ވަރަށް ކައިރި މުސްތަގުބަލެއްގައި ޕީޕީއެމްގެ ކޮންގްރެސް ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، 97000 ރައްޔިތުން ދެއްވި ވޯޓަށް ޝުކުރުވެރިވާކަމަށާއި، ރައީސް ޔާމީން ލީޑަރެއްގެ ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރު އެ ޕާޓީއާއެކު ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ކޮންގެްރެސްއަށް ތައްޔާރުވަމުން އަންނަ ކަަމަށްވެސް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންްގްރެސް ތައްޔާރުވަމުންދާ ވާހަކައާއި، މިއަދު އަޅުގަނޑުމެންގެ ކައުންސިލްގެ ހާއްސަ ބައްދަލުވުމެއް ބޭއްވި ވާހަކަވެސް ދަންނަވަން". ނިހާން ވިދާޅުވިއެވެ.

ޕީޕިއެމްގެ ކޮންގްރެސްއެއް ވަރަށް އަވަހަށް ބާއްވަަން ނިންމިކަން، މިއަދު އެ ޕާޓީން އިއުލާނުކުރިއިރު، އެ ކޮންގްރެސް އޮންނާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއްވެސް އެ ޕާޓީން އިތުރަށް ދެއްވާފައެއް ނުވެއެވެ.

ނިހާން އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މި ކާމިޔާބާއެކު އާ ސަފްހާތަކާއި އާ ދުވަސްތައް ފެށިގެން ދާނެ ކަމަށާއި، އެބޭފުޅުންނަށް އެހީތެރިވުމުގައި ގައުމީ ނިސްބަތުން ކުރައްވާ ކޮންމެ ކަމެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށެވެ. އަދި ޒިންމާދާރު ކަމާއެކު ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ގާނޫނު އަަސާސީގެ އޮންނަ މިންގަނޑުތަކާއި ހަމައިގެ ތެރެއިން ލިބެން ޖެހޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ޑިމޮކްރެސީގައި އޮންނާނީ، ބަލިވުމާއި މޮޅުވުން ކަަމަށެވެ. އަދި އެދެބައި ގަބޫލުކޮށް ރައްޔިތުންގެ ބަސް އިއްވުމަށްފަހު އެއާއެއްކޮށް ތެދުވެ ހިނގައިގަތުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުގެ ދައުރު ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރު ވިދާޅުވީ، މިހާރު ރާއްޖެއަށް ގެންނަމުންދާ ތަރައްގީ، އިބްރާހިމް މުަހައްމަދު ސޯލިހް އާއި ފައިސަލް ނަސީމުގެ ވެރިމަމުގައިވެސް ގެންނަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއަށް އިތުރު ކުރިއެރުން ލިބިގެން ދިޔުމަކީވެސް އުއްމީދެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ޕާޓީގެ މެންބަރުން ކުރެއްވީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން 96000 ވޯޓު ރައީސް ޔާމީން އަށް ލިބުނު ކަމަށާއި، އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމްއަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އަދި ޕާޓީ ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، މިހާރު ފެށިގެން މަސައްކަތްކޮށްގެން 17 ނޮވެމްބަރުން ފެށިގެން ސަރުކާރު ބަދަލުވެގެންދާއިރު، ފެންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށެވެ. އަދި ޕީޕީއެމްގެ ކައުންސިލްވެސް އެގޮތަށް ބައްޓަންކޮށްފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަލީމް2132

    އިބު ބުނިގޮތަށް ޕޕމ އަސް ނެހެދޭނެކަން ވޯޓުން އެނގިގެންދޭ

  2. ރާބޮޑޭ

    ގަދަބާރާ ނުފޫޒު އޮތްއިރު ނުބޭއްވުނުއެއްޗެއް ދެންމިހާރު ބޭއްވޭނެތަ ؟

  3. ޒީ

    ރައީސް މައުމޫނު ޕާޓީޢާއި ޙަވާލުވުމުން ނޫނީ ތިކަމެއް ނުވާނެ.

