާޅުކުރަމުންދޭ.

17:51

އިދިކޮޅު ފަރާތްތަކުން މިހާރު ހުޅުމާލޭގައި ބާއްވަމުންދާ ސައިކަލްބުރުގައި 40 ވަރަކަށް ސައިކަލް ބައިވެރިވަމުންދޭ.

ހުޅުމާލޭގައި އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކުން ސައިކަލް ބުރެއް ކުރިއަށްގެންދަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

17:50

ހުޅުމާލޭގައި އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކުން ސައިކަލް ބުރެއް ކުރިއަށްގެންދަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

17:49

ހުޅުމާލޭގައި އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކުން ސައިކަލް ބުރެއް ކުރިއަށްގެންދަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

17:46

މިއަދު ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރާ ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ސީޕީ އަހުމަދު އަރީފްގެ އިތުރުން ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވާ.

17:42

ކްރިމިނަލް ކޯޓު ހުންނަ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ޢާންމުން ޖަމާވެފައި - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

17:41

ހައްޔަރުކޮށްފައި ތިބި ބައެއް ސިޔާސީ އިސް ބޭފުޅުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާއިރު، މިހާރު އެބޭފުޅުން ތިބީ ލޯންޗުގައި ކަމަށާއި، 30 ވަރަކަށް މިނެޓު ތެރޭގައި މާލެއަށް އެބޭފުޅުން ގެނެވޭނެ ކަމަށް މަޢުލޫމާތު ލިބޭ.

17:34

ޝުކުރު އަދާކުރުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމުގައި ބައެއް ސަޕޯޓަރުން ހިތާމަ ފާޅުކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

17:31

އިންތިޚާބަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ޕީޕީއެމްގެ ފަރާތުން ވަނީ، އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރާ ޙާލުގައި، އިދިކޮޅު ސަރުކާރެއްގައި ވެސް ޤައުމަށް ކޮށްދެވެން ހުރި ޚިދުމަތްތައް ކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދީފައި. އަދި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނަމޫނާ ދައްކާނެކަމަށް ޕީޕީއެމުން ބުނޭ.

ޝުކުރު އަދާކުރުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމުގައި ބައެއް ސަޕޯޓަރުން ހިތާމަ ފާޅުކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

17:29

ހަތަރު ޕާޓީ ގުޅިގެން ހަދާފައިވާ އިދިކޮޅު އިއްތިހާދުން ޕީޕީއެމްގެ މައްޗަށް ކުރި ހޯދިނަމަވެސް، ހިއްވަރު އެލުވައިނުލުމަށާއި ކެތްތެރިވުމަށް ޕާޓީގެ އިސް ފަރާތްތަކުން ވަނީ އެ ޕާޓީގެ މެމްބަރުންނަށް އިލްތިމާސްކޮށްފައި.

ޝުކުރު އަދާކުރުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމުގައި ބައެއް ސަޕޯޓަރުން ހިތާމަ ފާޅުކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

 

17:25

ޕީޕީއެމްގެ ޝުކުރު އަދާކުރުމުގެ ބައްދަލުވުން ނިންމާލާފައިވާއިރު، ބައްދަލުވުން ކުރިއަށްދިޔަ ހުލުމާލޭ ޕީޕީއެމް އޮފީހުގައި އަދިވެސް ގިނަ ޢަދަދެއްގެ ބަޔަކު އެބަތިބި. ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ، ހިތާމަ ފާޅުކުރަމުންދިޔަ މީހުނަށް ހިއްވަރު ދީފައި. ގިނަ ބަޔަކަށް މި ބައްދަލުވުން ސިފަވެގެން ގޮސްފައި ވަނީ، 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގަތުމުން ބޭއްވި ޝުކުރު އަދާކުރުމުގެ ބައްދަލުވުމާއި ދާދި އެއްގޮތަށް.

ޝުކުރު އަދާކުރުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމުގައި ބައެއް ސަޕޯޓަރުން ހިތާމަ ފާޅުކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

17:18

އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން އެފަރާތްތަކުން އުފާ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ހުޅުމާލޭގައި ޕީޕީއެމުން ޝުކުރު އަދާކުރުމަށް އެ ޕާޓީގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ގިނަ ޢަދަދެއްގެ ބަޔަކު ހިތާމަ ފާޅުކުރަމުންދިޔަ. އެގޮތުން އެތައް ބަޔަކު އޮފީސް ތެރޭގައި ރޮމުންދިޔައިރު، އޭގެތެރޭގައި ގިނަ ޢަދަދެއްގެ އުމުރުން ދުވަސްވީ މީހުން ހިމެނޭ.

