އަދިވެސް ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނޮވެމްބަރ 17 އާއި ހަމައަށް ވެރިކަމުގައި ދެމި ހުންނަވާނަން ކަމަށެވެ.

ރައީސް ވިދާޅުވީ "މިމުއްދަތުގެ ތެރޭގައި ދިވެހިރާއްޖެ އަނެއްކާވެސް ބަދަލު ވެގެން ދާނީ އެހެން ޒައާމަތަކަށް މަރުޙަބާ ކިޔަން. އެކަމުގައި އެއްވެސް ކަހަލަ ފުށުއަރާކަމެއް. އެއްވެސް ކަހަލަ އުނދަގޫޫ ކަމެއް ރައްޔިތުން އެއްވެސް ބަޔަކު އަނެއް ބަޔަކަށް މެދުވެރި ނުކުރެއްވުމަކީ އަޅުގަނޑުގެ އިލްތިމާސެއް." ކަމަށެވެ.

ރައީސް ވިދާޅުވީ ދެން ވެސް ކުރާނީ ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތް ކަމަށާއި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ދިވެހި ރައްޔިތުންގެ އަތްޕުޅު މަތީގައި އޮތް ކަމެއް ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑުމެން ކުރާނީ ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ދިވެހި ރައްޔިތުންގެ އަތްޕުޅު މަތީގައި އޮތް ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރަށްވުރެ ފާހަގަތިކޮށް ކަންކަން ފަހިވެގެން ދިޔަ ފަސް އަހަރެއް ތަފާސްހިސާބަކުން ނުދައްކާ ކަމަށެވެ. ދިވެހިރާއްޖެ މިއޮތީ އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ވަރަށް ކުރިއަށް ޖެހިލާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ޞާލިހް އާއި އޭނާގެ ޓީމުގެ ފަރާތުން ވެސް އެދިވަޑައިގަންނަވަނީ މިކުރި މަސައްކަތް ބާރަށް ކޮށްދެއްވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން ވަނީ އިންތިޚާބުގައި ވޯޓް ލާފައެވެ. ނަމަވެސް މިއީ މިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ ދަށް އަދަދެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިިބިފައިވާ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ވޯޓް ލިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233877 މީހުންނެވެ. ބާތިލް ވޯޓްގެ އަދަދަކި 3129 އެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހޭނީ އިންތިޚާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރުވާނެ ފަދަ އެއްވެސް ޝަކުވާއެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

67 ކޮމެންޓް

  1. ޞިޔާން

    އިންޝާއަﷲ ، ފައިސާއަށް ނަފްސުވިއްކާލާ އަމިއްލަ ބުއްދިޔާ ދެކޮޅަށް ވޯޓްލީ ދިވެހިން ލޮލުން ކަރުނަ އަޅާ ދުވަސް ދުރެއްނޫނެވެ.

    • މުސްލިމް

      އަހަރެންވެސް ރައީސް ޔާމީނަށް ތާޢިދު. އެއީ ދީނާ ގައުމުގެ ދިފާޢުގައި އެ ގެންގުޅުއްވި ޕޮލިސީގެ ސަބަބުން. އެކަމަކު ތިބުނާ ދުވަސް ނުފެނި އެންމެންނަށް ހެޔޮ ވިސްނޭނެ ދުވަހަކަށް އުއްމީދުކުރަން. ދޯންޏެއްގެ ތިރީގައިތިބޭ ބަޔަކު ޣަރަޤުވުމަށް އެދެންޏާ އެދޯނިވެސް ފެތޭނެ. އެންމެން ޣަރަޤުވާނެ. އޭރުން ކާމިޔާބުވާނީ ހަމަ ދީނާ ގައުމުގެ ޢަދުއްވުންނަށް. ދެންވެސް އެންމެން ދީނުގައި ސާބިތުވެ ކެތްތެރިވެ ބައިބައި ނުވުމަށް ނަސޭހަތްތެރިވަން.

  2. ޑޯންވޮނާ

    މަމެން ޕިންކީން ޖެހޭނެއޭ މަމެން މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނެ ކަމަށް ވައުދު ވި ހުރިހާ މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަން އެއިރުން ދެން އެމެން ރަންރީނދުލޭ މެން ވެރިކަމަށް އައި ނަމަވެސް މަމެން ޕިންކީން ނަށް ފްލެޓްސް ތައް ދޭން ޖެހޭނެ ނޫންތޭ ނުދީފިނަމަ ކޯޓް މެދުވެރިކޮށް ނަމަވެސް ފްލެޓްސް ތައް ހޯދޭނެ ނޫންތޭ ޕިންކީން ނަށް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް...

  3. ޢަބްދުﷲ

    ރަނގަޅު ރައީސް ޔާމީނު. ތީ ގަޓުހުރި ރައީސެއް. އަހަރުމެން ސިޔާސީނޫން ދީނީ މީހުން ދީނާއި ގައުމުގެ ދިފާޢުގައި މަނިކުފާނާއެކު ވާނަން، މަނިކުފާނު ތިހުރި ގޮތުގަ ހުންނެވިހާ ހިނދަކު. ﷲ ތަޢާލާ ދެނެވޮޑިގެންވާނެ. ދެން އިދިކޮޅު މީހުން މިހާރު 'ދީނީ' މީހުންނޭ ކިޔައިގެން މަނިކުފާނުގެ ސަޕޯޓަރުންގެ މެދުގަ ފިތުނަ އުފައްދަން އެބައުޅޭ. ސަމާލުވެ ލައްވާތި. މާތް ﷲ މި ގައުމު ދީނުގެ ޢަދުއްވުންގެ ކިބައިން ސަލާމަތްކުރައްވާނދޭވެ. އަދި އެންމެހާ ދިވެހީންނަށް ހިދާޔަތް ދެއްވާނދޭވެ. އާމީން. އާމީން.

