ހަފްތާ ބަންދުގައި ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވަނެ ކަމުގެ އިންޒާރު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ސަޕޯޓަރުންގެ ފަރާތުން ދީފިއެވެ.

ޕީޕީއެމް އިން ވަކިކޮށްފައިވާ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވަން އުޅޭނަމަ އެމައްސަލަ ހުށަހަޅާނަން ކަމަށެވެ.

"ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޭންގި އެއްވެސް ފަރާތަކުން ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެ ފަރާތްތަކާ މެދު މަދަނީ. ޖިނާއީ މައްސަލަ ހުށަހަޅާނަން،" ވައްޑެ ވިދާޅުވިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމްގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތީން، ޚާއްސަ ގޮތުން ބާއްވާ ޕާޓީގެ ޤައުމީ ޖަލްސާއެއް ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާކަމަށެވެ.

ޕީޕީއެމްގެ ޤައުމީ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން މިދަނީ، އެ ޕާޓީގެ ޤައުމީ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނިކޮށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ޕާޓީގެ ޕާލެމެންޓް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު، އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބިގެންދިޔަ ކާމިޔާބީއާއި އެކު ސަފުޙާތަކާއި އާ ދުވަސްތައް ފެށިގެން ދާނެ ކަމަށާއި، އެބޭފުޅުންނަށް އެހީތެރިވުމުގައި ޤައުމީ ނިސްބަތުން ކުރައްވާ ކޮންމެ ކަމެއްގައި އެއްބާރުލުމާއި އެހީތެރިކަން ޕީޕީއެމުން ދެމުންދާނެ ކަމަށެވެ.

ޕީޕީއެމުން ޤައުމީ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން މިދަނީ، ނިމުނު ރިޔާސީ އިންތިޚާބުގައި އެޕާޓީން ކުރިމަތިލެއްވި ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބަލިވުމުން ޕާޓީގެ ކުރިމަގާއި މެދު ގޮތެއް ނިންމުމަށެވެ.

ޕީޕީއެމްގެ ޤައުމީ މަޖިލީހުގެ އެޖެންޑާގެ ތަފްސީލެއް އަދި އެޕާޓީ އިން ހާމައެއް ނުކުރެއެވެ.

ޕީޕީއެމް އިން އިއްޔެ ބުނީ ރައީސް ޔާމީން ވެސް އަދި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ގައުމު ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ހަސީން

    މައުމޫނަކީ މިހާރު ޕީޕީއެމް މެންބަރެއް ނޫން. އޮޅުވާނުލާ!

  2. ސިއްރު ހެއްކެއް

    ހިޅާއެހެން ނުވާނެ

  3. ިޕީ ޕީ އެމް

    ޢެއްކާމެއްވެސް ނުވާނެ އަދި އޮތީ ޔާމީނގެ ވެރިކަން

    • ރައްޔިތު

      ޔާމީނުގެ ވެރިކަމެއް ނޯންނާނެ މިތާކު.އޮންނާނީ ރައްޔިތުންގެ ވެރިކަން.

  4. ހސ

    ހުއްޓުވާ ހުއްޓަވާ....ދެނެއް ޔާމީނަކަށް މާ ފާޑު ފާޑެއް ނުދެއްކޭނެ....???????

  5. ތޯމަރާ

    ޕީޕިއެމްއަކީލޯޔަރ ވައްޑޭވިހޭދުވަހު މަހެއްގެގޮތުގައި އޮތްއެއްޗެއްތޯ އެޕާޓީއަކި އެޕާޓީގެމެންބަރުންގެޕާޓިއެކެވެ ޕާޓީގެކޮންގްރެސްބާއްވަން އެއްވެސްމީހަކަށްހުރަހެއްނޭޅޭނެ

  6. ކގގޔދ

    ޕޕމއަކީ މައުމޫނުގެ ތަރިކަ މުދަލެނޫން. ވަކިމީހަކަށް ބާރުލިބެން ޖެހޭނެކަމަށްނުބުނެވޭނެ.. އެތަށްހާސްބަޔެއެއްގެ މިލްކިއްޔާތެ މައުމޫނުއަށް ރަޖިސްޓުރީނުކުރެވޭނެ.