ޝުކުރު އަދާކުރުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމުގައި ބައެއް ސަޕޯޓަރުން ހިތާމަ ފާޅުކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

17:13

ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ ކެމްޕޭނު އޮފީހުގައި ޝުކުރު އަދާކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ދާދިދެންމެއަކު ބާއްވައިފި. ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި އެ ބައްދަލުވުމުގައި، ޕާޓީގެ އެއްވެސް މެމްބަރަކު ހަމަނުޖެހުމަކަށް ފުރުސަތު ނުދެއްވުމަށް ޕާޓީގެ ފަރާތުން ވަނީ އެދިފައި.

17:11

ޖަލުގައި ތިބި އިއިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާތި ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ކޯޓު ހުންނަ ސަރަޙައްދަށް ޖަމާވަމުން. މިއަދު ކޯޓަށް ހާޒިރުކުރާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހިމެނިވަޑައިގަންނަވާ.

ކްރިމިނަލް ކޯޓު ހުންނަ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ޢާންމުން ޖަމާވެފައި - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

17:05

17:05

17:05

17:04

17:04

17:04

17:04

17:04

17:04

17:03

12:45

12:36

ރައީސް ޔާމީން: ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނަށް ބޭނުންވާ ކަންތައްތައް ކުރިން. އިސް ރަށްވެހިންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނިން. މިސަރަހައްދުން ލިބޭނެ އެންމެ ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި މަސައްކަތް ﷲ ގެ ރަހުމަތާއި އެކު އެވަނީ ނިންމާފައި.

12:35

ރައީސް ޔާމީން: ރާއްޖޭގެ މައްސަލަތައް ވަރަށް ގިނަ. ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އޮތީ ނުކުރެވި. ރައްޔިތުންގެ ބޭނުންވާ ގިނަ ކަންކަން ހައްލު ކޮށްދިނުމުން ރައްޔިތުން އެކަން ބަލައި ގަންނާނެ ކަމަށް އަޅުގަނޑަށް އޮތީ ގަބޫލު ކުރެވިފައި. އަސާސީ ޚިދުމަތްތައް ރަށްރަށުން ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރިން.

12:33

ރައީސް: އަޅުގަނޑު މަސައްކަތް ކުރީ ގައުމު އާރާސްތު ކުރަން. އެންމެ ފުރަތަމަ މަސައްކަތް ކުރީ ޤާނޫނު ތަންފީޒު ކުރަން. އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް އައީ ނޫނެކޭ ބުނަމުން. އިސްތިއުމާރީ ބާރުތަކުގެ ނުފޫޒު އަޔަ ނުދިނުމަށް މަސައްކަތް ކުރިން. އެކަމުގެ ހިތްހަމަޖެހުން އަޅުގަނޑުގެ އެބައޮތް.

12:32

ރައީސް ޔާމީންގެ ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި.

11:57

11:38

11:28

ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ ޤާނޫނީ ހަމަތައް ބަޔާންކޮށް 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 06 ވަނަ ދުވަހު ފާސްކުރި ޤާނޫނަކަށް 2010 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލު ކުރަމުން. އެޤާނޫނުގެ މުހިންމު ބައިތައް ތިރީގައި އެވަނީ.

ޤާނޫނުގެ ދަށުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން
ޤާނޫނުގެ ދަށުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން

އިއްޔެގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުން ވަނީ، ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކުރި ހޯދާފައި. އެއާއިއެކު ރެއިން ފެށިގެން އިދިކޮޅު ފަރާތްތަކަށް ތާޢީދުކުރާ ފަރާތްތަކުން އުފާފާޅުކުރުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް ގެންދަމުން.

އިއްޔެގެ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު އިއްތިހާދުން މި ރިޔާސީ ރޭހަށް ނެރުނު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު އަށް ވަނީ 134،616 ވޯޓް ލިބިވަޑައިގެންފައި. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓު. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައިވަނީ، ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން.