  4. ޒޫ

    ސބަސް ރައީސް ޔާމިން

  5. ހަވަތި

    މިހާރުދެން އަހަރެމެން ޔާމީނެއް ބޭނުމެއްނޫން. ލައްކައަނިޔާ އަޅުގަނޑުމެން ތަހައްމަލުކޮށްފިން. ވެރިކަން ލިބުމުން ރައްޔަތުންގެ ލޯބި ހޯދަން ނޭގުނު ވެރިއެއް ތިއީ.

    • އިބޫ

      ކޮން އަނިޔާއެއްތަ ކުރީ؟ ބުނެދީބަލަ ނިކަން. މ.ޑ.ޕ އިން ޕްރޮގްރާމުކޮށްފަ ފޮނުވީމަ އަނިޔާއޭ އަނިޔާއޭ ލިޔުނަކަސް އަދި ނުވާނެ. ޖަސްޓިފައި ކޮށްދީބަލަ. ބޮޑެތި ބައެއް މީހުން ޖަލަށްލވިފަ އެހުރީ އެކިއެކި ސަބަބުތަކާ. ރާއްޖޭގަ ރައްޔިތުންގެ ލޯބިނުލިބި ވެރިކަމުން އިސްތިއުފާ ދިނީ ހަމައެކަނި ކެނެރީގޭ ނަޝީދު. ދެނޯ!

  6. ވިއުސް

    އަދިވެސް ރައްޔިތުންގެ ޚިދްމަތުގައި މަމެންގެ ރައީސް ހުންނެވި ކަމަށް މަމެންނަށް ގަބޫލުކުރެވޭނީ މަމެންގެ ވެރިކަމުގައި މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުުރުމުންނޭ މަމެން އުއްމީދު ކުރަމޭ މިކަން ފުރިހަމަ ވެގެން ދާނެ ކަމަށް.

  7. ރަބަރު

    ވަގަކަށް ހާސްދުވަސް ވެރިޔަކަށް 1 ދުވަސް
    މިހާރުދެން ބޭނުމެއް ނޫން. އައުވާނުން ބުނެގެން ކުށެއްނެތް އެތައްބަޔަކަށް އަނިޔާ ދިނުމުން ވާންވީގޮތް ތިވީ. ދެން ކަލޭ ޖަލުގެ ކުޑަގޮޅިއަށް ދާންޖެހޭނީ.

    • ހމމ

      ކުށެއް ނެތް ކާކު ޖަލުގަ ހުރީ؟ ނަޝީދު: އަސްލު މާނައިގެ ޓެރަރިސްޓަކަށްވީމަ. މައުމޫނު:ސަރުކާރު ވައްޓާލަން އުޅުނީމަ އިމްރާނު: ސަރުކާރު ވައްޓާލަން އުޅުނީމަ. އަދީބު: ބޮންގޮއްވައިގެން އަދި ފައިސާއަށް ޚިޔާނާތް، ނާޒިމު: ބަޑި މައްސަލަ (އަދީބު ކުރުވިހެން ހީވަނީ)، ދެން ބޮޑުންގެ ބައެއްގެ ހައްގުގަ ކަލޭމެންނަށް ތި ކުރެވުނު ކަންކަމުގެ ހިތި އަދި ފެންނާނެ. މާޒީގެ މާދުރު ނޫން އިރެއްގައި ގައުމު ބަނގުރޫޓުވެގެނޭ ކިޔާފަ ބޭރުގެ ސަމިޓަކަށް ނުގޮސް އުކުޅުޖެއްސި ރައީސެއްވެސް ދިޔަ.

  8. ރަފީފް

    ދެން އޮތީ މަޖްލިސް! އިރާދަކުރެއްވިއްޔާ އަޣްލަބިއްޔަތާއެކު ކާމިޔާބުވާނެ!

  9. ޖަމީލް އުސްމާން

    ބިރު ދެއްކުމާއި ރިިސްވަތްދިނުމާއި މަސްތުވާތަކެތި ދިނުމާއި އެއްވެސް ފައިދާނެތް

    • Anonymous

      ބަލާނަމޭ ތިބުނި ކަންކަން ނުހުރޭތޯ އިބޫގެ ސަރުކާރުގަ.

  10. ބަކަރި ރައޫފު

    ޑެސިމޭޓެޑް

    • ތުއްތު

      ނޮޓް ރިއަލީ. ލޫޒް ސަމް ވިން ސަމް.ދަ ފައިޓް ފޯރ ދަ އިންޑިޕެންޑެންސް އޮފް ފޮރިން ޕޮލިސީ އިޒް ނޮޓް އޯވާރ.

