ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެއިންނާއި ފުށިދިއްގަރު ފަޅުން، ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ލިއުން ހަވާލުކޮށްފައިވާ ފަރާތްތަކުން އެ ލިއުން މިނިސްޓްރީއަށް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހުޅުމާލެއިންނާއި ފުށިދިއްގަރު ފަޅުން، ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ލިއުން ހަވާލުކޮށްފައިވާ ފަރާތްތަކުން އެ ލިޔުން 15 ސެޕްޓެމްބަރ 2023 ވަނަ ދުވަހު 14:00 ގެ ކުރިނން މިނިސްޓްރީއަށް ހުށަހެޅުމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ އަންގައިފައެވެ.

މިނިސްޓްރީން ވިދާޅުވާ ގޮތުން މި ލިޔުން ހޯދުމުގެ ބޭނުމަކީ އެކަން ހިނގާފައިވާ ގޮތް މިނިސްޓްރީން ސާފު ކުރުމާއި، ލިއުން ހަވާލުކޮށްފައިވާ މީހުންގެ އަދަދު ދެނެގަނެ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ.

"ހިޔާ އެކޮމްޕްލިޝްޑް" ޕްރޮގްރާމުގެ ނަމުގައި ފުށިދިއްގަރު ފަޅުން ގޯއްޗާއި، ހުޅުމާލެއިން ގޯތި ދިނުމަށް ލިއުންތަކެއް ހަވާލުކޮށްފައިވާ ކަމަށް މި ސަރުކާރުން ބުނެއެވެ. ނަމަވެސް މިފަދަ އެއްވެސް ލިއުމެއް އެއްވެސް ފަރާތަކަށް ދޫކުރި ކަމުގެ ރެކޯޑެއް މިނިސްޓްރީގެ ތެރޭގައި ފެންނަން ނެތް ކަމަށާއި މިކަން ފާހަގަވާން ފެށީ، ފްލެޓާއި ގޯތި، މިސަރުކާރުން ދޫކުރަން ފެށުމުން އެ ލިއުންތައް މިނިސްޓްރީއަށް ހުށަހަޅަން ފެށުމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ހޯމަ ދުވަހު ހަވީރު ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެފަރާތްތަކަށް ކޮންމެވެސް ހައްލެއް ހޯދުމަށް ސަރުކާރުން ގަސްތު ކުރާ ކަމަށެވެ. ނަމަވެސް މިކަމުގެ އެއްވެސް ރެކޯޑޭއް މިނިސްޓްރީގައި މިހާރު ފެންނަން ނެތްކަމަށް އެދުވަހު އަކްރަމް ވިދާޅުވިއެވެ.

މި ލިއުންތަކެއް ދޫކޮށްފައިވަނީ އިންތިހާބަށް ފަހު 2018 ވަނަ އަހަރު ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން މި ލިޔުން ހުށަހަޅަން އަންގާފައިވާއިރު ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލާ ޖަމިއްޔާއެއް ކަމަށްވާ ކޮމަނާސް ރައީސް މިދުއަމް ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ފްލެޓް ލިބި މިސަރުކާރުން ފްލެޓް ޖަހައިގަތް މީހުން އަތުގައި އޮތް ހަމަ އެކަނި އެއްޗަކީ ސްލިޕް ނޫނީ ލިބުނު ކަމުގެ ލިޔުން ކަމަށެވެ. އެ ފްލެޓުތައް ޖަހައިގަތީ މި ސަރުކާރުން ކަމަށާއި އެ ފްލެޓުތައް ޖަހައިގަނެގެން ފަސް އަހަރު ހޭދަ ކުރީ މިސަރުކާރުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ގުރާ

    މިސަރުކާރުން ފުޅެޓެއް އެޅައިފިތަ އަޅެ ފަހެ މަ އަޖައިބުވެ އަންތަރީސްވެއްޖެ. ދަރިންނޭ އެއްވެސް ލިޔުމެއް ހަވާލު ނުކުރާތީ އެއުޅެނީ ޗަކޮއެމެން ވާވައްދަން

    23
    0
  2. އލމގރ

    ނިމެނީ ނިމެނީ

    14
    • ޙަފޯ

      ބްރޯ ނޯޗޮއިސް ދޯ. މި ވީހާދުވަހު އެމީހުން ދެއްކި ކުއްޔާއި، ފުލެޓް ނުދިނުމުގެ ސަބަބުން ލިބުނު ހިތިވޭނާއި އުނދަގޫ ހިތުން ފިލާނެކަމަށް ހީކުރުމީ މޮޔަކަމެއް. ޢެކަމުގެ ބަދަލު ދެވޭނެތަ؟ ދެން އެވޯޓް ލިބޭނެކަމަށް ހީކުރުމީ މޮޔަކަމެއް.