މި އިންތިޚާބުގައި އިދިކޮޅު އިއްތިހާދަށް ކުރި ލިބުމާއި ގުޅިގެން މިއަދު ރައީސް ޔާމީން ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވަނީ، އެފަރާތްތަކަށް މަރުޙަބާ ދަންނަވާފައި. އަދި ދިވެހި ރައްޔިތުންގެ ނިންމުން ޤަބޫލުފުޅުކުރައްވާ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރޮކް

    ރީތި ގޮތަކީ ޔާމީނު ފޯނުން ގުޅާފައި މަރުހަބާ ކިޔުމަށްފަހު ރައީސް އޮފީހަށް ޒިޔާރަތް ކުރަން ދަޢުވަތު ދިނުމުން އެކަން ގަބޫލުކޮށް އިބޫ ރައީސް އޮފީހަށް ދިއުން. ނުގުޅާ މީހަކު ލައްވާ ގުޅުވާފައި ބޯއި ކުރާ ގޮތަށް ދައުވަތު ދޭނެ ކަމެއް ނެތް.

  2. ކިޔުންތެރިއެއް.

    އުފާވެރި. ރީތި މިސާލެއް. އަމާން އޮމާންކޮށް މި ބަދަލުގެ ކަންކަން ކުރިއަށް ގެންދަމާ!

  3. ހަބޭސް

    ދެން ރައިސްއޮފީހުންނުކުމެ ބުނޭ ރައިސް ބުނެފިޔެ އަވަހަށް އިސްތިއުފާދޭށެ މަބުނީމޭ ނުދޭނަމޭ އެއިރުން ރަޢިއްޔަތުން ކަލެއަށް ކުރާ ސަޕޯރޓް ވވ ބޮޑުތަނުން އިތުރުވަނެ ދޮގުހަދައިގެން ވިއަސް ގައުމު ހަލަބޮލި ކުރެވޭތޯ ބަލާތި

  4. ދިވެހި ކުއްޖާ

    ކިހިނެއް ބާ ވާން މިއުޅެނީ؟؟

    އަޕްޑޭޓް ކުރައްވާ.............. ވެއިޓިން.....

  5. ވާނުވާ

    އިބޫ، ސަމާލުވެލައްވާތި، މަކަރާ ހީލަތުން ފިއްލަވަން މަސައްކަތްޕުޅު ކުރައްވާނެ، ޤައުމުން ބޭރުވާން ފުރުސަތު ނުދެއްވާތި

    • ހޭބަލިވޭ

      ބޭނުން ތަނަކަށް ދާނީ ބަލަހައްޓާގެން ތިބެންޖެހޭނީ

    • ާސައިލެންޓް މެޖޯރިޓީ

      ފިއްލަވައިގެން ދެވިދާނެ 13 އަހަރުގެ ހުކުމެއް ކޮށްފަ ޖަލުގަ ބޭއްވިޔަސް ކުއްލިޔަކަށް މައިބަދަ އަށް ގޮތެއް ވެގެން ލޮލުގެ ފެނުމަށް ބަދަލު އައުން މީހުސް ފިއްލެވޭނެ ގޮތްތަށް ހައްތަހާވެސް

  6. ފަޖުރުތަރި

    ރޔާމީންގެ ތިހިއްވަރަށް އައްސަރިބަހާ ސާބަސްދެން... މަނިކުފާނައްޓަކައި ފަހުރުވެރިވާ ބަޔަކު މިގައުމުގަ އެބަތިބި.. މަނިކުފާނުދެކެ ލޯބިވާ ބަޔަކުއެބަތިބި.. މަނިކުފާނު އެކަންޏެ ނުވާނެ.. މިއީ ކުޑަހިނދުކޮޅެ.. މިވަގުތު ކަންތަތިކުރަނީ އެއްމެރަގަޅަށް ފަތިހުގެ ފިނިވައިރޯޅި ޖެހެނީ ދަންވަރުގެ ކަޅުއަދިރި ކަމުންއައި ރޯޅިން.. ވީމާ ކެތްތެރި ކަމާއެކުމަނިކުފާނު ހިކުމަތްތެރި ތިނިންމުމަށްަރުހަބާކިޔަން. މިއީ ވަގުތީ ހިތިކަމެ. ދިވެހި ދިދަ މަނިކުފާނަށް އާދޭސް ކުރާވަގުތު ލައްބައިކައޭ ވިދާޅުވާތި.. އެދުވަސް ލަހެއްނޫން..