  11. ވީލަވްޔޫ ރައީސް

    އަޅުގަޑުމެން އިންތިޒާރު އެބަކުރަމު މަނިކުފާނުގެ ހިދުމަތަށް.. ޝުކުރިއްޔާ ރޔާމީން އަޅުގަޑުމެން ރައްޔިތުންނަ ތަރައްގީ ދަސްކޮއްދީފަ.. ހަމަވަރަށް ހިތްދަތި ވަގުތުކޮޅެމިއައީ އެހެންނަމަވެސް. މަނިކުފާނުގެ ހިއްވަރަށް ސާބަސް.. ދެގޮތެނުވެ މަނިކުފާނަށް ތާއިދުކޮށް މިގޮތުގަ ދެމިތިބޭނަން.. މިގުތު ބުނެވޭނީ އަޅުގަޑުމެން ވަރަށް ލޯބިވެޔޭ މަނިކުފާނުދެކެ.. އެބަތިބީމޭ މަނިކުފާނުގެ ފަހަތުގަ.

  12. ޖައްސާތި

    އަދިވެސް ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނާނަން ކަމަށް މަމެންގެ ރައީސް ވިދާޅުވާނަމަ މަމެން އުއްމީދު ކުރަމޭ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމަށް މިހާރު އިއުލާން ކޮށްފައިވާތީވެ ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ 18 ހާސް މީހުންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަމަށް އެއިރުން ދެން ޔަގީން ތާ މަމެންގެ ވެރިކަމުގައި ވި ވައުދު ފުއްދުނީ ކަން.

  13. ބަލާތި

    މިރާއްޖެ އަކީ އެއީ ވޯޓް ލާމީހުން ފައިސާ އަށް ވޯޓް ވިއްކާ ގައުމެއް ކަން އަދި ޕީޕީއެމް އަށް ވެސް އަދި ސަރުކާރަށް ވެސް ނޭނގި އޮތުން އެއީ މީގައި މިފަހަރު ރިޔާސީ އިންތިޚާބުގައި މިހާ ބޮޑު ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ކަމަކީ އެނޫން ނަމަ މަމެންނަށް ޔަގީން މަމެން ޕިންކީން މޮޅުވާނެ ކަން ފައިސާ ބެހިތަން މިއޮތީ ދައްކާފައި.

  14. ގަމާރު

    އައްޗި. ދެން ފުރުޞަތު އޮތީ ކުޑަ ގޮޅީގަ. ފާރިސް ގެންގޮސް ޖަލަށްލާފަ އެހުރި މަގޭ އަމުރަކަށް ނޫން. ސްޕްރީމްކޯޓް ފުރާޅު ޓިނު ނެގީ މަގޭ އަމުރަކަށް ނޫން. އުއްތަމަ ފަޑިޔާރު ދަމާ ކޫއްތާފާ ނެރުނީ މަގޭ އަމުރަކަށް ނޫން. މީ ކުޑަގޮޅި ހުޅުވަން ޖެހޭ ގޮތަކީ. ތައްޔާރުވޭ.

    • ސޭޓު

      ފާރިސް ގޮސް ޖަލަށް ލިޔެއްކަމަކު އަހަރުމެން އާންމުންނަށް ކީތް؟ ބޮޑުންގެ ހައްގުގަ އަހަރުމެންގެ ގައުމުގެ ތަރައްޤީ ގުރުބާންކޮށްލީ.

      • ޙަބިމް323

        ކީއްކުރާނީ ބައެއް ގަމާރު މީހުންގެ ވިސްނުން އަދިވެސް ހުންނަގޮތް ދެންނެތީ އެހެންބަޔަކް ޖަލުގަވެސް އަދި ހައްގްވެސް ބެނުންވަނި އެއްޒަތްތެރީންނަށް

    • Anonymous

      ރައީސް ޔާމީން ޖަލަކަށް ނުލެވޭނެ. ވާނެކަމެއްނޫން. ކަލޭމެން ތިކުރި ނުބައިކަމަކުން މިގައުމު ހަލާކުކޮށްލަނެ ޝަހީދުމެން އަންނާނެ.

  15. ކޮބާ އިންސާފު

    ބުރިޖް ލިބިއްޖެ. ފުލެޓުތައް ބައިވަރު ލިބިއްޖެ. ރިންގް ރޯޑް ލިބިއްޖެ. 25 ބުރީގެ އިމާރާތް ލިބިއްޖެ. އާ ރަންވޭ ލިބިއްޖެ. ރާއްޖެ ތެރޭ އެޅި އެއާޕޯރޓްތައް ލިބިއްޖެ. އަދިވެސް ބައިވަރު... އެކަމަކު އިންސާފެއް ނުލިބުނު... އިންސާފެއް ނުލިބުނު... އިންސާފެއް ނުލިބުނު..

