ނޮވެމްބަރު 17 ވަނަދުވަހު އުފެދޭ ކޯލިޝަންގެ ސަރުކާރެއްގައި، އެ ސަރުކާރު ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް އިދިކޮޅު ހަތަރު ޕާޓީ ގުޅިގެން އެކުލަވާލާފައިވާ އިއްތިހާދުން ބުނެފިއެވެ.
އިދިކޮޅު އިއްތިހާދުން މިގޮތަށް ބުނެފައިވަނީ، މިހާރު ކުރިއަށްދާ އިދިކޮޅު ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންއަކީ އެހެން ފަހަރުތަކުގައި ހެދުނު ކޯލިޝަންތަކަށްވުރެ ހަރުދަނާ ކޯލިޝަންއެއް ކަމަށާއި ކޯލިޝަންގެ ސަރުކާރު ދަމަހަށްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކޯލިޝަންއިން ކުރާނެ ކަމަށެވެ.
"މިޤައުމުގައި ކުރަމުން އަންނަ ވައްކަމާއި، ކޮރަޕްޝަން އާއި އަނިޔާވެރިކަމުގެ ޢަމަލުތައް ރައްޔިތުން ޤަބޫލުނުކުރާކަން ވަނީ ހާމަވެފައި. އަޅުގަނޑުމެން މި ދަންނަވަނީ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގައި އުފެދޭ ކޯލިޝަންގެ ސަރުކާރު ދިފާއު ކުރަން ނުވަތަ ސަރުކާރު ދަމަހަށްޓަށް ކޯލިޝަންއިން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަން. އަދި އަޅުގަނޑުމެން ކޯލިޝަން ހެދީ ކޯލިޝަންގައި ޕާޓީތަކުގެ މެދުގައި މައްސަލަތަށް ޖެހޭނެކަން ދެނެހުރެ އެމައްސަލަތަށް ހައްލުކުރާނެ ގޮތް އެނގި ތިބެ،" ހުސެން ރަޝީދު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަލީ ނިޔާޒް ވިދާޅުވީ ކޯލިޝަންގެ ސަރުކާރަކުން އެެއްވެސް ވަރަކަށް ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭނެ ކަމަށާއި އަދަބު ލިބޭ ފަރާތްތަކަށް އަދަބު ދޭނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށެވެ.
އިދިކޮޅު ސަރުކާރެއް އުފެދުމުން ސަރުކާރު ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވާއިރު، އިއްޔެ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ވެރިކަންކުރާ ޕީޕީއެމްގެ މައްޗަށް އެފަރާތްތައް ވަނީ ކުރި ހޯދާފައެވެ. އިއްޔެގެ އިންތިޚާބުން ކާމިޔާބު ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ވަޑައިގަންނަވާއިރު ރައީސް ކަމުގެ ހުވާ އިބޫ ކުރައްވާނި ނޮވެމްބަރު 17 ގައެވެ.
މީގެ ކުރިންވެސް ދެފަހަރު އިއްތިހާދެއް ހެދި. އެފަހަރުތަކުގައިވެސް ބުނަމުންދަނީ އިއްތިހާދު ދަމަހައްޓާނެ ކަމުގައި. ނަމަވެސް ހުވައިކުރާ ދުވަހުނޫން އަނެއް ދުވަހު، އިއްތިހާދު އޮންނަނީ ކޯމާއެއްގައި. މިއަދުވެސް މީހަކު އިބޫވައްޓައިލާން ގޮވާނަމަ އެމީހެއްގެ ފަހަތަށް އިއްތިހާދުއަރާނެ. މީ ޙަޤީޤަތް. ދިވެހިންނަކީ ހަރުދަނާ ކަމާއެކު ކަމެއް ކުރުމަށް ފުރުޞަތުދޭނެ ބައެއް ނޫން. އޭގެ ބަދަލު އެރުވުމަށްފަހު، ދެން އަވަހަށް މަސައްކަތްކުރާނީ ވައްޓައިލާން. މިއީ ޑިމޮކްރަސީއޯ.
މަރުހަބާ ގަންޖާ ރާއްޖެ
ތިތިބެނީ ދިވެހި ދަރިން..????????????????
ކެކެކެ… ބަލާނަމޭ. ކޯލިޝަނުގެ ހަމައެކަނި އެއްގޮތްވާ އެއްޗަކީ ރައީސް ޔާމީނުދެކެ އައި ރުޅިގަނޑު. ދެން ރައީސް ޔާމީނުވެސް އިންތިޚާބަކުން އެއޮތީ ދައުރު ނިމިފަ. ކަލޭމެން މަގުމަތިން ބަދަލުކުރަންހިފިހފުންވެސް ފެއިލްވީ. ހަމަ އިންތިޚާބަށް އަންނަންތާ ޖެހުނީ. އޭގެ ޒާތުގަ ފުށޫއަރާ ފިކުރުތައްހުރި ކޯލިޝަނެއް ދެމިއެއްނޯންނާނެ.