  7. ދިލްބަހާރު

    ތިހެން ވެއްޖެ ނަމަ އާޕާޓީއެއް ހަދާ އަހަރުމެން މިތިބީ ޔާމީނާއެކު ސާބިތުވެ

    • އަހޫ

      ޕާޓީ ގެއްނާނަން ޔާމީނު ޖެހޭނި މަހަައްދާން

  8. ދިލްބަހާރު

    މިހާރަކު ރައީސް މައުމޫނު އާއި އެކު 90000
    މީހުނައް ނުތިބޭނެ ވަރައް ސާފު

  9. ދިލްބަހާރު

    ތިހެން ވެއްޖެ ނަމަ އާޕާޓީއެއް ހަދާ އަހަރުމެން މިތިބީ ޔާމީނާއެކު ސާބިތުކަންމަތީ

  10. ޏަސްރީނާ

    މި މިސްކުޅި ކަލޭގެޔަށް ކެވުނުވަރު މަދުވެގެން އަދިވެސް އިތުރަށް ކެވޭތޯ އެބަލަނީ.

  11. ޣަރީބު

    މި މުސްކުޅި ބެއްޔާ ވެރިކަމުގެ މަސްތުފިލައި މިކަން ހުއްޓާލާނީ ކޮން އިރަކުންބާ؟ އަދިވެސް ތިމާގެ ދަރީންނަށް ވެރިކަން ނުދެވިގެން ތެޅިފޮޅެނީ. ﷲ ގެ އިރާދަފުޅުން ހިލާ ލާހިކެއް ނޫން. އިބޫގެ ވެރިކަން ވައްޓާލަން މިހާރު އެދަނީ އެތެރެއާއި ބޭރުން ރާވަމަުން. އެކަމެއްވެސް ވިޔަކަ ނުދޭނަން. އަހަރުމެން ޕިންކީން މިތިބީ އިބޫއަށް 5 އަހަރުގެ ދައުރެއް ދޭން އަތުކުރިއާއި ފައިކުރި އޮޅާލާފަ. އަދި ނަޝީދުވެސް އުޅޭނެ އިބޫ ވެރިކަމުން ވައްޓާލަން. ނިކަން އެކަމާ ނުކުމެބަ. ހޭއަރުވާލާނަން.

  12. ހަކަތަ

    ލޯޔަރު ވައްޑެގެ އަކީ ސިޔާސީ ބުރަދަނެއް ނެތް މީހެއްކަން ތުލުސްދޫ ރައްޔިތުން އެކަނިވެސް ތިޔަ ކޮންގްރެސް ބާއްވާ ދުވަހު ދައްކަދޭނެ..
    ލޯޔަރު ވައްޑެ ޕީޕީއެމް މީހުންގެ ގޮތުގަ ނެރޭނެ އެމްޑީޕީ ކުދިންކޮޅަކަށް އެދި އާދޭސް ކުރާކަން އޮތަީ އެނގިފަ..
    ލޯޔަރު ވައްޑެ ސައިޒް އޮޅިގެން ނޫޅެބަލަ....

  13. ޢައިޝަތު

    ރާއްޖެއަށް ހަމަޖެހުމެއް އަޔަނުދޭނެ މިބައިގަނޑެއް... މަސްލަހަތު ނަގާލުންބޭނުމަކީ...