    • އހްމަދު

      ރޔާމީންގެ ތިހިއްވަރަށް އައްސަރިބަހާ ސާބަސްދެން... މަނިކުފާނައްޓަކައި ފަހުރުވެރިވާ ބަޔަކު މިގައުމުގަ އެބަތިބި.. މަނިކުފާނުދެކެ ލޯބިވާ ބަޔަކުއެބަތިބި.. މަނިކުފާނު އެކަންޏެ ނުވާނެ.. މިއީ ކުޑަހިނދުކޮޅެ.. މިވަގުތު ކަންތަތިކުރަނީ އެއްމެރަގަޅަށް ފަތިހުގެ ފިނިވައިރޯޅި ޖެހެނީ ދަންވަރުގެ ކަޅުއަދިރި ކަމުންއައި ރޯޅިން.. ވީމާ ކެތްތެރި ކަމާއެކުމަނިކުފާނު ހިކުމަތްތެރި ތިނިންމުމަށްަރުހަބާކިޔަން. މިއީ ވަގުތީ ހިތިކަމެ. ދިވެހި ދިދަ މަނިކުފާނަށް އާދޭސް ކުރާވަގުތު ލައްބައިކައޭ ވިދާޅުވާތި.. އެދުވަސް ލަހެއްނޫން.

  7. ތަމަ

    ލޮބްވެތި ރަޢީސް ޔާމީނަށްޓކާ ފަހުރުވެރިވަން

  8. ނިހާނު

    ޙެހހެ ރައްޔިތުން ލޮލުގަ ޢަދުން

  9. ޢަލީ

    ޔާމީން ނުހޮުވުނީތީ ދެރަވަން، ޤައުމަށްޓަކައި އެމަނިކުފާނުކުރެއްވި މަސައްކަތް ޤައުމަށް ޣައްދާރުވެގެން ތިބި ބައެއްގެ އަވައިގައި ޖެހިގެން ބަޔަކުމީހުން އެވަނީ އެމަނިކުފާނަށް ނޫނެކޭ ބުނެފަ. އެބައިމީހުން ފަހުން ހިތާމަކުރާނެކަން ޔަޤީން، ހިއްވަރުފުޅު ދެރަނުކުރައްވާތި، އަޅުގަނޑުމެން މިތިބީ މަނިކުފާނާއެކީ، 2023 އިންޝާﷲ

  10. ދިވެއްސެއް

    ދިވެހިންގެ ގިނަ މީހުން ހޭ އަރާނީ ކަންތައްތައް ގޯހުން ގޯހަށް ދިޔައިމާ. ދެން ފެންނާނީ އެމް.ޑީ.ޕީ ތެރޭގައި ވެރިކަމާ ކޯޅޭތަން. ރައްޔިތުންނަށް ޓަކައި ރައީސް ޔާމީން ކޮށްދެއްވި މަސައްކަތްޕުޅު ތަކަށް ޝުކުރުވެރިވަން. ތިޔަ ދައްކަވާ ހިތްވަރަށް ސާބަސް. ދިވެހި ރާއްޖެއަށް އަބަދު ވެސް ހެޔޮ ގޮތް މިންވަރު ކުރައްވާށި! އާމީން

  11. އިބޫ އިޒް ކަވާއިބޫ

    އޯކޭ ބާއީ ޔާމީން

  12. ދަވޭ

    ރާއްޖޭގެ އިގްތިސާދު ފުނޑެން ދެން އެމެން ކުރާނީ މަގުމަތީގެ މުޒާހަރާއާއި ބަދަލު ހިފުމޭ އެކަން ކޮށް ނިމޭއިރު ޑޮލަރެއްގެ އަގު އޮންނާނީ 1000 ރުފިޔާ ގައޭ މިގައުމު ދެން ބަދަލުވާނީ ދެވަނަ ޔަމަން އަށޭ އެމަގުންނޭ މިހާރު ކަންކަން މިހިނގަނީ މިއުޅެނީ އެއީ ގައުމެއް ހިންގަން ނޫނޭ އެމްޑީޕީން އެމްޑީޕީން މިއުޅެނީ މިލީޝާ އެއް ހިންގަން ކަމަށޭ ލަފާ ކުރެވެނީ އިބޫ ޖެހޭނީ މިކަމުގައި ޒިންމާ ނަގައިގެން ގައުމު ހަމަ މަގުން ގެންދަން އަދި ވޯޓް ގަނެގެން ހޮވުނު ނަމަވެސް ރަސްމީ ގޮތުން ހަވާލުވާ ޒިންމާ އެއީ ބަރީއަ ވެވޭނެ އެއްޗެއް ނޫނޭ...

