ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް އަވަހަށް ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން މިކަން ހާމަކުރެއްވީ، މިހާރު އެ ޕާޓީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ވިދާޅުވީ، ވަރަށް އަވަށް އެމްޑީޕީގެ އޮފީހުން ރައީސް ނަޝީދު ފެންނާނެ ކަމަށާއި އަދި ސިޔާސީ ހައްޔަރީންވެސް ވަރަށް އަވަހަށް މިނިވަންކަމާއި އެކު އުޅޭ މަންޒަރު ފެންނާނެ ކަމަށެވެ. ޝިފާޒް މިގޮތަށް ވިދާޅުވިއިރު، ޖަލުގައި ތިބި ބައެއް ޤައިދީންތައް ޖަލުން މިނިވަންކުރުމަކީ އިދިކޮޅަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ކުރާނެ ކަމަށް ވަޢުދުވެފައި އޮތް ކަމެކެވެ.

"ތިބޭފުޅުންގެ ރައީސް، އަދި މިޕާޓީގެ ރައީސް، އާދެ ވަރަށް އަވަހަށް ތިބޭފުޅުންނާއި ބައްދަލުކުރައްވާނެ. ދާދި އަވަހަށް ތިބޭފުޅުންނާއި ބައްދަލުކުރައްވާނެ. މި އޮފީހުން އަދި ދިވެހި ރާއްޖެއަށް އިރާދަކުރެއްވިއްޔާ ފެނިވަޑައިގަންނަވާނެ. އަދި ހަމަ އެއާއި އެކީގައި ސިޔާސީ ގޮތުން، ސިޔާސީ ބޭނުންތަކަށް ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމުގައި ހައްޔަރު ކުރެވުނު އެހެން ފަރާތްތަކަށްވެސް މިނިވަނުންގެ ގޮތުގައި ތިބޭފުޅުންނާއި އެކުގައި އުޅޭ ތަން އިރާދަކުރެއްވިއްޔާ ފެނިގެންދާނެ" ޝިޔާޒް ވިދާޅުވިއެވެ.

އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރު ވެެންދާނީ އެމްޑީޕީގެ މެންބަރުންބާއި އަދި ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަށް ފުރިހަމަކޮށްދޭނެ ސަރުކާރަކަށް ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒްގެ އިތުރުން އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފްވެސް ވަނީ ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރާއްޖޭގެ ވެރިކަމަށް ހުވާ ކުރައްވާ ދުވަހު ރައީސް ނަޝީދު ހުރުމަކީ ޕާޓީގެ އުންމީދެއް ކަމުގައިވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ތާޢީދުކުރާ ފަރާތްތަކަށް އެމަނިކުފާނު އެމްޑީޕީގެ ހަރުގެއިން ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް މިއަދު ޝިފާޒް ވިދާޅުވިއިރު، ރާއްޖެ ވަޑައިގަންނަވަން އުޅުއްވާކަމުގެ އިޝާރާތެއް އެމަނިކުފާނު އަދި ކުރައްވާފައެއް ނުވެއެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު ރައްޖެ ވަޑައިގަންނަވާނެ އިރެއްވެސް އެމްޑީޕީގެ ފަރާތުން ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދު ރައްޔިތުންނާއި ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށް ޝިފާޒް މިއަދު ވިދާޅުވިއިރު، އެމަނިކުފާނު ހުންނެވީ އަވައްޓެރި ސްރީލަންކާގައެވެ. ވެރިކަމުގައި ކުރެއްވި ކުށަކާއި ގުޅިގެން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ބޭރަށް ވަޑައިގެން ފަހުން އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.

ނަޝީދާއި، ކުށްވެރިވެ ޖަލު ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންތައް މިނިވަންވެ ރައްޔިތުންނާއި ބައްދަލުވާނެކަން އެމްޑީޕީން މިއަދު ހާމަކޮށްފައި މިވަނީ، އިއްޔެ ރާއްޖޭގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަނުން، ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރި ހޯދާފައި ވަނިކޮށެވެ. ރައީސް ޔާމީން މިއަދު ދިވެހި ރައްޔިތުން ނިންމި ނިންމުން ބަލައިގަންނަކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަލީ

    ޢަހަރެމެން ވޯޓު ދިނީ އައްނި އާއި ބައްދަލު ކުރާކަށް ނޫން

    • Anonymous

      ކަލޭ ވޯޓް ދީނީ ލާދީ ބައިގަނޑު މިތަނަށް ފާކުރަން.!!

  2. ށަމ

    ޢެއާ ބައްދަލުކުރަން އެބައުޅޭތަ މީހަކު

  3. ކކކ

    ތިޔައޮތީ ކަންތަކާޛެހިފައި އެއީ މިޤައުމުގެ ހަލާކު

  4. ގޯސް

    ރޔ ބުނިހެން ރައީސް މީހަގެ ބާރު ކެނޑި ބޮސް ހުރިހާކަމަކަށް އަތްބާނަން ފެށީތަ ؟

  5. އަޙްމަދު މަގޭ ޤައުމް

    ކޮންކަމަކާ މީނަ ބައްދަލުކުރަންވީ.