  14. ކަސް

    ޔާމީނާއި ޢެނަގެ ވަށައިގެން އެނބުރުނު އުޅިތަށް ކޮށައިގެން ގޮސް ތިބި ކުދިންކޮޅު ދެން މިޤައުމުގައި ތިބޭނީ ހަވާސާ ވެފަ ، މީ ވަރަށް ވާހަކަ

  15. ޕީޕީއެމް ސަޕޯޓަރ

    ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބާއްވައި އެޕާޓީގެ
    ރަޢިސްގެ މަގާމަށް އަބްދުﷲ ޔާމީން އަބްދުލް
    ޤައްޔޫމް އިސްކުރުމަށް ތާއީދުކުރަމެވެ

  16. ރިޔާ

    ފާޑުފާޑަށް އުޅެންޏާ ޔާމީންގެ ޕީއޭ އުފަންކުރުވަންވީ! 96000 ސަޕޯޓަރުން ވަގުތުން ސޮއިކޮށް އިރާދަކުރެއްވިއްޔާ ޕީއޭ އަކީ ބާރުގަދަ ބޮޑު ޕާޓީއަކަށް ވާނެ! މީގެ އިތުރުން ޔާމީންގެ ސަޕޯޓަރުންގެތެރެއިން ފައިސާއަށް ވިކުނު 40000 ސަޕޯޓަރުނެވެސް އެނބުރި ޕީއޭ އަށް އަންނާނެ! ޔާމީންގެ ލީޑަރޝިޕް ވަރަށް ހަރުދަނާ ވަރަށް މޮޅު! އިންތިޚާބުން ބަލިވީ ބަހާނެ ފައިސާ އެވަރަށް ނެތީމާ! އިދިކޮޅުންވަނީ 700 މިލިޔަން ޑޮަލރު ބަހާފަ! އެއީ ޔަހޫދީ ބާރުތަކާ ފައްޅިތަކުން ކުރި އެދުމުގެ ހަދިޔާއެއް! މިކަން ދާދި އަވަހަށް ފެންނަން ފަށާނެ!

  17. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އެހެން އެއްވެސް ޕާޓީއަކަށް ލިބިގެންނުވާ އިޚްތިޔާރުތަކެއް ޕީޕީއެމަށް ލިބިދޭ ޝަރުޢީ އަދި ޤާނޫނީ ޙުކުމެއް އޮވެއްޖެއްޔާ ޢަމަލުކުރެވޭނީ އެޙުކުމަށެވެ. އުޞޫލުންބޭރުގައި ޤާނޫނާއި ޚިލާފަށް ގަދަބާރުން އެއްވެސްކަމެއް ނުކުރެވޭނެއެވެ. އެއްވެސް ތާކުންތާކުނުޖެހޭ ބޭކާރުވާހަކަތަކެއްގެ މައްޗަށް މުޒާހަރާއެއް ބޭއްވިޔަސް، އަދި ވާހަކަތަކެއް ދެއްކިޔަސް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެންމެ ރަނގަޅީ ޞުލްޙައެވެ. الصُّلْحُ جَائِزٌ بَيْنَ الْمُسْلِمِينَ إِلَّا صُلْحًا حَرَّمَ حلالا أو أحل حراما

  18. ޙަފްޞާ / މާލެ

    ވައްޑޭ ! ކަލޭ އަދި އަނެއް އަތަށް ޖަހާތަންވެސް ފެންނާނެ! ތިޔަ އެމްޑީޕީ ބައިގަނޑު މައުމޫނުގެ ފޮޓޯ ބޭނުންކުރީ މައުމޫނުގެ ސަޕޯޓަރުންގެ ވޯޓު ހޯދަން! އެކަންވެއްޖެ! އެކަމަކު އެއީ މައުމޫނުގެ ޙަޤީޤީ ދުޝްމަނުންކަން ވައްޑެއަށްވެސް އެގޭނެ! ދެން ވެގެން ދާނޭގޮތް މިހާރުވެސް ފެންނަކަހަލަ!

  19. ރަންނަމާރި

    އެއްކަމެއްވެސް ނުވާނެ. ސާބަހޭ ރައީސް ޔާމީން

  20. ކަސަބު

    ވައްޑެއަކީ ރިސްވަތުންފުރިފައިވާ ގުޅިއެއް ކޯޓްތަކަށް ހުށަހަޅާ މައްސަލަތަކުގައި ވަކާލާތުކުރުމަށް އަގުކިޔަނީ ފަޑިޔާރަށްވެސް ބައިއަޅާގޮތައް!