  16. މަހަށްދޭބަލަ

    މަމެން ތިބޭނަން ބަލަން ތަމެން ހަޑިގިއްލާ މެން ރައީސް އޮފީހަށް ވަދެ ކަނޑުފައްތާ ފިލްމް ކުޅެން ފައިސާ ގަނޑު މަޅާލާއިރު ބަލަން ވަރަށް ރީއްޗަށް އިނގޭތޭ ތަމެން މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

    • ކަލޯ އައްޕަ

      މާރީތި ބަހުރުވައިން ކޮމެންޓް ކުރައިރު މިހިރަ ގަމާރާ، ކަލެޔަކަށް ނޭނގޭނތަ ކަލޭމެންނަށް ކުޑަގޮޅި ތައޔަރު ކުރަން އަހަރެމެން ފެށިކަމެއް. އަހަރމެންނަށް ދެއްކި އަހުވަ އެޔަށްވުރެ ހިތިކޮށް ތިޔަ މީހުންގެ އަރުތެރޭގައ ލައްވާލާނަން. ބަލަްނތިބޭ މާގިނަ ދުވަހެއް ނެތް އިގޭ. އިބޫ ހުވާ ކުރާރޭ ތިޔަ ހުރިހާ ޕިންކީންގ ކިބައިން ރާއްޖެ ސަލާމްކުރާނަން. ކުރާނީ ހަމަމިބުނި ގޮތަށް. ބަލަންތިބޭ

      • ޕާޓީ

        ހި ހި ހި.... ހަމަ ބުއްދި ހަމަ ނުޖެހޭ ބައެއް

      • ހޭބަލި

        މިހާރުވެސް ކަލޭމެންގެ އެޖެންޑާތައް ފަޅާއަރަނީ. ތީ ދޯ އިންސާފޭ ގޮވަގޮވާފަ ކުރާކަމަކީ. ދެން ހިނގާބަލަމާ ވާހަކަ ދައްކައިގެން ހައްލުކުރާތަން ނަމޫނާއިން ދައްކާތޯބަލަން. ކަލޭމެންގެ އަވާގައި ޖެހި ރައްޔިތުން ގައުމުގެ ތަރައްޤީއާއި މިނިވަންކަން އެނަގާލީ ކުއްވެރި ސިޔާސީ ލީޑަރުންތަކެއްގެ ޙައްޤުގަ.

  17. ޢަހްމަދު ޝިފާޒު

    މަރުޙަބާ ރައީސް ޔާމީން . ޢަަޅުގަނޑުމެން މިތިބީ މަނިކުފާނާއި އެކު.

  18. ފިރުޓޭ

    ބުނަން އަހަރުމެން ނުތިބޭނަން ބަލަހައްޓައިގެނެން، ދެން ޤައުމީ ޚިދްމަތް ތިމާ ދޭތަން ބަލާކަށް! ފައިވް އިޔަރސް އިސް މޯ ދޭން އިނަފް! ސްޕެންޑް މޯ ޓައިމް ވިތް ޔޯ ކިޑްސް އެންޑް ފެމިލީ، އިފް ޔޫ އެވަރ ގެޓް ސްޕޭސް އާފްޓަރ ސްޕެންޑިން ޓައިމް ބިހައިންޑް ބާސް!

    • ކަރަންފޫ

      އަހަރުމެންވެސް ނުތިބޭނަން ހިމޭނުން. ތި މަސްހުނި ކޯލިޝަން ރޫޅެންދެން އިންތިޒާރުކުރާނަން. ލަހެއް ފަހެއް ނުވެ ކަލޭމެންގެ މަކަރުވެރި އެޖެންޑާ ފަޅާއަރައި ރައްޔިތުން ފޫހިވާން ފަށާނެ. އިފް އެނީތިންގ ޔޫ ޝުޑް ނޯ ދެޓް ވޯޓާރޒް އާރ ބޯރޑް އީޒިލީ..

  19. އަލީމްދޯ

    ޝުކްރީއްޔާ މަނިކްފާން ކޮށްދެއްވި މަސައްކަތަށް އަޅުގަނޑު ވޯޓް ދިނިން މަނިކުފާނަށް . ހިއްވަރށް ސާބަސްދެން. އަޅުދގަނޑުމެންނަކީ އިދިކޮޅާ ހަސަދަވާނޭބައެއްނޫން.

  20. ހަލީމް

    އިންޑިޔާގައި 30 މިލިޔަނަށް ރަންގޮޑި ވިކުނުވާހަކަ އަޑުއެހިން؟

  21. ފަޚުރު

    ތިޔަަައީ ހިއްވަރު ގަދަ ކެއިއްތެރި ވެރިޔެއް

  22. ޒަމް

    އަޅުގަނޑު ވޯޓް ދިނީ ރ.ޔާމީނަށް. ވަރަށް ދެރަވޭ ނުހޮވުނީމަ. ހިތްވަރު ކޮށްފަ ރައްޔިތުންގެ މަޖުލީސްގެ އަގުލަބިއްތު ލިބޭތޯ އުޅެންވީ.

  23. ލަމް

    ޢައްސަރި ބަހާ ސާބަސް ރައިސް ޔާމިން
    ތިގޮތުގާ ކުރިއަށް ގެންދަވާ ނޮޅިވަރަމް ދާއިރާޔައް މަޖުލިސް މެމްބަރަކައް ކުރިމަތި ލެއްވުން އެދެން
    ޢަޅުގަނޑުމެން އާއިލާ ރައިސް ޔާމީނާ އެކު

  24. ރައީސްއަށް ތާއީދު

    ރ ޔާމީން ގެނެސްދިން ތަރައްގީއަށް ވަރަށް ބޮޑަށް ޝުކުރު...ދެން އަޅުގަނޑުމެންނަށް ވައުދު ކރެއްވި ފްލެޓްތައް މި މަސްތެރޭ ދެއްވާނެކަމަށް އުއްމީދުކުރަން. ޔޫ އާ ދަ ބެސްޓް އެހެން ރައީސްއަކަށް ތާއީދެއް ނެތް