  13. ޢަލިތަކުރު

    ވަގުތު ނޫސް އައްގޮވާލަން. އެއަރޕޯރޓް ޖީއެމްއާރ އަށް ދޭން ފެނޭތޯ ނޫންތޯ ރައްޔިތުން މެދުގަ ޕޯލް އެއް ނެގުމަށް. އަދި އިންޑިއާ ސިފައިން ރާއްޖޭގަ ތިބުމާ ނުތިބުމާ ދޭތެރޭ ރައްޔިތުން ދެކޭގޮތެއް ވެސް ޕޯލްއެއްގެ ޒަރީއާ އިން އެންގަދިނުމަށް.

  14. ކުރާތި

    އިބޫ ދަންނަން ޖެހޭނެއޭ ރައީސް މައުމޫނު އަދި ސްޕްރީމް ކޯޓުގެ ކުރީ ގާޒީން ދޫކޮށްފިނަމަ ގާސިމް ބާރުގަދަ ވާނެ ކަން. އެކަކު ވެސް ދޫކުރާނެ ކަމެއް ނެތް ކެނެރީގެ ނަށީދު ވެސް ބަހައްޓާ އަދި ގާސިމް ވެސް ބަހައްޓާ އަދި ޖަމީލު ވެސް ބަހައްޓާ އެމެން ގެނެސްފިނަމަ އެމެން އެންމެން ގުޅިގެން އިބޫގެ ވެރިކަން ވައްޓާލާނެއޭ އިބޫ އަށް ވެރިކަން ކުރެވޭނީ މިގޮތަށް ކަން ހަނދާން ކުރާތި..

  15. އެބަޖެހޭ

    ރިޔާސީ އިންތިޚާބަށް ފަހު ކަޑައްތު ކުރަމުން މިދާ ރާއްޖޭގައި ހިނގަމުން ދާ ކަންކަމަކީ އެއީ މުޅިން ވެސް ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން ކުރާ ކަންކަމޭ އެކަން ޕްރޮމޯޓް ކުރުމުގައި އެންމެ އިސް ކޮށް އުޅެނީ މިހާރު ނޫހާއި އަވަސް ނޫހޭ ހަމަ އެކަނި ގައުމު ދެކެ ލޯބިން ވަކި ފަރާތަކަށް ނުޖެހި ސަރުކާރުން ކުރާ ރަނގަޅު ކަންކަން އަބަދުވެސް ގެނެސް ދެނީ ވަގުތު ނޫހޭ އެކަމަކު ޕީޕީއެމްގެ ލީޑަރޝިޕް އާއި ސަރުކާރުން ޕީޕީއެމް ބާރުގައި އޮވެމެ ވަގުތު ނޫހާއި އަޅާލާ ވަގުތު ނޫސް މެދުވެރިކޮށް ސަރުކާރު ޕްރޮމޯޓް ކުރަން މަސައްކަތް ނުކުރާ ކަން އެއީ ފާހަގަ ކުރަން ޖެހޭ ކަމެކޭ އަދި ވެސް ފުރުސަތު އެބައޮތް ޕީޕީއެމް ގެ ނޫހަކީ އެއީ ވަގުތު ކަމަށް ހަދައިގެން ވަގުތަށް ފައިނޭންޝަލް އެސިސްޓެންސް ދީގެން ޕީޕީއެމް ސަރުކާރުން މިހާރު ވެސް ހިންގާ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވާދީ ޕީޕީއެމް އަށް ވޯޓް ލީ 80 ހާސް ރައްޔިތުން ޕީޕީއެމް ދޫކޮށް ނުދާނެ ގޮތް ހަދަން އެބަޖެހޭ ޕީޕީއެމް އިން.