ރަސްރަނި ބަގީޗާ - ފޮޓޯ: ވަގުތު
ރަސްރަނި ބަގީޗާ - ފޮޓޯ: ވަގުތު

ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ "ވިންޓާ ކޯނާ" އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ވިންޓާ ކޯނާގައި މިހާރު ކުރަން ހުރި މަސައްކަތް 45 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"ޔަގީން ކަމާއެކީއެއް ނޫން މިދަންނަވަނީ އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ މި ދެންނެވި ގޮތަށްދާ ކަމަށް ވަންޏާ، މޭ މަހުގެ މެދު ތެރޭގައި ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް، ވަރަށް އުންމީދު ކުރަން ރޯދަ މަހަގެ ކުރިން ނިމޭނެ ކަމަށް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިއަހަރު ރަމަޟާން މަސް ފެށޭނީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.

ސުނޯގެ ތީމަށް ހަދާ އިމާރާތަކީ ވަރަށް ފުރިހަމަކޮށް އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަކަށް ހަދަން ޖެހޭ ތަނަކަށް ވާތީ ފްރާންސާއި ސުވިޒަލޭންޑުގެ ކުންފުންޏެއްގެ ފެކްޓަރީއެއްގައި އެތަނަށް ބޭނުންވާ ސަމާނުތައް ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކުންފުނީގެ ފެކްޓަރީގައި އެ އިމަރާތައް ބޭނުންވާ ސާމާނު ތައްޔާރު ކުރުމަށް ރާއްޖެ އައިސް މިންތައް ނެގުމަށްފަހު ގިނަ މައުލޫމާތު އެއްކޮށްގެން ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ގިނަ ވަގުތަކެއް ހޭދަވެގެން ދިޔާއީ އެ މަސައްކަތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެތަނުގެ ތެރޭގައި ފިނި މޫސުން ތަޖުރިބާ ކޮށްލެވޭ ގޮތަށް ފިނިމިން ހުންނާނެ، ސްނޯ އުފައްދާ މެޝިނަކާއި އައިސް ސްކޭޓު ކުރާ ތަނެއް ވެސް ހުންނާނެ، އެފަދަ ތަނެއް މާލޭގައި ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ، ލަސްވަމުން އަންނަނީ ޓެސްޓުތައް ހަދާ، ރާއްޖެއަށް ހާއްސަކޮށް އެފަދަ ތަނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނާތީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކުރިން ރައީސް ވިދާޅުވި ޑިސެންބަރުގެ ކުރިންނޭ. މިހާރު ރޯދަމަސްކުރިން، ރޯދަ މަސް ދިޔައިމަ ބުނާނެ އަންނަ އަހަރުގެ ކުރިންނޭ.

    • ހުރިހާ ގައުމެއްގަވެސް ކެޕިޓަލް ސިޓީ އަށާއި މައި ސިޓީ ތަކަށް އިސްކަން ދެވޭނެ. އެއީ އިކޮނޮމިކް އަދި ސޯޝަލް ގޮތަށް ބެލިޔަސް ރަނގަޅު ގޮތެއް. އެންމެ ތަރައްގީ ހުރިހާ ގައުމަކަށް ބެލިޔަސް މިކަން މިގޮތައް ފެންނާނެ. ސިންގަޕޫރުން ފެށިގެން އެމެރިކާ އަދި ޔޫއޭއީ ގަވެސް ހަމަ މިހެން. މިކަމަށް ކިޔަނީ އާބަނައިޒޭޝަން. އެއްކަމަކީ ސިޓީ ތަކުގަ މީހުން ގިނަވުން. އަދި މީހުން ގިނަކުރުން. ރާއްޖެ ކަހަލަ ރަށްތައް ވަކިވަކިން ކުދިކުދި އާބާދީގޮތުގަ އޮންނަ ގައުމަކަށް، ހިދުމަތްތައް އެތަންތަނަށް ފުރިހަމަ ކުރަން އަދި ހާއްސަކޮށް މާ އުނދަގޫވާނެ. އެންމެނަށް މިކަން ވިސްނެންޖެހޭ. ރާއްޖެ އެންމެން އުޅެވޭވަރަށް މާލެ އަދި ހުޅުމާލެ ތަރައްގީ ވީމާ، ހުރިހާ ތަރައްގީގެ ފޯކަސް އެއްދިމާލަކަށް ގެންދެވި ހަމަ ހަގީގީ މުއްސަނދި ގައުމަކަށްވުން ދުރެއް ނޫން.