  6. އަލީވަހީދު

    އަންނިތަ ހޮވުނީ ވެރިއަކަށް؟ ޖަލުހުކުމެއް ތަންފޫޒުކުރަމުންދާ ގައިދީއަކު ދައުލަތުގެ ރަސްމީ މީޑިއާކުރިމައްޗައް އަރުވައި ރައްޔިތުންނާ މުހާތަބުކުރުވުމަކީ ބަލައިގަނެވޭނެކަމެއްނޫން ރައްޔިތުންނަކީ ހަމައެކަނި މޑޕ ފިކުރުގެމޫންނެއް ނޫން އަންނި އަކީ ފިލައިގެން އުޅޭ ގައިދީއެއް ލަސްކުރުމެއްނެތި ޖަލައް ގެންދަން ޖެހޭ މީހެއް، އިރެއްގަ ރައީސްކަންކުރުމަކީ ކުށުން ބަރީއަ ވާކަމެއްނޫން.

  7. 3ނިރު

    މާލެއައީމަ ފުރަތަމަ ވައްދަން ޖެހޭނީ ޖަލަށް ޕޓީއޮފީހަކުން ނޫން މައިބަދައިގެ އޮޕަރޭޝަނަ ކަށް ކަމަށްބުނެ ޖަލުން ފިލައިގެން އުޅޭ ޤައިދީ އެއް އެއީ

  8. Anonymous

    ކޭކުފޮތި ބަހާ މަންޒަރުވެސް ވަރަށްއަވަހަށް ފެންނާނެތާ!!
    ބެކްބޯން އޮޕަރޭޝަން ކޮށްފައިތިބި ބޭފުޅުން ބުރިޖުމަތިން ގޮނޑިދުއްވާ މަންޒަރުވެސް ވަރަށްއަވަހަށް ފެންނާނެތާ؟ ޖީއެމްއާރ އައިސް އެއަރޕޯޓަށް ފުއްމާލާތަންވެސް ވަރަށް އަވަހަށް ފެންނާނެތާ، ގައުމުގާ ބުދުފައްޅި އިންދައިގަންނަ މަންޒަރުވެސް ވަރަށްއަވަހަށް ފެންނާނެތާ؟

  9. ޒޫ

    ޙަިހިހަލާކު ހެޕިބާރތު ޑޭޓޫޔޫ

  10. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އެމީހަކު ދިރިއުޅޭ ޒަމާން އެމީހަކަށް ކެއްސެއް ދީފާނެއެވެ. އަދި އެމީހަކު އަދާކުރާ ވަޒީފާ އެމީހަކަށް ދެރަގޮތެއް ހަދާފާނެއެވެ. ރައީސް ނަޝީދަކީ، ބުއްދިވެރި ހިޔަޅެކެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ކުރިއަރުވައި ތަރައްޤީ ކުރުމަށް އެންމެބޮޑަށް މަސައްކަތް ކުރައްވަނީ އެމަނިކުފާނެއެވެ. 2008 ގައި ވެރިކަމަށް އެރުމާއި 2012 ގައި ވެރިކަމުން ފޭބުމާއި ދެމެދުގައި ހިނގާފައިވާ އެންމެހައި ކަންތައްތަކަށް ބަލައި އެކަންކަމުން ޢިބްރަތް ހޯދުމަށް ލިބިފައިވާ ދުވަސްތަކުގައި ޙާސިލުވެފައިވާ ކަންކަން ހުންނާނެއެވެ. ފަރުދާގެ ފުރަގަހުގައި އިންތިޚާބެއް ކާމިޔާބު ކުރެވޭނީ، ލިޔާޤަތެއް ހުރެގެންނެވެ. ބަސްވިކޭ އޮޑިއެއްގެ ދިރުބާކޮޅުގައި ހުރުމަކީ، ފައިދާ ހުރި ރަނގަޅު ގޮތެކެވެ.

  11. ޤައުމު

    އަހަރެމެން ބޭނުމެއްނޫން ކެނެރީގޭ ނަޝީދު ބަލާކަށް. އަހަރެމެނައް ހެޔޮ ދުވަހަކުވެސް ކެނެރީގޭ ނަޝީދު ރާއްޖެ ނަޔަސް. މިހާރު ރާއްޖެ އަންނަން އެއުޅެނީ ބުރިޖްގަޔާ ރަންވޭ މަތީގަ ގޮނޑި ދުއްވާހިތުން. ޔާމީން ވެރިކަމުގަ ނިކަން ރާއްޖެ އައިސްބަލަ. ޔާމީން ވެރިކަމުގަ އަންނަން ނުކެރިގެން އެއުޅެނީ ބިރުން.

  12. ދިސްވޭ

    ކެނެރީގެ ނަޝީދު ދޫކުރާނަމަ ދެން ދޫކުރަން ޖެހޭނެ ޖަލުގައި ތިބި ހުރިހާ ކުށްވެރިން ވެސް އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ ކަން މިހެން ހުރުމުން މަމެންގެ ސަރުކާރުން ކުރީ ދޫނުކުރި ސިޔާސީ ލީޑަރުން ތަކެއް މިހާރު ދޫކުރަން ޖެހޭނެ ކަމަށް މަމެން ނުދެކެމޭ އަދި ސްޕްރީމް ކޯޓަށް ވެސް ދެން އެފަދަ އަމުރެއް ނެރެވޭނެ ތަނެއް ނޯންނާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ...

  13. ޤައުމު

    މިއޮތީ ޔާމީން ބުނި ދުވަސް އާއްސަ.. ނަޝީދަކީ ޤައުމުގެ ހަލާކު

  14. ޣޖސފސ

    ޏަވކސު