  25. ހިތްވަރު

    ރައީސް ޔާމީނުގެ ހިތްވަރަށް އައްސަރިބަހޭ ސާބަސް ދަންނަވަން. އެކަނިމާއެކަނި ތިޔަ ހޯއްދެެއްވި ނަތީޖާއަށް ފަށްފަށުން ޝުކުރު ދަންނަވަން. ދުވަސް ކޮޅަކުން މަނިކުފާނާ ދެކޮޅަށް ވޯޓްދިން މީހުންގެ ކަރުތެރެއިން ހިތިރަހަ ލާންފެށުމުން ސަހަރޯއޭ ހިތައް އަރާނެ.. ސްރީލަންކާއަށް ވީހެން މިވީ.. ތަރައްޤީ އެއްކޮށް ހުއްޓުނީ.. ގައުމުގެ އިޤްތިޞާދު ފުންވަޅުގަނޑަކަށް ވެއްޓުނީ ދެން ކިޔާނެ ކަމެއް ނެތް!!!!!!!!!! މާދަމާ އިންތިޚާބެއް ބޭއްވިއަސް މަނިކުފާނު ކުރިމަތި ލައްވައިފިނަމަ، މަނިކުފާނު އޮވޭނެ ކަމީ މެންދު އިރު ފެންނަ ފަދައިން ޔަޤީން ކަމެއް....

  26. އަހުމަދު2154

    އަޅު ހާދަ ދުއާއެއް ކުރީމޭ މަނިކުފާނު ހޮވޭތޯ ވވވ ދެރަވި. ވީގޮތްހެޔޮގޮތް ކަމަށް ބަލައިގެން ޝްކުރުކޮށްގެންމިހުރީ

  27. ތިބޭތި

    ތަމެން ބަލަން ތިބެއްޗޭ ތަމެން ވެރިކަމާއި ހަވާލުވާތާ ފުރަތަމަ ތިން މަސް ދުވަސްތެރޭގައި ރާއްޖޭގައި ކުރާ ފޮރިންގް އިންވެސްޓްމެންޓްސް ތައް ހުއްޓުމަކަށް އައިސް ރާއްޖޭގެ ޑޮލަރ ބާސްކެޓް އަޑިއަޅާލާ ރާއްޖޭގައި ޑޮލަރު ލިބުން ތާށިވެ ރާއްޖޭގައި ޑޮލަރެއްގެ އަގު އަރާނެ ފުރަތަމަ ވެސް 25 ރުފިޔާ އަށް ދެން ތަމެންގެ ވެރިކަމުގެ ފުރަތަމަ 1 އަހަރުގައި ޑޮލަރެއްގެ އަގު އަރާނެ 50 ރުފިޔާ އަށް އިބޫ ރާއްޖޭން ބޭރަށް އަހަރަކު ކުރާނެ މަދުވެގެން 24 ދަތުރު ނަތީޖާ އަކީ...

  28. ނުރަބޯ

    ލިބެމުން ދިޔަ ތަރައްގީ އާއި ތަނަވަސް ކަމާ ފާގަތި ކަމުގައި ކޮޅުފައިންޖަހާ، އެއްވެސް ޔަގީންކަމެއް ނެތް ބަޔަކަށް ތާއީދުކުރެވުނުމޮޔަ ލަސްތަކެއްނުވެ ހިތައްއަރާނެ.

    • ދެން ލަލަލާކިޔާ

      ތެދެއް. އެކަމަކު އެއީ ޔަގީންކަމެއް ނެތް ބައެއް ނޫން. އެމީހުންގެ ޔަގީން ކަމަކީ ލަހެއްފަހެއްނުވެ އެމީހުންގެ ބޭރުގެ ބާރުތައް ރުއްސަން ތެޅޭނެކަން. އެއީ ދީނާއި ގައުމު ކިހާ ވަރަކަށް ވިއަކާފަކަމެއް ޔަގީންނޫނީ.

  29. ނަން

    ޔާމީނަށް އައްސަރިބަހާ ސާބަސް. މި ފަސް އަހަރުގަ ތިޔަ ކޮށްދެއްވި ކަނއްތައްތަކަށް ހެޔޮ ހިތުން ޝުކުރު އަދާކުރަން. ލަވް ޔޫ

  30. ސަލީމް

    50*5000 = 2.5 އެހެންނޫންތޯ؟ ހިތި ފނެްނާނެ. ކަރުނަ އަލާނެ.

  31. މަރިީ

    ބިރުބޮޑު

  32. އިބްރާހިމް

    ސަލާމް. ރައީސް ޔާމީން އަވަހައް އިބޫ އާއި ވެރިކަމުގެ އެންމެހާ ބާރުތަށް ހަވާލު ކުރައްވާށެވެ. މިޔަދު މަނިކްފާނާ އިދުކޮޅައް ވޯޓުލީ އެންމެން މާދަމާ މަނިކްފާނާ އެއްކޮޅައް އަރާނެއެވެ. އެދުވަހައް މަނިކްފާނު ތައްޔާރުވެ ލައްވާށެވެ.