    • ކުރިން ރައީސަކުބުނި ބޯންޖެހެޔޭ ބޮވެންވެސް ޖެހެޔޭ ނުބޮޔެއް އެކުދިން ނެއް ސަލާމަތެއް ނުވެޔޭވެސް.

  2. މިދިޔަ ބޮޑުޝުއްޓީގަވެސް ޔާމީން މާލެއަށް ސްނޯބޭލި ވީކަމެެއްނެތް ހަރާންކޯރުވެރިއެއްގަހުރި ސިފަޔަކީމީ ރައްޔިތުން ހިފާ ހައްޔަރުކުރުން ނޫންކަމެއްނުކުޭ

  3. އަނެއްކަ އަނެއް ދޮގު... ދުވަހަކުވެސް ފެށި މަސައްކަތެއް ބުނި ތާރީޚަށް ނިމިފއެއް ނެތް... ތިތަން ނިންމަން މީގެ ކުރިންވެސް ތިގޮތަށް ކިތަންމެ ތާރީޚެއް ކަންކަން ނިންމަން ދިން... މި ކޮމެންޓް ޝާއިރު ނުކުރާނެކަންވެސް އިނގޭ

  4. ރައްފުށު މީހުންނަށް އަސާސީ ޚިދްމަތް ނުދެވޭއިރު މާލޭގަ ކޮން ވިންޑާ ކޯނާއެއް ހަދާކަށްތަ؟ ރައްފުށު މީހުންނަށް ނިކަމެތިކަން ތިޔަދެނީ

  5. ކޮބާ ސްނޯފައިބާނެދުވަހުގެ އިންތިޒާރުގައި ތިބި އެތަށް ބައެއްގެ ދިގުއިންތިޒާރުގެ ނިމުން އަންނަނީ

  6. ޖޭމުސްބޮންޑު

    ނުވާނެ ތިކަމެއް.. އަދި ބުނާނެ އިންތިޙާބުގެ ފަހުންނޭވެސް...

  7. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ކޮންމެހެން ނައްޓައިގެން މައި ފުޓް އޭކިޔާ ބިންމަތީ ބާރަށް ފައިން ލަޑާނެ ކަމެއް ނެތް އިނގޭ ބިމެއް ނުދާނެ ފަޅައިގެން ދޯ.

  8. މާލޭގެ ރީތިކަމާ ފުރިހަމަކަމާއެވެ. ބަލާލި ކޮންމެ ދިމާލަކުން ބަގީޗާތަކާއި ރަސްފަންނުަތަކެވެ. ރެސްޓޯރެންޓްތަކާ ހަޓްތަކެވެ. ލޯބިވެރިން ގައިގޯލިވެލާނެ ރީތި ބަގީޗާތަކެވެ. މުނިއަވަސް ފިލުވާލާނޭ ރީތި ގެސްޓްހައުސްތަކެވެ. އަދިހަމަ ޒުވާނުންނަށް ބޭއްވޭ ލައިވް ޝޯތަކެވެ. ބަލިވެމުން ފަރުވާހޯދާނޭ މަލްޓިކްލާސް ހޮސްޕިޓާ ތަކާއި ކްލިނިކްތަކެވެ. ބްރިޖްތަކާއިފާލަންތަކެވެ. ސްވިމިންޕޫލްތަކާއި ޕަރީފެންގަނޑުތަކވެ. އަލާސް! ރަށް ފުށުމީހާއެވެ. ކަލެއަށް އޮތީ ބުނިވަރަކަށް ޓެކްސްދެއްކުމެވެ. ނޫނެކެވެ. ޗުއްޓީއަކަށް އައިސްލާ ދެކިލުމެވެ. ނޫނެކެވެ. ހިޖުރަކޮށް ކަލޭގެ މުޅި މިލްކިއްޔާތު ދުއްވާލުމެވެ. އަޅާނުލާށެވެ. މަޑުމަޑުން ކަލޭގެ ރަށަށްވެސް ކަންތައް ވެގެންދާނެއެވެ. ނަރުދަމާލަކުން ފަށަމާހިނގާށެވެ އެވެސް ދިގުލައިގެން 5 ނުވަތަ6 އަހަރަށެވެ. އޭރުން ވެރިޔާގެ ދައުރުބަދަލުވެ ދެންއަންނަ މީހަކަށް ބަލަދުއަރާނެއެވެ. ނިކަންހުރެ މިކަންދެކޭށެވެ.