  21. މަހަށްދޭދޭ

    ނުވާނެ ތިޔާ ކަމެއް ތަމެންނަށް ދެނެއް ކޯޓުން އެއޮތީ ހުކުމް ކޮށް ފައި މަމެން ގެ އެއްޗެއް ކަމަށް ޕީޕީއެމް އަކީ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

  22. ރައްޔިތުން

    ޔާމީނަށް އައު ޕާޓީ އެއް ހަދާނެހާ މީހުން ނުލިބޭނެތީ އެގޮތަށް އެކަން ކުރަން އެއުޅެނީ އައު ޕާޓީ އެއް ހަދަން އުޅޭ ހިސާބުން ފުލޮސްޓޮޕް ޖެހޭނެ. އެކަމަކު ތިޔަ ޕާޓީގެ އަަސްލު ރައީސް ތިޔަ ޕާޓީ ރިފޯމް ކުރާނެ.

  23. ސާހިބާ1325

    ނިކަން ހުއްޓުވަބަލަ.96132 މަތިން ހަނދާން ކުޜާތި އެކަނި އެކަކް

  24. އަހްމަދު

    ލޯޔަރުވައްޑޭ މީހާދަފުއްޕާ ގޮލައެކޭދޯ މިކަލޭމީކިހާވަރކުންދާނެމީހެއްބާއޭހިތައްއަރާ

  25. ޢިމާދު

    އަހުރެން ގެޔެއްގައި ސީލިންގކުރަން އޮއްވާ ޖޭޕީގެ މީހަކުއައިސް ކުއްލިއަކަށް އަހުރެންގެ ޖީބަށް 5000 ރުފިޔާ ލާފަ "އަހުރެމެންނަދޭތެރޭ ވިސްނާލައްޗޭ" ކިޔާފަ ދިޔައީ! ބައެއްމީހުން ނުހެއްލުނަސް ހެއްލޭނޭމީހުން ހެއްލި ވޯޓް ވިއްކި! މިއީ ޙަޤީޤަތެއް!

  26. މީހާ

    އަހަރުން ނުދަާނަން މައުމޫން ފަހަތަކުން. ޔާމީން ކުރިމަތި ނުލަންޏާ ވޯޓް ނުދީ ތިބޭނީ ރުފިޔާ އަށް ވިކޭނީ ވައްޑެ މެން ކަހަލަ މީހުން.

  27. ތަރިކަމުދާ

    ޔާމީނު ހީކުރީ ޔާމީނުގެ ތަރިކަ މުދާކަމައްތަ ޕީޕީއެމް އަކީ، ޕީޕީއެމް ރައީސް ސަކުހުންޓަ ވެރިކަމުގެ ދަހިވެތި ކަމުގަ ޕީޕީއެމްގެ ރައިސް ކަން ގަދަކަމުން ކޯޓް ތެރެއިން ފޭރި ގަނެ ޕީޕީއެމް ގެ މުސަތަސާރު ކިޔާ މަގާމެއް އުފައް އުފަތްފައިގެ ތިއުޅެނީ..
    މީހަގީގަތަކީ.....

  28. ރައްޑޭ

    އަޅުގަނޑުމެން މިތިބީ ރައީސް ޔާމީނާއެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި އަހަރެން މީ 2008 ގައި މައުމޫނުގެ ފަހަތުގައި ހުރި މީހެއް އެހެން ނަމަވެސް ދެން ދުވަހަކުވެސް މައުމޫނުގެ ފަހަތަކަށް ނާރާނަން. ޕާޓީއެއް ހަދަން ޖެހުނަސް މައުމޫނަށްވުރެ މާގިނަ މީހުން ޔާމީނަށް ވާނެ އެކަން ދައްކާނަން.

  29. ޔާމީން

    ޔާމީނަކަށް ނުކުރެވޭނެ ދެން އެއްކަމެއްވެސް. ޢަހަރުމެން ނަކީވެސް ޕީޕީއެމް މެންބަރުން. މިތިބީ މައުމޫން ފަހަތުގަ. ލާރިކާ މީހުން ޕާޓީން ބޭރު.