  33. ސަލީމް

    މިހާ ހިސާބަށް އެގިފަ ވާގޮތުން އިލެކްޝަން ކޮމިޝަނަރ ގެ ގެއަށް ރޭކުރައްވަން ރައީސް ވަޑަައެއް ނުގަންނަވާ. އަދި އެއްވެސް ސަފީރެއްގެ ނުފޫޒު އިލެކްޝަން ކޮމިޝަނަކަށް ނުފޯރާ. މީ އަމިއްލަ ވެރިކަމެއްގެ އުފަލަކީ. މަރުހބާ ރައީސް ޔާމީން.

    • ކާފަ

      ތި ބުނީ ރަނގަޅަށް. އަމިއްލަ ވެރިކަމެއްގެ ފޮނިކަން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ފެނިއްޖެ. އުއްމީދުކުރަން މިކަމުން ޒުވާން ޖީލު ޢިބުރަތް ހާސިލުކުރާނެކަމަށް. ޝުކުރިއްޔާ ރައީސް ޔާމީން.

  34. ބޭބެ

    ގޯހެއްނޫން!! އެކަނިމާ އެކަނި 96100 ވޯޓް ލިބުމަކީ ހަމަ ކާމިޔާބެއް!! އިބޫ މައުމޫނު އިމްރާން އަދި ގާސިމް މިހަތަރު ބޭފުޅުންނާއި ބޭރުގެ ނުފޫޒުގަދަ މީހުންގެ މަދަދާއެކު ކުރި މަސައްކަތުން ލިބުނު ވޯޓް ކޮޅު ބަހާލީމަ މީހަކަށް 20000 ވޯޓްވެސް ނުލިބޭ!! ކޯޅޭޝަނަށް ލިބުނު ކާމިޔާބަށް މަރުޙަބާ!! ގައުމާ ދީނަށްޓަކައި ކުރިއަށް ވަޑައިގަންނަވާ!! ރައިސް ޔާމީނަށް ހިތްވަރުދެން!! ފަސް އަހަރު ގައުމަށް ގެނަސްދެއްވި ފާގަތިކަމާ ކުރިއެރުމަށް ޝުކުރު ދަންނަވަން!!!!

  35. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ދައްލާދެއްގެ ގޮތުގައި މީސްމީހުންގެ ފަހަތުން ދުއްރައެއް ހިފައިގެން ދުވުމަކީ، ނަތީޖާ ވިހަވުމުގެ މައިގަނޑު ސަބަބެވެ. ޔަޢުނީ، ވާހަކަދައްކައިގެން އެއްވެސްކަމެއް ޙައްލުކުރުމަށް މަސައްކަތް ނުކުރުމުގެ ނަތީޖާ މިހާރު މިވަނީ އަރައި ހަމަކޮށްފައެވެ. އަރިހުގައި އުޅުއްވާ ބޭފުޅުންގެ ޤާނޫނީ މާނަކުރުމުން ލިބިފައިވާ ގެއްލުންތައް ގުނައި ޢަދަދުކޮށްލާށެވެ.

    • ނޫނޭ

      ދީނާ ގައުމުގެ ޚާއިނުންނަކާ ވާހަކަ ދައްކައިގެން ޙައްލުކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ! ރައީސް ޔާމީނު އެގޮތުގަހުރިހައި ދުވަހަކު ލަހެއްފަހެއް ނުވެ އަދި ކާމިޔާބު ލިބޭނެ ... އިން ޝާ ﷲ. އަދި މިނިމުނީއަކީ ނޫން. ކަލޭމެން ބޮޑުންގެ ޙައްޤުގަ ތިގަތްގަނޑު އަދި އާންމު ރައްޔިތުންނަށް ފެންނާނެ ދުވަސް އަންނާނެ.!! ސަމާލުވާތި.

  36. ާއަލީ

    މަމެންގެ ރައީސް އަކީ ޔާމިން މިތިބީ ބަލަން ވާނުވާ ވީ އާރ މިތު ޔާމިން

  37. ހުސޭނު

    ގައުމަތް ރަގަޅަކައް، އަންނަން އޮތްޖީލުތަކައް ކަންތައް ކޮއްދިނީމަ އަމިއްލަ އެދުމައިގެން ސުކުރުވެރި ނުވި ދިވެހިންތަކެއް. އިންތިހާބުގެ ކުރިން އިދިކޮޅުގަތިބެގެން ދެއްކި ކޮރަޕްސަނޭ، އިސްރާފޭ އަނިޔާއޭ ކިޔައިގެން އަދި އެކަމުގަ ދަލުގަދިވެހިން ޖައްސައިފި. ދެންބަލަން ބޭނުންވަނީ ރ.ޔާމިންގެ މައްޗައް ކުރިތުހުމަތުތައް އިންސާފުވެރިކަމާއެކީ ދެފުއްފެންނަގޮތައް އަލައްއަން ސަރުކާރާ ހަވާލުވާމީހުންނައް ސާބިތު ކުރެވޭނެތޯ. ކުރިއައްއޮތް 5 އަހަރު ރައްޔިތުންގެ ތަރައްގީއައް ކަންތައްނުކޮއްދީ ކޯލިސަނޭ، ދަރަންޔޭ ކިޔައިގެން ފުއްދާލަން ނުހަދާތި.