އެހެންވީމާ ފައްޅި އަޅާން ވެސް ޢަދާލަތުން އެއްބަސްވާނެތާ! އަދި ޑޭވިޑް ހާޑިންގ ހަމް އަށް މަރުހަބާ ކިޔަން ވެސް އަދާލަތުން ދާނެތާ! މަރުހަބާ! ޢަދާލަތު! މަރުހަބާ އިލްޔާސް ހުސައިން!! އަހަރެމެން ބޭނުންވަނީ އެ މީހަކު އުޅޭނެ ގޮތަކަށް އުޅެން ހުއްދަކުރާ ފަދަ މޮޑަން އިސްލާމް ދީނެއް މިރާއްޖެއަށް އަދާލަތުން ތަޢާރުފުކުރުން. ވަރަށް އުފާވެއްޖެ ދެން އަހަރެމެންނަށް ބިރަކާ ނުލައި މަޖާކޮށްލެވޭނެތާ!! މަރުހަބާ! އަދާލާތު!
އިނގޭ ކުރާނެ ކަން
ދައުލަތުގެ ބައިތިލްމަލް ދީގެންވެސްތަ؟ ސާފްކޮށް އެގޭކަމަކީ ތިންމަސްތެރޭގައި ތީތި ކުނިވާނެ!
ދެން ދުވަސް ކޮޅަކުން ފެންނާނީ އެކަކު އަނެކަކަށް ކަރުގަ ހިފާތަން ގޮޅާބޯ ހުދުކާފޫރަށް ވީ ކިހިނެއްބާ؟ ދެމޫނުގެ ވެރިން ތީހުސް ތިއުޅެނީ މަގާމްގެ ދަހިވެތި ކަމުގަ
މާގިނަދުވަހެއް ނުވެ ފުޑި ދާނެ
މިހާކުރީކޮޅު ވާނެ ތިޔަލަހަލަ ވައުދުތައް.
ކޯލިސަން ސަރުކާރުފެށިއްޖެ، އަދި ހުވާނުކުރެ. މިހާރު މުޒާހަރާފަށައިފި، ދެން ކުރިޔައްއޮތް 5އަހަރުފެންނާނީ މަލެތެރޭން މުޒާހަރާކުރުމާ ބޮޑުމަންޒަރު ދެއްކުއްން.
މިއަދު ތިހެން ވިދާޅުވިޔަކަސް އިހްލާސްތެރިކަމާއި އެކުވެރިކަމާއި އެކު ފަސް އަހަރުގެ ޓާމް ފުރިހަމަ ކުރެވޭނެހެން ހިޔެއްނުވޭ. ގާސިމް އާއި މައުމޫނާއި ޝޭހް އިމްރާން އާއި ޝޭހް އިލްޔާސްމެން ލައިގެން ތިކަން ވާނެހެން ހިޔެއްނުވޭ. އެމީހުންގެ އުނދަގޫ ވަރަށް ބޮޑުވާނެ.
އަޅުގަނޑު އެދެނީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުން. އިހްލާސްތެރިކަމާއި އެކު އަމާން އޮމާންކޮށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ގައުމުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދެވިއްޖެއްޔާމު ކިތަންމެހާވެސް ރަނގަޅު.
ނޮވެމްބަރ 17 ގެ ކުރިން ބައިތުލްމާލުގައި ހުރި ލާތިތައް ބަހާލާނެގޮތެއް ނިންމާއިރު ތިކަން ފެންނާނެ. އިބޫ އެބަ އޮތް ބުނެފައި ތިމަންނާގެ ވެރިކަމުގައި އިންކަމް ޓެކްސް ނަގާނަމޭ! އިންކަމްޓެކްސް ވިއްޔާ އިންކަމްޓެކްސް، ކޯލިޝަންވިއްޔާ ކޯލިޝަން، ދޭތިން އެކަތި އޮންނާނީ! ބަލަންތިބޭ!
ވަރަށް އަވަހަށް ރޫޅޭނެ. ވަރަށް އަވަހަށް ރުޅޭނެ، ލަހެއްފަހެއްނުވެ ވާނެ ބައިބައި.