  4. ޕީޕީއެމް

    ޕީޕީއެމް މަމައުމޫނާ ހަވާލު ކޮށްފަ އަލުން އެހެން ނަމެއްގަ ޕާޓީ އެއް ހެދިޔަސް އެމްޑީޕީ އަށް ވުރެ މާ މެމްބަރުން ގިނަ ވާނެ ރައީސް ޔާމީން ގެ ޕާޓީގަ އެކަމުގެ ހެކި އިންތިޚާބުގަ ފެނިގެން އެ ދިޔައީ އެކަނިމަ އެކަނި ނިކުންނަވާ އެހާ ގިނަ ވޯޓު ހޯއްދެވި ދެވަނަ މީހަކު ނެއިތް

  5. ސަމާ

    ރަނގަޅު، ކޮންގްރެސް ބާއްވައި ޕާޓީ ހިންގުން ހަރުދަނާކޮށް ދެން އަންނަ ޕާލަމެންޓް އިންތިހާބަށް ތައްޔާރުވާންވީދެން.
    އިބޫމެންގެ އިންސާފުގެ ދަތުރުގެ ފުރަތަމަ މަރުހަލާ އެއޮތީ ނާއިންސާފުވެފައި، ޕީޕީއެމްގެ ލީޑަރޝިޕް ކަނޑައެޅުން އޮޅުންބޮޅުންވީމައި ޝަރުއީ ކޯޓަކުން އެއޮތީ ޕާޓީގެ ލީޑަރޝިޕް ކަށަވަރުކޮށްދީފައި، ދެން އިބޫއާއި ފައިސަލަށް ކިހިނެއްތޯ ދެންނެވޭނީ ރައީސް މައުމޫނާއި ޕީޕީއެމް ހަވާލުކުރާނަމޭ.
    ދެން އިބޫ ރައީސް ޔާމީނަށް ގޮވާލީ ސިޔާސި ކުށްވެރިން ދޫކޮށްލުމަށް، އިބޫއަށްވެސް އެނގޭ ރައީސް ޔާމީނު ފުލުހުންނާއި ސިފައިންނަށް އަންގައިގެން ހިފާހައްޔަރުކޮށް ޖަލަށްލާފައިވާ ސިޔާސީ ކުށްވެރިއެއްނެތްކަން، މުޅިންވެސް އެތިބީ ޝަރުއީ ކޯޓަކުން އަމުރު ނެރެގެން ހައްޔަރުކުރެވިފައިތިބި މީހުންކަން. ދެން އެމީހުން ދޫކުރެވޭނީވެސް ޝަރުއީ ކޯޓަކުން އެމީހުން ދޫކުރުމަށް އަމުރުކުރީމައިނޫންތޯ އިބޫ.
    އެބޭފުޅުންނަށް ހީވީތޯއްޗެ، ރައީސް ނަޝީދު އިސްތިއުފާދެއްވި ދުވަހު އަބްދުﷲ ގާޒީ ގެނައިގޮތަށް، ރައީސް ޔާމީނު އިންތިހާބުގެ ނަތީޖާ ގަބޫލުކުރާ ދުވަހު ޖަލުގައި ތިބި އެންމެން މިނިވަންވެ މާލެއަރާނެކަމަށް، އެމީހުން މިނިވަންކުރެވޭނީ ހަމަ ޝަރުއީ ކޯޓަކަށް. ރައީސް ޔާމީނަކަށް ނޫން. ސޮރީ.
    ދިވެހި ގިނަ ރައްޔިތުން އެދުނު ގޮތަށް އިބޫ އާއި ފައިސަލް މިގައުމުގެ ރައްޔިތުން ގޮވައިގެން އަމާން އޮމާން އިންސާފުވެރި ވެރިކަމެއް ކޮށްދޭނެކަމަށް އުންމީދުކުރަން. އަދި މިހާރު ފެށީފައިވާ، މެގަޕްރޮޖެކްޓްތަށް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެކަމަށް ވެސް އުންމީދުކުރަން، ހޮސްޕިޓަލް ޕްރޮޖެކްޓާއި، އެއަރޕޯޓް ޕްރޮޖެކްޓާއި، ވިލިމާލެ، ގުޅީފަޅު، ތިލަފުށި ބްރިޖަކުން ގުޅާލައި، ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެސް ކުރިޔަސްގެންގޮސް، ދެކުނާއި އުތުރުގެ ޑިވެލޮޕްމަންޓް ކުރިޔަށް ގެންދާނެކަމަށް އުންމީދުކުރަން. ދިވެހިން ބޭނުންވަނީ ތަރައްގީ އާއި ތަހުޒީބު.

  6. މާލިމީ

    ތިޔަ ޕާޓީ ދެން އޮންނާނީ މައުމޫނު އަތްޕުޅުގައި ކަމަށް ގަބޫލުފުޅު ނުކުރައްވަނީތޯ؟