    • ޢެންމެން ރަށް ފަޅަށް ބަހައްޓާފަ އައިސް މާލޭގަ ތިބެފަ މިކިޔަނީ ރަށަށް ކަމެއްނުކޮށްދޭ. ކިތައް ރަށުގެ ސްކޫލްތަކުގަ މަތީ ގްރޭޑް ތަކުގައި ދިހަ ކުދިން ހަމަނުވަނީ؟ އެކަމު އެތަންތަނަށްވެސް ހަމަ ރަގަނޅު ަޓީޗަރުންވެސް ލާންޖެހޭ. ޙަމަ އެރަށުގެ މޮޅަށް ކިޔަވައިގެން ތިބޭ ަޓީޗަރުންވެސް ތިބެންޖެހެނީ މާލެގައި. ކީއްތަ ވާނީ ރަށް ކުރިއަރުވަން ރަށަށް ދިޔައިއްޔާ؟ މާލެ ދެކެ ވަރަށް ރުޅުއަރާނެ. ޢެކަމު އައިސް ތިބެންވީ އެންމެންވެސް މިތާ.

  9. ރޯދަމަހު ތި ޕާކުގާ ނިދާލަން މަ ބޭނުންވަނީ

  10. މަމެން ފިނި މޫސުމުގައި ލާ ކަހަލަ ހެނދުން ތަކާއި އަންގި ތައް އަދި ބޫޓު ތައް ވެސް ގެނެސްގެން މި ތިބީ ތި ދުވަހެއްގެ އިންތިޒާރުގާ. އެހެން ނަމަވެސް އެދުވަހެއް އަންނަ ތަނެއް ނުފެނޭ.

  11. މާނު ހާސްނުވޭ ކޮންމެވެސް ދުވަހަކުން އެތަން ހުޅުވާނެ ހުޅުވީމަ ދަރިފުޅުގޮވައިގެން އެތަނަންދޭ އެކަހަލަ ކިތައްމެ ތަނެން ރައީސް ޔާމީން މާނު މެނައްޓަކާ ހައްދަވާނެ ކެއްތެރިވޭ....

  12. މާނު ހާސްނުވޭ ކޮންމެވެސް ދުވަހަކުން އެތަން ހުޅުވާނެ ހުޅުވީމަ ދަރިފުޅުގޮވައިގެން އެތަނަންދޭ އެކަހަލަ ކިތައްމެ ތަނެން ރައީސް ޔާމީން މާނު މެނައްޓަކާ ހައްދަވާނެ ކެއްތެރިވޭ....

  13. ކުޑަކުއްޖަކަސް ޒުވާނަކަސް މުސްކުޅިއަކަސް އަދި ދެލޯބިވެރިންކަމުގައި ވިއަސް ހިތްހަމަ ޖެހުމާއި އުފާލިބިގަތުމަށް އޮތް ހަމަ އެކަނި ތަނަކީ މަާލެދޯ މުއިއްޒުއަކީ ހަމައެކަނި މާލޭގެ ހައުސިންގ މިނިސްޓަރބާ؟ ރަށްފުށު ހައުސިންގ މިނިސްޓަރަކީކާކު؟