  38. އިއްބެ

    އަޅުގަނޑު ރައީސް ޔާމީނަށް ވަރަށް ތާއީދު ކުރަން. މަނިކުފާނު ތިގޮތުގައި ހުންނެވިހާ ހިނދަކު އިރާދަފުޅު ކުރެއްވިއްޔާ އެކުގައި ވާނަން. ތިވަރުގެ ޤާބިލު ވެރިޔެއް އަޅުގަނޑު އަދި ރާއްޖެއަކުން ނުދެކެން. އެކަނި ހޯއްދެވި ވޯޓް ވަރަށް ގިނަ.

  39. ޯދޮގެއްތަ؟

    ސާބަހޭ ތީ މި ގައުމު ފަޚުރުވެރިވާ ރައީސެއް. ތިވަރު ރައީސެއް ދިވެހިން މިހާތަނަށް ދެކިފަ ނުވޭ.

  40. ފައި

    ރައީސް ޔާމީނު ފަދަ އިޚްލާޞްތެރި ވެރިއަކު މި ރާއްޖޭގައި އަދި ވެރިކަމެއް ނުކުރެއެވެ. މިފަދަ ވެރިޔަކަށް ވޯޓް ނުދެވުނު ދެރަ ދިވެހިން ދެކޭނެކަން ކަށަވަރެވެ.

  41. ޜަށުމީހާ

    އިންޝާއަﷲ ، ފައިސާއަށް ނަފްސުވިއްކާލާ އަމިއްލަ ބުއްދިޔާ ދެކޮޅަށް ވޯޓްލީ ދިވެހިން ލޮލުން ކަރުނަ އަޅާ ދުވަސް ދުރެއްނޫނެވެ.???

  42. ވގ

    ކެތެއްނުވާނެ ކޯޓައްދަމަންފެށީމަކާ ދޮންކެޔޮވަރައްއަވަހައްފީވާނެ ޓިނު ނުލާހިކުއަވަހައްދޮންވާނެ

  43. ކެރޭ އަބްދުﷲ

    ރައީސް ޔާމީން ތިމަގޭ ރައީސަކީ. ރައީސް ޔާމީން އެކު އަބަދުވެސް މަހުނާނީ. އަހަރެން އެދުން މަޖިލިސް ކާމިޔާބު ކުރުމައް މަސަކައް ކުރުމައް.

  44. ކޮށްދީދެން

    ޢަދި ވެސް ޚިދްމަތުގައި ދެމި ހުންނާނެ ކަމަށް މަމެންގެ ރައީސް ވިދާޅުވާނަމަ އެބަޖެހޭ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކޮށްފައިވާތީވެ އެއެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން އެއެންމެންނާއި ހަވާލުކުރަން ހެޔޮނުވާނެ މިކަން ރައްޔިތުންނަށް މްމެން ޕިންކީންގެ ވެރިކަމުން ކޮށްދެއްވާ ކޮށްދެއްވާ އެންމެ ފަހުން ރައްޔިތުންނަށް ކޮށްދެއްވާ ކަމެއްގެ ގޮތުން...

  45. ހައިރާން

    ރައްޔިތުންނަކީ ވަގުންނަމަތާ؟

  46. އަލީ

    ރައީސް ޔާމީނު ފަދަ އިޚްލާޞްތެރި ވެރިއަކު މި ރާއްޖޭގައި އަދި ވެރިކަމެއް ނުކުރެއެވެ. މިފަދަ ވެރިޔަކަށް ވޯޓް ނުދެވުނު ދެރަ ދިވެހިން ދެކޭނެކަން ކަށަވަރެވެ.

  47. ސަދަންގޫރު

    ރައްޔިތުންގެ ޚަޒާނާއަށް އިހުމާލުވެ ގެޔަށް ހަލާލުނޫން ފައިސާ ވައްދާ މީހެއްގެ ޚދުމަތް ރައްޔިތުން ބަލައި ނުގަންނާނެކަމަށް ރައްޔިތުން ބުނެފި

    • އާންމު އާދުމީ

      ދެން ތިއޮތީ ބާރުލިބިފަ. ނިކަން އަޅެ އެކަން ސާބިތުކޮށްބަލަ. ކަލޭމެން ރައްޔިތުން މާނަކުރާގޮތެއް ނޭނގުނު. 96132 މީހުން އެއީ ހަމައެކަނި ރައީސް ޔާމީނުގެ ދީނާ ގައުމު އިސްތިޢްމާރީ ބާރުތަކާ ދެކޮޅަށް ގެންގުޅޭ ޕޮލިސީއަށް އަދި ތަރައްޤީއަށް ތާޢީދުކުރައްވާ ވޯޓުދިން މީހުން. އޭގެ ތެރޭގަވެސް ގިނަވާނީ ސިޔާސީ ނޫން މީހުން. ދެން ނިކަން ބުނެބަލަ ކަލޭމެންގެ ކޯލިޝަން ކިތައްދުވަހު ދޮގުހަދައިގެން ބެލެހެއްޓިދާނެތޯ؟ މިހާރުވެސް އެހެރަ ރެނދުލާތަން އެފެންނަނީ.