  3. ޑައެލޯގް

    އަނެއްކާ މިމީހުންގެ ވޯޓުހޯދަން ކުރާކަމެކެވެ. ތިކަންވެސް ދާނީ ދެކޮމަންޑޫގޮތަށެވެ. ތިއެންމެނަށް ދޭން އެއްބަސްވާނީއެވެ. ނުވެއްދެވޭނެއެވެ. ދޭންއުޅުނުނަމަ ތިއެންގުން އަންގަންވީ މިއަދަކުނޫނެވެ. ސަރުކާރުބަދަލުވުމާއެކު ބައެއްމީހުން އެކަން މިސަރުކާރަށްވެސް ހުށަހެޅިއެވެ. އެލިޔުންތައް މިނިސްޓްރީގަނެތީ އެތަކެތި އަންދާލީމައެވެ. ކަލޭމެނަކީ ވޯޓުކަރުދާސްތައްވެސް އަންދާލިބައެކެވެ.

    22
    1
  4. އަނިޔާ.

    ތިއުޅެނީ ލިއުން ގެއްލުވާލަން ކޮޕީއެއްދީ...

    18
  5. ވިސްނާލުމަށް އެދެމޭ

    އަދި ތަންކޮޅެ އަވަހެއްނު..މުއިއްޒު އެމީހުންނަ ފްލެޓްދޭނަމޭ ބުނީމަ އެވީދެން މިވެރިން ތެޅިފޮޅެން. ކުރީސަރުކާރުން 4ލައްކަޔަށް 1000އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ވިއްކަން އެސަރުކާރުން ދީން ލިޔުންވެސް އެބައޮތް..އެކަން ހުއްޓުވީ މިސަރުކާރުން އސސ މެދުވެރިކޮށް 4ލައްކަރުފިޔާ މާއަގުބޮޑުކަމަށްބުނެ...ކޮބާ އެގޯތިތަކަށް ދޭ ބަދަލު..

    11
  6. ކ އ

    ގޯތި ވަގު..... ޗޯރޭ.... ޗޯރޭ.... ޗޯރޭ.... ޗޯރޭ.... ޗޯރޭ.... ޗޯރޭ.... ޗޯރޭ.... ޗޯރޭ....

    14
    1
    • ޙެހެހ

      މަކަރުވެރި ބައެއްމީ ، މިއުޅެނީ އެބިންތައް އެހެންބަޔަކަށް ދީފަ ، އެތަން ރަޖިސްޓްރީ ނުކުރެވިގެން ، އެނގޭ ރަޖިސްޓްރީ ކޮށްފަވއޮތަސް އަސްލު މީހުނަށް އެތަން ލިބޭނެކަން ، ރައްޔިތުންނަށް ކިހާބޮޑު ތަކުލީފެއް ، ކުރާކަމެއް ނެތިއްޔާ އަސްލަމް ދޭބަލަ ބާ ޖަމާލުއްދީން ބިން ހުސްކޮށްދޭން އެތަން ތަޅާލަން

  7. އަބްދޫ

    ލިއުން ހުށަހަޅައިފިނަމަ ލިއުންވެސް ގެއްލުނީ

    21
  8. މަ

    ީއިޓްސް ޓޫ ލޭޓް ބަޑީ!!!!

    11
  9. ނަންނި

    މިސަރުކާރުން ކުރިންވެސް އަތުލި ލިޔުން އެލިޔުމައްވީގޮތެއްނޭގުން ނަޝީދު ދިންގޯތީގެ ލިޔުން މަމެންވެސް ލީން ލާން އިއުލާންކޮއްގެން އެލިޔުމައްވީގޮތެއްވެސް ނޭގުން އިޑައްކަމެއްބިމައްކަމެއް ދިޔާ

  10. މުފައްކިރު.

    ޜައްޔިތުން ނަށް އޮޅުވާލުމެއް.

