ހުރިހާ މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމާ އެއްގޮތަށް ކުރިޔަށް ދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ހަމަޖެހުމަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވުމާއި އެކު ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއިން ބުނެއެވެ.

މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު އިއްޔެ ވަނީ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ނަސީދޫ ގޮޑި ކޮއްކޮ ކުޅެން ނޫޅުއްވާ މިހާރުތީ މިރާއްޖެއަށް ބޭނުންވާ ބްރޭންޑެއް ނޫން ޔާނު ސުޕީޑް ވަރެއް ހަމަ ނެއް

  2. އަފްލާ

    މަޑު ކުރޭ ވަޒީރުންނަށް ރުހުން ދޭ ދުވަހު ތިކަން ނިނމާލާނަން