ދެން ބަނގުލަދޭޝްގައި އެއްފަހަރު ޝައިޚު ޙަސީނާ، އަނެއްފަހަރު ޚާލިދާ ޒިޔާ ވެރިކަން ކުރާހެން، ވެރިކަން ބަދަލުކުރުމާއި ވެއްޓުނު މީހާ ޖަލަށްލުމުގެ ސިލްސިލާއެއް ކުޅޭން ތިބޭ ދެބައިމީހުން. ރައްޔިތުން ބަނޑަށް ޖައްސާފައި! އޭރުން ވަރަށް ފައްކާވާނެ. އެހެން ކަމަކާ އަޅާލާނޭކަ ކަމެއް ނެތް. ޖަލަށްލުމާއި ވެރިކަން ބަދަލުކުރުމާއި މިނިވަންކުރުމާ މި ސީރީޒުގެ އެޕިސޯޑުތައް ދައުރުކުރޭ! ވަރަށް މަރުޙަބާ! ދެ ޕާޓީއަށްވެސް.
ބަލަ އެހެންބަޔަކު ނޫޅެޔޭ ތިސަރުކާރު ދެމެހެއްޓިޔަ ނުދޭން. ތި ސިޔާސީީ ގޮތުން ހަރުފަ ފަދަ ކޯލިޝަނުން އެއްބަޔަކު އަނެއްބަޔަކަށް ވިހަލައިގެން ތިކަން ނިމޭނީވެސް. އެދުވަހުން ނާންނާތި ރޮއި ހޭރިގަނެފަ ތިމާމެން ހިތުހުރިގޮތަކަށް ކޮށާ މަށައިގެން ހަދީޝް އާ އާޔަތްތަކުގެ ތަންތަންކޮޅުނަގައިގެން އަނެއްކާވެސް އަހަރުމެން ކައިރިޔަށް.
"މިޤައުމުގައި ކުރަމުން އަންނަ ވައްކަމާއި، ކޮރަޕްޝަން އާއި އަނިޔާވެރިކަމުގެ ޢަމަލުތައް" ކުރަނީ ހަމައެކަނި ޔާމިނުތާ! ދެންތިބި ހުރިހާއެއްމެންނަކީ ސައްޔިދު ކިލެގެ. ހުރި ހިތާމައެއްގެ ބޮޑުކަމާ! މުނާފިޤް ކަމަކީ ހައުދަހާ ނުބައިކަމެކެވެ.
ބަލަން މި ތިބީ އެނގިދާނެތާ
ބަރާބަރު 6 މަސް ވާނީ ރޫޅޭނެ
ދެން ފެނިގެން ދާނީ ނަޝީދު ވެރިކަމުގަ އާއި ޔާމީން ވެރިކަމުގައި ފެނިގެން ދިޔަ ކަހަލަ ކޮރަޕްޝަނާއި ފަޅުތަކާއި ބިންތައް، ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށާއި ބޭރުގައުމުތަކުގެ މީހުންނަށް ބެހުމުގެ އައު ބާބެކެވެ. ރައްރިތުންނޭ ހޭލާށެވެ.
ބަލަންމިތިބީ. ޢަންނި ރާއްޖެ އައިސް ކެބިނެޓް އެކުލަވާލާތާ މަސްދުވަހުގެ ތެރޭ ކޯލިޝަން ފަޅައިގެންދާނެ. މިއަދުގެ ނޫސް ކޮންފަރެންސްގަ ލަތީފް ބުނީ އެމްޑީޕީގެ ރައީސެކޯއެއީ. ޢަދި އެއްދުވަސްވެސް ނުވޭ.
ތިކަންއެނގެޔޭ.
އެއޮތީނު ގެރި މޯދީ ދައުވަތު ދީފަ އޭނަގެ ބައިގަނޑަތް
ވަރަށް ސަލާމް
ގެރިބައިގަނޑުގެ އިއްތިހާދަށް
ކޯލިޝަނެއް މިހާރަކު އޮތް ހެނެއް ހީއެއް ނުވޭ،
މިހާރު އިވެނީ މޑޕ. ކެންޑިޑޭޓު އިންތިޚާބު ކާމިޔާބު ކުރި ވާހަކަ.
ކޯލިޝަން ކެންޑިޑޭޓު އިންތިޚާބު ކާމިޔާބު ކުރި ވާހަކަ އިވުނީ އެރޭ، އަދި އެވެސް ވަރަށް މަދުން.
ކުރީ ފަހަރު 2008 ގައި ޤާސިމް ނަގާ އެއްލާލީ 21 ދުވަސް ތެރޭ. މިފަހަރު އެއަށް ވުރެ އަވަހަށް، އާދެ ހުވާ ނުކުރަނީސް.