  11. ނާނާ ޅޮސްއުދޯލި

    ނަޝީދު ސަރުކާރުގަ ގޯތިލިބޭނެ ކަމައްލިޔުންދިން މީހުންގެ ލިޔުންވެސް އަތުލީ . . . އޭރުން ތާދެންދާނެ ތަނެއް ގެންދާނެ ލިޔުމެއްވެސް ނޯންނާނީ

  12. Anonymous

    އުވާލި ކެޓަގަރީތައް ބަދަލުވީ ކަންމަތީ ފިހާރަތަކާ ސައިހޮޓާތަކަށް. ދެން ލިޔުން ދީގެން އެވެސް ވުޖޫދުން ފުހެލެވޭނެ ގޮތެއް ނެތިގެންތޯ ތިއުޅެނީ. ފުލެޓޭ ފަޅޮލޭ ނުކިޔާ ވެރިކަމުން ފައިބާ… އިނަފް އިޖް އިނަފް

  13. ވާވައްދަންތަ

    ލިޔުމުގެ ނޯޓަރައިޒް ކުރި ކޮޕީއެއް ދީ. އަސްލު ނުދޭތި. ކޮންމެ ލޯޔަރަކަށްވެސް ނޯޓަރައިޒް ކޮށްދެވޭނެ. އަސްލު ނުދޭތި، ނަމަ ނަމަ

  14. އަހުމަދު އަލީ

    މޮޅު ސްޓަންޓެއް ޖައްސަނީ . މި ވީ 5 އަހަރު ރައްޔިތުން އެވާހަކަ ދެއްކި. އެނގޭ ކަމަށް ވެސް ނުހެދި. ވޯޓް ލިބޭނެ ކަމަށް މަޅި ޖަހާނެ ކަމެއް ނެތް. އައުޓް ނޫން ގޮތެް ނެތް.

  15. ސޮބްރީބެ

    ކަލޭމެންގެ އަނިޔާވެރިކަން ހުރީ އިންތިހާއަށް. ކުރިން ނުނިދިން ފުލެޓް ވެރިކަން ނިމުމުން ދެވޭނެވާ. ކަލޭމެން މާލޭ މީހުންނަށް ގޯތި ހިލޭ ބަހަންތިބޭ. އެވެސް ރައީސް ޔާމީން ހިއްކިބިން. ކޮބާތޯ ކަލޭމެންގެ އެތަކެއް ލަދުހަޔާތެއް. އަތޮޅުތަކުގެ ރައްޔިތުން އަޅުވެތިކުރުން ވެގެން ހިލޭ ގޯތި ބަހާފަ ދެން ކޮންފުލެޓެއް ވިއްކާކަށް. ތިހާ ރަގަޅިއްޔާ އަތޮޅުތަކުގެ ރައްޔިތުންނަށް ހިލޭ ފުލެޓް ދޭން ނުޖެހިގެން ތިޔަ އުޅެނީ ކޮންކަމަކާތޯ؟ މަތްﷲގެ އިރާދަފުޅާއެކު މިއަނިޔާވެރި، ހިޔާނާތްތެރި މިވެރިކަން ނިމޭންދޭ. އާމީން.

  16. އަނދު ހިޔާފުލެޓު

    އަށްސަލާމް އަލައިކުމް ދިވެހިހުރިހާރަށްޔަތުންނަށް އަންގަން މީނަގެ ސުކޭމް ބަަހަށް ނުހެއްލޭތި އެއުޅެނީ އޮޅުވާލައިގެން ވޯޓު ހޯދަަހަން މިއީ މަކަރުވެރިއެއް މީނައަށްވެސް އެނގިގެން ހިނގަށްޖެ ސަލާމަތެއް ދެންނުވާނެކަން މިފަހަރު މުއިއްޒު ވެރިކަމަށް އަރާ ހުރިހާ ކަމެއްބަލާނެކަން ވީމާ އެއްވެސްރަށްޔިތަކު މިމީހުންގެ ބަހަށްނުހެއްލުމަށް އާދޭސްކުރަން
    އިހުތިރާމް ގަބޫލުކުރެއްވުން އެދެން

    ޝުކުރިއްޔާ ﷲގެ ވާގިފުޅުން އެންމެހާރަށްޔަތުންގެ އަތުްން އަތުލި ފުލެޓު މުއިއްޒުގެ ވެރިކަމުގަލިބޭނެކަމުގެ ގެރަންޓީ އަރުވަން 4✅ ،،،🏢🏢🏢🏢🏢🏢

  17. މާރިޔާ

    ގޯތި ބެހިޔަސް ސާލިހު އަށް ވޯޓު ނުދޭނަން

  18. މާރިޔާ

    5 އަހަރު ނިމިގެން ދާއިރު މީމީހުން ތިބީ ނިދާފަ. ވޯޓު ބޭނުން ވީމަ ހޭއަރަފި. ރައްޔިތުންނޭ ތިލިޔުން ލާފަ މިސަރުކާރަށް ބަރޯސާ ނުވާތި. ފުލެޓު އަތުލި ބައެއް ފުލެޓް ނުދޭނެ.