  48. ހުށޭނު

    ރައީސް، އަޅުގަނޑު ނިންމައިފިން މި ޤައުމަށްޓަކާ ޤުރުބާން ވުމީ ބޭކާރުކަމެއް ކަމަށް.. މާ ރަނގަޅުވާނެ މަނިކުފާން ވިޔަފާރިއެއް ފައްޓަވައި ހަމަޖެހިގެން އަމިއްލަ ދިރިއުޅުއްވުމެއް ބިޏަ ކުރެއްވިއްޔާ.. މިއީ ހައިވާނުން އުޅޭ ޤައުމެއް.. މަނިކުފާނަކީ ސިކުނޑި ތަނަވަސް ސިނކުޑި ހިނގާ ބޭފުޅެއް.. މި ފިނޑި ދިވެހިންގެ މިސާލަކީ މަހާތުމާ ގާންދީ ދެއްކި މިސާލުގެ އިދިކޮޅު! ? ???

  49. ހާމަ

    ސާބަސް މަނިކުފާނަށް. ގައުމުގައި ހަމަނުޖެހުން ހިންގިޔަނުދީ ކޮންޓްރޯލްކުރައްވާނެ ކަމަށް އުއްމީދުކުރަން. މިއީ އެމް.ޑީ.ޕީ.ނަމަ މިއަދު މުޅި ގައުމުގައި ހުޅުޖަހާ އަންދައިލާނެ. އެއީ އަންދާ ޤާނޫނަށް އަމަލުކުރަމުން އެހެން މީހުންނަށް އަންދާޤާނޫނު ކިޔާ އަބުރުކަތިލަމުން ދުވާ ބައިގަނޑެއް.

  50. ކެހެށާ

    ރައީސް ޔާމީން އަކީ ގައުމުދެކެލޯބިވާ، ރައީސް ނާސިރުފަދަ ޝަހްސިއްޔަތު ވަރުގަދަ ރައީސެއް. ހުޅުލޭ އެއަރޕޯޓްގައި އިނގިރޭސިންގެ އެހީއާއި އެކު ދަގަނޑު ފިލާއަޅައިގެން ހިންގި އެއަރޕޯޓަށް އިނގިރޭސިންގެ ދުއްތުރާ ބޮޑުވީމައި، ރައީސް ނާސިރު ނިންމެވީ ބަޔަކަށް ނުފޫޒު ނުފޯރުވޭ ފަދަ އަމިއްލަވަންތަ އެއަރޕޯޓެއް ހަދަން ރައީސް ނާސިރު އެކަން ކޮށްފި. ރައީސް ޔާމީން ވެރިކަމަށް އައިސްގެންވެސް ސިއްހީނިޒާމުން ދިމާވީ ހަމަ މިކަހަލަކަމެއް، އެމްއާރްއައި މެޝިނެއް ގަންނަވާހަކަ ދެއްކީ އިންޑިޔާއިން ބުނީ ތިމަންނަމެންނޭދޭނީ، ދެން އެމެޝިނުގެ ދަޅަދައްކައިގެން މާކަންތަށްބޮޑުކުރަންފެށީމައި ރައީސް ޔާމީނު އެއޮތީ ދިވެހިންގެ ހަޒާނާއިން އެމްއާރްއައި މެޝިންގަނެ އަނެއްކާ ހުޅުމާލޭގައިވެސް އެމްއާރްއައި ބަހައްޓާފައި. އިންޑިޔާއިން ގުދޯގުދޯ ގޮވާ ހޮސްޕިޓަލުގެ ބަދަލުގައި މާސިންގާ ހޮސްޕިޓަލް އެހެރަ ނިމެނީ. މިއީ އަމިއްލަވަންތަކަން. އިންޑިޔާ މީހުން ކިތަންމެ ރުޅިއަޔަކަސް ގައުމުދެކެ ލޯބިވާ ކެރޭ ދަރިން ތިބޭނީ މިގޮތަށް. އަހަރުމެން ދިވެހިންނަކީ ﷲގެ ރަހްމަތްފުޅުން މިއަދު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން ލިބިފައި ތިބިބައެއް.
    މިގައުމަށް ބޭނުންވަނީ މިކަހަލަ ގަޓްހުންނަ ރައީސުން. އިންޑިޔާ ބުނީމައި އިނގިލިބޯލަބޯލާ ތިބޭ ރައީސުން ތިބެންޏާމު ޖެހޭނީ ގެރިގުއުކައިގެން އެންމެ ފަހުން ގެރިމަސްވެސް ހަރާމްކޮށްގެން ތިބެން.
    އަހަރުމެން ތިބޭނަން ޝޭހް އިލްޔާސްމެން އިމްރާންމެން ހާޑިންހަމް އަށް މަރުހަބާދަންނަވަން އެއަރޕޯޓަށް ދާތަންބަލަން. އަދި ފެންނާނެ ހާޑިންހަމް ޝޭހް އިލްޔާސްއަށް ޑިމޮކްރަސީގެ ތާޖާއި ބޮޑު ސޮލީބުއަރުވާތަން. ދީނާއި ގައުމަށްޓަކައި ކަންނެލި އޮޑިލިބޭމީހުން ދީނާއި ގައުމަށްޓަކައި ބޮޑު ސޮލީބު ކޮނޑުމަތިގައި އުފުލާކަށް ފަހެއްނުޖެހޭނެ.

  51. ާކާރޑީ ބީ ފީޓް.އިބޫ

    ގުޑް ބޯއި...އައި ލައިކް އިޓް ލައިކް ދެޓް....
    ??✊??☝☝